އެމްޑީޕީގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ އަށްޓަކައި ވިސްނާށެވެ! އަދިވެސް އެއްފަހަރު ވިސްނާށެވެ! ތިޔަދިފާޢުކުރެއްވީ ޑރ. ޝަހީދު ހެއްޔެވެ! ނުވަތަ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހެއްޔެވެ
Posted by ހިމޭން އިންގިލާބު on 2009/11/11
މިއަދު ހިމޭން އިންގިލާބީންނާއި ތިޔަ އަޚުންނާއި އުޚުތުން ތިޔަކުރައްވާ ސުވާލަކީ ކޮބާ އަސަރުކުރޭހެއްޔެވެ. ހިތްދަތިވޭހެއްޔެވެ. ޖަވާބުގައި މާތްﷲ ގަންދީފައި ބުނަމެވެ. އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށް އަސަރުކޮށްފިއެވެ. އަޅުގަނޑުމެން ވަރަށް ހިތްދަތިވެއްޖެއެވެ. މިއީ ހަމަ ވަރަށް އިޚުލާސްތެރިކަމާއި އެކު ބުނާވާހަކައެވެ. ވަރަށް ބޮޑަށް ހިތާމަކޮށް އަދި ވަރަށްބޮޑަށް އަމިއްލަ ނަފުސާއި މެދުވެސް ލަދުގަނެއްޖެއެވެ. މިހެން އަޅުގަނޑުމެން ބުނުމުން ތިޔަކަލުންނާއި ކަނބަލުންގެ ހިތްތަކަށް ފަޚުރުވެރިކަމަކާއި ހިތްހަމޖެހުމެއް ވަދެގެން ދާނަމަ މާތްﷲ އަށް ހަމްދުކުރަމެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އެކަމަކު އިސްލާމް ދީނުގެ ފޭރާމުގައި، ރީތި ބުރުގާތައް އަޅައިގެން ދީންދެކެ ލޯބިވާ މީހުންގެ ފޭރާމުގައި ތިޔަކަލުންނާއި ކަނަބަލުން ތިޔަކުރެއްވިކަމަކީ ހަމަ ހަގީގަތުގައިވެސް ރައީސް ނަޝީދުގެ ސަރުކާރު ދިފާއުކުރެއްވުން ހެއްޔެވެ. ނުވަތަ ޑރ. ޝަހީދު ދިފާޢުކުރެއްވުން ހެއްޔެވެ. ނޫނީ މުސްލިމު ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެފައިވާ ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިޒްރޭލުގެ އަމަލުތައް ދިފާއުކުރެއްވުން ހެއްޔެވެ. ވިސްނާލައްވާށެވެ.
އިޒްރޭލާއި ގުޅުން ގާއިމުކުރުމަކީ ރައީސް ނަޝީދުގެ އަމުރަށް ކުރެއްވިކަމެއްކަން އޮޅިފަވަނީ ކާކަށް ހެއްޔެވެ. ހަމައެހެންމެ ކޮންމެ ގައުމެއްގެވެސް ޚާރިޖީ ސިޔަސަތު ތަންފީޒުކުރުމުގެ އެންމެ ކުރީގައި ހުންނަވާނީ އެގައުމެއްގެ ޚާރިޖީ ވަޒީރެވެ. އިޒްރޭލާއި ގުޅުން ގާއިމުކުރުމަކީ ރާއްޖޭގެ އަދުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ކުޜީގައިވާ ސަފްހާއެވެ. އެސިޔާސަތު ތަންފީޒުކުރުމުގައި އެންމެ ކުރީގައި ހުންނަވާނީވެސް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރެވެ. މިސަބަބާއި ހެދި އިޒްރޭލާއި ގުޅުން ގާއިމުކުރުމަކީ ދިވެހިރައްޔިތުން ނުރުހޭކަމެއްކަމުގައިވަނީ ނަމަ އެކަން ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން ކުރެވޭނެ އެންމެ ބާރުގަދަ އެއްކަމަކީ ޚާރިޖީ ވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމެވެ. އެއީ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރާކަމުގައިވަނީ ނަމައެވެ. ނޫންނަމަ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާ ސަރުކާރުން އޭނާ ދުރުކުރުމެވެ. ނަމަވެސް ރައްޔިތުން ބޭނުންވީ ސަރުކާރު ވައްޓާލާކަށެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތަށް އިންކާރުކުރުމެވެ. އަދި ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބާ، ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދޭ އަނިޔާތައް ހުއްޓާލާ އދ. ގެ ގަރާރުތަކަށް ބޯނުލަނބާހާ ހިނދަކު އެގައުމާއި ސިޔާސީ ގުޅުން ގާއިމުކުރުމަށް ދިވެހި ރައްޔިތުން އިންކާރުކުރާކަން ދުނިޔެއަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.
