އިސްލާމީ ދައުލަތް ނުވަތަ އިސްލާމިކް ސްޓޭޓަކީ ކޮބާ: އިސްލާމިކް ސްޓޭޓްގެ އުސޫލުތައް އެއްމެ ފުރިހަމަވެފައި ކެޕިޓަލިޒަމްއާއި، ކޮމިއުނިޒަމްއާއި، ސޯޝަލިޒަމްއާއި ހުރި ތަފާތު: މިއީ ރައިސް ނަޝީދަށް ޖަހާ ގޮންޖެހުމެއް
Posted by ހިމޭން އިންގިލާބު on 2009/11/23
މިލިޔުމުގެ ބޭނުމަކީ އިސްލާމިކް ސްޓޭޓް އަކީ ކޮބައިކަން ތަފާތު ނަޒަރަކުން ދިވެހި އާޒުވާނުންނަށް ކިޔައިދިނުމެވެ. ދިވެހި އާޒުވަނުންނަށް އަޑުއިވިފައި އޮންނަނީ މުޅިންވެސް ކެޕިޓަލިޒަމްއާއި، ކޮމިއުނިޒަމްއާއި ސޯޝަލިޒަމްގެ ވާހަކައެވެ. ދެން އިވެނީ ޑިމޮކރަސީއޭ ކިޔައިގެން އެކިފަހަރު އެކިގޮތަށް ވާހަކަދައްކާ އަޑެވެ. ކުރިން މިދެންނެވީ ދައުލަތް ބިނާކުރުމުގެ އިގްތިޞާދީނިޒާމުތަކެއްގެ ވާހަކައެވެ. ފަހުން މިބުނި ޑިމޮކްރަސީއޭ އެމީހުން ކިޔަނީ ވެރިކަން ހިންގުމުގެ ނިޒާމަށެވެ. ހަގީގަތުގައި ތަފާތު ދޭއްޗެކެވެ. ކުރިން މިދެންނެވީ ހައްތާވެސް ދައުލަތްތައް ބިނާކުރާ މައިގަނޑު އިގުތިޞާދީ އުސޫލުތަކަށް ކިޔާ ނަންތަކެއް ކަމުގައި ދެންނެވިދާނެއެވެ. މީގެތެރެއިން ގިނަބަޔަކަށް ހީވެފައި އޮންނަނީ އިސްލާމިކް ސްޓޭޓް ނުވަތަ އިސްލާމީ ދައުލަތު ގެ އުސޫލުތަކަކީ މާފަހުން ވޭތުވި 20 ވަރަކަށް އަހަރުތެރޭ އުފެދިގެން އުޅޭ އުސޫލުތަކެއް ކަމުގައެވެ. އެހެނެއް ނޫނެވެ. މިދެންނެވި ހުރިހާ އުސޫލުތަކަށްވުރެވެސް ކުރިން މީގެ 1400 އަހަރުކުރިން ވަނީ އިސްލާމިކް ސްޓޭޓްގެ އުސޫލުތައް ތައާރަފް ކުރެވިފައެވެ. ދައުލަތް ބިނާކުރަންވީ ގޮތުގެ އިގުތިޞާދީ އުސޫލީ ހަމަތަކާއި ވެރިކަން ހިންގަންވީ ގޮތުގެ އުސޫލީ ނިޒާމާއި ދެބައިވެސް އިސްލާމިކް ސްޓޭޓްގެ ހަމަތަކުގައި ހިމެނެއެވެ. ކުރުގޮތަކަށް މިލިޔުމުގައި ބަލާލާނީ ދައުލަތެއް ބިނާކުރުމުގައި މިހުރިހާ އުސޫލުތަކަކަށްވުރެ އިސްލާމީދައުލަތެއްގެ އުސޫލުތައް ފުރިހަމަވަނީ ކީއްވެގެންތޯއެވެ. އަދި މިހާރު މައިނޯރިޓީ ރައިޓްސް އޭކިޔައިގެން ދައުލަތްތައް ހަލާކުކުރުމުގެ އުސޫލުތަކެއް ގެންގުޅެނީ ކޮންބަޔަކު ކޮންމަގުޞަދެއްގައި ތޯއެވެ.
