The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ދިވެހިރާއްޖެ ގަޑުބަޑުވެފައި: ކެރަފާ ނަޝީދުގެ ޒައާމަތުގައި ރާއްޖޭގައި ފެތުރި ފުޅާވަމުންދާ ދާޚިލީ ހަމަނުޖެހުން

Posted by ހިމޭން އިންގިލާބު on 2009/11/09

gadubaduހިތާމައިގެ ކޮޅެއް ނެތެވެ. މުޅި ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހަމަނުޖެހުމެވެ. ވައްކަމާއި ފޭރުމާއި ޓެކުމާއި، މީހުން މެރުން އިތުރުވެއްޖެއެވެ. މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން ވީ އިތުރެވެ. މަސްތުވާތަކެތި އެތެރެކުރެވޭ މިންވަރުވެސް ވީއިތުރެވެ. އެހެންވެ އަތުލެވޭ މީހުންވެސް ވީއިތުރެވެ. މިކަންކަން މިހެން އޮއްވާ ތަކެތީގެ އަގު މީހުން އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފިއެވެ. އެތައްބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ. ބޮޑެތި ވިޔަފާރިތައް ހަލާކުކޮށް ދައުލަތުގެ މިލްކިއްޔާތު ވިއްކައިފިއެވެ. ރާއްޖޭގައި އިހަށްދުވަހު އިޖުތިމާއީ އަދި އިގުތިސާދީ ސަފުގައި ކުރިއަށް ތިބި މީހުން އެއްފަރާތްކޮށް އެތަންތަނަށް ތިމާގެ ގާތްމީހުނާއި އާއިލީ މެމްބަރުން ލުމަށް ކުރެވޭ މަސައްކަތުގެ އަޑު ރައްޔިތުންނަށް އިވެނީ ޕްރައިވެޓައިޒްކުރުމުގެ ނަމުގައާއި، ކާބަން ނިއުޓްރަލައިޒް ކުރުމުގެ ނަމުގައެވެ.

މާދުރަކުން ނޫނެވެ. ކާބަން ނިއުތްރަލައިޒް ކުރުމުގެ ނަމުގައި އިހަށްދުވަހު ބޭރުގެ މީހަކު ނުވަތަ ކުންފުންޏެއް މޫނުމައްޗަށް ދައްކައިގެން ވައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއެއް އެހުޅުވީވެސް ހަމަ ތިމާގެ ގާތްތިމާގެ މީހުންތަކެއްގެ އަތްދަށަށް ރާއްޖޭގެ އެނާޖީ ސެކްޓަރ ގެންދަންވެގެންނެވެ.

ހަމައެހެންމެ ހަނިމާދޫ އެއާޕޯޓް ބައިނަލް އަގުވާމީ ވައިގެ ބަނަދަރަކަށް ހެދުމަށް އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރުމަށްފަހު، އެސަރަހައްދުން 6000 އެނދު ނުވަތަ 24 ރަށް ޓުއަރިސްޓު ރިޒޯޓުތަކުގެ ނަމުގައި އެކުންފުންޏަށް ދޭން ނިންމަނީވެސް އެބޭނުމުގައެވެ. ޓުއަރިޒަމް މިނިސްޓްރީގައި މިހާރު ރާއްޖޭގެ ރަށްތައް ރިޒޯޓުހެދުމަށް ދޫކުރާ އުސޫލު އެއްފަރާތްކޮށް ބޭރުކުންފުންޏެއް އާއްމުންގެ ލޯކުރިމައްޗަށް ދައްކައިގެން ތިމާމެންގެ ގާތްތިމާގެ ބަޔަކަށް ރިޒޯޓްތަކެއް ހޯދައި ދިނުމަށެވެ.

ދެން އޮތީ އަނެއްކަންތަކެވެ. ރާއްޖެތެރޭގައި ތިބި ތިމަމެންގެ އައުވާނުންނަށްވެސް ކޮންމެވެސް އެއްޗެއް ދިނުމުގެ ގޮތުން އަތޮޅުތަކުގައި އޮތް ހަމަޖެހުންވެސް ނަގާލީއެވެ. ބޭނުންހިފޭ ކުޑަކަމެއް ނުވަތަ މަގާމެއް އޮތަސް އެކަންވެސް ތިމާމެންނަށް ތާއީދުކުރާ ނުވަތަ ރުހޭ ބަޔަކަށް ދެނީއެވެ. އަތޮޅު އޮފީސްތައް ބަދަލުކުރަނީއެވެ. ރަށްރަށުގައި ސަރުކާރު ބަޖެޓުންނާއި، ބޭރުގެ ހިލޭ އެހީގެ ދަށުން އެޅިފައި ހުރި އިމާރާތްތަކާއި ގެތައްވެސް ބަހަނީއެވެ.

