The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ދުނިޔެމަތީގެ ޝައިތާނާ ވެލާނާގޭ އިބްރާހީމް ނާސިރުގެ ހަނދާން ތައް ތިނަދޫގައި އާކުރަނީ…..

Posted by ހިމޭން އިންގިލާބު on 2010/02/10

ގ.ކެނެރީގޭ ބިއްލޫރި ގަންޖާ ގދ.ތިނަދޫއަށް މިއަދު ހެނދުނު 11.15ގައި،ރާއްޖެއަށް އެންމެ ފުރަތަމަ ހަކުރު އެތެރެކޮށް އޭގެ ވިޔަފާރި ކުރި ހުސިންކަލޭފާނުގެ ވަގެކޭ ރަޝާދާއި އެކު ތިނަދުއަށް އައިސް، މީގެ 48އަހަރުކުރިން ތިނަދޫ ރައްޔިތުނަނަށް އެތަކެއް ވޭންދެނިވި އަނިޔާތަކެއްކުރި ރާއްޖޭގެ ޕްރްބާކަރަން،ވެލާނާގޭ އިބްރާހީމް ނާސިރުގެ ޒިކުރާތައް އާކުރަންވެގެން،ތިނަދޫގައި ތިބި ދެބޯގެރިންގެ ތެރެއިން މަދު ބަޔަކާއި އެކު ވަރަށް ސިއްރު ބައްދަލުވުންތަކެއް ރާވައިފިއެވެ. މިބައްދަލުވުމުގައި ގދ އަތޮޅު ކައުންސިލަރ މުހަންމަދު ނިޔާޒު ބައިވެރި ނުކުރުމަށް، ބިއްލޫރި ގަންޖާ ގެ ތިނަދޫގެ އިސް ތަރުޖަމާން މުހައްމަދު ހަސަންދީދީ (ދައްތުބެ) ބުނެގެން، ނިޔާޒުވަނީ މި ބައްދަލުވުމުގައި ބައިވެރި ނުކޮށްފައެވެ.

ވަރަށް މުއުތަބަރު ފަރާތަކުން ހަބަރުލިބޭގޮތުގައި، އަންނަން އޮތް އަތޮޅު ކައުންސިލަރ ހޮވުމަށްޓަކައި ބާއްވާ އިންތިހާބަށް މިބުނާ ކްރިސްޓިޔަނަކާއި އިނދެގެންއުޅޭ ދައްތުބެ،ނިޔާޒުގެ އިތުރުން ހަމަ އެމް.ޑީ.ޕީ ގެ މެންބަރެއްގެ ގޮތުގައި ހުރެ ލާގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބިއްލޫރި ގަންޖާ ބޭނުންވަނީ ގދ.އަތޮޅުގެ ކައުންސިލަރ ކަމުގެ މަގާމަށް މިބުނާ ކްރިސްޓް ދައްތުބެ ލާށެވެ.އެހެނީ މުހައްމަދު ނިޔާޒަށް އަތޮޅު ކައުންސިލަރ ކަމުގެ މަގާމް ލިބިއްޖެނަމަ ނާސިރާއި ދެކޮޅަށް ކުރެވުނުހާ ކަމެއް ކުރުމަށް ނިޔާޒުވަނީ ތިނަދޫގެ ވަރަށް ގިނަމީހުން ގާތުގައި ވައުދުވެ، މިހާރުވެސް ނާސިރާއި ދެކޮޅަށް ކުރެވެން ހުރި އެންމެހާ ދައުވާތަކެއްކުރުމަށް ރައްޔިތުން ކައިރީ އެދެމުންނެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި ބިއްލޫރިގަންޖާ ތިނަދޫގައިތިބި އެމް.ޑީ.ޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރުމަށް ހަމަޖައްސާފައިވާ ގެއަށް، މީހާރުގެ އަަތޮޅު ކައުންސިލަ މުހަންމަދު ނިޔާޒު، ނުގެންދިއުމަށް، މި ކްރިސްޓް ދައްތުބެ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އަދި މިކަލޭގެ މި ބައްދަލުވުން ތިނަދޫގެ އާންމުގެއެއްގައި ބާއްވަން ނިންމި ސަބަބަކީ، މިދެންނެވި ގެއަކީ އެމްޑީޕީގެ މެންބަރެއްގެ ގެއަކަށްވުމާއި އެކު ކްރިސްޓް ދައްތުބޭގެ ވަރަށް އަރިސް މީހަކަށް އެމީހާވުމާއި ގުޅިގެން، މި ބާއްވަން އުޅޭ ބައްދަލުވުމަށް ހެދޭ ކާތަކެއްޗާއި އަދި އެގޭގެ ކުލިވެސް ނުއަގުގައި، މިބުނި ގޭގެ ވެރިމީހާ އަށާއި އަދި ދައްތުބެއަށް ހަމަޔަށް ބައިއެޅޭނެތީއެވެ. މިހުރިހާ ކަންތަކުގެ މުގުލުގައި "ވަގެކޭ ރަޝާދު" ހުރިކަން ހަމަ ދެލޯފަދައިން އަޅުގަނޑުމެންނަށް އިނގެއެވެ. މިކަލޭގެއަކީ އަމިއްލަ ބޭބެގެ އަތޮޅުވެރިކަމުގައި،ސަރުކާރުގެ ހަރަދުން ސަފާރީއެއް ބަނދެ އެންމެފަހުން ބޭބެއަށްވެސް ކެހިދިން ކުއްތާއެކެވެ.

މިދެންނެވި މީހަކީ މައުމޫނުގެ ވެރިކަމުގައި 15އަހަރު ނުފުރޭ ކުޑަކުއްޖަކު ފަޅައިގެން ރާއްޖޭގެ އުތުރުގެ ރަށަކަށް އަރުވާލެވިފައިވަނިކޮށް،އެރަށު ނާސި އަންހެނަކާއި އިނދެގެން،ތިނަދުއަށް އައިސް، ތިނަދޫގައި އޭނަގެ އަންހެނުން ވިއްކައިގެން އުޅޭ މީހެކެވެ. ވަރަށް ފަހުން މި އަންހެންމީހާ ހިލޭ ފިރިހެނަކާއި އެކު ރޯ އޮރިޔާމުން ތަށިން ހަމަ ރނގަޅަށް ކަނިކޮށް،އޭނަގެ އަމިއްލަ ދަރިޔަށްވެސް ވަނީ ފެނިފައެވެ. މިހާރުވެސް ތިނަދޫމީހުން އެގޭގެ ބޭރުގައި ބޮޑުއަކުރުން "ކުޑަކުދިން ފަޅާ" މިހެން ބޮޑުއަކުރުން ލިޔެފައި ވެއެވެ. މީގެން ދޭހަވަނީ އަޅުގަނޑުމެންގެ މިއަދުގެ ރައީސްގެ އަޙްލާގާއި،އުޅެ ބޮޑުވި ވެށީގެ ހާލަތެވެ. ރައްޔިތުން މިކަންތައް ވަރަށް ގާތުންބަލައި ދިރާސާ ކުރުމަށްފަހު މިފަދަ ވެރިކަން ދިގުދެމިގެން ނުދާނެފަދަ ގޮތަކަށް،ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ވީއެންމެ ބޮޑަށް މަސައްކަތްކޮށް މިރާއްޖޭގެ މުސްތަގްބަލާއި މެދު މިއަދުމިވަނީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ. އެހެން ނޫނީ ޖީލުތަކަކަށް މިކަމުގެ ނުބައި އަސަރު ކުރާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

Posted in ޚަބަރު | Leave a Comment »

ރައީސް ނާޞިރު އަށް ޙައްގު ޝުކްރާއި ޙައްގު ނަފުރަތު އެބަހުރިކަން ރައީސް މައުމޫން އާއި ރައީސް ނަޝީދުއަށް އެގި ވަޑައި ނުގަންނަވާ ނަމަ މިލިޔުން ވިދާޅުވާށެވެ

Posted by ހިމޭން އިންގިލާބު on 2010/02/10

ގަލަމަކީ އޭގެވެރި މީހާ ގެ މާބޮޑު އިޛުނައެއް ނެތަސް ބައެއް ފަހަރަށް އޭގެ އަމިއްލަ ޒާތުގައި ދޯރި ލުހި އަމިއްލަޔަށް ލިޔެވޭ އެއްޗެއް ކަމަށާ ގަލަމު ގެ ވެރި މީހާ އަށް ޖެހޭނީ ލިޔެވުނީ ކޯޗެއްތޯ ބަލަން ކަމު ގައި މީހަކު ބުނި ހަދާން ވެއެވެ. މިފަހަރު މިވީ އެހެންނެވެ. ރައީސް ނާޞިރު ބޭރު ގައި އަވަހާރަވުމުން މާލެ ގެންނެވީ ކީއްވެ ކަމާއި ރަސްމީ ޢިއްޒަތު ގައި ޖަނާޒާ ގެ ކަންތައް ބޭއްވެވުމާއި، ގަބުރެއް ވަޅުނުލާތާ ޒަމާން ތަކެއް ވެފައިވާ ހުކުރު މިސްކިތު ގެ ގަބުރުސްތާނު ގެ ބެލެހެއްޓެމުން އައި މާ ބަގީޗާ ޕާރކެއް ގައި އެތާ ކައިރިންހިގާހައި ހަވަރުތިނަދޫ ބަޔަކަށް ފެންނަފަށުގައި ރައީސް ނާޞިރު ގެ ގަބުރުފުޅު ފަސްދާނު ލައްވައި މަހާނަފުޅުގެ މަތީގައި ބިނާއެއް ހެއްދެވުމާއި، ރައީސް ނަޝީދު ގެ ބައްޕާފުޅު ރައީސް ނާޞިރު ގެ ވެރިކަން ވައްޓާލައްވަން އުޅުއްވި ކަމުގެ ކުށު ގައި ބަންދު ކުރައްވައި އަނިޔާ ތަކެއް ލިބި ވަޑައި ގެންފައި ވުމާއި، ނަޝީދަށް ވެރިކަން ލިބިވަޑައި ގެންފި ނަމަ ހަވަރުތިނަދޫ އަށް ރައީސް ނާޞިރު ދެއްވި އަނިޔާ ގެ ބަދަލު ހޯއްދަވައި ދެއްވަން ވިދާޅުވި ކަމާއި، ދާދި ފަހުން ހަވަރުތިނަދޫ ބައެއް ބޭފުޅުން ބޭއްވެވި ނާޞިރު ކުރެއްވި އަނިޔާ ގެ ހަނދާން އާކުރެއްވުމު ގެ އެއްވުމަކާއި އެއްކޮޅަށާއި ދެކޮޅަށް ކަންތައްތައް ހިގި ގޮތާއި، ހަވަރުތިނަދޫ ބަޔަކު ވެރިން ގެ ގޮތުގައި ތިއްބެވި ހުވަދޫ ހަމަނުޖެހުން ނުވަތަ ބަޣާވާތު ގައި ގައްދޫ އަށް ކުރި ލާ އިންސާނީ އަނިޔާ އާއި ގުޅިގެން އެ ކަން ވެސް ބެލުމަށް އެދި ގޮވައިލަމުން ދިޔުމާއި، މިކަންކަން ސަލާމަތް ބުއްދީ ގެ ދުރުމީން ބަލައި މި ހުރިހާ ކަމެއްގައި އެއްވެސް ކަހަލަ ކުލަވަރެއް ހުރިތޯ ނެތްތޯ މިއީ އަޅުގަޑު މި ވަގުތު ކުރަން ބޭނުން ކަމެއް ނޫނެވެ. އެ ކަމަކީ ކުރައްވަން ބޭނުންފުޅު ފަރާތަކަށް މާބޮޑު ދައްޗެއް ނެތި ކުރެއްވިދާނެ ކަމެކެވެ. Read the rest of this entry »

