ޤާނޫނާ ހިލާފަށް ރާއްޖޭގެ ގިނަ ރިސޯޓްތައް 50 އަހަރަށް ކުއްޔަށްދޭން ސޮއިކޮށްފި! ފުރަތަމަ ބުރުގައި ސޮއިކުރެވުން ރިސޯޓްތަކުގެތެރޭގައި ތްރީއޭ ގެ ރިސޯޓްތަކަކާއި ތަސްމީނުގެ ރަށްތައް ހިމެނޭ
Posted by ހިމޭން އިންގިލާބު on 2009/11/24
ޤާނޫނީގޮތުން ޕްރައިވެޓް ކޮމްޕެނީއަކަށް ރިސޯޓެއް ނުވަތަ ރިސޯޓެއް ހެދުމަށް ރަށެއް އެންމެ ގިނަ ދުވަހަށް ކުއްޔަށްދެވެނީ 35 އަހަރަށްކަމުގައިވިއަސް މިހާރު ގިނަ ރިސޯޓްތަށް ހުރީ 50 އަހަރަށް ސޮއިކޮށް ނިމިފައިކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ޙަބަރު ލިބެއެވެ. މިކަމެއް ކުރީ ވަރަށް ސިއްރިޔާތުގައި އިދިކޮޅު ޑީއާރްޕީ އާ އަދި މަޖިލީހުގެ މެމްބަރުންތަކަކާވެސް ގުޅިގެންނެވެ. މިގޮތުން އެންމެ ފުރަތަ ބުރުގައި ސޮއިކުރެވުނު ރިސޯޓްތަކުގެތެރޭގައި ޑީއާރްޕީގެ ނައިބުޒައީމު ތަސްމީނު ރިސޯޓެއްކަމުގައިވާ ބ.ރީތިބީޗް ރިސޯޓް ހިމެނެއެވެ. ރާއްޖޭގެ ރައްޔިތުން ބަނޑަށް ނުޖެހި އޮންނަ ހަމައެކަނި ސަބަބުކަމުގައިވާ ޓޫރިޒަމަށް އަތްގަދަކުރުމުގައި އެމްޑީޕީއޭ ކިއުނު އައުވާނުން ހަމަ އެކައްޗެކޭވެސް ހިތަކަށް ނޭރިއެވެ. އަދި އިދިކޮޅު ޕާޓީވެސް މިކަމުގައި ބައިވެރިވެފައިވާތީ މިއީ ކޮޅުނެތްކޮޅަށް ދިވެހިރައްޔިތުން ހިތާމަކުރަންޖެހޭ ކަމެކެވެ. ސަރުކާރުގެ ފަރާތުން ސޮއިކޮށްފަނީ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަލީ ސަވާދުއެވެ. ސިޔާސީ މައިދާނުން މިހާރު އަޑު ނުއިވުނަސް މަޝްރޫހު ބުރުމާ ގާސިމްވެސް މިކަމުގައި ފުރިހަމަށް ބައިވެރިވެފައިވާކަމުގެ ހެކި ވަނީ ލިބިފައެވެ. މަޖިލީހަކަށް އެހެންތާކަށް މި ގައުމުގައި ގައްދާރުނޫން މީހަކު މަދުނޫން ހިސާބަށް ގައުމުގެ ކަންތަށް މިވަނީ ގޮސްފައެވެ. ކޮންފަރަންސްތަކާ އޭއްޗަކާމީއްޗެއް ބާއްވަމުންދާއިރު ސިއްރުސިއްރުން ގައުމު ވިއްކާ ހުސްކޮށްފިއެވެ. މިހާރު އޮތް ހަމައެކި އުއްމީދަކީ އިސްލާމީ ދިވެހި އާޒުވާނުންނެވެ
ވަޒީފާގެ ދަހިވެތިކަމުގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރިއިރު ޓޫރިޒަމް މިނިސްޓަރ ސަވާދު ވައްޓާލާނެ ފުން ވަޅުގަނޑެއްވެސް ކެރަފާ މުޙައްމަދު ނަޝީދު ވަނީ ކޮނެ ނިންމާފައެވެ. އެއީ މި މައްސަލަ ކޯޓަށް ނުވަތަ އެންޓިކޮރަޕްޝަން ބޯޑަށް ގެންދެވޭއިރަށް މިއީ ބޮޑުފާދިރީ އަންނިމާރިއަށް ނޭންގި ސަވާދު ކުރިކަމެއްކަމަށް ހަދައި ސަވާދު މިނިސްޓަރުކަމުން ބޭރުކުރުމެވެ. މިފަހަކަށް އައިސް ސަވާދު ގެ ގޮނޑި ހުސްކޮށް އެމްޑީޕީ މީހަކަށް ދިނުމަށް ބޭނުންވެފައިވުމާއެކު މިއީ ސަވާދު ވައްޓާލަން ވަރަށް ފައްކާ ” ފެން ފުން ” ވަޅެއް ކަމަށް އަންނި ބުނިކަމަށްވެއެވެ. ކޮންމެއަކަސް ދިވެހިރައްޔިތުންނަށް ހިތާމައިގެ ކޮޅެއްނެތެވެ