ރާއްޖެ ގަޑުބަޑުވެއްޖެއެވެ. މިގޮތް ގަބޫލުކޮށްގެން ތިބެން މިހާރަކު ދިވެހިން ގަސްތެއް ނުކުރެއެވެ. އެހެންވެ އިތުރަށް ފުރުޞަތު ދިނުމަކާއި ނުލާ މީހުންތައް އެތިބަ ނުކުންނަނީއެވެ. ނިކަން ކައިރިންނެވެ. ރައީސް ކެރަފާ ނަޝީދުގެ އިސްތިއުފާއަށް ގޮވާ މުޅިމާލެ އިހަށްދުވަހު މަގުތަކަށް އެނުކުތީއެވެ. މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. ށ. އަތޮޅުގައި އޮތީ ގަޑުބަޑެވެ. ނ. އަތޮޅުގައި ގަޑުބަޑެވެ. ހއ. އަދި ހދ. ގައިވެސް ގަޑުބަޑެވެ. މާލެ އަތޮޅު ގަޑުބަޑެވެ. ތުލުސްދޫ ރައްޔިތުން އެތިބީ ސަރުކާރާޢި ދެކޮޅަށް ނުކުމެއެވެ. އަތޮޅުއޮފީހުގަ ހުރި ސާމާނު މާފުއްޓަށް ނުގެންދެވޭނެކަމަށް ބުނެއެވެ. ސްޓާފޯސް އެއޮތީ އެރަށަށް އަރައެވެ. ހައްދުން މައްޗަށް ބަލާއިރު މުންޑުއާއި ކަޅައިދޫގައި މައްސަލަ ބޮޑެވެ. ސުނާމީގެ ގެއްލުންވި މީހުނަށް އަޅައިދިން ގެތައް ސަރުކާރުން ދޫކުރަން ރާވައިފާގޮތާއި މެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން އެތިބީ އޮފިސް ވަށާލައިގެން ގެތައްދޫކުރުމަށް ގުރުއަތުލުން ކުރިއަށް ގެންދެވުނަ ނުދީ ހިފަހައްޓާލައިގެންނެވެ.

ހުވަދު އަތޮޅު އޮތީ ހުޅުފަޅައިގެން ދާހިސާބުގައެވެ. ފޯއްމުލަކާއި އައްޑުއަތޮޅު އޮތީ ރޯވެ އަނދައަނދައެވެ. ދުނިޔޭގެ ނެތްވަރުގެ ކެންޑިޑޭޓުންގެ ގޮތުގަ ރައީސް ކެރަފާ ނަޝީދު އެމްޑީޕީއިން ރައްޔިތުންނަށް ދައްކައިދިން ކެންޑިޑޭޓުންގެ ފަތިފުށް ރައްޔިތުންނަށް ދަނީ ފަޅާއަރަމުންނެވެ. މުޅި ސަރުކާރުގެ އަގުވެއްޓިއްޖެއެވެ. ކެރަފާ ނަޝީދުގެ ކަނާތުފައިކަމުގައިވާ، ލޮޓާ ޝަހީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް މަޖުލީހުގައި އެވަނީ އެޖެންޑާ ކުރެވިފައެވެ. ލޮޓާ ޝަހީދު ދިފާޢުކުރުމަށް ބޭނުންވާ ވޯޓު މަޖުލިހުން ސަލާމްތަނުކުރެވުމުން މިހާރު އެމްޑީޕީގެ އާއްމު މެމްބަރުން ގޮވައިގެން މަގުތަކަށް ނުކުމެ، މަޖުލިސްކުރާ ގޭދޮށުން މެމްބަރުންނަށް ބިރު ދެއްކުމަށް އެވަނީ ނިންމާފައެވެ.

ރައްދުގައި ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ، ރައިސް މައުމޫނުގެ ޑީއާރުޕީ އިތުރުބާރާއި، އިތުރު ރައްޔިތުންނާއިއެކު ރައްޔިތުންގެ ދިފާޢުގައި އެނުކުންނަނީއެވެ. ދަރީންނޭވެ، ދިވެހިރައްޖެ މިވަނީ ގަޑުބަޑުވެފައެވެ. މިހާލަތުގައި އޮންނާނީ އެންމެ ޙައްލެކެވެ. އެއީ ރައީސް ކެރަފާ ނަޝީދު އިސްތިއުފާ ދެއްވައި، ވެރިކަން ނާއިބު ރައީސް މުހައްމަދުވަހީދު ހަސަން މަނިކާއި ޙަވާލުކުރުމެވެ.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>