އިސްލާމިކް އެފެއާޒް މިނިސްޓްރީ އުވާލާ، އެމިނިސްޓްރީގެ މަސައްކަތް ހޯމް އެފެއާޒްގެ ދަށަށް ގެންނަނީ
Posted by ހިމޭން އިންގިލާބު on 2009/11/25
އެތެރެއެތެރެ އިން ކަބަރުލިބެމުންދާ ގޮތުގައި، އިސްލާމިކް އެފެއާޒް މިނިސްޓްރީ އުވާލާ އެމިނިސްޓްރީގެ މަސައްކަތް ހޯމް އެފެއާޒްގެ ދަށަށް ގެނައުމުގައި ގާނޫނީ އެއްވެސް ހުރަހެއް އޮތްތޯ ރައީސް ކެރަފާ ނަޝީދު އެމަނިކުފާނަށް ގާނޫނީ ލަފާ އަރުވާ ފަރާތްތަކާއި މަޝްވަރާ ކުރައްވައިފިއެވެ. ބެލެވޭ ގޮތުގައި މިކަމުގެ ބޭނުމަކީ އަދާލަތު ޕާޓީގެ ޝައިޚު ހުސައިން ރަޝީދު ރާއްޖޭގެ ދީނީ ކަންކަމަށް އިސްކުރެއްވުމެވެ. ނަމަވެސް އެއީ ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނަވައިގެން އެމިނސްޓްރީގެ ދަށުންނެވެ. ރައީސް ކެރަފާ ނަޝީދު މިކަން މިގޮތަށް މިކުރެއްވީ، ސަލަފީންނާއި ޝޭޚު ހުސައިން ރަޝީދާއި ދެމެދުގައި އޮންނަ ދެކޮޅުވެރިކަމުގެ ފައިދާ ނެންގެވުމުގެ ގޮތުންނެވެ. މިފަހަކަށް އައިސް ޖަމްޢިއްޔަތުއްސަލަފު އިސްވެ އޮވެގެން ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކައި ގުޅިގެން ރަލުގެ މައްސަލައާއި، ފައްޅި އެޅުމުގެ މައްސަލާގައި ސަލަފީން ވަނީ ސަރުކާރަށް ހަބޭސްކޮށްފައެވެ.
މިވަގުތު ރައިސް ނަޝީދުގެ އަލްމާނީ ފިކުރާއި، ޢައިރު ދީނަށް މަގުހުޅުވުމުގެ ކުރިމަތީގައި އެންމެ ބޮޑަށް ހުރަސްވެފައިވަނީ ޖަމްޢިއްޔަތުއްސަލަފާއި، އިސްލާމިކް ޑިމޮކްރެޓީކް ޕާޓިގެ ލީޑަރ އުމަރު ނަސީރެވެ. މިސަބަބާއި ހެދި ސީދާ ރައީސް ކެރަފާ ނަޝީދު ސަލަފީންނައި ދެކޮޅަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އޭނާ ބޭނުންވަނީ ޝައިޚު ލައްވާ ސަލަފީންނައި ތަޅުވާ، އެމިހުންގެ އަބުރު ނަގާލުމުގެ ވާހަކަތައް ފަތުރަން ކަމަށް އެގިފައިވެއެވެ. ދެން ރައްޖޭގައި ފައްޅިއަޅުވާ، ރަވިއްކުވާ ހަދާނީ މީނާލައްވައޭ ކެރަފާ ނަޝީދު ވިދާޅުވެފައިވާކަމަށް ވެއެވެ. މަގާމައި ހަވާލުވެފަ ފުރަތަމަވެސް ޝައިޚު ހުސައިން ރަޝީދު ވިދާޅުވީ، ޣައިރު ދީނުގެ މީހުން އަޅުކަން ކުރާތަންތަން ރައްޖޭގައި އެޅުން މަނާކުރާ ބިލެއް، މުއްތަލި މަޖުލީހަށް ވައްދާފައިއެވަނީ އެއީ އެއްވެސް ބޭނުމެއް ހުރިކަމެއް ނޫންކަމުގައެވެ.

































Aލި said
މިފައްކާ ކަލޭގެ ކުރީގައި ބުނީ ތިމެންނަ ސަރުކާރުގެ ވަޒީފާއެއް ބޭނުމެއނޫނޭ. މހާރު އެއޮތީ ބޮޑުވަޒީފާ ހޯދާފައި . އވަޒީފާ ހަގީގަތުގައި މިހާރު ދީފައި އޮންނާނީ ފައްޅި އެޅުން ހުއްދަކަމަށް ފަތުވާ ދޭމްތިން. ކަމަށްވާނީ. ދެން ތިބޭފުޅުން ތިއްބަވާ އެބުނާ ފިގުހު އެކަޑެމީ އެއްވަންދެން . އަދި ތި ސޭކު ބުނަނީ ކީކޭތޯ ބަލަން. ޞީއޭ ނަސީމު ވަނީ ފައްޅި ނޭލޭނެ ކަމުގެ ފަތުވާ ދެއްވާފައި .
ilyas said
މިބަދަލަކީ ރަނގަޅު ބަދަލެއްނޫން ހޯމް މިނިސްޓްރީގައި ނުކުރެވޭ މަސައްކަތް މިހާރުވެސް އެބަހުރި އިތުރުމީހުންވެސް ބޭނުމެއް ނުވޭ
ham said
ޙުސައިނަކީ ފައްކާ ދެއުޅި އެއްނުވާ ސޭކެއް އެކަން މައްމޫނަށް އެގިލައްވާތީ އިސް މަޤާމެއް އެސޮރަށް ނުދިނީ ޙަޤީޤީ އަންނީގެ ހަލާކު މިހާރު ތިޔަ ކައިރިވީ ޙުސައިނުވީ ދުނިޔެއިންވެސް ބައްސައިލާން
BaaBaa said
އަޅު ގަނޑަށް ފެންނަނީ ހުސައިން ރަޝީދު ފަދަ މީހުން ރާއްޖެއިން ބައްސާލަން އިސްލާމް ދީނާ އެދީނުގެ އަހުލު ވެރިންގެ މަސްލަހަތުގެ މައްޗަށް ޣައިރުދީންތަކާ އެދީން ތަކުގެ މަސްލަހަތު އިސްކުރާ މީހުން އަހަރެމެންގެ ތެއިންވެގެން ނުވާނެ. އަވަސް ގޮތަކަށް މިކަލޭގެ ފައްސާ ނަގާންލަންވީ. މީވަބާއެއް ބަލާއެއް އިބިލީހުގެ ޢައުވާނެއް. ހޭއަރާ! ހޭއަރާ! ސުމަކުން ސަބްކުއްލުން އަޖްމައީނަށްވެސް ބުނެވޭނީ ހޭއަރާށޭ! ރައްކާވެ ތިބިއްޔާ ދަތުރޭބުނެއެއްނު. “އުންމީދު”