އާދެ! ކެޕިޓަލިޒަމްއާއި، ކޮމިއުނިޒަމްއާއި، ސޯޝަލިޒަމް ބިނާވެފައި ވަނީ ހަމައެކަނި މާއްދިއްޔަތުގެ މައްޗަށެވެ. ރޫހާނިއްޔަތުގެ ބައިނުހިމެނެއެވެ. އިންސާނާގެ ފުރާނައިގެ ކާނާކަމުގައިވާ އަގީދާގެ ބައެއް ނުހިމެނެއެވެ. ނަމަވެސް އިސްލާމީ ދައުލަތުގެ އުސޫލަކީ މާއްދިއްޔަތާއި، ރޫހާނިއްޔަތުގެ ބައި ހަމަހަމަކޮށް ގެންދިއުމުގެ މައްޗަށް އެކުލެވޭ އުޞޫލީ ވެރިކަމެކެވެ. މިސަބަބާއި ހެދި މިހުރިހާ އުސޫލުތަކުގެ ތެރެއިންވެސް އެންމެ ފުރިހަމަވެގެންވާ ވެރިކަމުގެ އުސޫލުތަކަކީ އިސްލާމީ ދައުލަތުގެ (އިސްލާމިކް ސްޓޭޓް) ގެ އުސޫލުތަކެވެ. އެހެނީ އެއީ ވަކި ޚާއްޞަ ސިފަތަކެއް އެކުލެވޭ އުޞޫލީ ބިންގަލެއްގެ މަތީގައި އިންސާނާގެ މާއްދީ އަދި ރޫހާނީ ބޭނުންތަކަށް ހާޒިރުވުމާއިއެކު ހިންގާ ވެރިކަމެކެވެ.
ކުރިން މިދެންނެވި ތިން އުސޫލުގެ ވެރިކަމުގެ ހަމަތަކުގެ ތެރެއިން ކެޕިޓަލިޒަމްއާއި، ކޮމިއުނިޒަމްއާއި، ސޯޝަލިޒަމްގައި ބަލައިލެވިފައިވަނީ ނަޒަރިއްޔާތުގެ އެންމެ ދޯއްޖެއްގެ އަލީގެ ދަށުގައާއި ފިކުރިއްޔާތުގެ އެންމެ މިސްރާބެއްގައެވެ. އެއީ މައިގަނޑު ގޮތެއްގައި ދައުލަތުގެ ވަސީލަތްތައް މިލްކުކުރުމާއި، ބޭނުންކުރުމާއި، އެވަސީލަތްތައް ބޭނުންކޮށްގެން ތަކެތިއުފައްދާ ޚިދުމަތްދިނުމުގެ ހައްގުއޮތީ ސަރުކާރާއި ރައްޔިތުން ކުރެ ކޮންފަރާތެއްގައިތޯ ކަނޑައެޅުމުގެ މައްޗަށެވެ. ކެޕިޓަލިސްޓް ގައުމުތަކުގެ ނަމުގައި ދައުވާ ކުރާ ފަރާތްތަކުން ބުނަނީ އެކަންކަމުގެ ހައްގު އޮންނަންވަނީ ރައްޔިތުންނަށް ނުވަތަ އަމިއްލަ ފަރާތްތަކަށް ކަމުގައެވެ. ސޯޝަލިސްޓުންނާއި، ކޮމިއުނިސްޓުން ބުނަނީ އެކަންކަމުގެ ހައްގު އޮންނަންވާނީ ސަރުކާރަށްކަމުގައެވެ.
