The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ގައުމަށްޓަކައި: ރާއްޖޭގައި، އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ އަޅުކަން ކުރާ ތަންތަން އެޅުމާއި ބެހޭގޮތުން ‘ގައުމަށްޓަކައި’ އިން މިސައިޓުގައި ޝާއިޢު ކުރުމަށް ފޮނުއްވި އިގިރޭސި ލިޔުމުގެ ތަރުޖަމާ

Posted by ހިމޭން އިންގިލާބު on 2009/11/23

މިލިޔުމަކީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތަކަށް އަޅުކަންކުރާ ތަންތަން އެޅުމާއި ބެހޭގޮތުން ‘ގައުމަށްޓަކައި’ އިން ފޮނުވާފައިވާ އިގިރޭސި ލިޔުމުގެ ތަރުޖަމާއެވެ. މީގެ އަސްލުކަމުގައިވާ އިގިރޭސި ލިޔުން ލިޔުއްވި ފަރާތުން އެލިޔުން ފޮނުއްވި އިރު، ދިވެހިބަހުން އެލިޔުން ތަރުޖަމާކޮށް މިސައިޓުގައި ޝާއިޢިކޮށްދިނުމަށް އެފަރާތުން ވަޞިއްޔަތް ކޮށްފައިވެއެވެ. އެއީ މިމައްސަލާއި ބެހޭގޮތުން އިސްލާމް ދީނުގައި އޮތްގޮތް އާއްމުކޮށް ދިވެހިންނަށް އެގި ކަށަވަރުވުމަށްޓަކައެވެ. މިހިސާބުން މިލިޔުމުގެ ތަރުޖަމާ ގެނެސްދިނުމަށް އަވަސްވެގަންނަހުށީމެވެ. މިތަރުޖަމާ އަކީ ހަމައެކަނި އަކުރުން އަކުރަށް ކުރެވިފައިވާ ތަރުޖަމާއެއްގެ އިތުރުން، އަސްލު ލިޔުމުގެ ރޫޙާއި މަގުޞަދުގެވެސް ތަރުޖަމާއެކެވެ.

ރައީސް ނަޝީދު ރަގަޅަށް ދަންނަ ހުއްޓެވެ:  ފަހެ ރައީސް ނަޝީދު ދިވެހިރާއްޖޭގައި އިސްލާމް ދީން ފިޔަވާ އެހެންދީންތަކަށް އަޅުކަން ކުރާތަންތަން ހެދުމުގައި، އިސްލާމްދީނުގައި އޮތްގޮތާއި، ޝަރީއަތުގެ މަގަކީ ކޮބައިތޯ ބެއްލެވުމުގެ ގޮތުންނޭ ވިދާޅުވެ ދީނީ ދަންނަބޭކަލުންގެ މަޝްވާރާއަށް އެދި އާއްމުކޮށް ގޮވާލެއްހިނދު، އޭނާ ނިކަން ރަގަޅަށް ދަންނަހުށިކަމެވެ. އަހުރެމެން އިސްލާމީ ދިވެހިރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރި ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން ވާޖިބުވެ ލާޒިމުވެގެންވަނީ، ރާއްޖޭގެ ދީންކަމުގައިވާ އިސްލާމް ދީން ހިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމަށެވެ. އޭނާގެ ހުރި ހީލަތްތެރިކަމާއެވެ. ހަމަކަށަވަރުން ބަޔާންވެ ސާފުކޮށް އެގެން އޮތްކަމެއްގައި، ދަންނަބޭކަލުންގެ މަޝްވަރާހޯދުމަށް ކަމުގައި ބުނެ އާއްމު ގޮވާލުމަކުން އެގޮވާލީ މީސްތަކުންގެތެރޭގައި މިކަމުގެ މައްޗަށް ބަހުސްކުރުވާ ޚިޔާލުތަފާތުވުމާއި، ބައިބައިވުމާއި، ފިތުނަ އުފެއްދުމަށްކަމުގައި މެނުވީ ނުވެއެވެ. އެއީ ހީލަތްތެރިކަމުގެ އުކުޅެކެވެ. މަކަރުވެރި ރޭވުމަކުން ރާއްޖޭގައި ތަފާތު ދީންތަކަށް އުޅުމުގެ މިނިވަންކަމުގެ މައްޗަށް ނަޒަރުހިންގުވާ ބަހުސްކުރުވުމަށް މަގުހުޅުވާ، އެގޮތުން ދިވެހިރާއްޖޭގެ ‘އިސްލާމީ ޝަޚުޞު’ ބަލިކަށިކުރުމަށް ދިވެހި އުއްމަތުގެ ކަރަށް މަހާލި ދަންމަޅިއެކެވެ.

