ބެއްޔާގެ ފަންވަތް:- އިބުރާވޭ! ތިމާގެދަރި ތިމާޔަށް “ދޮންފުތު” ވާނެޔޭ -1
Posted by ހިމޭން އިންގިލާބު on 2009/11/28
އަހުރަވެތި ދިވެހީންގެ މި ޖީލުގައި، ކިރިސްތީނީންގެ ގޮތާއި ފޮތް، ބަލައިގަނެ، އެ މައްޗަށް، އެއުރެންގެ ޢަޤީދާ (އިސްލާމިކް ބިލީފް) ކަތިލައި، ފާސިދުވެގަތް މީސްތަކުންކުރެ، އެންމެ ނަންހިނގާ އެއް ބަޔަކީ، މައްޗަންގޮޅީ ބޯގަންވިލާގޭ ބައެއް ކުދީންކަމު ބުނެވުނޭ. މި ކުދީންގެ ބުއްދިޔަށް، މި ވައިރަހެއް އެރީ، އިސްޓަރަލިޔާގައި، ޢާލިމީ ފާސް ނަގަން ކިޔަވަނިކޮށް، ކަމުގައި ބުނެތޭ. މި ކުދިންގެ ބަފަޔަކީ، ހެޔޮ ލަފާ މީހެއް ކަމު އޭނާގެ ގިނަ ރައްޓެހިން ދެކި އުޅެތޭ. އަދި އޭނާގެ ދަރިންނީވެސް، ނުބައި ނުލަފާ ބަޔަކު ކަމުގައި ނުކިޔަތޭ. ހުރި ނުބައިކަމެއް ހުރީ އެއުރެން ގަބޫލުކުޅަ ޢަޤީދާ ފެތުރުމަށާއި، އެއުރެންގެ ފާސިދު ފިކުރިއްޔާތުން އެހެން މީސްތަކުންނަށް ދުއްޕާން ކުޅައުމަށާއި، މަގުފުރެއްދުމަށް ހުރި ޝައުޤެއްގެ މައްޗަށޭ ބުނެތޭ. މި މަގުގައި، އެގޭ އިބްރާހީމް (އިބުރާ) އާއި، ގުރައިޝާގެ ޖައްބާރުކަން، އެހެން ބެއިންނަށްވުރެ ކުރިއަރައި އޮތްކަމުވެސް ރިވާ ކުރެތޭ.
އިބުރާގެ މިނިވަން ފިކުރު، (ލިބަރަލް ތިންކިން)، ނިވަލަކާއި ނުލައި، ދިވެހީންނަށް ބަރަހަނާކުޅަ ބައެއް ޙާލަތްތަކުގައި، ﷲ ގެ ދީނީ، އިންތަކުން ބޭރުވެ ޢައުރަތައް ކަޝްފު ވެއްޖެހިނދު، މި ކަލޭގެޔަށް ތައުބާ ލައިދެވުނޭ. އަދި މީނާގެ އުޚްތާ، ސީޝެލްސްގެ “ފީބާ” ވޭ ނަންކިޔުނު ރޭޑިޔޯއިން، ކިރިސްތީން ދީނަށް ގޮވައި ދިވެހީން މަގުފުރައްދާން ދެއްކި ވަރަށް ގިނަ ވާހަކަ، ސީދާ މި ބެއްޔާގެ ދެކަންފަތުން އަޑު އެހީމުއޭ. “ޢީސާގެފާނަކީ މާތްރަސްކަލާނގެ ކަމަށް” ތިމަންނާ ގަބޫލުކުރަމޭ ވެސް މި ކަނބުލޭގެ ބުންޏޭ.
މައުމޫނު ވެރިކަމުން ބައިލާން، އަންނި މަގުމަތީގައި ފީކޯތް ކުޅޭބީދައިން ދުވެނަގައި ކުޅަ މަސައްކަތުގައި، ބޯގަންވިލާ ކުދީންކުރެ، މި ބުނި މީހުންގެ މަދަދުވެރިކަން، އަދަދު ނުކުރެވޭވަރަށް ލިބި އޮތޭ. އިބުރާގެ އެއްގިޔަރުގަނޑު މަދަކަސް، އަސާގަނޑު ޖަހައިގެންވެސް އެ ތަނެއް ހަމަހިލާ ނުދެއްކިޔޭ. ވާނީވެސް އެހެން ތާއޭ. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ ވިއްޔާއޭ.