އެކަމަކު ތިޔަބޭފުޅުން ރައީސް ނަޝީދުގެ ބަހަށް ނުވަތަ އެމްޑީޕީގެ ހުޅަނގަށް ތާޢިދުކުރާ ވެރިންގެ ރޭވުމާއި އެއްގޮތަށް ޑރ. ޝަހީދުގެ ދިފާއުގައި ކަމަށްބުނެ މަގުތަކަށް ނުކުމެއްޖައީމެވެ. ވަރަށް ނުބައި ރޭވުމެކެވެ. އަދާލަތުޕާޓިގެ ރައީސް ޝެއިޚު ހުސައިން ރަޝީދު މިގޮތަށް ނުކުތް މީހުންގެ އެންމެ ކުރީ ސަފުގައި ހުންނެވިއެވެ. ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންގެ ނުބައި ރޭވުމުގެ ޝިކާރައަކަށް ތިޔަކަލުންނާއި ކަނބަލުންނެކޭ އެއްފަދައިން އޭނާވެސް ވެގެން ދިޔައީއެވެ. ތިޔަ ކުރެއްވުނު ކަމަކީ ޑރ. ޝަހިދު ދިފާއުކުރެއްވުމެއް ނޫނެވެ. އަދި ދިވެހި ސަރުކާރު ދިފާއުކުރެއްވުމެއްވެސް ނޫނެވެ. މުޅިދުނިޔެއަށް ތިޔަ ދެއްވި މެސެޖަކީ މުސްލިމް ދިވެހިރައްޔިތުން އިޒްރޭލަށް ތާއީދުކުރާ ކަމެވެ. ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށް އިޒްރޭލުން ދޭ އަނިޔާތައް އެއީ ދިވެހިން ގަބޫލުކުރާ ބަލައިގަންނަ އަމަލުތަކެއްކަމުގައި މެސެޖް ދެއްވުމެވެ. ތިޔަ ދިފާޢުކުރެއްވުނީ ޔަހޫދީ ދައުލަތް ނުވަތަ އިޒްރޭލުގެ އަނިޔާވެރި އަމަލުތަކެވެ. މަދުބަޔަކުވެގެންނެވެ. އާރައި ބާރާއި ފައިސާއާއި ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.
ކަލުންނޭވެ! އަދި ކަނބަލުންނޭވެ! ތިޔައީ ކާމިޔާބީއެއްކަމުގެ އުފާ ތިޔަ ބޭފުޅުން ފާޅުކުރަމުންދާއިރު ރައްޔިތުންގެ ގިނަ ބަޔެއްގެ އިހުސާސް ހުރިގޮތް ބައްލަވާލެއްވީމު ހެއްޔެވެ. ފަލަސްތީނުގެ ރައްޔިތުންގެ އިހުސާސު ހުރިގޮތް ބެއްލެވީމު ހެއްޔެވެ. އަޅުގަނޑުމެންނަށް! މިއަދު އިހުސާސް ކުރެވުނީ އަދުގެ ވޯޓަކީ، އިޒްރޭލްގެ ޝެރޯން ކޯމާއެއްގައި ނުވަތަ ކަށްވަޅުގައި އޮވެފައި ތެދުވެ ފަލސްތީނުގެ އަޚުންނާއި، މުސްލިމު އުއްމަތާއި ދިވެހިރައްޔިތުންގެ ކަނފަތްމަތީގައި ޖަހާލި އެތިފަހަރެއްގެ ގޮތުގައެވެ.