Posted in އަވަސް ދިރާސާ | 1 Comment »

ޑޮލަރެއް 10 ރުފިޔާއަށް ކުޑަކުރާނަމޭ ކިޔާ ހުވަފެން ދައްކަމުންދާއިރު 2010 ވަނަ އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ އަގު އަނެއްކާވެސް މައްޗަށް

Posted by ހިމޭން އިންގިލާބު on 2010/02/10

މުޖައްރިބު : ހަދުމަފުޅުހުންނާނޭފަދައިން ތުޅާބެ ވަނީ ޑޮލަރުގެ އަގު 10 ރުފިޔާއަށް ނުވަތަ އެއަށްވުރެވެސް ދަށައް ގެންދާނެކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ހާމަ ކޮށްފައެވެ. އެހެންނަމަވެސް އެދުވަހުން ފެށިގެން މިއަދާހަމައަށް އައިރުވެސް ޑޮލަރުގެ އަގު ދިޔައީ ހައްތަހާ މައްޗަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ބޭންކް އޮފް މޯލްޑްވިސްއިން ދުވާލަކު 25 ނަންބަރު ދޫކޮށްގެން މީހަކަށް 100 ޑޮލަރު ދޫކުރިއަސް މިހާރު ހަބަރުލިބޭގޮތުގައި އެވެސް 50 ޑޮރަލަށް ވަނީ ކުޑަކޮށްފައެވެ. މިހާވަރު ވާއިރުވެސް ތުޅާބެއާ ތުޅާބެ ގެންގުޅޭ ކަންބަޅިގަނޑު ކުޑަތާ ޒުހޭރު މިބުނަނީ ރައްޔިތުން ހެއްވާލާ ވާހަކައެވެ. އާއެކެވެ، ރައްޔިތުން މޮޔަވެގެންގޮސް ހެވުމުގެ އިތުރަށް ފުރަ މެންދަމެއްގާ ލައިލާއާ ބައްދަލުކޮށްލާ ވަރުވެސް މިހާރު ވެއްޖެއެވެ. އެއީ ހުވަފެންތަށް ދައްކަމުންދާއިރު ޑޮލަރުގެ އަގު އަދިވެސް މަތިކުރުމަށް ތުޅާބެ ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ފަސްޓްލޭޑީ އަށް ކޮށްދެންޖެހޭ ޚިދުމަތްތަށް ބަރާބަރަށް ކޮށްނުދެވިދާނެހެން ހީވާތީއާ އެކަމަނާ އަޅުގަނޑުމެންގެ އަޑު ފުރަމެންދަމެއްގާ އަހަން ޝައުގުވެރިވާލެއްވެސް ބޮޑުކަމުންނެވެ. ލައިލާގެ ކަންކަން އެންމެ ރަގަޅަށް އެގެނީ  ޑޮކްޓަރ ވަށަޖެހޭ ތައުލީމަށްކަމަށްވާތީ، ޑޮލަރުގެ އަގު މައްޗަށްދާނެ ސަބަބުތަށް ހުރިހާފަންތިއެއްގެ ބޭފުޅުންނަށްވެސް ވިސްނޭހާ ތިލަކޮށް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ. Read the rest of this entry »

Posted in އަވަސް ދިރާސާ | Leave a Comment »

ގދ. ތިނަދޫ އަލުން ފަތަހަކޮށް ކްރިސްޓިއަން ދީނަށް ވައްދަނީ

Posted by ހިމޭން އިންގިލާބު on 2010/02/09

ވަރަށް ސިއްރިޔާތުގައި މާދަމާގެ ކޮންމެވެސް ވަގުތެއްގައި ގދ.ހަވަރު ތިނަދޫއަށް ކެނެރީގޭ ބިއްލޫރި ގަންޖާ އެބަ ދެއެވެ. ބިއްލޫރި ގަންޖާގެ މިފަހަރުގެ ދަތުރު މި ހާއްސަކުރަނީ، ރައީސަކަށް ހޮވިގެން އެންމެ ފުރަތަމަކޮޅު އިޓަލީއަށް ކުރި ދަތުރުގައި، އިޓަލީގެ ވެޓިކަންގައި ހުންނަ ޕޯޕް ބެނެޑިކްޓާއި ބައްދަލުކޮށް ބިއްލޫރިގަންޖާ ކުރި އެގްރިމެންޓާއި އެއްގޮތަށް އަމަލް ކުރެވޭލެއް ލަސްވެގެން، ފާއިތުވި ހަފްތާތެރޭ އިގިރޭސިވިލާތުން ބިއްލޫރި ގަންޖާއަށް ޕްރެޝަރ ކުރިވަރުން، އެއެގްރީމެންޓުގައި ވާގޮތަށް ކްރިސްޓިއަން މިޝަނަރީންގެ މަސައްކަތް ތިނަދޫގައި ފެއްޓުމެވެ. ބިއްލޫރިގަންޖާ ތިނަދުއަށް މި ކުރާ ދަތުރުގައި ވަގެކޭ ރަޝާދާއި، ގައްދޫ، މީހުންމަރާ ޒާހިރު އާދަމް، އަދި ތިނަދޫ އެއްޖިންސުން ގުޅުންހިންގާ ގަސަމްވެސް ހިމެނެއެވެ. Read the rest of this entry »

Posted in ޚަބަރު | 3 Comments »

ފައްޅިއެޅުމުގެ ފުރަތަމަ ފިޔަވަހި

Posted by ހިމޭން އިންގިލާބު on 2010/02/09

ވަރަށް އިތުބާރު ހުރި ފަރާތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މާލޭގައި ފައްޅިއެއް އެޅުމަށްޓަކައި ރާވާފައިވާ މާސްޓަރ ޕްލޭންނެއް ލީކުވެއްޖެއެވެ. މި ޕްލޭންގައިވާ ގޮތުން ފުރަތަމަ ފައްޅި އަޅާނީ ގ. ކާނިހިޔާގައި ނުވަތަ ކެނެރީގޭ ގެރޭގައި ވަރަށް އާދައިގެ ކުޑަކުޑަގޮތަކަށެވެ. މިތަނުގައި ފައްޅިއެއް ހަމަ އަޅާއިރަށް މާލޭގެ ރައްޔިތުންނަށް މިކަން އެގޭނެއެވެ. އަދި މިކަމުގެ ޚަބަރުތައް ހަމަ ގޮވާލާއިރަށް އެމީހުން (ފައްޅި އެޅިމީހުން) ގޮސް ފައްޅި ރޯކޮށްލާ އެތަނުގައި ބޮޑު ހާޖާނެއް ހިންގާނެއެވެ. އަދި މިކަމުގެ އިލްޒާމު އިދިކޮޅު ފަރާތްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ ބޮލުގައި އަޅުވާ ދުނިޔޭގެ މީޑިއާގެ ފަލަ ސުރުހީއަށް މިޚަބަރު އަރުވާ މިކަންތައްގަޑު ބޮޑު ހާޖާނަކަށް ހަދަން އޮތީރޭވިފައެވެ. މިހާހިސާބަށް ކަންތައްގެންގޮސްފައި މިމައްސަލަބެލުމުގެ ނަމުގައި އިނގިރޭސިންނާއި ގުޅިފައިވާ ޔަހޫދީ ލޮބީގުރޫޕުންނާއި ވެޓިކަން ސިޓީގެ ވަފުދުތައް މާލެ ގެނައުމަށްވަނީ ރޭވިފައެވެ. އަދި މިމީހުން ރާއްޖޭގައިތިބެ ރާވާނީ ރާއްޖޭގައި ދީނީ މިނިވަންކަން ނެތްކަމަށްބުނެ، ދާޚިލާ ހަމަނުޖެހުމަކަށް މުޅިމާލެ ގެންދެވޭނެ ގޮތަކަށް ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވުމަށާއި، ރާއްޖޭން ބޭރުގައި މިކަމުގެ ހަޤީޤަތް އޮޅުވާލައިގެން ވާހަކަ ފެތުރުމަށެވެ. Read the rest of this entry »

Posted in ޚަބަރު | 7 Comments »