ދަންނައެވެ! ރައީސް ނަޝީދު މިމޭރުމުން އިސްލާމްދީނަށާއި، އެދީނުގެ އަހުލުވެރި ދިވެހިރައްޔިތުންނަށް ހިންތާ ދިނުން ހުއްޓާހުށިކަމެވެ. އޭގެ ބަދަލުގައި، އެއުރެންގެ ލާބަޔާއި ގައުމު ތަރައްގީކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ނަޒަރު ތޫނުކޮށް އަމާޒުހިފަމުން ދިޔުމުގައި ގަރާރުވެހުރުން އޭނާގެ މައްޗަށް މާއައުލާކަން ބޮޑުވެފައި މާތްކަން ބޮޑުވެގެންވާކަމުގައި ހުއްޓެވެ.

މިތާގައި އަހުރެން ބުނަ އިއްވަމެވެ. މީސްތަކުންކުރެ، އިސްލާމީ ރަށްރަށުގައި މުސްލިމުން ފިޔަވާ އެހެންދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން އެޅުމާއި މެދު ދީނީނަޒަރަކުން ކަންއޮތްގޮތް އިތުރަށް އޮޅުން ފިލުވުމަށް އަދައިތިބި އެއުރެން ވިސްނުމަށާއި ފިކުރުކުރުމުގައި ބަލާލަން މުހިއްމު މައިގަނޑު ނުކުތާތަކެއް އެއުރެންގެ ފައިދާއަށްޓަކައި މިތާގައި ބަޔާންކުރާ ހުށީމެވެ.

އިސްލާމީ ދައުލަތް (އިސްލާމިކް ސްޓޭޓް): އިސްލާމީ ދައުލަތަކީ ކެޕިޓަލިޒަމްއާއި، ކޮމިއުނިޒަމްއާއި، ސޯޝަލިޒަމް ފަދައިން ޚާއްޞަ ސިފަތަކެއް ލިބިގެންވާ އުސޫލީ ބިންގަލެއްގެ މައްޗަށް އެކުލެވޭ (އައިޑިއޮލޮޖިކަލް ސްޓޭޓް) ވެރިކަމެކެވެ. ވަކިހަމަތަކެއްގެ މަތީން ހިނގާ ވެރިކަމެކެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތެކެވެ. ސަބަބަކީ ގާނޫނު އަސާސީގައި އެފަދައިން ބަޔާންވެގެންވެއެވެ. އެހެނީ އެއީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތެވެ. ދިވެހިރާއްޖޭގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޙައްގެކެވެ. އިސްލާމީ ދައުލަތަކާއި ސެކިއުލާ ދައުލަތެއްގެ ތަފާތުތަކެއްވެއެވެ. އެތަފާތުތަކަކީ އަންނަނިވި ތަފާތުތަކެވެ.

1-     އިސްލާމީ ދައުލަތަކީ އުސޫލީ ބިންގަލެއްގެ މަތީގައި ބިނާކުރެވޭ ދައުލަތެކެވެ. އެފަދަ ދައުލަތެއްގައި ދިރިއުޅޭ ރައްޔިތުން ބެހިފައިވަނީ ދެބަޔަކަށެވެ. އެއީ އިސްލާމްދީނަށް ތަބާވާ މުސްލިމުންނާއި އެދީނަށް އީމާންނުވާ ޣައިރު މުސްލިމުންނެވެ.

