ރާވިއްކުމުގެ ހުއްދަ ދޭ ދުވަހު ރައީސް ކެރަފާ ނަޝީދުވެރިކަމުން ވައްޓާލާ، މާބްލް އިން ކޮޓަލާއި ހޮލިޑޭ އިން ހޮޓާ އަންދާލާނޭކަމުގައި ބުނެ އިސްލާމީ ދިވެހި އާޒުވާނުން އިންޒާރު ދެމުން އެބަދޭ: ސަޓޯ ދެލޯ މުދުނަށް އަރައިފި
Posted by ހިމޭން އިންގިލާބު on 2009/11/22
މާލޭގައި ހުންނަ މާބްލް އިން ހޮޓަލަކީ އިކޮނޮމިކް މިނިސްޓަރގެ ނާއިބު ބްލޫފިލްމް ސްޓަރ އާދިލް ސަލީމުގެ ހިއްސާ އޮންނަ ހޮޓަލެކެވެ. އަނެއްކޮޅުން މާލޭގައި ހުންނަ ހޮލިޑޭއިން އަކީ މާރިޔާއަހުމަދު ދީދިގެ ކުރީގެ ފިރިމީހާ ސަޓޯއާއި އެދެމީހުންގެ ދޮށީ ދަރިފުޅު، ފްރެންޗައިސް އުސޫލުން ހިންގާ އެމީހުންގެ އަމިއްލަ ހޮޓަލެކެވެ. ރާއްޖެގައި މީހުން އުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށް ވަކާލާތު ކުރަމުންދަނީ މިބޭފުޅުންނެވެ. ސަބަބަކީ އިނގިރޭސިންގެ ލަފާގެ މަތިން ރައީސް ކެރަފާ ނަޝީދު ކުރިއަށް ނެރުއްވާފައި ތިބީ މިބޭފުޅުންނެވެ. ރާވިއްކުމުގެ ހުއްދަ މަޖުލީހުން ހޯދުމުގެ ގޮތުން މެމްބަރުން ގަތުމަށްޓަކައި އިގިރޭސިންގެ ޖެނެރަލް ސިނޯޑުގެ އެހީގައި މަޖުލީހުގެ މެމްބަރުން ގަންނަން އަވަދި ނެތި މަސައްކަތް ކުރައްވަނީވެސް މިގްރޫޕުންނެވެ. ސަޓޯ އާއި އާދިލް ވަނީ މެމްބަރުން ގަތުމަށްޓަކައި އެކިމެމްބަރުން ގާތަށް ހިނގަން ފައްޓާފައެވެ. މިހާރު ކުއްޓި ނަޝީދާއި، މުއްތަލިބު ގާތަށް ގޮސް ސަޓޯވަނީ އެއިން ކޮންމެ މީހަކަށް ބައިމިލިއަން ރުފިޔާދޭން ހުށަހަޅާފައެވެ. މިކަން ހިންގަމުން ދާގޮތް އިސްލާމީ ދިވެހި އާޒުވާނުން ދަނީ ވަރަށް ގަތުން ބަލަމުންނެވެ. އެހެންވެ އެމީހުންގެ ހަރަކާތްތައް ވަނީ 1000 ގުނަ އިތުރު ކޮށްފައެވެ. އެންމެ ފަހުން ވަރުގަދަ އިންޒާރެއް ދޭން ފައްޓައިފިއެވެ.
އެމީހުން ދެމުންދާ އިންޒާރަކީ، މީހުން އުޅޭ ރަށްރަށުގައި ރާވިއްކުމުގެ ހުއްދަ މުޅި މަޖުލީހުން ފާސްކޮށްގެން ދިންކަމުގައިވިޔަސް އެހުއްދަ ދޭ ދުވަހު ރައީސް ނަޝީދު ވެރިކަމުން ވައްޓާލާނޭ ކަމުގެ އިންޒާރެވެ. އަމުދުން މިކަމުގައި ވަކާލަތު ކޮށް މިކަން ހުއްދަކުރުމަށް ވާހަކަދައްކަމުންދާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށްޓަކައި ކުރިން ހުރަސް ނުކުރާ އެތައްކަމެއް ހުރަސްކުރާނޭ ކަމުގެ އިންޒާރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގައި ސަޓޯއާއި އާދިލް ނައީމް އިތުރަށް މަސައްކަތް ކުރަމުން ދަނީ ނަމަ އެމީހުންގެ ހޮޓާތައްކަމުގައިވާ، މާބްލް އިން ހޮޓަލާއި، ހޮލިޑޭ އިން ހޮޓާ އަންދާލާނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އިންޒާރުދެމުން އެބަގެންދެއެވެ. ސަޓޯގެ ދެލޯ މިހާރު ހުރީ މުދުނުގައި ކަމަށް އެއްބައި ފަރާތްތަކުން ބުނަމުން އެބަދެއެވެ.

































aharen said
alhugadah ingey echchakee, hama gaimuves burugaa elhi anhenakah ITALY akun VISA eh nudheyne kan. adhi France ge muslims kudhin school ah burugaa alhigen dhiyumun sifain gadha kamun e naguvaafaves ebahuri. ehenve mithanugaa ves ghairu dheenakah jaaga dhevigen nuvaane.
ހަނދޭގިރި said
ތިވާހަކަ މިހާރު ވަރަށް ގަދަޔަށް އެބަ ދެކެވޭ. އަޅުގަނޑު ދަންނަވާނީ ތިޔައުޅޭ ފާދިރީން މިގައުމަށް ގެންނަން ތިޔަ އުޅެނީ ބަނގުރާ އެކަންޏެއް ނޫނޭ، ފައްޅިއާ އަދި “ޓެރަރިޒަމް” ވެސް އެބަ ގެނެވޭ އުތަ؟ އިންޑޮނޭޝިޔާގެ ބާލީގައިވެސް އެންމެ ގިނަ ޓެރަރިސްޓް ހަމަލާތަށް އަމާޒުވެފައިހުރީ ލާދީނީ ކަންކަންކުރާ ހޮޓާތަކަށް. އެހެންވީމާ ސަޓޯގެ ދެލޯ މުދުނަށް އަރާނެތާ
BaaBaa said
އިންޒާރު ދިނުމަކީ އަދި ބިރު ދެއްކުމަކީ ތާއީދު ކުރާކަމެއް ނަމަވެސް ހުޅުޖެހުމަކީ ކޮއްގެން ވާނެކަމެއްނޫން އެތަންތަނަށް މިހާރު އެންމެ އެކަށީގެން ވަނީ ސުނާމީގަ ހާލުގަ ޖެހިފަ ވާމީހުން ލާފަބޭތިއްބުން އިންތިޚާބުގަ ވާހަކަދަށްކަމުން “މަޙާނަމަތީ ފައި” އަޅާވާހަކަ ބުނުއްވި މާރިޔާ ގޯނިގަނޑު ނުލާހިކު ބޭނުންވާނެ މިކަން މިގޮތަށް ކުރަން އަނެއްކާ އޯގާތެރި ކަމަށް ބުނާ ސަރުކާރުވެސް ނުލާހިކު ބޭނުންވާނެ އެކަންކުރަން ދޯ؟؟؟؟؟ “އުންމީދު “