ޖާހިލިއްޔަ ޒަމާނުގައި، އިސްލާމްދީން ފައުޅުވީ ހިނދު، މައްކާގެ ބައެއް ޒުވާނުން އެ ދީން ގަބޫލު ކުޅައުމުން، އޭގެ ބަޔަކުމީހުންގެ މައިން ބަފައިން، ނުކައި ނުބޮއި، ބޮލުފުނާ ނާޅައި، ވާރެއި ހިޔަލަކަށް ނުވަންނާން ހުވައިކޮށް އުޅުނޫއޭ. ބަލަގަ! ތަހުޒީބު މި ޒަމާނުގައި، މި އިބްރާ ވެސް އެ ފަދަ ޖާހިލިއްޔަ ވައްތަރެއް ޖައްސައިފިޔޭ. އޭނާގެ މޫނުމަތީގައި ކެހެރިފުންޏެއްހެން ހުރި ބޮޑުތުނބުޅި، މައުމޫނުގެ މައްޗަށް އޮތް ހަސަދަވެރިކަމުގައި، އޭނާގެ ވެރިކަން ނިމިއްޖައުމަށް ދާންދެން ދަމަހައްޓައިފިޔޭ.
މި ބުނި، އިބުރާ، މި ނޮވެމްބަރ 27 ވީ ހުކުރުދުވަހު، ދިއެފްއެމްގެ ވަން ޓު ވަން، ޕްރޮގްރާމް މެދުވެރިކޮށް، ދިވެހިން ހައްލާން އަނެއްކާވެސް ލައްކަ ދޮގު ބުހުތާން ވާހަކަ ދައްކައިފިޔޭ. އަންނިގެ ވެރިކަން، ރަންކަސަބުން ޖަރީކޮށް، ލާފެންކޮށް މާކުރަހައި، އަރިއަރިމަތީގައި ކުލަރީތި ގުލްދަސްތާތައް ބަހައްޓައި، މުޅިއެތި އެކީގައި ގިރިޓީކޮށް، ރަނުން މުލަންމާ ކޮށްފިޔޭ. އިބުރާވޭ! ތިމާގެ ދަރި ތިމާއަށް ދޮންފުތު ވާނެޔޭ. އެކަމު، ދެން ކަލޭ ތިޔަހަރަ އަރަނީ ހައުދަހައި ވަރެއްތާއޭ. ބުނަންހޭ؟ ކަލޭ ރިޔާސަތަށް އަންނާން ދެއްކި ޕްރީސުކޫލުގެ ވާހަކަ އަޑުއަހާން ތިއްތިކޮށް ތިބިކުދީންނަށްވެސް، އަންނީގެ ދޮގާއިމަކަރު، މިހާރު އެނގޭތީތާއޭ އެ ބުނަނީޔޭ، މަންމީވޭ! އެއްކަލަ ފުލެޓުބޭގަނޑު ޓީވީއަށް އަރައި، ރަންނަމާރި ހޭރޭހެން، ގާނޫނޭ ގާނޫނޭ ކިޔައިގެން އެބަހަރަ ހޭރި ނަގަޔޭ. މަޖާ ދޮތައޭ؟ މި ވަރުން، އެނގި ފައުޅު ޢާންމުވެހުރި ކަންކަމާމެދު، އަނެއްކައިވެސް، މީހުން ހައްލާން ދޮގު މައްޗަށް ދޮގުހަދައި ނަޖާނުވީމައޭ ތިޔަހަރަގެން ކައްސަށް ފައިބަނީ.
މި ކަލޭގެ އަނގަ މުޅޯއްޓެއްހެން ހަދައިގެން އިދެ ބުނި ބައެއް ބަސްބަހަށް މިހައިރު ބަލައިލާނަމޭ.
