ކެރަފާ ނަޝީދު ނުވަތަ ސަންގު އަންނި ދެނެލައްވަމުތަ؟ – ފުރަތަމަބައި
Posted by ހިމޭން އިންގިލާބު on 2009/11/24
އަޅުގަޑަކީ މާލެން އުތުރުގެ ރަށެއްގެ ރައްވެއްސަކީމެވެ. ދިރިއުޅެނީ އަމިއްލަ ރަށުގައެވެ. ރަށްފުށުގެ ދިރިއުޅުމަށް ލޯބިކުރާތީއެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި އަދި އެންމެހާ ދިވެހިރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަޑު ދަންނަ މިންވަރު ދަންނަވާލާނަމެވެ. އެބޭފުޅާއަކީ އަޅުގަޑު ވަރަށް ކުރިންސުރެ ވަރަށްރަގަޅަށް ދަންނަމީހެކެވެ. އެބޭފުޅާ އަޅުގަޑު ދަންނަ މިންވަރު ތިންބަޔަކަށް ބަހާލައިގެން ދަންނަވާލަން ގަސްތުކޮށް ފުރަތަމަބައި ފަށަމެވެ.
އަޅުގަޑުގެ ވަރަށް ޅައުމުރުގައި މަސައްކަތްކުރަން ފަށައިފީމެވެ. އާއިލާގައި އަޅުގަޑުގެ އިތުރުން އިތުރުމެންބަރުން ތިބުމާއިއެކު ގްރޭޑް 7 ނިމުމާއިއެކު އިތުރަށް ކިޔެވުމުގެ ފުރުޞަތު އޭރު ލިބިފައިނުވާތީވެ މަސައްކަތްކުރަން ނުކުތީއެވެ. އެއީ 1989 ވަނައަހަރު ގެ ފަހުކޮޅުކަމުގައި އަޅުގަޑު ހަދާން އެބަހުއްޓެވެ. ފުރަތަމަ ވަޒީފާއަކަށް ދެވުނީ ބޮޑުހިތި ރިސޯޓަށެވެ. ނުވަތަ އޭރު ކިޔާ ގޮތުން ކުލަބު ވެކަންޒޭއެވެ. މިހާރު ކިޔާނަމެއް ނޭގެއެވެ. އެރަށަކީ ސިއްކައާއިލާ މީހުން ހިންގާ ރިސޯޓެއްކަން ފަހުން އަޅުގަޑަށް އެގުނެވެ. ނަމަވެސް ސިއްކައެއް، އެހެން އެއްޗެއް އަޅުގަޑު ނުދަންނަމެވެ. އަޅުގަޑު އެރަށުގައި ފުރަތަމަ ކުރި މަސައްކަތަކީ ދޯއްޏެއްގެ ފަޅުވެރިއެއްގެ ވަޒީފާ އަދާކުރުމެވެ. ރިސޯޓުން މާލެ ގެންދަންޖެހޭ ބައެއްތަކެތި މާލެ ގެންދިއުމާއި، އެހެން ރަށްރަށަށް ގެންދިއުމެވެ. މިގޮތުން އެވަޒީފާގައި 1 އަހަރުވީއިރު ދޯނީގެ ހުންގާނުގައި ބައެއްފަހަރު ހިފާލެވޭ ހިސާބަށް ހިގަތްޖެއެވެ. އަދި ބައެއް ޒާތުގެ ފޮށިގަނޑު ގަޑާއި ޕާރުސަލް ފަދަ ތަކެތި ހިފައިގެން މާލޭގެ ގަލޮޅުގައި ހިމަގޯލިއެއްގެ ތެރޭގައި ހުންނަ ކެނެރީގެ ކިޔާގެއަކަށް ދާންބައެއް ފަހަރުޖެހެއެވެ. އެއީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ބޮޑުގެއެއްކަން އެގުން ފިޔަވާ އިތުރު ކަމެއް އޭރަކު އަޅުގަޑަކަށް ނޭގެއެވެ.