ވަގުންގެ މާވަޑި… ހުސިންކިލޭގެފާނުގެ ވަގެކޭ ރަޝާދު ނުވަތަ ހަގީގީ ސޭލް ރަޝާދު

Posted by ހިމޭން އިންގިލާބު on 2010/02/08

ވައްކަން ކުރުމަކީވެސް ދާއިމީ ގޮތެއްގައި އެކަން ކުރާނަމަ އެކަމަށް ދެވިހިފާ ކަމެކެވެ. އެކަމަށް ދެވިހިފާފައި ހުރިމީހެއްނަމަ އަމިއްލަ ގޭގެ ބަދިގޭގައި އޮންނަ ނާށިގަޑުވެސް އަންހެނުންނަށް ނާންގާ ގެންގޮސް ބާލީސްދޮށަށް ލައި ނިދާވާހަކައަކީ އަޅުގަނޑުމެން އެންމެންވެސް އަޑުއަހާ ވާހަކައެކެވެ. ނަމަވެސް ވައްކަންކުރާ މީހަކީ ފަތްބޯމީހެއްކަމުގައި ވަނީނަމަ މިކަންތައް އެތައް ގުނަޔަކަށް އިތުރުވެގެންދާނެ ކަމެއްކަން ތިޔައިގެ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފަކާ ނޯންނާނެއެވެ. މިދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަތްބޮއެގެން ސަރުކާރުން އިއުލާންކޮށް، ނޫސްތަކުގައި އެވާހަކަ ޖެހި މީހަކީ ކާކުތޯ އެއީ ކޮންމެ މީހަކުވެސް ބަލަން ބޭނުންވާނެ ކަމެކެވެ. ގދ.ހަވަރު ތިނަދޫ ހުސިންކަލޭގެފާނުގެ ރަޝާދު ނުވަތަ ކުރީގެ ނަމުންނަމަ “ވަގެކޭ ރަޝާދު” އަކީ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތްއެތެރެކޮށް އެ ބޮއެގެން ހުކުމްކޮށް،ޖަލަށްލައި، އަރުވާލި މީހާއެވެ. ހަވީރު ނޫހުގެ ބޭރުގަޑުގައި މިކަލޭގެ ފޮޓޯޖަހައި އެކަން ވަރަށް ބޮޑަށް އެނޫހުން ކުއްވެރި ކުރިއެވެ.އަދި މިނޫނަސް މީނަގެ ފޯޓޯތަކަށް ތަފާތު ކާޓޫން ހަދައި އެކި ނޫސްތަކުން އެދުވަސްވަރު މަލާމާތް ކުރިއެވެ. ސަބަބަކީތޯއެވެ. މުޅި މިގައުމުގެ އަދުގެ ބަލިފައި ރާއްޖެއަށް އެންމެ ފުރަތަމަ އެތެރެކުރި ޖައްބާރަކީ މިކަލޭގެއެވެ. ފަތުގެ އިތުރުން ރަލާއި އަދި މިނޫނަސް މަސްތުވާ ޒާތުގެ އެންމެހާ ތަކެތި މިކަލޭގެ ދިޔައީ ބޭނުން ކުރަމުންނެވެ.މީގެ ހެކި މިހާރުވެސް ފުލުހުންގެ އަތުންނާއި ކޯޓްތަކުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. Read the rest of this entry »

Posted in ޚަބަރު | 4 Comments »

ޤާނޫނީ ހުވަޔާއި ޚިލާފުވާ މީހުންގެ ހުވައިގެ ޢިބާރާތް ފިޔަވަހި ތަކަކަށް ބަހައިލުން

Posted by ހިމޭން އިންގިލާބު on 2010/02/08

އިސްލާމް ދީނު ގެ އަޞްލު އުޞޫލު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ބަޔަކަށް ކޮށްދޭނެ ކަމަކަށް ނުވަތަ ބަޔެއްގެ ކަންތައްތަކެއް ރައްކައުތެރި ކޮށް ބެލެހެއްޓުމަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ގަންދީ މީހަކު ހުވައި ކުރުމުގެ ބޭނުމަކީ އެހެން އެ ކަން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީން ކަން ދިނުމެވެ. މި އިތުބާރާއި ޔަގީން ކަން ބަޔަކަށް މި ދެނީ އެމީހާ އުފައްދަވައި މި ހިސާބަށް ގެންނެވި މަތިވެރި ފަރާތް ހެކި ކޮށް އަދި އެ ފަރާތް އެ މީހާއާއި އެކު ކުޅަދުން ވަންތަ ކަމާއެކު ވޮޑިގެންވާ ޙާޟިރު ގައެވެ. މިއަށް ވުރެ ބޮޑަށް އެ މީހަކު އެ ކަން ކުރާނޭ ކަމު ގެ ޔަގީން ކަން މިދުނިޔޭ ގައި ހޯދޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އޭގެ ފަހުން މި ހުވަޔާއި ޚިލާފުވާ ފަރާތަކަށް އޭގެ ރައްދު ގައި އޮތް ކަމެއް އަންނާނީ އެ ހުވައި ގައި ހިމެނޭ ދީނު ގެ ވެރި ފަރާތާއި ހުވައި ގައި އެ ބަޔެއް ގެ ޙައްގު އޮތް މީހުން ގެ ފަރާތުންނެވެ. މި ދެ ފަރާތު ގެ ޙައްގު ރައްދު މި ތަނުން ނޫނީ އަންނަށް އޮތް ތަނުން ނަމަވެސް އެ މީހަކަށް ލިބޭނެ އެވެ. އެ މީހަކު އެ ހުވައި ކުރި ކަން ޔަގީން ވާގޮތަށް މި ރައްދު އެ މީހަކަށް ލިބޭނެކަން ވެސް ޔަގީން ވާން ޖެހޭނެ އެވެ Read the rest of this entry »

Posted in ޚަބަރު | 1 Comment »

މުލިޔާގޭ ދޮށަށް އެއްވިރޭ ގަންޖާ އާދަނިކު އަތުގައި އޮތް ކޮތަޅެއްގައި ހިފާދެމި އަންހެންވެރިން ނުހޯދިފައި: އާދަނިކު ބުނީ އެވެރިންކުރެން އެރޭ ކާކުތޯ ކޮތަޅުގަ ހިފީ އެހުމުން ޖަވާބުގައި އެއީ އިބްރާހިމް ނާސިރޭ ބުނިކަމަށް

Posted by ހިމޭން އިންގިލާބު on 2010/02/08

ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތަށް ނަޒަރު ހިންގާ ބަލާލާއިރު އަބަދުވެސް އިސްވެ ސަފުތަކުގައި ގައުމުގެ އަންހެން ދަރީން މުހިއްމު ރޯލެއް ކުޅެއެވެ. އިގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދުމުގައި އެވެރިން އެރޯލު ކުޅުނެވެ. ނާސިރު ރާއްޖޭގެ ދެކުނުގެ ވިޔަފާރި މާލެއަށް ޖަމާކުރަން ހިފުމުން މިނިވަންކަމަށް މަސައްކަތްކުރާ ވަރުގަދަ އޮއިވަރެއް ދެކުނުގައި އުފެދި އެކަމުގައި ވެސް ދިވެހި އަންހެނުން މުހިއްމު އިސްރޯލެއް ކުޅެ ހިތްވަރު ދެމުން ދިޔައެވެ. އެއަށް ވުރެ ފަހަތަށް ދާއިރު އުތުރު އަރުމާޒު ގައި ބޮޑު މުހައްމަދު ފޮނުވުމުގައި އުތުރުގެ އަންހެނުންވެސް ކުޅުނީ ވަރުގަދަ ރޯލެކެވެ. މާކުރިން ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރުމަށް ކުރި ހަނގުރާމައިގާ އުތުރުގެ ދިވެހި އަންހެނުން އަދާ ކުރީ އަދި ވަކީން ވަރުގަދަ ރޯލެކެވެ. މިފަހުން ތުޅާބެގެ ވެރިކަމުން ރާއްޖެ ސަލާމަތް ކުރެވޭތޯ ދިވެހި އަންހެނުން އެކި ސިފަސިފާގައި ހިންގަމުންދަނީ ވަރަށް ތަފާތު ނަމަވެސް ވަރުގަދަ ހަރަކާތެކެވެ. އިހަށް ރޭ މުލިއާގޭ ދޮށަށް ތުޅާބެގެ އިސްތިއުފާއަށް ގޮވާ އެއްވި އެއްވުމުގައި ދިވެހި އަންހެނުން ދެއްކީ އާދަޔާއި ޚިލާފު ގަދަ ހިއްވަރެކެވެ. އެއެއްވުމަށް ހުރަސް އަޅަން ގޭންގުތަކުން ކުއްޔަށް މީހުން ހިފައިގެން އެތަނަށް ދިޔަ އެކަކީ ގަންޖާ ވިއްކާ އާދަމް މަނިކެވެ. އާދަމް މަނިކާއި ދިމާ ކުރީ އަންހެން ވެރީންނެވެ. އަންހެން ވެރިން އޭނާ ހިފަހައްޓާ އޮރިޔާން ކުރަން އުޅެގަތެވެ. އެހިފި ހިފުމުގައި އަންހެންވެރިންނާއި އެކު އޭނާ ހުކުރު މިސްކިތު ގޯތިތެރެއަށް ވެއްޓުނެވެ. ދެންވީ އަދި މާނުބައިގޮތެކެވެ. Read the rest of this entry »

Posted in ޚަބަރު ދިރާސާ | 3 Comments »

ސުރުހީހެއްނެތް – އެކަމަކު ދެބޯގެރި ދުއްވާ ބޭފުޅެއްގެ ތަންކޮޅެއް

Posted by ހިމޭން އިންގިލާބު on 2010/02/07

އުސްތާޛް މުހައްމަދު ނަޝީދު ދިވެހިރައްޔިތުންގެ ހައްޤުތައް ހޯއްދަވައި ދެއްވުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތަށް ހަމަ ފައްފަށުން ތައުރީފުދެމެވެ. މުހައްމަދު ނަޝީދު ސިވިލް ސަރުވަންޓުންގެ ހައްޤު ހޯއްދަވައި ދެއްވުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާކަމު ބަޔަކު މީހުން ޤަބޫލުކުރައްވާތޯ ތިޔަ ކުރައްވާ މަސައްކަތުގައި އޮއްޓަރު ހުރި މިންވަރު ކިރާލާ ފުރާނާލައިފީމެވެ. އަމިއްލަ ޓީވީ ޗެނަލް ދި ޓީވިން މުޙައްމަދު ނަޝީދު ވަގުތު ބައްލަވައިގެން ޤައުމާ މުޚަތަބު ކުރައްވާ ތަޤުރީރެއް ދެއްވައިފިއެވެ. އަދި އެމަނުފާނުގެ އެހީއާއި މަދަދާއި ބުރަ މަސައްކަތުން ވަޒީރުންގެ މޭޒުން ޖާގަ ލިބިފައިވާ ހުސްނުއްސުއޫދަށް ވަރަށް މަލާމާތްކޮށް ބަހުގެ ހަމަލާތައް ދެއްވި ކަމުގައިވިއަސް މިކަމުގައި އުސްތާޛްގެ އިޙްލާސްތެރިކަން ހުރީ ކިހާމިންވަރަކަށް ތޯއެވެ. އުސްތާޛްގެ މިދެންނެވި ތަޤްރީރަށްފަހު ހުއްޓަވައި ނުލައްވާ މަސައްކަތްޕުޅު ރޭޑިއޯއާއި ޓީ.ވީތަކުގައި މެދުނުކެނޑި ކުރައްވަމުން އެބަގެން ދަވައެވެ. ދާދި މިދާކަށްރެއަކު (6 ފެބުރުއަރީ 2010) އަނެއްކާ ދި ޓީވީގައި އުސްތާޛްގެ ހެލޭދޫފުޅުން ރައްޔިތުންގެ ހިތްތަކުގައި ގިޓާގުޅެލައިފިއެވެ. އެރޭ މަވެސް ސްޓާޑަސްޓް އެވޯޑް ބަލަން އިންގަޑީގައިމެ މި ސަޅިބައިސާއެއް ކަނޑާތީ ސްޓާޑަސްޓް އެވޯޑުވެސް ބެލުން ހުއްޓާލަންޖެހުނެވެ. ކަނޑާ ފޮނީގައި ހުރި އޮލަކަމެއް ވަޒަންކޮށްލުމުގެ ބޭނުމުގައެވެ. Read the rest of this entry »

