އޯލް އެބައުޓް މޯލްޑިވްސް: ރައީސް މައުމޫނަކީ ކާފިރެކެވެ. ގާނޫނުލް ޢުގޫބާތު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މީހަކު އުފުލާ އަތަކުން އެއީ ކާފިރެއްކަން ނުވަތަ މުސްލިމެއް ކަން އެނގޭނެއެވެ. މިއީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އަޑުގަދަ އެއް ޕާޓީގެ ބަސްމަގު ހުންނަ ގޮތެވެ. ހެއްވާ ކަމެކެވެ. މީހަކު މުސްލިމަކަށް ވާގޮތާ ކާފިރު ވާގޮތާ މިއީ ޢާދާލަތު ޕާޓިގެ މީހުން ބޭނުން ގޮތަކަށް ކަނޑަ އަޅަން ﷲ ދޫ ކުރައްވައިފައި އޮތް ކަމެއްހެއްޔެވެ. ނޫނެކެވެ. ދީނީ ނަމެއް ކިޔާފައި ޕާޓި ހެދި ކަމުގައި ވިޔަސް މިވެނި މީހަކީ ކާފިރެކޭ އެވެނި ގޮތަކަށް އަތް އުފުލާލާ މީހަކީ މުސްލިމެއް ނޫނޭ ބުނުމުގެ ޙައްގެއް މިމީހުނަކަށް ލިބިގެނެއްނުވެއެވެ. ކޮންމެއަކަސް މިއަދު ދިވެހި ރާއްޖޭގައި ވެރިކަން ކުރަމުން މިދާ ރައީސް މުހަންމަދު ނަޝީދުގެ ޕާޓީ އެމްޑީޕީ އާ އެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން ސަރުކާރުގެ އިސްލާމީ ކަންތައް ތައް ބެލެހެއްޓުމަށް ހަމަ ޖެހިފައި ވަނީ ޢަދާލަތު ޕާޓިއާއެވެ. މިގޮތުން ރައީސް ނަޝީދު ސިއްރާއި ފައުޅުގައި ކުރައްވާދީނާ ޚިލާފު ޢަމަލެއްނަމަ އެ ޢަމަލެއްގެ ޒިންމާ ނަގަން ޖެހިފައިވާ ބަޔަކީ ވެސް ހަމަ މިބައި މީހުން ފިޔަވައި އެހެން ބަޔެއް ނޫނެވެ. އެހެން ކަމުން ސަރުކާރުން ކުރާ ލާ ދީނީ ކަންތައް ނޭނގޭ ކަމަށް ހަދާފައި އެމީހުނަށް ލިބިފައިވާ މިނިސްޓްރީގައި ވެރިކަން ކޮށްލަ ކޮށްލާ ތިބެނީ ހަގީގަތުގައި ލިބިފައި ހުރި ކަމަށް ބުނާ ދީނީ އިލްމު ސިޔާސީ މަގާމާއި ދުނިޔަވީ ޖާހަށްޓަކައި ގުރުބާން ކޮށްލާފައެވެ. މިގޮތުން ދީނުގައި ޙަރާމް ކަންތައް ހުއްދަ ވާފަދަ ބައެއް ފަތުވާ ވެސް މި މިނިސްޓްރީގެ ތެރެއިން ނުކުމެފައި އެބަ ހުއްޓެވެ. މިސާލެއްގެ ގޮތުން ވަރަށް ކުޑަ ކުޑަ ޕޮއިންޓެއް މިތާގައި ފާހަގަ ކޮށްލަމެވެ. މާލޭގެ ހޮޓާ ތަކުގައި ރާ ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ދާދި ފަހުން އެ މިނިސްޓްރީން ނެރުނު ފަތުވާ އަކީ މިފަދަ ތާކުން ތާކުނުޖެހޭ ހެއްވާ ފަތުވާއެކެވެ. އިސްލާމް ދީނުގައި ރާވިއްކުން ވަކި ތަނެއްގައި ހުއްދަވެފައި ވަކި ތަނެއްގައި މަނާ ކުރެވޭ ގޮތަކަށް ކަނޑަ އެޅިފައެއް ނޯވެއެވެ. އެހެން ކަމުން މިބާވަތުގެ ހެއްވާ ބަޔާން ތައްނެރެ ރައީސް ނަޝީދުގެ ކްރިސްޓިޔަން މިޝަނަރީންނަށް ގައުމު ވިއްކާލުމުގެ ޕްލޭނުގައި ބައިވެރި ވަމުން ދިޔުމަކީ ޢަދާލަތު ޕާޓިގެ ދެފުށް ދެގޮތް ސިޔާސަތު ހާމަވެގެންދާ ކަމެކެވެ. މީގެ އިތުރުން ޒިނޭގެ ހުކުމް ތަންފީޒު ކުރުމަށް ހަޖޫޖަހައި ރައީސް އޮފީހުން ދެއްކި ވާހަކަޔަށް މިޕާޓިން ދިން ބީރު ކަންފަތާއި ރައީސް ނަޝީދު ނޫސް ވެރިންގެ ކުރިމަތީގައި ރާފޮދު ހިއްޕެވުމުން އެކަމާ އަޅާ ލާމީހުނަށް އިންޒާރު ދިނުންފަދަ ކަންތައްތަކަކީ ދެފުށް ދެގޮތް ސިޔާސަތުގެ ފާހަގަ ކޮށްލެވޭ ޕޮއިންޓް ތަކެވެ. Read the rest of this entry »
Archive for October 20th, 2009
އަދާލަތު ޕާޓީގެ ދެފުށް ދެގޮތް ސިޔާސަތު: މުނާފިގުންގެ ކިބައިގައި ހުންނަންވާ ހުރިހާ ޝަރުތެއް އެމީހުންގެ ކިބައިގައި އެބަހުރި
Posted by ހިމޭން އިންގިލާބު on 2009/10/20
Posted in ދީނުގެ އަޑު, ޚަބަރު ދިރާސާ | 1 Comment »
ސަލަފާއި އަދާލަތުގެ މުނާފިގު ޝައިޚުން: ދީނުގެ ހުކުމްތަކާއި މެދު އެމީހުން ދޭން ޖެހޭ މަޝްވަރާ ރައީސް ނަޝީދަށްވެސް، މަޖުލީހުގެ މެމްބަރުންނަށްވެސް އަދި ރައްޔިތުންނަށްވެސް ދީފައެއްނުވޭ
Posted by ހިމޭން އިންގިލާބު on 2009/10/20
އިސްލާމް ދީނަށް ވަރަށް ލޯބިކުރައްވާ އެދީނުގެ ޙުކުމްތައް ރައްކާތެރިކުރައްވާ ހިމާޔަތްކުރައްވަން ބާރު އަޅުއްވާކަމަށް ހެދި ވަޑައިގަތުމުގެ ގޮތުން، އިހަށްދުވަހު 18 އަހަރުގެ ކުއްޖަކު ކިޑްނެޕް ކުރުމުގެ މައްސަލާގައި، އެބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވި 15 މީހުނަށް މަރުގެ ހުކުމް އިއްވުމަށް ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޝައިޚު އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ގޮވާލައްވައިފިއެވެ. މިކަން އެނާ ކުރެއްވި އިރު ﷲ ގެ ހުކުމަށް ގޮންޖެހި ރައިސް ކެރަފާ ނަޝީދަށް އޭނާ ލައުނަތެއް ނުދެއެވެ. ކެރަފާ ނަޝީދުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ސަލަފުގެ އަހުލުވެރީންކުރެ އިސްމީހުނާއި، ސަލަފުގެ ބޮޑެތި ޝެއިޚުން ހިމެނެއެވެ. ފާޅުގައި ﷲ އަށް ގޮން ޖަހާ ގުރުއާނުގައި ބަޔާންވެގެންވާ ހުކުމްތަކަށް ރައީސް ކެރަފާ ނަޝީދު އިންކާރުކުރުމުންވެސް މިބޭކަލުން ބެއްލެވީ އަޅާ ނުލާ ފިއްލަވާ ތިއްބަވާށެވެ. އަދާލަތު ޕާޓީއިންވެސް ކަންކުރެއްވީ އެގޮތަށެވެ. ނަމަވެސް