The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތަކު ރައްޔިތުންގެ މަޖުލީހުގައި އެދާއިރާ ތަމްސީލުކޮށްދެއްވާ މެމްބަރު މުޙައްމަދު ނަޝީދު (ކުއްޓި) އާއި މެދު މިހާރު އެދާއިރާގެ ރައްޔިތުން ދެކޭގޮތް ބަޔާންކޮށް ފޮނުވާ ސިޓީ

Posted by ހިމޭން އިންގިލާބު on 2009/11/16

kutti nasheedbismilla 
                  ކުޅުދުއްފުށީ ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަލްއުސްތާޛް މުޙައްމަދު ނަޝީދަށް
                                     ވެދުން ސަލަމަށްފަހު ދަންނަވަމެވެ.
                                     މަނިކުފާނަކީ މީޑިއާ އާއި ވަރަށްބޮޑަށް ރައްޓެހި ބޭފުޅަކަށްވާތީ އަދި މިހާރު ރާއްޖޭގައި އެންމެ މަޤުބޫލު ސިޔާސީ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދޭ ވެބްސައިޓަކީ ހިމޭން އިންޤިލާބް ކަމަށްވުމާއިއެކު ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރަށާއި މިސައިޓް ބައްލަވާ ހުރިހާ ބޭފުޅުންނަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން މަނިކުފާނާއިދޭތެރޭ ދެކޭގޮތް ދަންނަވާލަމެވެ. މިސިޓީ ފޮނުއްވެވި ފަރާތް ހޯއްދެވުމުގެ ބަދަލުގައި މަނިކުފާނުވެސް މިސިޓީގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކާއިމެދު ޒިންމާދާރު ގޮތެއްގައި ވިސްނާވަޑައިގަތުން މޮޅު އިތުރު ކަމުގައި ދެކެމެވެ.
                އިއްޒަތްތެރި މަނިކުފާނެވެ. މަނިކުފާނަކީ އަޅުގަޑުމެން ވަރަށް އިޙްތިރާމް ކުރައްވާ ލޯބިވާ ބޭފުޅެކެވެ. މަނިކުފާނު ތިޔަ ގޮޑިއަށް ހޮވީ އެސަބަބަށްޓަކައެވެ. ފަހަރެއްގައިވެސް މަނިކުފާނުގެ އިންތިހާބީ ޝީއާރު ކަމުގައިވާ “ތަފާތު ދައްކުވައި ދޭކަށް” ނޫނެވެ. މަނިކުފާނުގެ ތައުލީމީފެންވަރަށާއި، މަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓިއާއި، މަނިކުފާނުގެ އަޚްލާގަށް ބެލުމަށްފަހުއެވެ. ނަމަވެސް މަނިކުފާނު ތިޔަ ގޮޑިއަށް ވަޑައިގެން މިވީ ކުޑަ ދުވަސްކޮޅުގައި ވަރަށް ފުރިހަމައަށް ތަފާތު ދައްކުވައިދީފިއެވެ.

                މަނިކުފާނެވެ. މިސިޓީ ހާމަމިކުރަނީ މަނިކުފާނުގެ އަގުވައްޓާލާ ސިޔާސީ ގޮތުން ލިބެންއޮތް ކުރިއެރުމަކަށް ހުރަސް އެޅުމަކަށްނޫނެވެ. ނަމަވެސް މަނިކުފާނުވެސް ޤަބޫލުކުރައްވާނެ ފަދައިން ދިވެހި ހަރުބަހެއް އޮވެއެވެ. “ލަޑަޔާވާނީ ލަޑައެވެ”. އަދި “އަހިވަކާޖެހި އަހިވަށް ފާވާނެ” މި ފަދަ ހަރު ބަސްތައް ހުންނަކަށް އަޅުގަޑު ނުދެއްވެނި ކަމުގައިވިއަސް އެގިވަޑައި ގަންނަވާ ދޮގެއްތޯއެވެ؟