Posted in އަވަސް ދިރާސާ | 4 Comments »

ހުކުރުދުވަހުގެ ހުރުމަތްކަނޑައިފި

Posted by ހިމޭން އިންގިލާބު on 2010/02/07

އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު މުސްތަފާ ލުތުފީއާއި ލައިލާ މަޖުނޫނު ހުސްވި ހަފުތާ ބަންދުގައި ތިލަދުންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ދިއްދޫގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ މޮނިއުމަންޓު ލައިލާ މަޖުނޫނުގެ ކުރަކި އަތްޕުޅުން ހުޅުއްވައި ދިނުމުގެ ނަމުގައި މި ދެ ބުރާތިން ތިލަދުންމައްޗަށް މިވެއްޓިގަތީ ތިލަދުންމަތީގައި މިހާރު އާދަޔާ ޚިލާފަށް ގޮއްރީދޫ ބައްޗަށް ބޭސްކޮށް ރީދޫ ހުން ޖެހިފައިވާ މީހުނަށް ޚާއްޞަފަރުވާތަކެއް ދެވެމުންދާ ޚުތޫރަތްތެރި ދަނޑިވަޅުގައެވެ. ދަންނައެ، ދިވެހިރާއްޖޭގެ ޅަދަރިން ތަރުބިއްޔަތުކޮށް އިސްލާމްދީނަށް ކުދިންގެ ބޯލަންބުވާ ދީނުގައި ކަންތައްތައް ކުޅައުމަށް އަންގަވާފައިވާ މަތިވެރި އުޞޫލުން ކުދިން ރަތުބިއްޔަތުކޮށް ކުދިންނަށް މަގުދައިކައިދޭން ތިބި މުދައްރިސުންނަށް ނަމޫނާއަކަށްވާންޖެހޭ މި މުސްތަފާ ލައިލާ މަޖުނޫނު ގޮވައިގެން ހަނިމާދުން އައިސް ކުޅުދުއްފުއްޓަށް ވެއްޓިވަޑައިގަތީ ހުކުރުދުވަހުގެ މެންދުރު 12 ޖެހިއިރުއެވެ. ފަހަރެއްގައި އެއީ މާމޮޅު އިރުވަރެއްޖެހޭ ގަޑިއަކަށްވެދާނެއެވެ. ލައިލާ މަޖުނޫނުގެ ހިތުން މި މުސްތަފާބޭގަޑަށް ޖާގައެއް ލިބޭ ގަޑިއަކަށްވެސް ވެދާނެތޯޗެކެވެ. ނޫނިއްޔާ މިހާރު އުވާލާ ނީލަންކިޔާފައިވާ ހދ. އަތޮޅުގެއިން އެތަނުގައި މަސައްކަތްކުރާ ނޯކަރުން ހުކުރަށްދާ ގަޑި ބަލައިގެން ލައިލާ މަޖުނޫނަށް ފެންތަށިކޮޅު ދެވޭނެ ގަޑިއަކަށް ބެއްލެވީ ކަމުވެދާނެއެވެ. Read the rest of this entry »

Posted in އަވަސް ޚަބަރު | 5 Comments »

ފިރުމާލާފަ ކަނާތުން އެ ޖެހީ މޫނުގަ ވާތުން

Posted by ހިމޭން އިންގިލާބު on 2010/02/07

ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ކަށަކުޅަދުންވަންތަ ކަމާއި އެއްފަދަ ވެގެންވާ އަނެއްކަމެއް ނުމެވޭމެއެވެ. ފަހެ, އިންސާނުންނީ މަޚުލޫގުން ގެ ތެރެއިންވެސް ކުރިއަށް ނެރުއްވައި ބުއްދީގެ އަގުބޮޑު ނިޢުމަތް ދަރުމަކޮށް ދެއްވިބައެއްކަމުގައި ދަންނަހުށިކަމެވެ. އަދި ކިއެއްތަ އޭގެ ތެރެއިން ވެސް އިސްލާމުންނީ ކައުޙަބީބާ ގެ އުއްމަތު ގައި ލެއްވި ބޮޑުވެގެންވާ ނަޞީބު ގެ އަހުލުވެރިން ކަމު ގައި ނޫނީ ނުވާހުއްޓެވެ. މި މީހާއީ މިބައި ގައި ހިމެނޭ ތިބާ ކުދީން ގެ އަޚަކީމު އެވެ. ފަހެ ހަށިވާގި ދޫވެ މުސްކުޅިބަލީ ގައި އުޅެން ޖެހުނަސް މިތާ ގެ މިހައިއިރު ގެ ޙާލަތާ މެދު ފިކުރު ހިންގައި ތިބާ ކުދީންނަށް ހެޔޮ މަގެއް ދައްކައި ހެޔޮ ބަހެއް ބުނެ ހިތްވަރެއް ރައްދު ކުރުން ނޫން އެހެން މުހުތާދެއް އަޚާ ގެ ނުވެއެވެ. Read the rest of this entry »

Posted in މަޒުމޫނު | 1 Comment »

ނާސިރުކިލެގެ ހިންގެވި ނުބައިކަންބޮޑު ޖަރީމާ

Posted by ހިމޭން އިންގިލާބު on 2010/02/07

ސުލްތާން މުޙައްމަދު ފަރީދު ނަމެއްގައި ރަސްކަލަކަށް ހުންނަވައި ބޮޑުވަޒީރު ނާސިރު ކިލެގެ ހަވަރުތިނަދޫ ސުންނާފަތިކުރައްވައި މީހުންތައް މަރުއްވައި ގިނަބަޔަކު ބަނޑަށްމަރުވެދިޔަ ނުބައިކަންބޮޑު ޖަރީމާގެ ހަނދާންތައް އާކުރުމަށް ބަޔަކު ވާހަކަދެއްކި ތަނެއްގައި ގައުމުގެ ނާއިބް ރައީސް ވާހަކަފުޅު ދައްކަވައި ވިދާޅުވިގޮތުން އައްޑޫ ހުވަދޫ މުލަކުގެ މީހުން ސަރުކާރުގެ ގަޔަށްބޮލަށް އަރައިގަންނާނެތީ، ނިމިދިޔަ ސަރުކާރުން އެ އަތޮޅުތަކަށް މާބޮޑު އަޅާލުމެއް ދެއްވާފައި ނުވާކަމާއި އަދި ވާހަކަފުޅުގެ މުޅި ދޭހަޔަށްބަލާ އިރު ހަވަރުތިނަދުއަށްވެސް ކަމަކަށްވާކަހަލަ ކަމެއް ކޮށްދެއްވާފައި ނުވާކަން އެނގެއެވެ. މިއީ އެތަންތަނަށް ވަޑައިގެންފައި ވިދާޅުވި އެއްޗަކަށްވާނަމަ މަނިކުފާނުގެ ދެލޯފުޅުގައި ރަމަލްގެ އާލާސްކަންފުޅެއްހުރިކަމަށް ބުނާ މީހުންވަރަށް ގިނަވާނެއެވެ. Read the rest of this entry »

Posted in މަޒުމޫނު | 1 Comment »

ޖައްލާދު ތުޅާބެގެ ވިހަ ޚަންޖަރުން އަނެއްކާވެސް އިތުރު ގައިދީއަކު މަރާލައިފި: އަދާލަތު މުއްލާއިންގެ ފަތުވާއަކީ މަރަކީ ﷲ ގެ ހަޒުރަތުން އަންނަކަމެއްކަމަށާއި، މަރު އައިސް ޖެހުމުން އެކަކަށްވެސް ފިލަން ނުދުވެވޭނެ ކަމަށް

Posted by ހިމޭން އިންގިލާބު on 2010/02/07

އަނިޔާވެރިޔާ އަދި ޖައްލާދު، ރައީސް ތުޅާބެ އަނެއްކާވެސް އޭނާގެ ވިހަ ޚަންޖަރުން އިތުރު ގައިދީއެއްގެ ފުރާނަ ދުއްވާލައިފިއެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މިގައިދީ މަރާލުމަށްޓަކައި އެ މައުސޫމު ފުރާނައަށް ހަމަލާ ދެވިފައިވާ ގޮތުގެ މާބޮޑު ތަފްސީލެއް ލިބިފައެއް ނެތެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާބެގެ ސަރުކާރަށް ގޮންޖަހާ ދެކޮޅުވެރިކަން ދައްކާ ފަރާތްތައް ހައްޔަރުކޮށް ޖަލުގައި މަރާލުމުގެ ތަފާތު އުކުޅުތައް މިހާރު ބޭނުން ކުރެވެމުންދެއެވެ. މީގެ ތެރޭގައި މިޒަމާނުގެ ތަފާތު ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކުރެވެއެވެ. މާލެތެރޭގައި އަޑުއަރާފައިވާ ގޮތުގައި މިފަދަ އުކުޅުތައް ބޭނުންކޮށްގެން ޖަލުގައި މީހުން މަރާނެ ގޮތުގެ އުކުޅުތައް ދަސްކޮށް ދިނުމަށްޓަކައި، އިޒްރާއީލުގެ އޮފިޝަލަކު ރާއްޖެއައިސް އާރަށުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިތަމްރީނުތައް ފުލުހުންގެ ތެރެއިން ހޮވާލެވިފައިވާ ބަޔަކަށް ދެވެނީ، އިގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި އޮންނަ އިޒްރާއީލުގެ ލޮބީގްރޫޕް، ކޮންޒަވޭޓިވް ފްރެންޑްސް އޮފް އިޒްރޭލް (ސީއެފްއައި) ގެ އެހީ މެދުވެރި ވެގެންނެވެ. Read the rest of this entry »