2-     އިސްލާމީ ދައުލަތެއް ހިންގުމާއި ވެރިކަންކުރުމުގެ ސިޔާސަތު ކަނދައެޅުމުގެ ޒިންމާ މައިގަނޑުގޮތެއްގައި އޮންނަޖެހެނީ ރައްޔިތުންގެ ތެރެއިން އިސްލާމް ދީނަށް ތަބާވާ މުސްލިމުންގެ އަތްމަތީގައެވެ. އެސަބަބާއި ހެދި އިސްލާމީ ދައުލަތެއްގައި، ވެރިކަމާއި ދައުލަތް ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ޒިންމާ ނަގައިދިނުމަށް ޣައިރު މުސްލިމެއްގެ ކިބައިން ނުއެދވޭނެއެވެ. ނުވަތަ އެފަދަ ޒިންމާއެއް ޣައިރު މުސްލިމަކާއި ހަވާލެއް ނުކުރެވޭނެއެވެ.

3-     އިސްލާމީ ދައުލަތަކުން މުސްލިމުންނާއި ޣައިރު މުސްލިމުންނާއި ދެމެދު ގެންގުޅެންޖެހޭ ތަފާތުތަކެއް ހުރެއެވެ. އެގޮތުން އިސްލާމީ ޝަރީއަތުގައި އިސްލާމީ ދައުލަތެއްގެ ތެރެއިން ޣައިރު މުސްލިމުންނަށް ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން އިސްލާމީ ދައުލަތެއްގެ އުސޫލުތަކާއި އިންތައް ފަހަނައަޅާ ނުދެވޭނޭގޮތަށް ހައްގުތައް ލިބިދެއެވެ. މިފަދަ ތަފާތެއް ގެންގުޅުމުގެ ސަބަބަކީ ޣައިރު މުސްލިމުންނަކީ އިސްލާމީ ދައުލަތެއްގެ ދަށުގައި ތިއްބަސް އިސްލާމްދީނުގެ އަގީދާ ގަބޫލުކޮށް އެއަށް ބޯލަނބާ ބަޔަކަށް ނުވާތީއެވެ. އެފަދަ ޣައިރު މުސްލިމުން އިސްލާމްދީނަށް ވަނުމަށްފަހު އެމީހުންނަކީވެސް ހުރިހާގޮތަކުން ސަރުކާރު ހިންގުމާއި ދައުލަތުގެ ސިޔާސަތާއި ހިންގުމުގެ އުސޫލުތައް ކަނޑައެޅުމުގައި ހަމަހަމަ ބައިވެރިންނެވެ.

4-     މަތީގައި އެވާ ހަމަތަކަކީ އިސްލާމް ދީނުގެ ހުރިހާ މަޒުހަބުތަކެއްގެ ދަންނަބޭކަލުން މިކަމުގައި އިއްތިފާގުވާގޮތެވެ. އެއީ ހަނަފީންނާއި، މާލިކީންނާއި، ހަންބަލީންނާއި، ޝާފިޢީންގެ މަޒުހަބުގައިވެސް މއެވެ. މިހުރިހާ މަޒުހަބުތަކަކީވެސް އިސްލާމް ދީނުގެ މައިގަނޑު އަގީދާ ވަރުގަދައަށް ގަބޫލުކުރާ މަޒުހަބުތަކެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ދިވެހިރާއްޖޭގައި އޮންނާނީ ޝާފިޢީ މަޒުހަބެވެ.