މީނާ ބުންޏޭ، ޕާޓީތައް އެ ގޮތުގައި އަބަދަކު ފެނިގެންނަކު ނުވާނެޔޭ. ޕާޓީއެއް އެއިގެ ޒާތުގައި ފެންނާންވާނީ، ވޯޓެއް ލާން ކައިރި ވެއްޖައުމުންނޭ. މަގޭ ހިތަށް އަރައޭ ސަހަރޯއޭ! މި ކަލޭގެ ބުއްދި ފުރިހަމަހޭ. ނުވަތަ ތިޔަ ކުދީންގެ ބަހުރަވައިންނަމަ، “މި ސޮރު އޯކޭހޭ؟” ބަލަގަ! އެހެން ނުބުނާންވީ ފަހެ ކިޔެއްވެހޭ؟ މައުމޫނު ވައްޓާންވީމާ، ނެތް ޕާޓީ ހެދިއްޖެޔޭ. ވޯޓަކަށް ކޯޓަކަށް ބޯޓަކަށް ނުމެ ބެލުނޭ. ޖަނާޒާކުޑޭ އިއްޔެ ނޫންހޭ އެ ބުނީ، ތިމަން ބުނީމޭ ޑެމޯކްރެސީ ގެނެވެނީ ވޯޓުންނޭ. މައުމޫނު ވައްޓަންވާނީވެސް އެހެންނޭ. މި މީހުންގެ އެއެއް ގަބޫލެއް ނުކުޅައޭ. ޖަނާޒާހަމަޔަށް ތިމަން ދާންޖެހުނީ އެހެން ވެޔޭ. މައުމޫނު ވެއްޓި، އަންނި ހަމަ އަރާއިރަށް، ހުރިހާ ޕާޓީތަކެއް ވީ ހުއްޓައިލާށޯލައޭ. އެންމެންވީ މަހަށް ދާށޯލައޭ. އެހެން ނޫންހޭ ވާނީ، މި ބައިގަނޑު ދޮގުހަދައި މީހުންގެ ބޯކައިގެން، ވެރިކަމަށްއަރައި އަބަދު ހަމަހޭ ބުއްދިން ނައްޓައިގެން ތަޅަންމައްޗަށް ވެއްޓި ދެކަމު ހާޖިތަށް ދެވިފައި ތިއްބާ ފެނިގެން މީހަކަށް އެއްޗެކޭ ބުނެވުނަސް، އެ ވާންޖެހޭނީ ހަޖަމު ނުބައިވެ ބޮޑުކަމު ދެވުން ކަމަށް ވިއްޔާއޭ.
އިބުރާ ބުނަންހޭ؟ ކަލޭގެ މައުމޫނު ވައްޓަން ދަމާ ރޮއްޖަކަށް ފޫގެޅިއިރު، އެތަން ބަލަންތިބި މީހުން މިއަދު ކަލޭގެ ތިޔަހަރަ ބަރަހަނާކަން ފެނިފާ ބިނދި ބިނދިފައި އެބަ ހެއޭ. މި ކަންކަން ކަލޭގެއަށް ފަހުމު ތިޔަ ނުވަނީ، ތި ބުނާހެން މި ދުވަސްކޮޅު ސިޔާސީގެ ވަސް ނުދުވާ ހިސާބުގައި އެއަރ ފްރެޝްނަރ ޖަހައިގެން ހުންނާތީ ދޮތައޭ. ކަލޭގެ ހިތާއި ހައްޓަށް ކިތަންމެ ލޮޚުސާނެއް އައިކަމަކު، ދިވެހިންގެ އަންބޮޑިން ރުފިޔާދީފައި، ސަރުކާރު ތަޅައި ހަންމުށިއަޅާން، ހޮވައި ހުވައިކުރުވި ކަތުން، ބަލަގަ! އެ ކަން ނުކޮށް ތިބޭނެހޭ. ދެން ކަލޭގެ ކަހަލަ މުނާފިގަކު، ހާލަކުން ފަހަރަކު، ކެއްސަމުން ކަރުކެހެމުން ޓީވީއަކަށް އަރައި، އެކަން ހުއްޓުވާން ކަމުހިތައި، ޚަބަރުދާރޭ، ބުނިކަމަކު ހަމަ ހިލާ އެހެން ވާނެހޭ؟
މަޖިލީހުގައި ތިބީ ނޭކަށޭނަ މީހުނޭ ބުނާކަށް ފަހެ ކަލޭގެ ލަދެއް ނުގަނޭހޭ؟ ކަލޭގެ ދާއިރާ މީހުން ކަލޭގެ ބަލައި ނުގަތީ ކަލޭގެ ނޭކަށޭނަ ކަމުންނޭ. އެކަމާ ކަލޭ އެއްބަސްވިއްޔާ ތާހިރުވެފާ ވަސްވެސް ރަނގަޅުވާނެ ކަން ކަލެއަށް ނޭނގުނީތީ، ކަލޭގެތިޔައީ ގަމާރެކޭ ނުބުނެ މިކަން އަންގައިލީމޭ. ނަމަ ނަމަ، ދެން ވެސް އެހެން ނުބުނާށޭ. ފަލްސަފާވެރި ބަހެއް ބުނަންހޭ؟ ރައްޔިތުން ގޯހެއް ނުވާނެޔޭ، ގޯސް ވާނީ ރައްޔިތުން ކުރިމަތިން ފަހައިލެވޭ (ކަލޭގެ ކަހަލަ) މީހާއޭ.