Posted in އަވަސް ޚަބަރު | 5 Comments »

މުޙައްމަދު ނަޝީދަށް ހުޅުވާލެވިފައިވާ ސިޓީއެއް – ނައިފަރުން

Posted by ހިމޭން އިންގިލާބު on 2010/02/05

                ރާއްޖޭގެ އިއްޒަތްތެރި ރަޢީސުލްޖުމްޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުއަށް

                ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

                ފާދިއްޕޮޅު ނައިފަރަކީ ޒަމާނުއްސުރެވެސް އެއިރެއްގާ އޮންނަ ސަރުކާރެއް ވަރަށް އިސްކަމެއްދީފައިވާ ރަށެއްގެ ގޮތުގައި ޒަމާން ހެކިދެއެވެ. ވަކިންހާއްސަ ގޮތެއްގައި ވޭތުވެދިޔަ 30 އަހަރު ރާއްޖޭގެ ރަޢީސްކަންކުރެއްވި އަލްއުސްތާޒް މަޢުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުން ގިނަގުނަ ކުރިއެރުންތަކެއް އުމްރާނީ ގޮތުނަނާއި އިޖުތިމާޢީ ގޮތުން އަދި އެހެނިހެން ދާއިރާތަކުންނާއި ރޮނގު ރޮނގުންވަނީ ހާސިލްކޮއްފައެވެ. އެކަމުގެ ހެއްކަކަށް ދިވެހިރައްޔިތުންގެ ޕާޓީއަށާއި އެޕާޓީގެ ޒަޢީމަށް ހިފެހެއްޓުމެއްނެތްގޮތެއްގައި ލިބެމުންއެދާ ތަޢުރީފާއި ތަރުހީބާއި ތާޢީދު ފުދެއެވެ. މިއީ މުޅި މިދިވެހިރާއްޖެދަންނާނޭ ކަމެކެވެ. ނަމަވެސް ޒަމާންމިވަނީ ބަދަލުވެފައެވެ. ވިސްނުމާއި ފިކުރުމިވަނީ ބަދަލުކުރަންޖެހިފައެވެ. ނައިފަރުގައި އެއްއަޑަކަށް ގުގުމަމުން އެދާ ޑީއާރުޕީގެ އަޑު މިވަނީ ފަނޑުކޮއްލަންޖެހިފައެވެ. އެހެންނޫނީ އިންތިހާބީ އެއްވެސް ކަމެއްގައި ޑީއާރުޕީ ނޫން އެހެން ފަރާތަކަށް ނުވަތަ ބަޔަކަށް މިޖީލުގައި ކާމިޔާބެއް ހޯދިދާނޭކަމަކަށް ނުފެނެއެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިފަހުން 15 މަސްދުވަސް ވާންމިވަނީ މަދުދުވަސްކޮޅަކަށްވެފައެވެ. ރައީސް ނަޝީދުއަށް ނައިފަރު އެއީ އޮންނަ ރަށެއްކަންވެސް ނޭންގޭކަމަށް ނައިފަރުގެ ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ. Read the rest of this entry »

Posted in ސިޓީ | 11 Comments »

މިއީ ބޮޑުވަރެއް- ހޭދެބައިވުން ނޫންކަމެއް އެމް.ޑީޕީއަކަށް ނޭނގޭ

Posted by ހިމޭން އިންގިލާބު on 2010/02/04

ދިވެހިހޯރަ: ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ. އެމް.ޑީ.ޕީގެ ރީނދޫ ހާމުދުރުންނަކީ ރައީސް ތުޅާބެ ބުނާގޮތަށް ހަމަހެއިން ނެއްޓޭ ބައިގަނޑެއްތާއެވެ. ސިވިލް ސަރވިސް އޮފީހަށްވަދެ އެތާނގައި ހާމުދުރުން ފެލިއެރުވީމަވެސް އެމް.ޑީ.ޕީއަކަށް އެތަނެއް ނުފެނެއެވެ. ސަރުކާރަކަށް ކުރެވުނު އެއްކަމެއްވެސްނެތެވެ. އެހެންތާވާނީ! މިބައިގަނޑުގެ ކިބާގައި ކަންކަން ހަޖަމުކުރުމުގެ ކަންފުޅެއްވެސް ނެތީވިއްޔާއެވެ. މިފަދަ ޖަރީމާތައް ހިންގާ ކޮންމެފަހަރަކީ މިގޮއްރީނދޫ ބައިގަނޑުން ހިންގާ ކަމެއްކަން އިތުރު ތަޙުޤީޤަކާނުލާ އެނގި ބޭޒާރުވެއެވެ. ރައްޔިތުންގެ ކުރިމަތީގައި ތިޔައީ ގުންޑާއިންގެ ޕާޓީއެއްކަން ބޭޒާރުވެ ޔަޤީންވެއެވެ. ސަރުކާރު ނުވެއްޓޭނެއޭ، ކަންކަން ހިނގަނީ ހަމަރަނގަޅަށޭ، ބުނެ ސަރުކާރުގެ ކޮންޓްރޯލް  އެމް.ޑީ.ޕީ އަތުގައި އޮތްނަމަ މިފާޑުގެ ވިޔާނުދާ ޢަމަލެއް ނުހިންގީސްކަން ކަށަވަރެވެ. Read the rest of this entry »

Posted in ފާޑުކިޔުން, ޚަބަރު ދިރާސާ | 4 Comments »

އިންޝުއަރެންސާއި، ބަނގުރާ އަދި ޒިނޭވެސް ހުއްދަ؟

Posted by ހިމޭން އިންގިލާބު on 2010/02/04

ދިވެހިހޯރަ: ޑރ.ޢަބްދުލްމަޖީދު ބާރީއާއި،ޖާރިޔާ ޝަހީމް އަދި އިސްލާމްދީނުގެ ނަމުގައި މިހާތަނަށް އެންމެގިނަދޮގު ހަދާފައިވާ ސޭކު ޙުސައިން ރަޝީދު އަޙްމަދު ޓީވީއަށް އަރާތިބެގެން ތިކިއަނީ (އމއ)ހެއްޔެވެ؟ އެހެންނާ މިސޭކުންތައް ދަންނަބޭކަލު ހެދިގެން މިވީހާތަނަށް އެންމެގިނައިން ކިއާފައިވަނީ ކުރީސަރުކާރުން ދީނީފަތުވާދިނުން ހިފަހައްޓައިގެން އުޅޭވާހަކައެވެ. އެހެންވުމުގެ ސަބަބުން ޤައުމުގެ ދީނީ ކަންކަން ދަށްވަމުންދާ ވާހަކައެވެ. މިއީ ހަމަ ފިސާރިތެދެކެވެ. ﷲގެ ކުޅަދުންވަންތަވެރިކަން މިމުނާފިޤުންނަށްވުރެ މަތިވެރިވެފަ މޮޅުކަން މި (ލއޗ)އިންނަށް ހަމަނޭނގެނީއެވެ. 3 ފެބްރުއަރީ 2010ދުވަހުގެރޭ ޓީވީއެމްއިން ގެނެސްދިން އިސްލާމްދީނުގައި އިންޝުއަރެންސް ކުރުމާބެހޭގޮތުން ކަންކަން އޮންނަގޮތް އޮޅުންފިލުވާދިނުމަށް މިތިން މުއްލާއިން އަރާތިބެ ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. ” ދީނީ ފަތުވާދިނުން އެއީ ފަހަރެއްގައިވެސް ދޫކޮށްލެވިފައި އޮތުމަށް ރަނގަޅުކަމެއް ނޫން. ފަތުވާދިނުން އޮންނަންޖެހޭނީ މިނިސްޓްރީން ހުއްދައެއް ނަގައިގެން ސަރުކާރުގެ ރެގިއުލޭޝަންގެ ދަށުގަ ” (ޖާރިޔާ ޝަހީމް) Read the rest of this entry »

Posted in ހަޖޫޖެހުން, ފާޑުކިޔުން | 13 Comments »

ކުއްލި ޚަބަރު: މޭޖަރ ޖެނެރަލް މޫސާ ޖަލީލް ރިޓަޔަރ ކުރައްވަން މަޖުބޫރު ކޮށްފިކަމުގެ މައުލޫމާތު އެބަލިބޭ

Posted by ހިމޭން އިންގިލާބު on 2010/02/04

ގައުމީ ބަޠަލު މޭޖަރ ޖެނެރަލް މޫސާ ޖަލީލު ރިޓަޔަރ ކުރައްވަން މަޖުބޫރު ކޮށްފިކަމުގެ ޚަބަރު ލިބެމުން އެބަދޭ.  އެމަގާމަށް ދެން ހަމަޖައްސަން ހަމަޖެހިފައިވަނީ ފަރުހަތު ޝަހީރު. އިތުރު މައުލޫމާތު އަދި މިވަގުތު ލިބިފައެއް ނެތް 

Posted in އަވަސް ޚަބަރު | 5 Comments »