 ޣައިރު މުސްލިމުން ބެހިގެންވާ ބައިތައް: ޝައިޚު ނާޖިހް އިބްރާހިމް އިބްނު އަބްދުﷲ، އޭނާ ލިޔުއްވި ‘ދަ އޯޑިނަންސް އޮފް ދަ ޕީޕަލް އޮފް ދަ ކޮވިނެންޓް އެންޑް ދަ މައިނޯރިޓީސް އިން އެން އިސްލާމިކް ސްޓޭޓް’ ކިޔުނު ލިޔުއްވުމެއްގައި ޣައިރު މުސްލިމުން ދެބަޔަކަށް ބައްސަވާލައްވާފައިވެއެވެ. އޭގެ ތެރޭގައި ފުރަތަމަ ބަޔަކީ ދާރުލް ހަރުބު (ހައުސްހޯލްޑް އޮފް ވޯ) އެވެ. މިބައިމީހުންނަކީ އެއުރެންނާއިއެކު ސުލްހަނާމާއެއް ކުރެވިފަ ނުވާ ނުވަތަ އަހުދު ކަށަވަރު ހިފުމެއް ހިފާފައި ނުވާ، އަދި އެއުރެން އިސްލާމީ ދައުލަތާއި ނުވަތަ ވެރިކަމާއި ދެކޮޅުވެ ކުރާ ހަނގުރާމައެއް ނުވަތަ ހިންގާ ހަމނުޖެހުމެއްގައި، ގަނޫނަކުން އެއުރެންގެ މުދަލާއި،ލެޔަށް ހިމާޔަތް ދެވިފައި ނުވާ މީހުންނެވެ.

ދެވަނަ ބަޔަކީ ދާރުއް ސަލާމް (ދަ ހައުސްހޯލްޑް އޮފް ޕީސް) އެވެ. މިބައި ބެހިގެން ވަނީ ތިންބަޔަކަށެވެ. އެއީ ޒިންމީންނާއި، ހުދްނާ އިންނާއި، މުސްތަޢުމިނުން ނެވެ.  މީގެތެރެއިން:

ޒިންމީންނަކީ: ޣައިރު މުސްލިމުންގެ ތެރެއިން އިސްލާމީ ދައުލަތެއް ނުވަތަ ގައުމެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އެތަނެއްގައި ހިންގާ އިސްލާމީ ގާނޫނަށް ބޯލަނބާ، ޖިޒީ ދައްކައިގެން ދައުލަތުގެ ފަރާތުން ހިމާޔަތާއި، ސަލާމަތާއި ރައްކަތެރިކަން ހޯދުމަށް ރުހޭ މީހުންނެވެ. މިފަދަ މީހުންނަށް ވެރިކަމުގެ ފަރާތުން ދާއިމީ ހިމާޔަތް ލިބިގެން ވެއެވެ.

ހުދްނާ އިންނަކީ: ހަނގުރާމައެއްގައި ބަލިވުމުގެ ސަބަބުން މުސްލިމުންނާއިއެކު ސުލްހަ ނާމާއެއް ގާއިމުކޮށްފައިވާ މީހުންނެވެ. އެގޮތުން އެމީހުންގެ ބިމުގައި އެމީހުން ތިބޭއިރު ޒިންމީންނެކޭ އެއްފަދައިން އިސްލާމީ ދައުލަތުގެ ގާނޫނު އެމީހުންގެ މައްޗަށް ހިންގުމާއި މެދު ދެކޮޅު ނުހަދާ، މުސްލިމުންނާއި ދެކޮޅުވެރިވެ ހަނގުރާމަ ނުކުރުމަށް އެއްބަސްވެފައިވާ މީހުންނެވެ.