އަޅުގަޑު މިގޮތަށް އެރަށުގައި އެދޯނީގައި ހޭދަކުރި ދުވަސްތަކުގައި ވަރަށްގިނައިން އެރިސޯޓަށް އައިސް ރާބޮއި މަސްތުވާ ޒުވާނަކު ފެނެއެވެ. އެދުވަސްވަރު އެއީ ވަރަށް އާ އަދި އެއްގޮތަކަށްވެސް ނުފެންނަ މަންޒަރެކެވެ. ބައެއްފަހަރު މީނާ ރާބޯލެއް ގިނަކަމުން ފާލަންމަތިން ނަގައިގަނެގެން ދޯންޏަށް ނުވަތަ ލޯންޗަކަށް ލައިފައި މާލެ ފޮނުވާލަން ޖެހިފައިވެއެވެ. އަދި އެޒުވާނާ އެހާލުގައި ހުއްޓާ އަތުލަފިކޮށްގެން ކޮޓަރިއަށް ގެންދަން ޖެހެނީވެސް މަދެއްކޮށް ނޫނެވެ. މިޒުވާނާއަކީ ބޮލުގެ އިސްތަށިގަނޑު ހިސާބަކަށް ދިގު، ބޯބުޅި، ހިމަތޮޅި، ހަށިގަޑު ނިކަމެތި އިސްކޮޅުން ކުރު މީހެކެވެ. އަޑުގައި ކުރަކި ގޮތެއްހުރެއެވެ. މީނާއަށް މީނާގެ ތިމާގެ މީހުންނާއި ރައްޓެހިން ކިޔަނީ “އަންނި” އެވެ.
ދަންނަވަންތޯއެވެ. މިއީ އަޅުގަޑު އަމިއްލައަށް ހަދައިގެން ދައްކާ ހިޔާލީ ވާހަކައެއް ނޫނެވެ. އަދި އޭރު އެއީ މިޤައުމުގެ މިއަދުގެ ރައީސްކަންލިބޭނެ މީހާކަމެއް ނުވެސް އެގޭމެއެވެ. އަންނި އަކީ އޭރު އެރިސޯޓުގެ ވެރިމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށްވާތީ އޭނާ ކުރާ އެއްވެސް ކަމަކާއި ރިސޯޓުގެ އެއްވެސް މުވައްޒަފަކަށް އެއްޗެއް ބުނުމުގެ އިޙްތިޔާރެއް ނޯވެއެވެ. ނަމަވެސް ބައެއް ފަހަރު ރިސޯޓުގެ ބައެއް ކުދިންނާއި ވާހަކަ ދައްކާލާ މަޖާކޮށްލަފާނެއެވެ. ގިނައިން ވާހަކަ ދައްކާ މަޖާކުރާނީ ވޭޓަރުންގެ ގޮތުގައި އުޅޭ ކުދިންނާއެވެ. އެއީ އޭނާ ބުނާ ގޮތަށް ބުއިންތައް ތައްޔާރުކޮށްދޭތީ ކަމަށްވެދާނެއެވެ.