ތިނަދޫގައި މާ އެމް.ޑީ.ޕީ ވެގެން އުޅުނު ކަހީނުކަލޭގެ – އަބުހަރީ މޯޑަ ކޮބާ؟

Posted by ހިމޭން އިންގިލާބު on 2010/02/04

މައުމޫނުގެ ވެރިކަމުގައިވެސް އޭރުގެ އަތޮޅުވެރިޔަކަށް ހުރި ސުންކެޑިޔާ، އަލީ ޝަރީފްއާއި މާ ގާތްގުޅުމެއް އޮންނަ މިކަލޭގެއަކީ އެމްޑީ.ޕީގެ ކަންތައް ފެށިގެން އައިއިރު މުޅި ތިނަދޫގައި ހިންގި ހުރިހާ ޖަރީމާ ތަކެއްގެ މައި ތަނބެވެ. މިކަލޭގެ މޭސްތިރި ކަމުގައި ތިނަދޫގެ އެތައް ބަޔަކަށް ވަނީ އަދި އަދާ ޖެހެންދެންވެސް އަރައި ނުގަނެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެތެރެއިން ކުޑަ މަދު މިންވިރަކަށްމިބަޔާނުގައި އަލި އަޅުވާލާނަމެވެ. ފުރަތަމަކަމަކަމަކަށް އެދުވަސްވަރުމިކަލޭގެ ކުރިކަމަކީ ސަރުކާރާއި ރައްޔިތުން ޖައްސަންވެގެން ފުލުހުންގެޖިޕެއް ރޯކޮށްލީއެވެ. އެފަހަރު އެމައްސަލައިގައި ފުލުހުންނަށް އެމައްސަލަ ތަހުގީގު ކުރުމަށްޓަކައި ނުގެނެވިގެން، ސިފައިން ވަނީ ސިފައިންގެކުރިމަތީ މާ ވައްތަރު ބޮޑު ނުކުރެވޭނެކަން ވަރަށް ސާބިތުކަމާއިއެކެ އަންގާލާފައެވެ. Read the rest of this entry »

Posted in ޚަބަރު | Leave a Comment »

ތޮއްޑޫ އަލީ ވަހީދު ފެނުނީމާ ތުޅާބެ ނިތުން އޮށްދާ ހިއްލަނީ ކީއްވެ؟

Posted by ހިމޭން އިންގިލާބު on 2010/02/04

މިފަހަކަށް އައިސް މިއުޅޭ ހަކުރުބާގައިގެ މީހުން ތޮއްޑޫއަށް އަރަނީ ކުނި ކަރައަކަށް ގުއިވަޅުމެހި ބުރާ ބީދައިންނެވެ.  މިދިޔަ ހަފްތާ ބަންދުގައި ގޮށްރީނދޫ ސަރުކާރުގެ އެއްމެ ބޮޑެތި ވަޒީރުން އުޅުނީ ތޮއްޑޫގައެވެ. މިހާރު ޚުދު ތުޅާބެވެސް އއ. އަތޮޅަށޭ ކިޔައިގެން ގޮސް ތޮއްޑޫ ވަށައިގެން ހޯރައަޅަނީއެވެ.  ހަމައެއާއެކު އެމްޑީޕީގެ މައުތު ޕީސަކަށް މިއަދުވެފައި އޮތް ޓީވީ މޯލްޑިވްސް އިން ވަނީ މުލީއާގޭގައި ތައްޔާރުކުރާ ޕްރޮޕަގެންޑާ ޚަބަރުތައް މެކުހަށް ޖަހާފައެވެ. ޓީވީއެމުން މިހާރު ފަތުރާ ދޮގު ޚަބަރުތައް ޤަބޫލުކުރާނަމަ ތޮއްޑޫ އެންމެން މިހާރުތިބީ އެމްޑީޕީއަށް ވަންނަން ކިޔޫ ހަދައިގެންނެވެ. ދުވާލަކު 500 މީހުން ވަދެޔޯލައެވެ. އެއަދަދަށް އެރަށުގައި 18 އަހަރުވެފައި ތިބިމީހުން ނެތުމަކީ މުލީއާގޭ ކުންނާރުގަހުގައި ތިބެ އެޑިޓޯރިޔަލް ލިޔާމީހުންނަކަށް މާބޮޑު މައްސަލައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އެގަހުގައި ތިއްބަވާ ބޭފުޅުންނަށް ދިވެހި ރައްޔިތުން ފެންނަނީ ގުނބޯލުންގެ ސިފައިގައި ވިއްޔާއެވެ. ހަކުރުބާގައިގެ މީހުން ތޮއްޑޫގައި ބޭއްވި ޖަލްސާއަކީވެސް މާކާމިޔާބު ޖަލްސާއެކޯލައެވެ. ރަށުއެއްމެން ތިބީ އެތަނަށް ގޮސްފަޔޯލައެވެ. އެކަމަކު ޓީވީއެމުން ދެއްކި ވީޑިޔޯ އިން ފެންނަނީ ކުޑައިކޮށް ތަފާތު މަންޒަރެކެވެ.  އަތުގައި އޮތް އެންމެ ނެރޯ އެންގަލް ލެންސް ކެމެރާއަށް ލައްވައިގެން ވެސް ޖަލްސާކުރާތަން ފުރައެއްނުލެވުނެވެ.  ހައެއްކަ ބަރީގައި މީހުންތިބިއިރު ދެބައިކުޅަ އެއްބަޔަކީ ހިލޭ ދަތުރެއް ލިބޭތީ ތޮއްޑޫ ބަލައިލަންދިޔަ މާލޭ މީހުންނެވެ. Read the rest of this entry »

Posted in އަވަސް ދިރާސާ | 4 Comments »

އެންމެ ފަހުން ފެލިވަރު މުވައްޒަފުންނަށްވެސް ދަތިކުރުމާއި ފިއްތުން

Posted by ހިމޭން އިންގިލާބު on 2010/02/03

ޒަމާނުއްސުރެވެސް ފެލިވަރަކީ ތަފާތުގިނަ ރަށްރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރަމުންދާ ދަޅުގައި މަސް ބަންދުކުރަމުންދާ ކާރުޚާނާއެކެވެ. އަދި ވޭތުވެގެންދިޔަ ދިހަވަރަކަށް އަހަރަކީ އަވަށްޓެރި މިރަށްރަށުގެ މުވައްޒަފުންނާ އެހެނިހެން ރަށްރަށްށުގެ މުވައްޒަފުން ސަލާން ގަލާންކޮށް އެއްބަނޑު އެއްބަފާ ކަހަލަ ބަދަހި ގުޅުމަކަށް ބަދަލުވެފައިވާ އަހަރުތަކެކެވެ. މިކަން ޚުދު ފެލިވަރާއި މިފްކޯގެ އޭރާއިމިހާރުގެ މުވައްޒަފުންނާއި ބޮޑެތިބޮޑެތިންވެސް ހިތްހަމަޖެހުމާއި އުފަލާއެކު ޤަބޫލުކުރާނޭކަން ޔަޤީނެވެ. މިރަށްތަކުގެ މެދުގައި އުފެދިފައިމިވާ ލޯތްބާކުލުނު، އަޚުވަތްތެރިކަމާއި ގާތްކަން ކަނޑުވާލާ ވަސްފިލުވާލުމަށް މިހިންގާ އޯގާތެރި ބޮޑުވަރިހަމަ ‘ހެޔޮ’ ސަރުކާރުން މީގެ ދެތިން ހަތަރު ދުވަހެއްކުރީން މެކުހައްޖަހައިފިއެވެ. Read the rest of this entry »

Posted in ޚާއްޞަ ރިޕޯޓް | Leave a Comment »

ކުއްލި ޚަބަރު: އިޒްރޭލުގެ ވަފްދެއް އާރަށުގައި

Posted by ހިމޭން އިންގިލާބު on 2010/02/03

އިޒުރޭލުގެ ވަފުދެއް މިހާރު ރާއްޖެ އައިސް އެބައުޅެއެވެ. ޔަޤީނުންވެސް މީގެތެރޭގައި އަންހެނެއް ހިމެނެއެވެ. މީނާ ބަހައްޓާފައި ހުންނަނީ އާރަށުގައެވެ. މީނާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނެވެ. މީނާއާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާ މީހުންދަނީ އާރަށަށެވެ. އެއްވެސް ބައްދަލުވުމަކަށް މީނާ މާލެއަށް ނުގެނެއެވެ. މީނާ ރާޢްޖެ އައިސްފައިވަނީ މިހަފްތާގައެވެ. މާގިނަ މަޢުލޫމާތެއް މިވަޤުތު ނެތެވެ. ނަމަވެސް މަޢުލޫމާތު އިތުރަށް ލިބޭ މިންވަރަކަށް ފޮނުވަމުން ގެންދާނަމެވެ.

Posted in އަވަސް ޚަބަރު | 7 Comments »

މަތި ކުޑަ ސަރުކާރު ފޫ ހިގައްޖެ

Posted by ހިމޭން އިންގިލާބު on 2010/02/03

 މިކިޔާ ޑިމޮކްރެސީގެ ހަމަތަކުން އުފެދުނު ތުޅާބެ ސަރުކާރު ފުނޑުފުނޑުވެއްޖެއެވެ. މިހާރު ތުޅާބެގެ ގިނަ އިސްވެރިންނަކީ ތުޅާބެގެ އަމުރަށް ނުވަތަ ޚިޔާލާ އެއްގޮތަށް މަސައްކަތްކުރާ ބައެއްނޫނެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ ތުޅާބެއާ މިވެރިންތަކާ އެއްސިޔާސަތަކާމެދު ދެފަހަރު ދެކެވޭ ވާހަކަ ތަފާތުކަމާ ޚިލާފު ބޮޑުކަމެވެ. ތުޅާބެއަށްއޮތީ ކަނޑައެޅިގެން ނުބައިކޮށް ކަންތައްކޮށްފަ ރައްޔިތުން ކުރިމައްޗަށް ނުކުމެ ސޮރީއޭ ބުނުމެވެ. މިތަން ކޮޕީކޮށްގެން އެންވަޔަރަންމަންޓް މިނިސްޓަރ އަސްލަމްވެސް މިހާރު ސިލްސިލާ މަޢާފަށްއެދުމާ ބަލިޤަބޫލު ކުރުންތަކެއްގެ ވާހަކަވަނީ ފެށިފައެވެ. ބަލަގަ ބަލިގަބޫލުކުރުމަކީ އިސްތިއުފާދީފަ ގެޔަށްދިއުމޭ، އަޅެފަހެ މިއީ އަހަރުމެން މަޢާފަށް އެދެންވެގެން ހޮވި ސަރުކާރެއްހެއްޔެވެ.؟ Read the rest of this entry »

Posted in އަވަސް ދިރާސާ | Leave a Comment »

ތުޅާބޭގެ ފުރަތަމަ ޗާލާކީ: ދެވަނަބުރަށް ހޮވިގަތުމަށް ރޭވި ސްޓްރެޓީޖިކް ޕްލޭންގެ ޕައިލެޓް ޕްރޮޖެކްޓް ނިމިއްޖެ