 މުސްތަޢުމިނުންނަކީ: އިސްލާމީ ދައުލަތަކަށް ނުވަތަ ގައުމަކަށް، ސަފީރުންގެ ގޮތުގައާއި، އެހެންފަރާތެއްގެ މަންދޫބެއްގެ ގޮތުގައާއި، ވިޔަފާރިވެރިންގެ ގޮތުގައާއި، ޒިޔާރަތްކުރާ ފަތުރުވެރިންގެ ގޮތުގައާއި، ޢިލްމު އުގެނުމުގެ ބޭނުމުގައި އަންނަ މީހުންނެވެ. މުސްތަޢުމިނަކަށް މުސްލިމުންނާއި ހަނގުރާމަކޮސްގެން ނުވާނެއެވެ. އަދި އެމީހުންނަށް މުސްލިމުންނަށް ޖިޒީދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެމީހުންނަށް އިސްލާމް ދީނަށް ގޮވާލެވޭނެއެވެ. އެގޮތަށް ދީނަށް ގޮވަލުމުން އޭނާ އިސްލާމް ދީން ގަބޫލުނުކުރި ކަމުގައި ވިޔަސް ސަލާމަތްކަމައިއެކު އެބުރި އޭނާގެ ގައުމަށް ދިޔުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. މުސްތަޢުމިނުންނަށް ގޯނާކޮށް ގެއްލުމެއް ދިނުމަކީ މުސްލިމުންގެ މައްޗަށް މަނާވެގެންވާ ކަމެކެވެ. ނަމަވެސް އޭނާ އެބުރި އޭނާގެ ވަޒަނަށް ދިޔުމަށްފަހު އަނެއްކާވެސް އެނާ ހިމެނޭނީ ޣައިރު މުސްލިމުންގެ ތެރެއިން ފުރަތަމަ ބައިކަމުގަވާ ދާރުލް ހަރުބު (ހައުސް ހޯލްޑް އޮފް ވޯ) އަހުލުވެރީންގެ ތެރޭގައެވެ.

އިސްލާމް ދީނުގައި މިހެން މިކަން އޮތުމާއިއެކު ދިވެހިރައްޖޭގެ ގާނޫނު އަސާސީން، ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމަކަށް ވުމަށް ލާޒިމުކުރުވައެވެ. އެހެންވެ ހުރިހާ ދިވެހީންނަކީ މުސްލިމުންނެވެ. ދިވެހިންގެ ތެރޭގައި ބޭރުގައުމުތަކުން އެކިކަންކަމުގައި އައިސްއުޅޭ ޣައިރު މުސްލިމުން ހިމެނޭނީ ޒިންމީންގެ ތެރޭގައެވެ.

ވީމާ ރައީސް ނަޝީދު ނުދެނެހުންނެވިކަމުގައި ހެދިވަޑައިގެން ދިވެހިރައްޔިތުންނާއި ކުރެއްވި ސުވާލުގެ މަގުޞަދަކީ އެހެންދީންތަކުގެ މީހުންނަށް މިރާއްޖޭގައި އެމީހުންގެ ދީނީ ތަންތަން ހަދާ އެދީންތަކާއި އެއްގޮތަށް އުޅުމުގެ މިނިވަންކަން ދޭން ޖެހޭނޭކަމުގައި ވިދާޅުވުމެވެ. މީގެ ޖަވާބުގައި ދަންނަވަން އޮތީ  އަންނަނިވި ބީދައިންނެވެ.