މިއަދު މާލޭގެ އެކި ފަރާތްތަކާއި އަޅުގަނޑުމެން ބައްދަލުކޮށް އެމީހުންގެ ހިތާމައިގައި ބައިވެރިވީމެވެ. އެމީހުންގެ ހިތްދަތި އިހުސާސްތައް ހިއްސާކޮށްލީމެވެ. އެކަކު ވަރަށް ދެރަވެފައި ވަރަށް ފުން އަސަރާއިއެކު ބުނެލިއެވެ. މިއަދުގެ ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ނިމުމެވެ. ދިވެހިރާއްޖެ ބައިބައިވެއްޖެ ކަމުގެ ބަރުގޮނެވެ. އަޑުގަދަ މީހާގެ ރުއްގިނަވާނެކަމުގައި އޭނާ ބުންޏެވެ. ބާރުގަދަ މީހާ އަނިޔަވެރިވާނެކަމަށް އޭނާ ބުންޏެވެ. މުނާފިގުން ދޮގުހަދާނެކަމުގައި އޭނާ ބުންޏެވެ. އަދު މަޖުލީހުން މިފެނުނީ މިއީ ތެދު ހަގީގަތެއްކަމެވެ. އެއްވެސް އިންސާފެއް ނުވަތަ ކަމުގެ ހަގީގަތް އޮތްގޮތް އޮތީފޮރުވިފައެވެ. ބޭނުމާއި މަގުސަދުވެސް އޮތީ ފޮރުވާފައެވ. މުޅިމާލެތެރޭގައި ރައްޔިތުން ހިތާމަކުރަނީއެވެ. މުޅިމާލެތެރއިން އިވެނީ ވޯޓުގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހިގެން މީހުން ވާހަކަ ދައްކާ އަޑެވެ. އެކަމަކު ރޭޑިއޯތަކާއި ޓީވީތަކުން މަތި އޮމާންކޮށް އެކި ނަންނަމުގަ ޚަބަރު ފެތުރިޔަސް ހަގީގަތް ނުފޯރުވޭނެއެވެ. ރައްޔިތުންގެ ހިތްދަތި އިހުސާސްތަކެއް ނުފޮރުވޭނެއެވެ. ބައެއް މީހުންގެ ހުރީ ރުޅިވެރިކަމުގެ އިހުސާސްއެވެ. އެއްބަޔަކު ބުނަނީ މިއަދުގެ ނިންމުމަކީ އިސްލާމްދީނާއި ފަލަސްތީނުގެ މުސްލިމު އަޚުންނާއި ވަރަށް ދުރު ނިންމުމެއްކަމުގައެވެ. އެއްބަޔަކު ތިބީ ހިތްބިރުގަނެފައެވެ. ގައުމަށް ކޮންމެ ފަދަ މުސީބާތެއްވެސް ދިމާވެދާނެކަމުގެ ބިރުގައެވެ. ހިތުގައި ޖެހި ވަރަށް ފުން އަސަރުކޮށްފައި މީހަކު ބުނީ ޑރ. ޝަހީދާއި ރައީސް ނަޝީދު ރީތި ލަގާޔަކުން ނިމޭތަން ﷲ ގެ ވާގިފުޅާއިއެކު ބަލަން ތިބޭނަންކަމުގައެވެ. ކަލުންނޭވެ އަދި ކަނަބަލުންނޭވެ! އަދުގެ ވޯޓުގެ ނަތީޖާއަކީ އެމްޑީޕީގެ ގިނައަދަދެއްގެ މެމްބަރުން އެކަމާއި ރުހޭ ކަމެއް ނޫނެވެ. ހަމަވަރަށް ގިނަ މެމްބަރުން ތިބީ ފުން ހިތާމައިގައެވެ. އެމްޑީޕީގެ އެތަކެއް މެމްބަރުން އެކިޔަނީ މިއަދުގެ ވޯޓުގެ ނަތީޖާއާއި މެދު އެމީހުން ހިތާމަކުރާކަމުގައެވެ. އެމްޑީޕީގެ އެއް މެމްބަރަކު އަޑުއުފުލާފައި އެބުނަނީ މިހާރު މިދަނީ ކުރިން ހީކުރިގޮތާއި މުޅިން ޚިލާފަށް ކަމުގައެވެ.
