ކުއްލި ޚަބަރު: ސޭކު އެންޑްރޫ އާއި އެކު އައްޑުއަށް އައި ޖެނެރަލް ސިނޯޑުގެ 18 މެމްބަރުން މަޖުލީހުގެ ކޮންމެ މެމްބަރަކަށް ބައިމިލިއަން ދިވެހި ރުފިޔާގެ ވަގުތީ ބަޖެޓެއް ކަނޑައަޅައިފި: ފުރަތަމަ މުއްތަލިބާއި ކުއްޓި ނަޝީދު
Posted by ހިމޭން އިންގިލާބު on 2009/11/22
އިގިރޭސި ރާނީގެ ސޭކު އެންޑްރޫ އާއި އެކު އައްޑު އަތޮޅަށް އައިސްގެން އުޅޭ ޖެނެރަލް ސިނޯޑްގެ 18 މެމްބަރުން މަޝްވަރާ ކުރުމަށްފަހު، ރާއްޖޭގައި އެހެންދީންތަކުގެ އަޅުކަން ކުރާތަންތަން ބިނާކުރުން މަނާކުރާ ބިލު ފޭލިކޮށްލުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ތިބި ކޮންމެ މެމްބަރަކަށް ބައިމިލިއަން ދިވެހި ރުފިޔާގެ މަގުން ޚަރަދުކުރަނޭ ބަޖެޓެއް ކަނޑައަޅައިފިއެވެ. ޖެނެރަލް ސިނޯޑަކީ އިގިރޭސި ވިލާތުގެ ނަޞާރާ ދީނީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖުލީހެވެ. މިގޮތުން އެންމެ ފުރަތަމ އެމީހުން މަޝްވަރާ ދީފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މުއްޠަލިބާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުއްޓި ނަޝީދު ގަތުމަށެވެ. މިއީ މަޖުލީހުން އެންމެފަހުން މުނާފިގުންގެ ސިފަހުރިކަމަށް އެމީހުނަށް ފާޅުވި ދެމެމްބަރުންނެވެ. މިދެމީހުންނާއި އެއްކަލަ އަލްހާނަށް ކޯޑް ނަމެއްގެ ގޮތުގައި ސިނޯޑް މެމްބަރުންގެ ތެރޭގައި ކިޔަނީ ފްރެންޑްސް އޮފް އިޒްރޭލް އެވެ. ވަރަށް އިތުބާރު ހުރިގޮތެއްގައި، ހިމޭން އިންގިލާބީންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރެސްމޮތޮޑާ ދާއިރާގެ މުއްޠަލިބާއި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު (ކުއްޓި) ގަނެލުމަށްޓަކައި، ކޮންމެ މީހަކަށް ހޮލިޑޭ އިންގެ ވެރިޔާ ސަޓޯ ބައި މިލިއަން ރުފިޔާ ރޭގައި ވަނީ ހުށަހަޅާފައެވެ. އެވެސް މިކަން އޮޅުވާލާ ފައްޅިތަކުގެ ބިލު ފާސްކޮށް ރަލުގެ ބިލު އަވަހަށް ފާސްކުރެވޭތޯއެވެ. ރާހުއްދަކުރެވިއްޖެ ނަމަ ފައްޅި ހުއްދަކުރުން ފަސޭހަވެ، ރައްޔިތުންގެ އިދިކޮޅު ހެދުމަށް ނަފްސާނީގޮތުން ބަލިކަމެއް އަންނާނޭ ކަމަށް އެމީހުން ދެކެއެވެ.