ޒިންމީންނާއި އެމީހުންގެ އަޅުކަން: މުސްލިމުން ގަބޫލުކުރާ ގޮތުގައި ޒިންމީންނަކީ މުޝްރިކުންނެވެ. ނުވަތަ އެއްކައުވަންތަ އިލާހަށް އީމާންވުމުގެ ބަދަލުގައި، ޝަރީކު ކުރާމީހުންނަވެ. އެއް އިލާހަށްވުރެ ގިނަ އިލާހުންނަށް އީމާންވާ މީހުންނެވެ. މުސްލިމުން ގަބޫލުކުރާ ގޮތުގައި ޓްރިނިޓީ އަށް އީމާންވުމަކީ ޝަރީކުކުރުމެވެ. އެއީ ތަފާތު ތިން ކަލާނގެއަކަށް އީމާން ވުމެވެ. މުސްލިމުން އީމާންވާ ގޮތުގައި ހައްގުވެގެން އަޅުކަމެއް ވެވޭނެ ހަމައެކަނި އިލާހަކީ ﷲ އެވެ. އަދި ހައްގުގެ މަގަކީ އިސްލާމް ދީނެވެ. ވުމާއި އެކު ފާސިދުކަމާއި އަފޫކުރެއްވުމެއް ނުވާ ޝިރުކުގެ ނުބައި ބަލިން މުސްލިމުން ރައްކަވެ ތިބުމުގެ ގޮތުން އެފަދަކަންކަން މުސްލިމުންގެ ތެރޭގައި ކުރުން ވަނީ މަނާވެ ހަރާމްވެގެންނެވެ. ސަބަބަކީ އެއީ ކުފުރުވުމުގެ އެންމެ މަތީ ދަރަޖައެވެ. ނަޞާރާއިން އެމީހުންގެ އަޅުކަން ދިވެހިރާއްޖޭގެ އާއްމު ތަންތަނުގައި ކުރުމަށް ދެވޭ ހުއްދައަކީ މުސްލިމުންނަށް މުރުތައްދުވުމަށް ދެވޭ ދަޢުވަތަކަށް ނޫނީ ނުވާނެއެވެ. މިތާގައި ކޮންމެހެން ފާހަގކޮށްލަން ބޭނުން ނުކުތާއެއް އެބަ އޮތެވެ. އެއީ މުރާޣީ ވިދާޅުވާ ގޮތުގައި ޒިންމީންނަކީ ހަރުބީ ކާފަރުންނެވެ. އަދި ހަރުބީ ކާފަރުންނަކީ ޝަރީކުކުރާ މީހުންނެވެ. ނުވަތަ އެއްކައުވަންތ އިލާހަށް ފުރަގަސްދީ ބަދަލުގައި ތަފާތު އެތަކެއް ކަލާގެތަކަށް އަޅުކަން ކުރާ މީހުންނެވެ. އެމީހުންނާއި މެދު އޮންނާނީ ޝިރުކުގެ އަހުލުވެރީންނާއި މެދު ކަންކުރަން އޮންނަ ގޮތަށް ކަންކުރުމެވެ. މުސްލިމް ފަނޑިޔާރުން ވިދާޅުވާ ގޮތުގައި ޔަހޫދީންނާއި ނަޞާރާއިން ހިމެނޭގޮތުން މުސްލިމުންގެ ތެރޭގައި އުޅޭ ޒިންމީންގެ މައްޗަށް ތިރީގައި މިދަންނަވާ ކަންތައްތައް ގާނޫނީ ގޮތުން ތަންފީޒު ކުރެވެން ޖެހޭނެއެވެ.

އެކަންކަމަކީ މުސްލިމުންގެ ތެރޭގައި އުޅޭ ޒިންމީންނަށް ނުވަތަ ނަޞާރާއިންނާއި، ޔަހުދީންނާއި، ބުދަށް އަޅުކަން ކުރާ މީހުންނަށް އެމީހުންގެ ދީންތަކަށް އަޅުކަން ކުރާ ފައްޅި ފަދަ ތަންތަން އެޅުމުގެ ހުއްދަދީގެން ނުވާނެއެވެ. ނަމަވެސް ކުރީއްސުރެ ހުރި ފައްޅިއެއް އާކުރުމަށް ހުއްދަދެވިދާނެއެވެ. އެކަމަކު އެއީ އެތަން ކުރިންހުރިވަރަށްވުރެ ބޮޑު ނުވަތަ އިތުރު ނުކުރެވޭ ގޮތަށެވެ. އެފަދައިން އާކުރެވޭ ފައްޅިތަކަކީ އިސްލާމް ދީން އައުމުގެ ކުރީއްސުރެވެސް ހުރިތަނެއްކަމުގައިވަނީ ނަމައެވެ. އޭގެ ފަހުގައި ބަޔަކު އިމާރާތްކޮށްފައިވާ ފައްޅިއެއް ނަމަ އެތަނެއް ތަޅާލަން ޖެހޭނެއެވެ. އަރަބި ކަރައިގާ ނުވަތަ ސަޢޫދީ އަރަބިޔާގައި، ޔަހޫދީންނާއި، ނަޞާރާއިންނާއި، އެނޫންވެސް ބުދުދީންފަދަ ދީން ތަކުގެ މީހުން އަޅުކަން ކުރާ ފައްޅިއެޅުން މަނަލެވެ. އެއީ މުހައްމަދު ރަސޫލު ﷲ އެބިމަކަށް ނިސްބަތްވާ ބިމެވެ. އެބިމުގައި އިސްލާމް ދީން ނޫން ދީނަކަށް އަޅުކަންކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. ނަމަވެސް މުސްލިމުންގެ މައްޗަށް ގަދަވެގަތުމުގެ ގޮތުން ހަނގުރާމަކުރި ބަޔަކާއި ދެކޮޅަށް ހަނގުރާމަކޮށް އެމީހުންގެ ބިން ފަތަޙަކުރެވިއްޖެ ނަމަ، މުސްލިމުން ބޭނުމިއްޔާ އެބިމުގައި ހުރި ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ތަޅާލުމަށް އެމީހުނަށް ހުއްދަ ލިބިގެންވެއެވެ.