މިފަދަ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ސަރުކާރު ދިފާއުކުރުމުގެ ނަމުގައި ނުވަތަ ޑރ. ޝަހީދު ދިފާއުކުރުމުގެ ނަމުގައި ޔަހޫދީންނާއި ނަޞާރާއިން ގެ ނުބައި ރޭވުމުން ތިޔަބޭފުޅުން ލައްވާ ކުރުވި ކަންތައް ނިކަން ދެކި ވިސްނާ ވަޑައިގެން ބައްލަވާށެވެ. ހަމަތެދަށް ބުނަންހެއްޔެވެ. މިއަދުގެ ވޯޓަކީ އެވޯޓު ޑރ. ޝަހީދުގެ މައްޗަށް ކާމިޔާބު ކުރުމަށް ސީދާ އިޒްރޭލުގެ ދައުލަތުން ޚަރަދުކުރި ވޯޓެކެވެ. ބޭނުންވާ ވޯޓު ގަތުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް އިޒްރޭލުން އޮތީ ޚަރަދުކުރާނެކަމުގައި ބުނެފައެވެ. މާތްﷲގެ ވަގިފުޅުން މިކަންވެސް އަދި ދިވެހިންގެ ލޯތަކަށް ފަޅާއަރާނެއެވެ.
ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، އަޅުގަނޑުމެން ހިމޭން އިންގިލާބީންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރާތްތަކަށް ދަންނަވާލަމެވެ. ހަމަ ހައްގު ތެދެކެވެ. މިއަދު އަޅުގަނޑުމެން ވަރަށް ހިތްދަތިވެއްޖެއެވެ. ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. އެކަމުގެ ސަބަބުން މުސްލިމު އަޚުންނާއި އުޚުތުންގެ ގޮތުގައި ތިތިއްބެވި ބޭފުޅުންނަށް ހިތްހަމަޖެހުމެއް ލިބޭކަމުގައި ވަނީ ނަމަ މަރުހަބާއެވެ. އެކަމަކު ބުރުގާ އަޅުއްވައިގެންނާއި، ސުންނަތާއިއެއްގޮތަށް ތުބުޅި ދިގުކުރައްވައިގެން ނުކުންނަވާ ތިޔަ ދިފާޢުކުރެއްވީ، ޑރ. ޝަހީދު ތޯއެވެ. ދިވެހިރައްޔިތުންނާއި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އިހުސާސްތައްތޯއެވެ. ނުވަތަ ތިޔަ ދިފާޢުކުރެއްވީ އިޒްރޭލާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތައްތޯއެވެ.

































Villi said
އަޅުގަނޑު ހަމަ ޙައިރާންވެއްޖެ އަލްހާން ފަހުމީ ފަދަ މީހަކުމިފަދަ ދެފުއްދެގޮތް ޢަމަލެއްކުރީމާ ﷲ ގެ ރަޙުމަތްފުޅުން އިދިކޮޅަށްވޯޓުދިން މީހުންށް މާތްﷲ ރީތިގޮތަކަށް ނާކާމިޔާބުމެދުވެރިކުރައްވާނެ ޑީއާރުޕީ ގެލޮބުވެތި މެމްބަރުންނަށް ބުނެލަންއޮތީ ހިތްވަރު ދެރަނުކުރާށޭ އަދިކުރިއަށްއޮތީ އިރާދަފުޅުން ކާމިޔާބޭ
ISTHIUFAA said