                މަނިކުފާނު ވެވަޑައިގެން ވައުދާއި އެއްގޮތަށް މަނިކުފާނަށް ލަފާދިނުމަށް މަނިކުފާނު ވަނީ ކޮމެޓިއެއް ނަގާފައެވެ. ކޮމެޓީގައި ތިއްބެވީ ކަމަށްވަރަށް ޤާބިލް ސިޔާސީ ކަންކަމުގައި ފައިތިލަ ވަރަށްއުސް ބޭފުޅުންނެވެ. ކުޅުދުއްފުށީ ރައްޔިތުން ލޮލުން ބޮލުން ބަލައި ގަންނަ މީހުނެވެ. މިމީސްމީހުންގެ ތެރޭގައި ތިބި ބައެއް މީސްމީހުންގެ ނަންހާމަ ކުރުމަކީ މިފަދަ ތަނެއްގައި އެންމެ އެކަށީގެންވާ ކަމަކަށް ނުވާތީ ނަމެއް ނުދަންނަވާނަމެވެ. ނަމެވެސް އެބޭފުޅުން ފާހަގަ ކުރެވޭ ދާއިރާތަކެއް ނުވަތަ މަސްހޫރު ފަންނެއް ދަންނަވާލާނަމެވެ.

ކޮމެޓީގެ ޗެއާމަނަކަށް ހުންނެވީ ބޮސްނިޔާ ފަންޑު ހުޅުވައިގެން މުޅިރާއްޖޭގައި އެފަންޑަށް ލާރި ހޯދުމުގެ މަސައްކަތް ކުރެވުނުއިރު ކުޅުދުއްފުށީގައި އެފަންޑު ހޯދުމަށް މަސައްކަތުގައި އިސްކޮށްހުރި މީހާއެވެ. އަދި އަދަށްވެސް ފައިސާއަށް ވީގޮތެއް ނޭގެއެވެ. ފަންޑަށް ރައްޔިތުން ދެއްކި ކަމަށް އެބޭފުޅާ ވިދާޅުވި އަދަދާއި، ސަރުކާރަށް ހަވާލު ކުރިކަމަށް ފެންނަށް އޮތް އަދަދު ސީދަލެއް ނުވެއެވެ. މިކަން އެބޭފުޅާ އެދުވަސްވަރު ހަވީރު ނޫހަށް ދެއްވާފައިވާ އިންޓަވިއުންވެސް ސާފުވާނެއެވެ. ކޮމެޓީގެ ވައިސްޗެއާމަނުގެ ވާހަކަ ދައްކަން ލަދުވެތިވަމެވެ. ހުރިހާ އުމުރެއްގެ މީހުން ބަލާ މިފަދަ ސައިޓެއްގައި ބުނަށް އެކަށީގެން ނުވާތީ ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް ކުޑަގޮތަކަށް ކާތާލާނަމެވެ. އެބޭފުޅާގެ ދޮންމަންމައަކާއިއެކު އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއް އެތައްދުވަހަކު ކުރެއްވިކަން އެބޭފުޅާގެ ބައްޕާފުޅަށާއި، މުޅި ކުޅުދުއްފުށީ ރައްޔިތުނަށް ވާނީ ހާމަވެފައެވެ. ކޮމެޓީގެ އެހެނިހެން މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ބަލާލާއިރު މުޅިންހެންތިބީ 24 ގަޑިއިރު ހަމަހޭގައި ނުތިބެވޭ މީހުންނެވެ. ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރުމަށް މަޝްހޫރު މީހުން އެބަތިއްބެވެ. މިތަނުން އެކަކީ 2009 ވަނަ އަހަރު ޖެނުއަރީ މަހު ކުޅުދުއްފުށީ ރައްޔިތުން ނުކުމެ ތަޅާ ރޯނާގަންނަވާ ފުލުހުންނާ ހަވާލު ކުރި މުއްލާއެވެ. އަނެއްކަކީ 2005 ވަނަ އަހަރު މީނާ ދިރިއުޅޭ ޓޮހޮޅައިން ގިނަ އަދަދެއްގެ މަސްތުވާ އެއްޗެއްސާއި ވަގުނޫޓާއެކު ހައްޔަރު ކޮށްފައިވާ މީހެކެވެ. މިދެމީހުން އެކުވެގެން މިއަތޮޅާއި މިސަރަހައްދަށް މަސްތުވާ ތެކެތީގެ ބޮޑެތި ޝިޕްމެންޓުތައް މިހާރުވެސް ބޭރުކުރަމުން ދެއެވެ. މިކޮމެޓީގައި ހިމެނޭ އެކަކީ 2002 ވަނަ އަހަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވަގުނޫޓޫ ޗާޕުކުރަނިކޮށް އެތަކެއްޗާއި އެކު އަތުލައިގަނެފައިވާ މީހެކެވެ. އެމައްސަލާގައި 14 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވަނީކޮށް 2003 ވަނަ އަހަރު ރައީސް މައުމޫނު އަރިހަށް މީނާގެ އާއިލާ ހުރިހާމީހުން ގޮސް އާދޭސް ދެންނެވުމުން މީނާގެ އަދަބު ރަށު ބަންދަށް ބަދަލުކޮށްދެއްވިއެވެ. މި ކޮމެޓީގައި ހިމެނޭ ބައެއް މީހުން ރަމްޟާން މަހުގެ ހުރުމަތް ކަނޑާ ރޯމާދުވާލު ކުކުޅު ރޯސްކޮށްގެން މެންދުރުކައި އެވާހަކަ އަތިރި ހޮޅުއަށީގައި ކިޔާފައިވެއެވެ. މިއީ ތޯތޯ ވާހަކަ ތަކެއް ނޫނެވެ. އަދި މިކަންތައް ދޮގެއްވެސް ކުރެވޭކަށް ނޯންނާނެއެވެ.