ސަޓޯ މިހުށަހެޅިފައިސާއަކީ ޖެނެރަލް ސިނޯޑުން މިކަނޑައެޅި ބަޖެޓްގެ ދަށުން ހުށަހެޅިފައިސާއެވެ. މިހާރު އައްޑުއަށް އިގިރޭސި ރާނީގެ ދަރި ސޭކު އެންޑްރޫ އާއި އެކު އައިސްގެން އުޅޭ ޖެނެރަލް ސިނޯޑްގެ 18 މެމްބަރުން މިފަދަ ބަޖެޓެއް އެކުލަވާލީ ކުއްލި ގޮތެއްގައެވެ. އެއީ ރާއްޖެގައި އެހެން ދީންތަކުގެ ތަންތަން އެޅުން މަނާކުރާ ބިލު މަޖުލިހަށް ވެއްދުމާއި ގުޅިގެން ލިބުނު ކުއްލި ހައިރާން ކަމުގައެވެ. ބިލު އަނބުރާ ގެންދިއުމަށް ބާރުއެޅުމުގެ ބަދަލުގައި އެމީހުން ގަސްތުކޮށްފައިވަނީ މަޖުލީހުގެ ތެރެއިން ބިލު ފޭލި ކޮށްލުމަށެވެ. މިކަން މަޖުލީހުގެ ތެރެއިން ކުޅެންވީ ގޮތުގެ ރޭވުން ރާވާދީ ނަގަންޖެހޭ ގާނޫނީ ޕޮއިންޓުތަކުގެ މަޝްވަރާ މިމީހުނަށް ދެމުން ގެންދަނީ މާރިޔާއަހުމަދު ދީދީއެވެ. ބިލާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކާ ވަކާލާތު ކުރުވަން ރާވާފައިވަނީ މިހާރު އެމްޑީޕީގެ މެމްބަރު ކާނަލް ނަޝީދު ލައްވައެވެ. ކާނަލްއަށް އެހެން މީހުނަށް ވުރެ އިތުރަށް ޚަރަދު ކުރާނެކަމަށް ވެއެވެ. އަދި ނުރައްކަލެއްވެއްޖެ ނަމަ އިގިރޭސި ވިލާތުން އޭނާއަށް ސިޔާސީ ހިމާޔަތާއި، ފައިސާއާއި ގެދޮރު ދިނުން ފަދަ ކަންކަންވެސް ރާވާފަވާކަމުގައި ވެއެވެ.
އަދިވެސް މައުލޫމަތު ލިބިފައިވާ ގޮތުގައި. މިބަޖެޓަކީ ވަގުތީ ބަޖެޓެކެވެ. މަޖުލީހުގެ މެމްބަރުންގެ ރިއެކްޝަން ހުންނަގޮތަކުން އަދި މިއަދަދުގެ ފައިސާއިން ބޭނުންވާ ވަރަށް މެމްބަރުން ނުގަނެވޭހެން ހީވާ ނަމަ ބިލު މަޖުލިހުގައި ދިގު ދެއްމުންފަދަ ޓެކްނިކުތައް ބޭނުންކޮށް، މެމްބަރުން ގަތުމަށްޓަކައި އިތުރު ވަގުތު ހޯދަން ހަމަޖެހިފައިވެއެވެ. މިގޮތުން ހޯދާ ވަގުތުގެ ތެރޭގައި އިތުރު ފައިސާއާއި ބަޖެޓް ހޯދުމަށް އެމީހުން އެއްބަސްވެފައިވެއެވެ. ސީދާ އިގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި އޮންނަ އިޒްރޭލުގެ ލޮބީ ގްރޫޕް ނުވަތަ ކޮންޒަވޭޓިވް ފްރެންޑްސް އޮފް އިޒްރޭލް (ސީއެފްއައި) މެދުވެރިވެގެން އިޒްރޭލުގެ ސަރުކާރުން އިތުރު ފައިސާ ހޯދަން އެމީހުން ރާވާފައިވެއެވެ. ސީއެފްއައި އާއި ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ތިރީގައިވާ ވީޑިއޯ ބައްލަވާށެވެ. އަދި ރާއްޖޭގެ ރަށްރަށަށާއި ޖަމާއަތްތަކުގެ މެދުގައި މިވީޑިއޯ ބައްސަވާ މިކަމުގެ މައުލޫމާތު ފަތުރައްވާށެވެ. ވީޑިއޯ ބެއްލެވުމަށްޓަކައި ވީޑިއޯ ލިންކުގެ މަތީގައި ދެފަހަރު ކްލިކު ކުރައްވާށެވެ.
