DR SHAHEED AAI DHEKOLHAH VOTE KAAMIYAAB NUVEETHEE ALHUGANDU LOLUN KARUNA ALHAI HAALUGAA HITHAAMA KURAN . MI KANTHAH MAJLIS AH VEHDHI AMIHLA DHE MEMBERUN KAMUGAVAA KUTTI NASHEED AAI MUHTHALIB DHEMEEHUNNAKEE VES BAKARI ALHAAN EKAY EFFADHAIN RISVATHUGAI HIFAAFA THIBI DHEMEEHUN KAMUGA ALHUGANDU VARAH YAGEEN KAMAAI EKUGA BUNAMEVE. ALHAAN AH BUNAN BEYNUNVANEE THI BAKARI DRP TICKET GA PARLIMENT MEMBER AKAH VEHURE PARTY VISSNUMAAI DHEKOLHAH VAAHAKADHAHKAI VOTE GAI BAIVERI NUVIKAMEE THIBAKARI ISTHIUFAADHEYN JEHEY KAMEKAY NAGOO******…
jahannama said
Alhan fahmy akee fakkaa dhefukkeheri eh
އަދްހަމް said
އަޅުގަނޑު މި ދަންނަވާ އެއްޗަކާ ހިމޭން އިންގިލާބީން އެއްބަސްވާނެކަމެއް ނޭނގެ. އެކަމަކު މި ވީ ކުޑަ ދުވަސްކޮޅުގައި އަޅުގަނޑަށް ވިސްނުނީ، ދިވެހިންނަކީ އެމީހުން އީމާންވާ ވަކި ޚާއްޞަ ޤަޟިއްޔާއެއް އޮތް ބައެއް ނޫންކަން. ވަރިހަމަ ކިތައްމެ އަގުދަށް، ޟަމީރުގެ އަހުލުވެރީންނާ ކިތައްމެ ދުރު ކަމެއް ވިޔަސް، ނުވަތަ ޤައުމީ މިންގަނޑުން ބަލާ އިރު ބޮޑު އިހާނާތަކަށް ވިޔަސް، ތިމާ ތާއީދުކުރާ ޒަޢީމަކު ގޮވައިލައިފުމުން ވަގުތުން އެކޮޅު މިކޮޅު ބެލުމެއް ނެތި ދުއްވައިގަންނަތަން މި ފެންނަނީ. އެހެންނަކުން ނުވީސް ވަކި ޤަޟިއްޔާއަކަށް އީމާންވެގެން އުޅޭ ނަމަކަ. އެހެންނަމަ އެމީހުންގެ ޤަޟިއްޔާގެ ދިފާޢުގައި ނިކުންނަ ކޮންމެ ޒަޢީމެއްގެ ފަހަތުން ދިވެހިންވެސް ނިކުންނާނެ. ވަރަށް ހިތާމަ ހުރި ކަމެއް ޑިމޮކްރަސީގެ ޅަފަތުގައި ދިވެހިންގެ މިޞްރާބު އެހެން ދިމާއަކަށް ހުރިތަން މި ފެންނަނީ
BaaBaa said
އަޅުގަނޑުމެން ހިމޭން އިންގިލާބީންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރާތްތަކަށް ދަންނަވާލަމެވެ.މިއަދަކީ އަހަރުމެންގެ ހިއްވަރު އާވި ދުވަހެމެވެ. އިސްލާމް މުންނަށާ އިސްލާމް ދީނަށް ނަޞުރު ދިނުމަށް އަހަރެމެނަށް ކުރެނުކަން ކަމުންނާ ފުރަތަމަ އެޅުނު ފިޔަވަޅުންވެސް އެކޮޅު މިކޮޅުފެނި އެނގިއް ޖެއެވެ. ދީނުގެނަމުގައި އަސްލާމުންގެ ނަމުގައި ކިތަންމެ ރީތިހެދުމެއްވެސް އަޅާފާނެއެވެ. ކިތަންމެ ވަރުގަ ދިދައެއްވެސް ދައްދޮޅި ކޮޅުގައި ނަގާފާނެއެވެ. އެކަމަކު ޙަޤީޤީ އަސްލާމީ ހިތެއް ލިބިފައި ވަނީ ބޮޑުންގެ ތެރެއިން މަދު މީހަކަށެވެ އަބަދުވެސް އަސްލާމް ދީނަށް ނަޞްރު ދެނީ ދެރަ ނި ކަމެތިންނެވެ. ދެންކުރަންވި ކަމަކާ ހަދަންވި ގޮތް އޮޅޭކަށް ނެތެވެ.މިހާރުން މިހާރަށް ފެންނާހުތި ލޭގެ މުޑުދާރު ކަމާ ނުސާފުކަމާ ނަޖިސްކަން އެނގިއްޖެއެވެ. ނަމަނަމަ އަސްލާމީ ދަރިއެއްގެ ގަޔަށް އެއިން އަންޖެކްޓް ކުރިޔަނުދޭށެވެ. ފަހަތަށް އެނބުރި ބެލުމެއްނެތެވެ. ދާނީކުރިއަށެވެ.ހިއްވަރާ ޢަޒުމުގައެވެ. އުންމީދު