                މިހާހިސާބުން އުފެދޭނެ ސުވާލަކީ މިފަދަ ވިޔާނުދާ ބަޔަކު އެކޮމެޓިއަށް ހޮވުނީ ކިހިނެތް ތޯއެވެ. އެސުވާލުގެ ޖަވާބުވެސް ދޭނަމެވެ. ކޮމެޓީއެއް ހޮވާކަމެއް ރަށުގެ ގިނަ ބަޔަކަށް އެގިފައެއް ނެތެވެ. އަދި އެގުން ކަމުގައިވިއަސް ނަޝީދުގެ މަޝްވަރާ ކޮމެޓީގައި ބައިވެރިވާން ބޭނުންވާ މީހަކު އަމުދުން ނެތުނީއެވެ. ކޮމެޓީ ހޮވިރޭ އެތަނަށް ވޯޓްލާން ދިއައީ ހަމައެކަނި ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލައިފައިވާ 30 މީހުންނެވެ. އެހެން ކަމުން މިމީސްމީހުން އަމިއްލައަށް އެމީހަކުގެ ނަމުގައި ފާހަގަ ޖެހުމުން ހޮވޭނެ ނޫންތޯއެވެ. ނަޝީދުގެ މަޝްވަރާ ކޮމެޓީގައި ހިމެނުމަށް ބޭނުން ނުވާ ސަބަބުތައްވެސް ދަންނަވާލާނަމެވެ.