ހިމޭން އިންގިލާބީންގެ ފަރާތުން ރައީސް ކެރަފާ ނަޝީދުގެ ރޭޑިއޯ ތަގުރީރަށް ރައްދުދީ ﷲގެ ހުކުމް ބަދަލުކުރުމުގެ އެއްވެސް އިޚުތިޔާރެއްއޭނާއަށް ލިބިގެން ނުވާކަމަށް ބުނެ ރައްދު ދޭން ފެއްޓުމުން ފިލާތިބެފައި ފުރަތަމަ ނުކުތީ އަދާލަތު ޕާޓީގެ އިމާމުންނެވެ. ދެން މިހާރު މުޅިން އެހެންކަމެއްގެ ވާހަކައިން މަކަރުވެރިގޮތެއްގައި ސަލަފުގެ ރައީސް ޝައިޚު އަބްދުﷲ ބިން މުހައްމަދު އިބްރާހީމްއެވެ. Read the rest of this entry »
Posted in އަވަސް ދިރާސާ, އަވަސް ޚަބަރު, މުހިއްމު ޚަބަރު | 4 Comments »
ރާއްޖޭގެ އިސްލާމީ ދަންނަބޭކަލުންގެ ބާރުގައި މަޖުލީހުގެ އެމްޑީޕީ ފަސް މެމްބަރަކާއިއެކުވެގެން ރައްޔިތުން ރައީސް ކެރަފާ ނަޝީދަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުން ދަނީ
Posted by ހިމޭން އިންގިލާބު on 2009/10/20
އިހަށްދުވަހު ދިވެހިރައްޔިތުންނާއި މުޚާޔަބުކުރައްވާ ރާއްޖޭގެ ރައީސް ކެރަފާ ނަޝީދު، ކީރިތި ޤުރުއާނުގައި މާތް ﷲ ބާވައިލައްވަފައިވާ ޙުކުމްފުޅުތަކަށް އިންކާރުކުރުމާއި ގުޅިގެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖުލީހުން ނަގައި ދިނުމަށް ބާރުއަޅާ ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ރައްޔިތުން މަސައްކަުރަމުން އެބަދެއެވެ. އިސްލާމީ ދިވެހި ދަންނަބޭކަލުންގެ އިސްނެންގެވުމާއި އެކު، ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫ އާއި، ޏ. ފުވައްމުލަކާއި، އައްޑުއަތޮޅު މީދޫ އަދި ހިތަދޫއާއި ފޭދޫ އަދި އުތުރުން ކެލައާއި، ދިއްދޫ އަދި ހިންނަވަރާއި ނައިފަރުގެ ޒުވާނުންގެ ބަޔަކާއި ދީނީ ޢިލްމުވެރިންގެ ބަޔަކު ގުޅިގެން ރައީސް ކެރަފާ ނަޗީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖުލީހުގައި ނަގައިދިނުމަށް އެދި ހުށަހަލަމުން ދަނީ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނަށެވެ.އިލްމުވެރިން ވިދާޅުވިގޮތުގައި، ރައީސް ނަޝީދު ގެންދަވަނީ ތަފާތު އެކިސިފަސިފައިގާ އިސްލާމް ދީނަށާއި މުސްލިމުންނަށް ގޮންޖަހަމުންނެވެ. މިގޮތުން އަންނަނަިވި ކަންކަން އެބޭފުޅުން ފާހަގަ ކުރައްވައެވެ. Read the rest of this entry »
Posted in އަވަސް ޚަބަރު, މުހިއްމު ޚަބަރު, ދީނުގެ އަޑު | Leave a Comment »
