ދިވެހިރާއްޖޭގައި ޣައިރު ދީނުގެ މީހުން އަޅުކަން ކުރާ ފައްޅިއާއި އެނޫންތަންތަން ހެދިފައެއް ނެތެވެ. އެހެންކަމުން އަލަށް ޣައިރުމުސްލިމުންގެ ތެރެއިން އެއްވެސް ބަޔަކަށް އެމީހުންގެ އަޅުކަން ކުރާ ތަންތަން ރާއްޖޭގައި އެޅުމުގެ ހުއްދައެއް ނުދެވޭނެއެވެ.

އަދި ޒިންމީންގެ މިހުން އެމީހުންގެ ދީންތަކުގެ އަޅުކަމުގައި ކިޔާ ތަކެއްޗާއި، ދުޢާ އާއި އެމީހުންގެ ދީނީ ފޮތްތަކުގައި ވާތަކެތި އެމީހުންގެ އަމިއްލަ ގޭގައިވެސް، ފައްޅިއެއްގައިވެސް އަދި އާއްމުތަނެއްގައިވެސް މުސްލިމުންނަށް އިވޭވަރަށް އަޑުހަރުކޮށް ކިޔުމަކީ ހުއްދަކަމެއް ނޫނެވެ.

ޒިންމީންގެ މީހުންގެ ދީނީ ފޮތްތައް އާއްމުކޮށް ޗާޕްކުރުމާއި، އާއްމު ތަންތަނުގައި ވިއްކުމާއި ވިއްކަން ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ. އެމީހުންނަށް ހުއްދަ ލިބިގެންވަނީ އެފަދަ ތަކެތި ޗާޕްކޮށްގެން ހަމައެކަނި އެމީހުންގެ މެދުގައި ނުވަތަ އެމީހުންގެ ފައްޅިތަކުގައި ބަހާ ވިއްކާ ހެދުމެވެ. އޭގެ ބޭރުން އެކަންކަން ކުރުން ހުއްދައެއް ނޫނެވެ.

ޒިންމީންނަށް އެމީހުން އުޅޭގޭތަކުގައި ނުވަތަ އަޅުކަން ކުރާ ފައްޅިތަކުގައިވެސް ބޭރަށް ފެންނަ ގޮތަށް ޞޮލީބާއި އެނޫނަސް ދީނީ ޝިޢާރާއި، ނިޝާންތައް ހަރުކޮށް ހިއްޕާ، ކުރަހާ ހެދުމަކީވެސް ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ އެއީ ކުފްރާއި ޝިރުކުގެ ނިޝާންތަކަކަށް ވާތީއެވެ.

ޒިންމީންނަށް އެމީހުންގެ ދީންތަކުގެ ޝިޢާރާއި، ނިޝާނާއި، ފަތުވާއާއި  ދީނީ ހަފްލާތައް ނޫސްތަކުގައި ޝާއިޢުކުރުމާއި،  ރޭޑިއޯ،ޓީވީއިން ބްރޯޑްކާސްޓް ކުރުމުގެ ހުއްދައެއް ލިބިގެނެއް ނުވެއެވެ.