މައިގަނޑު 3 ސަބަބެކެވެ. ފުރަތަމަ ސަބަބަކީ ކާންދިން މީހާ އޮޅުމެވެ. މަނިކުފާނު ކެމްޕޭނަށް ފުރަތަމަ ކުރެއްވި ދަތުރު ފުޅުގައި ޖަލްސާބޭއްވީ ޑީ.އާރު.ޕީ އަށް ކުއްޔަށްހިފާފައިވާ މާސިންގާ ގޯތިތެރޭގައި އެޕާޓީގެ މެންބަރުނާއި އެކުނޫންތޯއެވެ. އެބައްދަލުވުމުގައި މަނިކުފާނު ވިދާޅުވީ ތިމަންނާ މި ނުކުންނަނީ މިޕާޓީގެ ފަރާތުން ނޫންތޯއެވެ. އަދި ސަރުކާރަށާއި، މަނިކުފާނާއި އެއްނަމެއް ކިޔާ ރައީސަށް ވަރަށް ފާޑުވިދާޅުވެފައި މައުމޫނަށާއި ކުރީގެ ސަރުކާރަށް ތައުރީފްކުރީމު ނޫންތޯއެވެ. ދެވަނަ ސަބަބަކީ މަނިކުފާނު އެބައްދަލުވުގައި އެގޮތަށް ވިދާޅުވެ މާލެ ވަޑައިގެންފައި ޕާޓީ(ޑީ.އާރު.ޕީ) ކަމުނުދާ ކަމަށްވިދާޅުވެ ޕާޓީގެ ޒައީމް ކަމުނުދާކަމަށް ވިދާޅުވެފައި ތިމަންނާ އަމިއްލަ ގޮތުން ނިކުނަކަން މާލޭގައި އިޢުލާން ކުރައްވާފައިމެ ކުޅުދުއްފުއްޓަށް ވަޑައިގެން ކެމްޕޭން ކުރެއްވިއިރު ތިމަންނާއަކީ ސީދާ ޑީ.އާރު.ޕީ މެންބަރެކޭ މަޖިލީހުގައި ތިމަންނާ އެޕާޓީ ދިފާއުކުރާނަމޭ، ތިމަންނާއަށް ދޭވޯޓާކީ ޑީ.އާރު.ޕީއަށް ދޭވޯޓޭކޭ ވިދާޅުވެ ޑީ.އާރުޕީ މެންބަރުންނަށް ހަޤީޤަތް އޮޅުވާލެއްވުމެވެ. ގޮޑިލިބުނު ދުވަހުންފެޑިގެން ނޫޕާޓީއާއި އެޕާޓީގެ އެއްވެސް މީހަކު ކަމުނުދިއުމެވެ. ތިންވަނަ ސަބަބަކީ މިހުރިހާކަމެއް މިހާރު ރައްޔިތުންނަށް ހާމަވެ މަނިކުފާނަކީވެސް އަނގަގަދަ މިތުރެއްކަމުގައި ބަލައިގަނެފައިވުމެވެ.

                މަނިކުފާނެވެ. މަނިކުފާނަށް ސިޔާސީ ކަންކަމުގައި ލަފާއެރުވުމަށް ހޮވާފައިއެވާ ކޮމެޓީއަކީ އެކަމަށް ކުފޫހަވަމާ ކޮމެޓީއެއްނޫނެވެ. އަދި އަޅުގަޑުމެނަށްވެސް އެގިފާޅުވާ ގޮތުގައި މނިކުފާނު ތިޔަގެންދަވަނީ ރައީސްކަމުގެ ރަންގޮނޑިއަށް ފައިނެންގެވުމުގެ ބުރަމަސައްކަތް ކުރަމުންނެވެ. މިކަން އަޅުގަޑުމެނަށް އެގޭތާ މިހާރު 1 އަހަރު ވެއްޖެއެވެ. މިއީ މިއަދު އަޅުގަޑުމެނަށް އެގުން ކަމެއްނޫނެވެ. މަނިކުފާނެވެ. އަނގަގަދަ މިތުރުގެ ވާހަކަ އަޑުއައްސަވުމުތޯއެވެ؟ ފަހަރެއްގައި ކަމެއް މާބޮޑަށް ބޭނުންވެގެން އެކަމަކަށް ބޫތުކައިގެން އުޅުއްވާއިރު ހަދުމަފުޅެ ނެތިދާނެތީ ދަންނަވާލެވުނީއެވެ. ރައީސްކަން ހޯއްދަވަން ވާނެއެވެ. ނަމަވެސް އަދި ތިޔަ އުޅުއްވެނީ ތަންކޮޅެއް ސިޔާސަކޮށް ތަންކޮޅެއް ބާރަށެވެ. ތިހެން އުޅުއްވަނީކޮށް ވަރުބަލިފުޅުވެހެން ވެއްޓި ވަޑައިގަތުން ވަރަށް ކައިރިވާނެއެވެ. މަނިކުފާނުވެސް ހަނދުމަފުޅު ހުންނާނެ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުޅުއްވި ފުޓްބޯޅަ މެޗުގައި އެންމެ ފުރަތަމަ އަނގަދަށުލައި ވެއްޓި ވަޑައިގަތީ މަނިކުފާނު ނޫންތޯއެވެ. އެހެން އެއްވެސް މީހެއްގެ އުނދަގުލެއްނުވެ ހުންނަވަނިކޮށް ފުރަތަމަ ދުއްވައިގަތުމާއިއެކު ވެއްޓުނީ ނޫންތޯއެވެ. އެ މެޗަކީ ސިޔާސީ ގޮތުން ވަރަށްގިނަ ފިލާވަޅުތަކެއް އަޅުގަޑުމެނަށް ލިބުނު ފުޓްބޯޅަ މެޗެކެވެ.