Posted by ހިމޭން އިންގިލާބު on 2010/02/03

ތުޅާބެއަށް، ރައީސްކަން ހޯދައިދިނީ، އިނގިރޭސި ކޮންޒަވެޓިވުން އަޑީގައިތިބެ ރޭވި ސިއްރު ރޭވުންތަކާއި، ކުރި ޚަރަދުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭގެ ބަދަލު ތުޅާބެ އެ ބައިގަނޑަށް މި ދެނީ، ދިވެހިރައްޔިތުން ފެލާލައިގެން ނެރޭ ދިޔައިންނެވެ. ސިވިލް ސަރވަންޓުންގެ މުސާރަޔާއި، ޤައުމުގެ ހަރުމުދާ އެބައިމީހުންނަށް ހިބައިންދީގެންނެވެ.  މި ޗާލާކީގެ ފުރަތަމަބައި ނިމުނުތަނާ ކައިރީގައި މީގެ ދެވަނަބައިގެ ރޭވުންގަނޑުވެސް ފެށިއްޖެއެވެ. މަޖިލީހުގެ އިންތިޚާބުން ރަނގަޅު ނަތީޖާއެއް ނުފެނުނަސް، ރަށުކައުންސިލާއި އަތޮޅުކައުންސިލް އިންތިޚާބު އަންނަންވާ އިރަށް، ރައްޔިތުން ބޯކާނެ ގޮތްތަކާއި ހުނަރުތައް، އިނގިރޭސި ކޮންޒަވެޓިވުން ރާއްޖެއައިސް، ސީދާ އެ ނަމުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތު ބައްދަލުވުންތައް ބާއްވައިގެން، އެމްޑީޕީގެ ފަރަންޖިޕާނީންނަށް ވަނީ ކިޔައިދީ ދަސްކޮށްދީފަ އެވެ. މި ކަން ރާއްޖޭގެ މީޑިއާ ޚަބަރުގައިވެސް ކިޔާފައިވާތީ، އެ ވާހަކަ ކުރުކޮށްލީއެވެ. Read the rest of this entry »

Posted in ބެއްޔާގެ ފަންވަތް | 4 Comments »

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަމަނުޖެހުން އުފެއްދުމަށް ތިނަދޫ ކައުންސިލަރ ވަލުވަކަރު ޒާހިރު އަދި އަޒީމާއި އަޖީބު ގުޅިގެން ހިންގި ޕްރޮގްރާމް

Posted by ހިމޭން އިންގިލާބު on 2010/02/03

މިއީ ގދ. ތިނަދޫގައި އާއަހަރުގެ ކިޔެވުން ފެށުނުއިރު އެތާނގައި މިހާތަނަށް އެމީހުންގެ އަމުރާއި ވެރިކަން ހިތުހުރިގޮތަކަށް ހިންގަމުންދިޔަ، ފާއިތުވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގަސަމްއާއި ވާދަކޮށް ގަޔަށް ސީލެވުނު މިސާލުގައި ބަލިވެ ވީދެރައިން އެތަކެއްދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު، އަލްފާޟިލް އަބްދުﷲ ޖިހާދުގެ ކޮއްކޮ،އަޒީމާއާއި އޭނާގެ ދެވަނަ ފިރިމީހާ އަހްމަދު އަޖީބް، އެސްކޫލުގައި އެދެމީހުންނަށްވުރެ މަތިން އެމީހުންކުރަމުންދާ ހަޑިކަންތައް ބެލުމަށްޓަކައި ސިވިލްސަރވިސްއިން މުހައްމަދު ޒުހައިރު ކިޔާ ބޭފުޅަކު އައްޔަންކުރެއްވުމުން، އެބޭފުޅާ އެތަނުން ބޭރު ކުރުމަށްޓަކައި ރޭވިރޭވުންތަކެވެ. މިކަންތައް ކާމިޔާބުވާ ގޮތްނުވީ، މުޅިތިނަދޫ އެންމެހާ ރައްޔިތުންނަށްވެސް، މިވެރިންގެ ރޭވުންތައް ފަޅާއެރުމުންނެވެ. ޓީޗަރުންނަށް ނުފޫޒު ފޯރުވައި ޓީޗަރުންނަށް ބިރުދައްކައި މުޒާހިރާ ކުރުމަށް ޑެޕިއުޓީ ޕްރިންސިޕަލް އަޖީބު އާއި ސްޕަވައިޒަރ އަޒީމާ ގެ ގޭގައި މީޓިންގ ބާއްވާ މުޒާހިރާ ކުރިޔަށް ގެންދާނެގޮތާއި ބެހޭގޮތުން ކޮންމެރެއަގު މަޝްވަރާކޮށްފައިވެއެވެ. Read the rest of this entry »

Posted in ޚާއްޞަ ރިޕޯޓް | Leave a Comment »

ހުޅުމާލޭ ހޮސްޕިޓަލުގައި، ލޮލުގެ ޚާއްޞަ ކްލިނިކެއް ހުޅުވަނީޔޭ ކިޔައިގެން ތުޅާބެ ގޭމެއްޖައްސަން ތައްޔާރުވަނީ

Posted by ހިމޭން އިންގިލާބު on 2010/02/02

ހުޅުމާލޭ ހޮސްޕިޓަލުގައި ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައި، ލޮލުގެ ޚާއްޞަ ކްލިނިކެއް ހުޅުވަނީ ކަމަށް، މީޑިޔާއަށް މަޢުލޫމާތު ދީގެން ރައްޔިތުން ހައްލާލުމަށް، ތުޅާބެއާއި، ޖަމީލުގެ އާމިނައިބީ އެބަ ރާވައެވެ. މިއީ މި ސަރުކާރުން އެއްވެސް ޚަރަދެއްކޮށް، އެއްޗެއް ހޯދައި ނުވަތަ ކަމެއް ކޮށްގެން ކުރާ ކަމެއް ނޫނެވެ. ކަން ހިނގާ ގޮތަކީ، ކުރީ ސަރުކާރުން، އިންދިރާގާނދީ ހޮސްޕިޓަލުގައި ރަނގަޅު ފެންވަރަކަށް ލޮލުގެ ފަރުވާ ދިނުމަށް ބޭރުން ގެނެސްފައިހުރި މެޝިންތަކާއި ސާމާނު، ތަނުގެ ޖާގައިގެ ދަތިކަމުން ނުބެހެއްޓި، ހުއްޓައި އެ ހޮސްޕިޓަލް ޕްރައިވެޓައިޒް ކުރުމުން، ދެން އެ ތަނަށް އެ ތަކެތި ދިނުމުގެ ބޭނުމެއް ނޯންނާނެތީ، އެ ސާމާނު މާލެއިން ހުޅުމާލެއަށް ގެންގޮސް ހުޅުމާލޭ ހޮސްޕިޓަލުގައި އަތުރާލަނީ އެވެ. އަދި އެ ތަކެތި ބޭނުން ކުރާކަށް އަބަދާއަބަދު ހުޅުމާލޭ ހޮސްޕިޓަލުގައި ޑަކްޓަރުން ބައިތިއްބަނީކީ ވެސް ނޫނެވެ. ހަފުތާއަކު ތިން ދުވަހު، ލޮލުގެ ބަލިތައް ބަލާނެ ޑޮކްޓަރަކު، މާލެއިން ހުޅުމާލެއަށް ފޮނުވަނީ އެވެ. މިއީ ކަން ކުރަން ހަމަޖައްސާފައިވާ ގޮތެވެ. ނަމަވެސް، މި ވާހަކަ މީޑިޔާގެ ބޮޑު ޚަބަރަކަށް ހަދައި، މި ސަރުކާރުން ހުޅުމާލޭ ހޮސްޕިޓަލް، ލޮލުގެ ބަލިތަކާބެހޭ ޚާއްޞަ ހޮސްޕިޓަލަކަށް ހަދައިފި ކަމަށް ހަމައެކަނި ޚަބަރު ފަތުރާލަނީ އެވެ. Read the rest of this entry »

Posted in ޚަބަރު | 2 Comments »

ބެއްޔާގެ ފަންވަތް: ޖުހާގެ އިންޒާރަކީ ހަމަ ޖަމަލުފޮޑިއޭ. ހަޅުތާލު ކުރިއެކޭ ކިޔާފައި އެޅޭނޭ އެއްވެސް ފިޔަވަޅެއް ނޯންނާނެޔޭ

Posted by ހިމޭން އިންގިލާބު on 2010/02/02

ސިވިލް ސަރުވަންޓުންނަށް، އިޢާދަކުޅަ މުސާރަނުދީ، ތުޅާބެގެ ޚަޒާންދާރުކަލޭގެ ހުރިހައި ލާރިއެއް އަންބޮނޑިއަށް އަޅައިގެން ހިފެހެއްޓިޔަތީ، އެއުރެން ހަޅުތާލޭ ހަޅުތާލޭ ގޮވައިގަތުމުން، ތުޅާބެގެ އައުވާނުން ގައިން ހީބިހި ނަގަން ފަށަތްޕޭ. މި ދަނޑިވަޅުގައި އެއްކަލަ ޖުހާ ޓީވީއަށް އަރައި އެބަ ބުނެތޭ، މީގެ ފަހުން މުވައްޒަފަކު މި ފަދަ ކަމެއް ކުޅައީތަ ނިކަން ހެއި އަރުވައިލާހުށީމޭ. މި ބެއްޔާ ގަދަބަހުން ތިޔަ ޖުހާޔަށް ބުނެލައި އަންގަމޭ! ޖުހާވޭ، އަޅެ ކެރުމެއް ހުރީވިއްޔާ، ތިޔަ ބަހުގެ ތެދުކަން ދައްކާން ނަމަވެސް ނިކަން އެއްވެސް ކަމެއް ކޮށްބަލަހަރޭ. މި ބުނީ ގަދަ ބަހުންނޭ. ކަލޭގެޔަށް ފިޔަވަޅު އެޅޭނެ ހަމަ އެއްވެސް ގާނޫނެއް ގަވައިދެއް ނޯންނާނެޔޭ. ޔަޢުނީ، ކަލޭގެޔަށް ހެނޑޭނޭ ހަމަ އެއް ގޮރެއްވެސް ނޯންނާނެޔޭ. Read the rest of this entry »

Posted in ބެއްޔާގެ ފަންވަތް | 1 Comment »