އަހަރެމެން މުސްލިމުން ބުނަނީ އެޙައްގު ދެބަޔަށްވެސް އޮތީ އެއްވަރަކަށް ހަމަހަމަކޮށް ކަމުގައެވެ. ސަބަބަކީ ސަރުކާރާއި ރައްޔިތުންނަކީ އެކައްޗެއް ކަމުގައެވެ. ބިންބިމާއި، މުދާ އަމިއްލަ ފަރުދުންނާއި، ސަރުކާރަށްވެސް މިލްކުކުރެވޭނެ ކަމުގައެވެ. އޭގެ މާނަޔަކީ، މިސާލަކަށް ރައްޔިތުންނަށް އެވަގުތަކާއި ޙާލަތުގެ ގޮތުން ބެނުންވާ ޚިދުމަތެއް ނުވަތަ ޙިމާޔަތެއް ނުވަތަ ވަސީލަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ނުކުޅެދިއްޖެ ނަމަ ސަރުކާރުން ނުވަތަ އިސްލާމީ ދައުލަތުގެ ވެރިޔާ ނުވަތަ ޙާކިމު ނުވަތަ ވަލިއްޔުލް އަމްރުގެ މައްޗަށް އެކަމެއް ކޮށްދިނުމަށް ކުރެވެންހުރި ކަންތައްތައް ކުރުން ވާޖިބެވެ. މިސާލަކަށް އަމިއްލަ ފަރާތްތަކުން ކާޑު އެތެރެކޮށްގެން ވިއްކަން ދޫކޮށްލުމުން ތަކެތީގެ އަގުބޮޑުވެ ގައުމުގެ އެންމެ ފަގީރުން ނުވަތަ އެންމެ ކުޑަ އާމްދަނީއެއް ލިބޭ މީހުނަށް ނުކަތާވަރު ވެދާނެކަމަށް ފެންނަ ނަމަ ސަރުކާރުގެ އެސްޓީއޯއިން ކާޑު އެތެރެކޮށް އެއަށްވުރެ ހެޔޮއަގުގައި އާއްމުންނަށް އެތަކެތި ގަންނަން ލިބޭނެގޮތް ހެދޭތޯ ބަލަން ޖެހޭނެއެވެ.
މާއްދީ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ ކަންކަން އިންތިޒާމު ކުރުމުގެ އިތުރަށް އިސްލާމީ ދައުލަތަކުން ނުވަތަ މުސްލިމުން ދޫނުކޮށް ހިފަހައްޓަން ޖެހޭ އަނެއް މައިގަނޑަކީ ރޫހާނިއްޔަތަށް ތަބާވުމެވެ. އެއީ ހައްގުވެގެންވާ އިލާހު ﷲ އަށް އީމާންވެ ކީރިތި ރަސޫލާ ގެންނެވި މަގުން ތަގުވާވެރިވެ އެންމެން އެއްފަރާތަކަށް އަޅުވެތިވުމުގެ ތެރެއިން އިހުސާންތެރިކަމާއި، އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަދުލުވެރިކަމާއި، އިންސާފުވެރިކަމާއި، އޯގާވެރިކަމާއި، ރައްކާތެރިކަމާއި، އަމާނާތްތެރިކަމާއި، އުފާވެރިކަމާއި، އެކުވެރިކަމާއި، ހަމަހަމަކަމުގެ މަތީ ބިނާވެފަވާ ބަދަހި މުޖުތަމަޢުއެއް އުފައްދާ އެގޮތުގައި އާޚިރަތުގެ ހެޔޮ ބަދަލަށް އެދި މަސައްކަތް ކުރުމެވެ.