                ކަންކަމުގައި މަނިކުފާނުވެސް ކެތްތެރިވާން ވާނެ ނޫންތޯއެވެ. މަނިކުފާނަކަށް މައުމޫނެއްވެސް، ތަސްމީނެއްވެސް، ޔާމީނެއްވެސް، އަދި އަންނި ބޭބެއެއްވެސް ކަމަކުނުދެއެވެ. ކާސިމްބޭގެ އާރާބާރު ހުއްޓާ އޭނާގެ ރަނިންމޭޓްކަންވެސް ދޫކޮށްލެއްވީ ނޫންތޯއެވެ. މިހާރު ކާސިމްބެ އަތްމަތިހުސްވެ މަރިޔަނބު ގެއްލުނީމައި އެބޭބެ ފޮށީގައި އޮތް ބޮޑުލާރިއަށް ތިޔަ އެދެނީ ކީއްވެތޯއެވެ. މަނިކުފާނެވެ. ނާއިބުރައީސް ވަހީދުބެ މަނިކުފާނު ގެންދަވާ ވަހީދުބޭގެ އަމިއްލަގޭގައި ބައްދަލު ކުރައްވާ ރައީސް ނަޝީދު ދައުލަތުގެ ފައިސައަށް ހިތުހުރި ގޮތެއްހައްދަވާ ވާހަކަ ވިދާޅުވެ އެނާ އެތަނުން ބޭރުކުރަން ލަސްވެއްޖޭ ވިދާޅުވީމައި، މަނިކުފާނުވެސް އާން ދޮގޭއޭ ވިދާޅުވެ ކެބިނެޓްގެ އެކިއެކި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެންމެ ބާރަށް އުޅުއްވީ މަނިކުފާނު ނޫންތޯއެވެ. ނަމަވެސް މިފަދަ ފުރަތަމަ ވޯޓުގައި، 10 ނޮވެމްބަރު ގައި ހާރިޖީ ވަޒީރަށް އިތުބާރު އޮތްކަމަށް ސީދާ ވޯޓްދިން ދެމީހުންގެ ތެރެއިން އެކަކީ މަނިކުފާނުކަން މިއޮތީ ރައްޔިތުންނަށް ސާފުވާށެވެ.

                މުޙައްމަދު ނަޝީދު މިނަމަކީ ވެރިކަމަށް ބޫތުކައިފައި ތިބޭ މީހުނަށް ޚާއްޞަ ނަމަކަށްވީތީ އަޅުގަޑު ހިތާމަކުރާ ހާލުގައި މަނިކުފާނަށް ހެޔޮދުއާއާއި ވެދުން އަރިސްކުރަމުން ނިންމާލަމެވެ.

                16 ނޮވެމްބަރު 2009

                                            ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތެއް

2 Responses to “ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތަކު ރައްޔިތުންގެ މަޖުލީހުގައި އެދާއިރާ ތަމްސީލުކޮށްދެއްވާ މެމްބަރު މުޙައްމަދު ނަޝީދު (ކުއްޓި) އާއި މެދު މިހާރު އެދާއިރާގެ ރައްޔިތުން ދެކޭގޮތް ބަޔާންކޮށް ފޮނުވާ ސިޓީ”

  1. GUESS said

    HEHE KUTTI DON’T MAKE OTHERS FOOL,BY WRITTING YOUSELF. HAH, COMONE, USE YOUR OWN BLOG FOR YOUR OWN USE. OUR COMMENTS AND CRITICISM WILL GO ON AND ON

  2. unknown said

    hehehe i dont know about the rest, but the point where the sender has pointed out that MP nasheed said he facing the parliamentary elections on a DRP ticket is completely false. I for one saw his rally with the people of kulhudhuffushi on TV. He never mentioned any of that. And if this person wants to send this letter to MP Nasheed, why didnt you post this on his own blog. im sure you can access that too. Be a bit more sensible my friend.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>