ރާއްޖޭއިންބޭރުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަށް އަތްފޯރާފަށައް: ލަސްނުކޮށް އަވަހަށް އެޕްލައިކުރޭ
Posted by ހިމޭން އިންގިލާބު on 2009/11/23
ދިވެހިރާއްޖެ ރިފޯމްވެގެން އައިސް ތަރުކާރީއާއި މެވާ އަދި ބޯން ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ފަތް މިވަނީ ރައްޔިތުން އަތްފޯރާފަށައް އައިސްފައެވެ. ލަސްތަކެއް ނުވެ ބަނގުރަލާއި އޫރުމަސް އަތްފޯރާފަށައް އަންނައިރު އަޅުކަންކުރާނެ ފައްޅިތައްވެސް އަތްފޯރާފަށައް އަންނާނެކަން މިހާރު ހިމޭންއިންގިލާބު ކިއުންތެރިންނަށް ވާނީ އެނގިފައެވެ. އެހެންނަމަވެސް އަތްފޯރާފަށައް އައިސްފައިވާ އިތުރު އެއްޗެއް އަޅުގަނޑުމެންނަށް ނޭންގި އެބައޮތެވެ. އެއީ މަތީތައުލީމު ހާސިލްކުރުމަށް ދެވޭ އެކިއެކި ފުރުސަތުތަކެވެ. މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ޑިމޮކްރަސީގެ ހިޔަނީގައި ހުދުމުހުތާރު އަދި ލާދީނީ ވެރިކަމެއް ކުރައްވަމުން އެގެންދަވާ އައްސޯމިލް މުޙައްމަދު ނަޝީދު އަށާއި އޭނާގެ ހިއުމަންރިސޯށް މިނިސްޓަރ ހަސަން ލަތީފުއަށެވެ. އެހެންނަމަވެސް މި ދެންނެވި ފުރުސަތުތަށް ނުވަތަ ސްކޯލަރޝިޕްތަކުގައި ” ޙާއްސަ ސިފައެއް ” އެބަވެއެވެ. އެއީ ސަރުކާރު ސްކޯލަރޝިޕްގެ ދަށުން ކިޔަންކުރަންޖެހޭ ހުރިހާ ޙަރަދެއް ކުރަންޖެހެނީ ” އަމިއްލަ ޖީބުން ” ނެވެ. ސްކޯލަރޝިޕް ހޯއްދެވުމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސްގެ ވެބްސައިޓަށް ވެންނެވުމަށް މި ލިންކަށް ފިއްތާލާށެވެ.

































inunu bathootha said
elha thalabo gamaareh tha ei milhaamen maa boduvef myhun boluga kon adhuneh alhuvaakah scolership kiyaafa dhekolhu tiket midheny amaa handhaan kuran vy nun
TWINKLE said
Metaljuice bunantha, mi ministarakee bolurodhu kendifa huri golaeh. Dhuniyeyge komme university akun ves sharuthu hamavefa laari amilla yah dhakkan huriyaa jaaga libeyne kammeh ves neynge. Ehenu vaanee kureege 30 aharuvee sarukaaru huskuree e meehunah kiyavaadhen. Ehen bayaku kiyafavaane thee birun e ulhenee. Youth ministry othee bainjahanvefa.BOLUROADHI GOSSA
ހަނދޭގިރި said
އެހެންވިއްޔާ ދުނިޔޭގެ ހުރިހާ ކޮލެޖްތަކާ ޔުނިވަރސިޓީތަކުން އެދެނީ މުޅިންވެސް ސްކޯލަރޝިޕްތާ، އޮކްސްފޯޑާއި ހަވަރޑްޔުނިވަރސިޓީއިންވެސް މިގޮތަށް ސްކޯލަރޝިޕް އެހެރީ ލިބެން. މިނިސްޓަރު ހުންނަނީ ހަމައިގަބާ؟ 24 ގަޑިއިރު ހަމައިގަ އޮންނަ ސަރުކާރެއް ގެންނަންވީނުން
Metaljuice said
mi minister gamaarah neygeyth dhuniyeyge komme university akun ves sharuthu hamavefa laari amilla yah dhkkan huriyaa jaaga libeyne kan, mi aalaathun nah heevaakahala dhivehin galhi hahdhaigen dhauruge kuree kolhu hurihaa kameh kohlaigen fahun hadhan nethidhaane hen eheneve dheenee kan kan emme kurin, ralaa oorumahaa fahlhi aa enegee, scholarship amilla laari dheegen hoadhan vee. balaa eh nu