މީލާދީން 1990 ވަނަ އަހަރު އެނާ ރިސޯޓަށް އައި ދުވަސްތައް ތަންކޮޅެއް މަދުކަން ފާހަގަ ކުރެވުނުނެވެ. އެދުވަސްވަރަކީ މިނިވަން ފަންސަވީހާއި ސާކްސަމިޓް ބާއްވަން މުޅި މާލޭގައި ތައްޔާރުވަމުން ދިއަ ދުވަސްތަކެވެ. މީނާ އެދުވަސްވަރު ރިސޯޓަށް އައުމުގެ ދޭތެރެ ކޮންމެވެސް ވަރަކަށް ދުރުވީ މީނާ އެދުވަސްވަރު މާ މަސްހޫރު ސިޔާސީ ދެ ނޫހެއް ނެރެގެން އެމައްސަލަ ގަނޑައިގުޅިގެން ގޭބަންދުކޮށް ނޫނީ ޖަލައްލުމާއި ގުޅިގެން ކަމަށް މަޢުލޫމާތު ލިބުނެވެ. ނަމަވެސް ބަންދުގައި މާގިނަ ދުވަހު ނުބަހައްޓާ ދޫކޮށްލައެވެ. އޭރު އޭނާ “ހުކުރު” އަދި “ސަންގު” ނަމުގައި ދެ ނޫހެއް ނެރެގެން މާލޭގައި މާބޮޑު މަޝްހޫރު ކަމެއް ހޯދިއެވެ. ފަހުން ވީނުވީގޮތެއް ނޭގި 1991 ވަނަ އަހަރު ތެރޭގައި މީނާ އެއްކޮށް ރާއްޖޭންބޭރަށް ވަޑައިގެން ކަމަށް ރިސޯޓުގައި މަސައްކަތްކުރާ ސީނިއަރ މުވައްޒަފުން މަޢުލޫމާތު ދިނެވެ. އެފަހަރު ވަޑައިގަތީ އިނގިރޭސިވިލާތުގެ ލިވަޕޫލަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެތަނުގައި އެބޭފުޅާ އުޅުއްވި އުޅުއްވުމުގައި ނަޞާރާދީނުގެ ބައެއް ފާދިރީންނާއި ބައްދަލުކުރައްވާ ނަޞާރާދީނާއި ބެހޭ މަޢުލޫމާތު އެއްކުރައްވާ އަދި ރާއްޖޭގެ ވެރިކަން ހޯއްދެވުމުގެ މަގު އަލިކުރައްވަން ފެއްޓެވިކަމުގައި އެރިސޯޓުގެ ބައެއް ސީނިއަރ ސްޓާފުންގެ ފަރާތުން މަޢުލޫމާތު ލިބެމުންދިއައެވެ. އެބޭފުޅާ ދުވަހަކުވެސް މިސްކިތަކަށް ވަޑައިގެންނެވި ތަނެއް ނުވަތަ އިސްލާމުން އުޅޭޒާތަކަށް އުޅުއްވަނިކޮށް އަޅުގަޑު ހަމަގައިމުވެސް ނުދެކެމެވެ. ދުވާލު ގަޑީގައި ގިނަވަގުތު ހުންނަވަނީ ހަމަހޭފުޅު ނެތިފައެވެ. ރިސޯޓުގައި ރޭކުރައްވައިފިނަމަ ޑިސްކޯގައި ނުވަތަ ބާގައެވެ. އަދި ގިނަރޭރޭ ރޭގަނޑުން ބައެއް ހޭދަކުރެއްވުމަށްފަހު މެންދަމުން އަލިވާއިރަށް މާލެ ދާންޖެހެއެވެ. ދުވާލު ގަޑީގައި މާލެ ދިއުމަށްވުރެ ރައްކާތެރިކަމާއި ސަލާމަތްކަން އާއްމުންގެ ފަރާތުން ލިބިދާނެކަމަށް ބައްލަވަނީ ކަމަށްވެދާނެއެވެ. މިފަދަ ހާޅުކޮޅުގައި ހުންނަވައިގެންވެސް “ހުކުރާ” “ސަންގު” ނެރުއްވާ އޭރުގެ ރައީސަށާއި ވަޒީރުންނަށް ފާޑުވިދާޅުވަމުން އެހެންމީހުންގެ ނެތި ނުބައި ވިދާޅުވަމުން ގެންދެވިއެވެ. ދުރުނޫން މުސްތަގުބަލެއްގައި މީގެ ދެވަނަ ބައި ކިޔުންގެތެރިންނަށް ގެނެސްދިނުމަށް ގަސްތުކުރަމުން މިބައި ނިންމާލަމެވެ. ** އަލްހަމްދުﷲ. ވަރަށްބޮޑަށް ޝުކުރިއްޔާ **

































hesen said
E lhai dhogu hedhiyas, photo ga ehera, fulus meehaa ah boan dhey huri kuththaa akee ANNI kan kale ah ves engeyne, Shaithoanaa!
aharen said
hukuru nerumugai baiveri akah huri aharen mee hukuruga masakkaiy uri meehakah vaathee mikan ingunee
fena baddaa said
thilhai thihadahanee thedhu kamaamedhu shakku… e ee hukuru nerunee thibunaa anni kamah nuvaathee…