އަންނީގެ ހިރިޔާފާތުރާއަށް، އެއަށް ފާރަލާން ތިބި މީސްތަކުން ހުރަސް އަޅަނިއްޔޭ ބުނެ ކަލޭގެ ވާހަކަދެއްކީމާ، ނުހޭން އިންދާވެސް ހެވިއްޖެޔޭ. ސަރުކާރެކޭ ކަލޭގެ ތިޔަކިޔާ އަންނީގެ ބައިގަނޑަށް ކަމެއް ނުކުރެވިގެން އެ އުޅެނީ، ހަމަހޭގައި ނުތިބޭ އާލާތްވަރު އެ ބައިގަނޑުގައި ގިނަކަމުންކަން ފަހެ ކަލެއަށް ގަބޫލު ނުކުރެވެނީހޭ. މިސާލަކަށް ބަލާށޭ، މާލިއްޔާގެ ހިސާބުކިތާބުގައި ބިލިޔަނުގެ “އެރަރ” އެއް ޖަހައިގެން އެ އުޅެނީ، ނަންރީތިސަލީމު، ބޮޑުބަނޑޭރިއާ ހިތާވާލެއް ބޮޑުކަމުން، ރޭގަނޑު އޭނާގާތަށް ވަގަށް ވަދެ އޮވެގެންހޭ؟ ނާގާބިލު މީހުނާއި ކަންކަން މަތިކޮށް، އެ މީހުންނަށް އަހާއި ލަގަން ވިއްކާފައި އެބުނާ އެއްޗަކަށް ތިމާގެ އަމިއްލަ ފައިން އެރުނީމާ، ހިއުމަން ރައިޓްސް ކޮމިޝަން ހާދަ ކަޑައޭ، ނަންރީތިސަލީމު ބޮޑުކަނޑަނިއްޔޭ ކިޔައި ގުދޯގުދޯ ގޮވުމަކީ، ބަލަގަ! އިބުރާވޭ! ޒިންމާދާރު ގޮތެއް ނޫނޭ. ޕްރޮސިކިއުޓަރ ޖެނެރަލް ކަލޭގެއަށް ކަމުދިޔަސަބަބު މަށަށްވާ ނޭނގޭނެ ކަމަށްހޭ؟ ބަލަގަ! ޢަބްދު ﷲ ޙަމީދާ، ނަމިރާ ނާޒިމާ، ރެޑްވޭވް ސަލީމުގެ މައްސަލަ އޭނާ ކޯޓަށް ފޮނުވީ، ކަލޭކަހަލަ ދެބަންދިހާރުންގެ އަނގަ ފެހުމުގެ މުހުތާދުގައޭ. އެއީ އެހައި ސަރިޔަތެއް އޮތް ކަމެއް ނޫނޭ. ކަލޭގެ ތި އިންނަނީ އެ ކަމަކާ ވާ އުފަލުން ހޭންވެގެން، ތިޔަ ކޮބަޑި ދަތްތައް އުނގުޅައި އޮފު އަރުވައިގެން ދޮތައޭ.
