The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

އެމްޑީޕީގެ ގުންޑާއިންނަށް ވިޔަފާރި ފަށައިދޭން ރާއްޖޭގެ ކަންކޮޅުތަކުން އެއްކުރި 1500 އަށްވުރެ ގިނަ ބިޒްނަސްޕްލޭނާއި ، ކޮންމެ ޕްރޮވިންސެއްގައި އެޅޭ ފައްޅި ދަތުރުފަތުގެ ނިޒާމުން ގުޅުވާލުން

Posted by ހިމޭން އިންގިލާބު on 2009/11/22

މެޓަލް ޖޫސް: އިކޮނޮމިކް މިނިސްޓްރީއިން ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި މީހުންގެ ދިރިއުޅުމާ ގާތުން (ދެޖިންސުގެ ހުރިހާ އުމުރެއްގެ މީހުންނަށް އަތްފޯރާ ހިސާބުން) ބަނގުރާ ވިއްކުމަށް ފައިނެގިހިސާބުން ފެށިގެން ހިމޭންއިންގިލާބަށް އެކިއެކި ފަރާތްތަކުން އޮއްސަމުންދާ ފަތްފުށްތައް ގިނަވެފައިވިޔަސް އަޅުގަނޑު ދެބޯގެރި މުޙައްމަދު ރަޝީދު ދެކެނީ ވަރަށް އިހްލާސްތެރި “ބޭކަނބަލެއް”ގެގޮތުގައެވެ. އެމްޑީޕީގެ ގުންޑާއިންނަށް ވިޔަފާރި ފަށައިދިނުމަށް ބިޒްނަސްޕްލޭން ހެއްދެވުމުގައި މީހުންގެ ލޯތަކަށް ކަޝްފުވާގޮތަކަށް 1500 އަށްވުރެ ގިނަ ޕްލޭން މިހާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހަދާ ނިމި އޭގެތެރެއިން އެންމެ ރަނގަޅު ޕްލޭންތައް މިހާރުވަނީ ގުންޑާއިންނާ ހަވާލުކުރެވިފައެވެ. ކުދި ވިޔަވާރިވެރިންނަށް ލޯނުދޭށޭ ކިޔައިގެން އެންމެ 10 މިލިޔަން ރުފިޔާގެ ބަޖެޓެއް ލައިގެން އެނބުރި ގޭސްގަނޑުގައި މުޅި ރާއްޖޭގައި ހުރި ހުރިހާ ބިޒްނަސްޕްލޭންތައް އަތްފުނާއަޅައިގެން ހޮވާލާ، އޭގެތެރެއިން ޔަގީންކަމާއެކު ބަނގުރޫޓުވާނެ މީހުންކޮޅަކަށް ލޯނުދޭން ނިންމާ އަދި ލޯނުދޫކުރެވޭ ފަރާތްތައް ބަނގުރޫޓުކުރުމަށް މިވެރިކަމުގެ ކުރީކޮޅުންފެށިގެން ޖަހަމުން އަންނަ ދަންތޫރަތަކަކީ މިހާރު އާ ކަންކަމެއްނޫނެވެ. ބަނގުރޫޓުވެ އިނދަޖެހި ލޯނު ނުދެއްކޭ ހިސާބަށް ދިއުމުން ދެން ލިބޭނީ ޕާޓީގެ ފޯމު ބޮނޑިއެކޯލައެވެ.