މީގެ އިތުރުން މަޖިލީހުގެ މެމްބަރުން ގަތުމުގެ ޕްރޮގްރާމެއް ފެށިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. މިކަމަށް އެންމެ ފުރަތަމަ ހަރަދުކުރަމުންއައީ “ ކޮލި ހާންދާނުން ” ނެވެ. ދާދި ފަހަކުން އަލްހާން ގަންނަން ރީކޯ މޫސައަތަށް 3 ލައްކަ ދިވެހިރުފިޔާ ދިނީވެސް ކޮލި ހާންދާނުންނެވެ. ކޮލި ހާންދާނަކީ ޒަމާނުންސުރެ ޓޫރިޒަމަށް އަތްގަދަކޮށް ފައިސާ އޮއްސައިގެން މަޖިލީހަށް އަތްގަދަކުރުމުގެ “ސަގާފަތެއް” އޮތް ހާންދާނެކެވެ. ޑީއާރްޕީގައި އަނީސާ އަދާކުރި ކުކުޅުގަނޑުގެ ދައުރު މިހާރު އެމްޑީޕީގައި އަދާކުރަމުންދާ ފިރިހެންކުކުޅު ރީކޯމޫސަ މިކަންކަން ކުރުމުގައި ވަރަށް ބިޒީކޮށް މަސައްކަތްކުރަމުންދިޔަތަންވެސް ވަރަށް ގާތުން ވަނީ ފެނިފައެވެ

































Dhiraasaa said
Mi qaumu salaamaiy kureveynee vaki aailaa ehge nufoozun qaumu salaamaiy kurevigen kamugai faahaga kuramu eve. Sarukaareh ufanvaairah mi aailaage nufoozu sarukaarah foaruvamun dhaakan heyovisney konme meehakah en’geyne eve. Mi raajeygai heyo veikameh kureveyne dhuvahakee mi aailaage baaru mi qaumun nethidhaa dhuvahe eve.
E ee kon aailaa eh baa eve. Singapore gai huregen namaves qaumah baaru foaruveythoa bala eve. kuda kuli resort thakah dhakkaigen mulhi aailaage account thah furibaaru vanee eve. Ekamakuves faidhaa nuveyoala eve. 50 aharu keekuran 1000 aharah dhinkamugai viyas faidhaa vaakamakah nuvaane eve. Koli aailaage nufoozun qaumu salaamaiy vegen noonee miqaumah heyoverikameh thaarafeh nukureveyne eve. Mohamed Ameen viyas, Nasir viyas, Maumoon viyas adhi Nasheed viyas hama ekkala koli aailaa eve.
Ahmed said
The silent parrot, Dr. Sawad. We the lower class call for ur immediate resignation. It was not Universal who gave the bribery to Alhan (Dhefuhkeheri) it was Sun Land Groups Nazeer. Alhan took millions for the Dr. Shaheed no confidence motion. And this was not the first time Alhan took money as a parliment MP. MDP support tycoon’s including Universal have already paid millions to Independant MP’s.
scorpio said
HImeyn inqilaab.. thedhah bunantho… 30 aharu ge aniyaverikan ninmy hama rahyithun.. ekankury varah foni ummeedhakai eku.. anehkaaves miothy eyah vuren goas vefa.. dhen mikan hallu vaany varah dhuvahun.. meegai othy gaumu dheke loabiva kerey zuvaanun nikuthun.. varah varah rangalhu bayaku nikumegen mikan vaaany.
.. dheenah ulhey bayaku nikumegen noony mikan vaakah neh.. Quran ga Allah angavaafaivey “thibai meehunge ulhun goas vejje nama thibaimeehunge mahchah nulafa verin lavvaane kamah”.. ekan mi fennany.
Dhiraasaa said
Halaakuve nimifaivaa qaumeh ran’galhu kurumah halaakuvefaivaa bayakah kureveyne baa eve.