ސިވިލް ސަރުވީހޭ ކިޔައިގެން ކަލޭގެ ދައްކައިގަތް ވާހަކަގަނޑުން މަ ހައުދަހައިވާ ފަކުރެއް ގަތޭ. ކަލޭގެ ތިޔަ ބުނާ އަންނި ސަރުކާރަށް އެއްބާރުލުން ނުދެނީ ކާކުކަން ކަލޭމެނަށް ނުބުނެވިގެން އުޅެނީ ކަރުބުޑުގައި އެއްޗެއް ތާށިވާތީހޭ؟ އެ ތާނގައި އުޅޭ އެންމެހައި މީހުންނަށް ނިސްބަތްކޮށް ބަދުބަސް ބުނަންޏާ، ކަލޭގެއެއް ކަމަކު، ވަށިވަށިން ދޭން ޖެހިދާނެޔޭ. އެހެންނާފަހެ، ކިހައި ބޮޑު ކަމެއްހޭ؟ ހަމަ ކޮންމެ ތަނަކަށް އަރާ އިދެގެން ބުނެފާނެޔޭ، ސިވިލް ސަރުވީހުގެ މީހުން ނޭ، ނޫނީ މިވެނި މީހެއްގެ ކަނޑިއްކޭ. ކަލޭމެން ނަށް ސިވިލް ސަރވީހުގެ ގާނޫނު އޮތްކަމެއް ނޭނގެންޏާ، ގާނޫނުގައި އޮތަސް ނެތަސް، ކަން ކުރާނަމޭ ބުނާ ބީދައިން، ތިޔަ ބުނާ މީހަކު ކަނޑާ ބޭރުކުރަންވީ ނޫންހޭ؟ ޢިޝާނަމާދުކޮށްގެން މަލިންކުނާ މަތީގައި ތިބޭ މީހުންނާ ބެހިގަންނަން އުޅެނީ ކޮންކަމެއް ކުރަންހޭ؟ (އަދި މި ނިމުނިއްޔެއް ނޫނޭ……)

































aharen said
thiya dhakkanee rangalhu thedhu vaahaka, varah karin thi manzaru dhekunin.
ham said
އިބުރާ އަކީ އެމްޑީޕީގެ ރައީސް ކަމުގައި މައްމޫނު ލަދުގަންދުވާލަން އެއްދުވަހަކު ހުކުރަށް އިސްލާމީ މަރުކަޒަށް ދިޔަ މީހެއްނު އެދުވަހު އެމްޑީޕީގެ އެކަކުވެސް ހުކުރަކަށް ނުދެއެވެ.އެސޮރަށް ބަލާލާނެ މީހަކު ނުވުމުން ޖެހުނީ ރަކިވެގެން ގެޔަށް ދާށެވެ. ގޮޑި އުފުލަން ގެންގުޅުނު ކަލޭގެވެސް އެދުވަހު ފިލީއެވެ.
މިހާރު އިބްރާއަކީ ހަމަ އިބުރާ ބާވައެވެ.އަންނި އަށް ވެރިކަން ލިބިއްޖެނަމަ މައްމޫނަށް ވުރެ ގޯސް ވާނެ ކަމަން ދެއްދި ވާހަ ވެސް ހަނދާން ނައްތާލީތާއެވެ.އިބުރާ އެދުވަހު ދެއްކި ވަރަށް ވުރެވެސް އަންނި އެވަނީ އަމިއްލަ އެދުން ބޮޑުވެފައެވެ. ރައީސްކަމަށް ކުރިމަތި ލުމުން ލިބުނު ނަތީޖާއިން ރައްޔިތުން ތީ ބޮލިރަވައެއްގެ ގޮތުގައި ދެކިފައިވާ ކަން ނޭގެނީހެވެ.
Bodu Anga said
Ibra party ge fikurakee kanda E’lhigen Islaam Dheenaa Dhekolhu visnumaa fikuru..
E’jinsunkaivenikuruma tharuheebudhey…Konme dheene’ hudha’100% Muslim Qaumega Liberal party Nehedheynekan Enmen na’ves Engeyne IBRA NOONEE…
asim said
hehe nice mi ibra ah vaany konakameh midhiya vote therey ga anheun gayah ves ehn myhaku eriyo kiyaa adu ivey hhehe ei anhenunge beybeyeko hehe dhen mivaruge myhunnah konkameh vaany 200 gandu vote nulibey thilhaa aha g handan vy nun dhen ves ehn myhunge vaahaka nudakka ,thimage sifa loagandakun balabala valu k***** ekey thimaa ekey thafaatheh neh evarun ves tv ah thi arany