ޒިންމީންނަށް އެމީހުންގެ ދީނީ ހަފްލާތަކާއި، ޢީދުތައް ފާހަގަ ކުރުމުގެ ގޮތުން މަގުތަކާއި، އާއްމުތަންތަނަށް އެއްވެގެން އުޅުން ހުއްދައެއް ނޫނެވެ. އެފަދަ ހަފްލާތަކުގައި އެމީހުންގެ ފައްޅިތަކަށާއި ތަންތަނަށް އެމީހުންދާންވާނީ މަޑުމައިތިރިކަމާއި އެކު އެހެންމީހުންގެ ސަމާލުކަން ނުހުއްޓޭފަދަ ގޮތުގައެވެ.

ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ޒިންމީންގެ ތެރެއިން މީހުން  އިސްލާމީ ދައުލަތެއްގެ އަސްކަރިއްޔާގައި ބައިވެރިކުރުން ހުއްދައެއް ނޫނެވެ. އަދި އެފަދަ ހާލަތެއްގައިވެސް އިސްވެރިއެއްގެ ގޮތުގައި އެއިން މީހަކު ބައިވެރިއެއް ނުކުރެވޭނެއެވެ.

7 Responses to “ގައުމަށްޓަކައި: ރާއްޖޭގައި، އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ އަޅުކަން ކުރާ ތަންތަން އެޅުމާއި ބެހޭގޮތުން ‘ގައުމަށްޓަކައި’ އިން މިސައިޓުގައި ޝާއިޢު ކުރުމަށް ފޮނުއްވި އިގިރޭސި ލިޔުމުގެ ތަރުޖަމާ”

  1. aharen said

    alhugadah ingey echchakee, hama gaimuves burugaa elhi anhenakah ITALY akun VISA eh nudheyne kan. adhi France ge muslims kudhin school ah burugaa alhigen dhiyumun sifain gadha kamun e naguvaafaves ebahuri. ehenve mithanugaa ves ghairu dheenakah jaaga dhevigen nuvaane.

  2. inunu bathootha said

    raaboa kuthaa balan ulhey avhah islaam dhyn oyaa dhuvaanulanys hus raabao embaky thah migaumugai verikamuga miothy adhaaalathuves beyrukurey

  3. BaaBaa said

    މިފަދަ ރަންމުތް ތަކުން މިއުންމަތް މާތްﷲ ޒީނަތް ކުރައްވާ އުޖާލާ ކުރައްވާށި އާމީން. ސާބަހޭ ދަރިޔާ ކިތަންމެ ދުރުގައި ވީކަމަށް ހީވިޔަސް ތިޔަ ހުރެވުނީ މައިދާނުގެ މެދުގައި ކަމަށް ހީކުރަން އުންމީދޫ

  4. ހަނދޭގިރި said

    އަންނިއަކީ ބޮޑުވެގެންވާ މުނާފިގެއް، މުސްލިމެއްކަމަށް ހެދިގެން ވެރިކަމަށް އަރާ ނަސޯރާއިންނާ ގުޅިގެން އިސްލާމް ދީން ނައްތާލަން މަސައްކަތް ކުރަނާ ބޮޑު މުނާފިގެއް. މީނާ ބޭލެންއޮތް ގޮތަކަށް ބާލަންއެބަޖެހޭ. ލަސްކުރެވޭކަށް ނެތް

  5. Hussein Ghais said

    Very true….bring him DOWN NOW…THe INFIDEL SHAITAAAN BRING HIM DOWN…WE ARE AGAINST THIS THUG SHAITANISTIC REGIME.

  6. Addu said

    Anni is a Shaitann and Muslims present in the country should try him in court of Law.Adaalath should openly challenege now and prove us either u r with them or with us.Satan u r opening a pandoras box and remeber u will be engulfed by it.Maldivians please save the nation and your future generations by removing aNNI AND LOCKING HIM BEHIND BARS

  7. Addu said

    He has moved into the second phase of his clever plan to terrorise and destroy the Maldivian identity and integrity,helped by his mouth piece MN and DO.You can gauge this by reading their preswent articles.I call upon all Maldivians especially Adaalath DQP and DRP to form an alliance and challenege this poodle of zionists and bring him down to his knees.Leave Burma alone,if he does not join in this struggle let him take care of himself.
    Challenhe this government of infidels now or you all will regret

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>