މައިގަނޑުގޮތެއްގައި މިދެންނެވި އުސޫލުތަކުގެ ތެރެއިން އިސްލާމީ ދައުލަތުގެ އުސޫލުތައް ފިޔަވާ އަނެއް ތިން އުސޫލީ ނިޒާމުގައި ވަރަށް ބޮޑު އުނިކަމެއް ހުރިނަމަވެސް މިހުރިހާ އުސޫލުތަކުގެ މައިގަނޑު އެއް މަގުޞަދަކީ މަދު ޚާއްސަ ބައެއްގެ ފައިދާގެ ބަދަލުގައި މުޅި އެންމެން ނުވަތަ މުޅި މުޖުތަމަޢުގެ ފައިދާއާއި މަސްލަހަތު ދެމެހެއްޓުންކަމުގައި ދެންނެވިދާނެއެވެ. މީގެތެރެއިން މިސިފަ ނުވަތަ މިމަގުސަދު އެންމެ ކުޑައީވެސް ކެޕިޓަލިޒަމްގައެވެ. ކޮންމެއަކަސް މިދެންނެވި އުސޫލީ ދައުލަތްތަކުގެ ނިޒާމުތައް މިގޮތަށް މުޅިރައްޔިތުގެ ފައިދައާއި ލާބައަށް އަމާޒުކޮށްފައި ހުއްޓާ، މަދުމީހުންގެ މަސްލަހަތަށް ނުވަތަ މަދު މީހުން ގިނަ މީހުންގެ މައްޗަށް ނުފޫޒުފޯރުވާ ވެރިކަން ކުރާނޭ އުސޫލެއް ދުނިޔޭގައި ނެރެވޭތޯ އެއްބަޔަކު އަބަދުވެސް ޒަމާނުއްސުރެ މަސައްކަތް ކުރެއެވެ. އެއީ މައިނޯރިޓީ ރައިޓްސް ނުވަތަ ބައިމަދު މީހުންގެ ހައްގުތަކުގެ ނަމުގައެވެ. ޑިމޮކްރަސީއާއި، މިނިވަންކަމުގެ ނިވާފަތްގަނޑުގައި ތިބެގެންނެވެ. އެއީ ޔަހޫދީ ދައުލަތުގެ ނިޒާމެވެ. މުޅިދުނިޔޭގައިވެސް އޮތް ދީނީގޮތުންނާއި ނަޞްލީގޮތުން އެންމެ ބައިމަދު މީހުންނަކީ ޔަހޫދީންނެވެ. އެހެންވެ މައިނޯރިޓީއިން މެޖޯރިޓީގެ މައްޗަށް ވެރިކަން ހިންގުމުގެ އުސޫލަކީ ޔަހުދީންގެ ވެރިކަން ކުރުމުގެ އުސޫލީ ފަލްސަފާއެވެ.
އިސްލާމީ ދިވެހި އާޒުވާނުނޭވެ! ރައީސް ނަޝީދަށާއި، ބޭރަށްގޮސް ހުޅަނގުގެ ޔުނިވާސިޓީތަކުން ކިޔައިވައިގެންނޭ ބުނެ ރޭރުވެގެން އައިސް ތިބި ޑރ. ޝަހީދުފަދަ ބޭފުޅުންގެ ކުރިމައްޗަށް އަރާ ގޮންޖަހަމުން ދާށެވެ. އަދި ބުނާށެވެ. ކަލޭމެންގެ ފައިދަށުން ބިންގަނޑު ވަރުގަދަ ހަމަހިމޭން ކަމެއްގައި އޮވެ ކެކިއަރަމުން އެބައާދެޔޭ ބުނާށެވެ. ވަގުތު ވަރަށް ކުޑަތަން ވެއްޖެކަމުގައި ބުނެ އިންޒާރުދޭށެވެ.

































ހަނދޭގިރި said
އަންނިއަކީ މީހަކު ގޮންޖަހަންވެސް ކަމުނުދާވަރުގެ ދަށުދަރަޖައިގެ މީހެއް. ބާލާލި ކޮންމެ ދިމާލަކުން ފެންނަނީ އެމަނިކުފާނު ފެއިލްވެފައިވާތަން، ފެއިލްނުވެ އޮތީ ހަމައެކަނި ބަނގުރަލާ ފައްޅި ޕްރޮޖެކްޓްގައި
Saleem said
An excellent article. Thank you for helping me understand the world much better now. We have been mislead by Mr. Nasheed (Anni) and his croonies MDP (half sane/half insane thugs). I am with Silent Revolution, but unfortunately this site is also like Dr. Mohamed Waheed Hassan Maniku. Like him this site is also “feni gellidha” site ekey/