ކިރިޔާވެސް ޕާރފޯމަންސް ދައްވެއްޖެއްޔާ އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާ ހިސާބުން (އެންމެ ލަސްވެގެން) އެމްޑީޕީގެ ގުންޑާއިންނަށް ވިޔަފާއި ފަށައިގަނެވޭނެކަމަށް ނަފާ ނަސީމުގެ ފޯކާސްޓުން ދާއްކަޔޯލައެވެ. ޕާރފޯމަންސް ދަށްނުވެ ހިފަހައްޓާލެވިއްޖެއްޔާ 1 އަހަރުދުވަހުގެތެރޭ އަތްފޯރާހިސާބުން ބަނގުރާ ލިބޭގޮތްވެ ދައުރު ނިމުމުގެކުރިން ދިވެހިރާއްޖޭގެ ކޮންމެ ޕްރޮވިންސެއްގައި 1 ފައްޅި އަޅާ، ބަނގުރޫޓުވި ވިޔަފާރިވެރިންގެ ލޯނުތަށް އަނބުރާ ސަރުކާރަށް ދެއްކުމަށް ޗާޗް އޮފް އިންގްލޭންޑް ގެ އެންމެ މަތީ މަޖިލީސްކަމުގައިވާ ޖެނެރަލް ސިނޯޑުން ޚަރަދުކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. މިކަން ހަމަޖެހުނުކަން އަންގާފައިވަނީ ދެއުޅިއެއްނުވާ އެންޑްރޫއާއެކު އައި ފާދިރީންގެ ވަފުދުންނެވެ.

ލޯނު އަނބުރާ ދައްކައިދިނުމުގެ އިތުރުން ވިޔަފާރި ފަށައިދިނުމަށް އިތުރުއެހީތަށް ދިނުމަށް ޖެނެރަލް ސިނޯޑުން އެއްބަސްވިއިރު ފައްޅިތަކާއި އެތަންތަނަށް ގެނެވޭ ފާދިރީންގެ އެންމެހާ ކަންކަމަށްޚަރަދުކުރުމަށް ވިޔަފާރިވެރިންގެމައްޗަށް އޮތީ ޝަރުތުކުރާގޮތަށެވެ. އަދި ޚަރަދުކުރުން ހުއްޓާލާ މީހަކުވިއްޔާ އިނދަނުޖެހި ސަލާމަތްވިޔަ ނޫދޭނެކަމުގެ ޔަގީންކަން ދެބޯގެރި މުޙައްމަދު ރަޝީދު ފޯނުން ދިންކަމަށް ވެއެވެ. ފައްޅިތަށް އެޅެންފެށުމުގެ ކުރިން ދަތުރުފަތުރުގެ ނިޒާމުގެ ބޮޑުބައެއް ނިމޭނެކަމަށާ އޭރުން ކޮންމެ ޕްރޮވިންސެއްގެ ބަޔަކުވެސް ދަތިކަމެއްނެތި އަޅުކަންކުރަން ފައްޅިއަށް އާދެވޭނެކަމަށާ، އެހެންނަމަވެސް މިހާރު ނަގުދު ފައިސާ ބޭނުންވެފައިވާކަމަށް ގަންޖާބެއްޔާ ފާދިރީންކައިރި ބުންޏެވެ. ފާދިރީން ބުނީ އިތިރު ފައިސާ ދެވޭނީ އަމަލީ ނަތީޖާއެއް ނެރެވުމުން ކަމަށާއި މިހާރު ކަންކަން ދާގޮތާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށެވެ. މިހާރުއޮތީ ދެބޯގެރި މުޙައްމަދު ރަޝީދޫއާ ލައްސާކުރުމަށް ފާދިރީން އިންޑިޔާގައި ބައްދަލުކުރާ ގޮތަށެވެ. ހިލަވެއްޔާ ހަނޑޫ ހަކުރު ފުށުގެ ކޯޓާއާ ވާހަކަ ދައްކާށޭ ކިޔައިގެން އިންޑިޔާއަށް ގެންގޮސް އިތުރަށް ދޭންވާ ބައެއް އިރުޝާދު ދިނުމަށް އިންޑިޔާގައި ބައްދަލުކުރުމަށް ހަމަޖެހިފައިވިއަސް ފަހުން ސީދާ ލަންޑަނުގައި މިކަން ކުރާގޮތަށް ހަމަޖެހިދާނެކަމަށް ބެލެވެއެވެ.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>