ތިނަދޫން މާގަދަޔަށް އެމްޑީޕީވެގެން އުޅޭ ބޮޑޭ މީ އަސްލު ކާކު. ..؟؟؟

Posted by ހިމޭން އިންގިލާބު on 2010/02/02

ބޮޑެ އިލްޔާސް ނުވަތަ ބޮޑޭ އަކީ މީތިނަދޫގައި ކާކު ހެއްޔެވެ. ފާއިތުވި މަޖިލިސް އިންތިހާބުގައި ގަސަމްގެ ދެފައިދެގޯޅިތެރޭ ސައުވީސްގަޑިއިރު، ލިބިދާނެ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އޮވެ އަމިއްލަ އެދުންވެރިކަން ކޮޑުމައްޗަށްލައިގެން ތެޅިއެރުވީ، ބަލަ ކަލެއަކީ ތިނަދޫގައި ކާކުހެއްޔެވެ. ތިނަދޫގައި ކަލޭބުނެގެން ވޯޓެއްދޭނެމީހަކު ނިކަން އަހަރަމެންނަށް ދައްކަބަލާށެވެ.ކަލޭގެ އަސްލު ވަނަވަރު ބަޔަކު މީހުންނަށް އޮޅިފައޮތަސް، މިހާރު މިއޮތީ ހާމަކުރަންޖެހޭ ހިސާބަށް ކަންތައް ގޮސްފައެވެ. މިކަލޭގެއަށް ތިނަދޫ މީހުން “ބޮޑޭ” މިނަން ކިޔަން ޖެހުނީ، މިކަލޭގެއަކީ މީނަޔާ އެއްބަނޑު މީނަޔަށްވުރެ ހަގަށް ހުރި ނަޖުމާކިޔާ އަންހެން ކުއްޖާޔާ ޖިންސީގޮތުން ބެހުމުންނެވެ. އަސްލު މިކަލޭގެއަށް މިކިޔާ “ބޮޑޭ” މިއަކީ ކޮންމެހެން މިކަލޭގެ ފަލަވެގެން ކިޔޭ އެއްޗެއްނޫނެވެ. އައީ “ބޮޑުކުރާ” އެވެ. ޒަމާނަށާއި ބަހަށް އައި ކުރިއެރުމުގައި، މިކަލޭގެޔާއި މުހާތަބްކުރުމުގައި “ބޮޑުކުރާ އިލްޔާސް”އޭ ކިޔުމުގެ ބަދަލުގައި،އެބަސް ކުޑަކޮށް މޮޑިފައިކޮށް، މިކަޔަނީ ބޮޑޭއެވެ. ތިނަދޫމީހުން މީނަޔަށް “ބޮޑެ އިލްޔާސް” މިކިޔަނީ އެހެންވެގެންނެވެ. Read the rest of this entry »

Posted in ޚަބަރު | 2 Comments »

ބޮޑުތިލަދުންމަތި ގުޑާ މާލޭވެރިކަމަށް ލޮޅުން އަރައިފި- ތުޅާބެގެ ކަހީނުން ގޮތް ހުސްވެއްޖެ: 2

Posted by ހިމޭން އިންގިލާބު on 2010/02/02

މާލޭވެރިކަން ގުޑުވާލުމުގެ ބޭނުމުގައި ޖެނުއަރީ 20 ވަނަ ދުވަހު ދޮންޖޭމު އުމަރާއި ކާމިނީގެ ޔާމީން ބޮޑުތިލަދުންމައްޗަށް ކުޅަ ދަތުރުގެ ބައެއް ކުރިން ވާނީގެނެސްދެވިފައެވެ. މިއީ އެމީހުންގެ ދަތުރާއިގުޅިގެން ހިނގާދިއަ ބައެއް މުހިންމު ކަންތައްތައް ތިލަކޮށްލުމުގެ ދެވަނަ ބައެވެ. ދޮންޖޭމު އުމަރުމެން ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްޚަބަރަކީ އަދި ތުޅާބެގެ އައުވާނުން އެކަމަކާއި އެންމެ ކަންބޮޑުވެ ހާސްވި ޚަބަރެއް އެރޭގެ ބައްދަލުވުމުގައި ދިން މީހަކީ ޖައުސާ ޖައުފަރުކަމުގައިވެއެވެ. އޭނާއަކީ މާލާމާތުގެ ބަހުރުވައިން ބަސްމޮށުންތެރިކަން ލިބިފައިވާ މީހަކަށްވާތީ މަލާމާތާއި ފުރައްސާރައިން މީހުންގެ ސަމާލުކަން ހޯދުމަކީ ދަތިކަމަކަށް ނުވިއެވެ. އެރޭގެ ބައްދަލުވުން އޮތީ ހާމަ ބޮޑުބިމެއްގައި ކަމުން ތުޅާބެގެ އައުވާނުން އެމަންޒަރު ބެލުމަށާއި ވައްވައްޖެހުމަށް ދުރުތުރުގައި ރުކުރުވާލެވިފައިވެއެވެ. މިހެންތިއްބައި ޖައުސާޖައުފަރުގެ މަލާމާތުގެ ފަށުވި އިބާރާތުން ބުނެއިއްވި ވާހަކައަކީ އިހުޒަމާނުގެ ރާހިބުންނާއި ކަހީނުންނާއި ފަންޑިތަވެރިންނާއި ފާލުބަލާ ރަމަލުޖަހާ މީހުން ބުނާގޮތުން ޤައުމަކަށް ފުރިހަމަ އިރުކޭތައެއް ހިފައިފިނަމަ އެކަމުގެ އަސަރު އެޤައުމަކަށް ކުރާނެކަމަށާއި، މިފަދަ އިރުކޭތަ ހިފާނީ ވަރަށް މަދު ފަހަރެއްގައި ކަމަށާއި އަދި މިފަދަ އިރުކޭތައެއް ހިފާނީ އެޤައުމެއްގެ ވެރިކަމުގައި ޖައްބާރު އަނިޔާވެރިން ވެރިކަމުގައި ތިބޭ ޤައުމުތަކަށް ކަމަށެވެ. މިކަމުގެ އެންމެ ބޮޑު ނުރައްކަލަކީ މިފަދަ ކޭތައެއް ހިފާތާ 90 ދުވަހުގެ ތެރޭގައި ވެރިކަމުގެ ސިންގާ ސަނާގައި ރެދުލައި އެވެރިކަން ވެއްޓިދާނެތީއެވެ. މިހެން މީނާބުނާއިރަށް މަންޒަރު ބަލަންތިބި ތުޅާބޭގެ ރާހިބުންތައް ހޯބޯލަވާ ރޭހޫނުވެ ތެޅިފޮޅޭންފެއްޓިއެވެ. އަދި އެއްވުން ހުންޓުވުމަށްޓަކައި މަސައްކަތްފެށިއެވެ. ނަމަވެސް އެކަން ޗޮކުހުންގޮސް އެއްވުމަށް އިތުރު ފޯރިއާއި ޖޯޝްގެނުވިއެވެ. Read the rest of this entry »

Posted in ޚާއްޞަ ރިޕޯޓް | 3 Comments »

ބިއުޓީ އެންޑް ދަ ބީސްޓް: ބާޣީ އަމީން ފައިސަލްގެ އެންމެ ފަހު އަނބި

Posted by ހިމޭން އިންގިލާބު on 2010/02/02

Posted in ފޮޓޯއިން ވާހަކަ | 17 Comments »

ދެކުނުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، ހާއްސަ ދަންނަވާ ލުމެއް

Posted by ހިމޭން އިންގިލާބު on 2010/02/02

މިހިގާ ފެބްރުއަރީމަހުގެ 4 ވަނަދުވަހުގެރޭ، ރާއްޖޭގެ ޕްރަބާކަރަން، އިބްރާހިމް ނާސިރުގެ އަނިޔާލިބިފައިވާ އެންމެހާ ރައްޔިތުން ހެދިގޮޑުދޮށް ސަރަހައްދުގައި އޮންނަ ބައްދަލުވުމަކަށް އާދެވުނުގޮތަކުން އައިސް ބައިވެރިވެދެއްވުމަކީ އައްޑޫ، ފޯއްމުލައް، ހުވަދޫގެ ވަރަށްގިނަ ރައްޔިތުންތަކެއްގެ އެދުމެކެވެ. މިބައްދަލުވުމަކީ މިހާރުގެ ސަރުކާރުންވެސް އިބްރާހީމް ނާސިރު ދިފާއުކުރައްވަމުން ގެންދަވާދިއުން ކުއްވެރިކުރައްވައި، އިބްރާހީމް ނާސިރު ދިވެހި ވެރިކަމުގައިހުރެ ބޮޑުދެކުނުގެ އެތައްބަޔަކަށް ހާއްސަކޮށް ހުވަދޫ ތިނަދޫ މީހުން މަރައި ނިކަމެތިގޮތުގައި އަންހެނުންނާއި ކުޑަދަރިން އެންމެ 12 ގަޑިއިރުގެ ތެރޭގައި ރަށުންބާލައި، މުޅިރަށް ހަލާސްކޮށް، ހަތިޔާރުނެތް ބަޔަކާއިދެކޮޅަށް ހަތިޔާރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމުގެ ސަބަބުން، އެރައްޔިތުންގެ އާއިލާތަކަށާއި އަދި ދަރިންގެ ދަރިންނަށް އަދިއަދާއި ޖެހެންދެންވެސް ކުރެވެމުންދާ ހިތާމަތަކާއި، ލިބުނު ގެއްލުންތަކުގެ ބަދަލު މިހާރުގެ ސަރުކާރަށް އެންމެ ފަހުގެ ފުރުސަތެއްގެ ގޮތުގައި ދިނުމުގެގޮތުން ބޭއްވޭ ބައްދަލުވުމެކެވެ. އެހެންކަމުން އެކި ގޮތްގޮތުން އިބްރާހިމް ނާސިރުގެ އަނިޔާވެރިކަން ލިބިވަޑައިގެންފައިވާ އެންމެބޭފުޅުން މިބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދައުވަތު އަރުވަމެވެ.

 އިންސާފު ހޯދުމަށް ފޫގަޅާފައިވާ އައްޑޫ، ހުވަދޫ، ފޯއްމުލަކުގެ ނިކަމެތި ރައްޔިތުން،

ބޮޑު ދެކުނު/ ދިވެހިރާއްޖެ

Posted in ޚަބަރު, ޚާއްސަ ދެންނެވުން | 3 Comments »