ސަރުކާރުން އިހުތިޖާޖާއި ދެކޮޅަށް ސްވައިން ފްލޫ ބޭނުން ކުރަނީ
Posted by ހިމޭން އިންގިލާބު on 2009/11/29
ޝައްކެއްވެސް ނެތެވެ. އަދު ދިވެހި ރައްޔިތުން މިދަނީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސިޔާސީ މައިދާނުގެ އެކިއެކި އުކުޅުތަކަށް ލޯހުޅުވެމުންނެވެ. ކިތަންމެ ސީރިއަސް މައްސަލައެއްގައި ސަރުކާރުންނާއި މިޑިއާއިން ޚަބަރުފަތުރާ އިލްތިމާސްކުރަމުން ދިޔަމަނަމަވެސް، އިތުވިސްނުމަކާއި ނުލާ އެވާހަކަތައް ބަލައިގަތުމުގެ ބައި މިހާރު ރައްޔިތުންގެ މެދުގައި ކުޑަވެއްޖެއެވެ. ދީނީކަމެއްގައިވިޔަސް މެއެވެ. މުސީބާތާއި ބަލިމަޑުކަމަކާއި ގުޅިގެންކަމަށް ވިޔަސްވެހެވެ. އެހެންދިމާވަނީ އެއްފަހަރު ކިޔާއެއްޗަކާއި އަނެއްފަހަރު ކިޔާ އެއްޗަކާއި ދިމާނުވާތީއެވެ. ބަހާއި އަމަލު ފުށުއަރާތީއެވެ. މިވަގުތު ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކަށް ރައީސް ކެރަފާ ނަޝީދުގެ ސަރުކާރުގެ ކުރިމަތީގައި އޮތީ އިހުތިޖާޖެވެ. ސަރުކާރާއި ދެކޮޅު އެއްވުން ބާއްވާހަދަމުން ދިއުމަކީ މިއަދުގެ ސަރުކާރު ވަރަށް ޖެހިލުން ވާކަމަކެވެ. ދެންމެދެންމެ ރައްޔިތުން އެއްކޮށްގެން ސަރުކާރު ވައްޓާލަފާނޭކަމުގެ ބިރުވެރިކަން އޮތްލެއް ބޮޑުކަމުންނެވެ. މިކަމާއި ދެކޮޅަށް ސްވައިން ފްލޫ ބޭނުންކުރުމަށް އަދުގެ ސަރުކާރުންވަނީ ނިންމާފައެވެ.
އަދޭހެވެ. އެއްކޮޅުން މީޑިއާގެ ވަސީލަތްތަކަށް އަންގަވާފައިވަނީ ސްވައިން ފްލޫގެ ނުރައްކަލުން ސަލާމަތްވުމުގެ ގޮތުން ތަންތަނަށް އެއްވެ ނޫޅުމަށެވެ. އަދި ރައްޔިތުން ހިތަށް ބިރުވެރިކަން ވެއްދުމުގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ އެމީހާ މަރުވީ ސްވައިން ފްލޫ ޖެހިގެން ކަމުގައި ބުނެ ދޮގު ޚަބަރު ފަތުރަމުން ދެއެވެ. ސްވައިން ފްލޫ އިން ރައްކާތެރިވުމުގެ ގޮތުން ތަންތަނަށް އެއްވެ ނޫޅުމަށް އެގޮވަނީ، އިހުތިޖާޖުގެ އެއްވުންތަކަށް މީހުން އެއްވިޔަ ނުދިނުމަށެވެ. ނަމަވެސް އެމްޑީޕީއަށާއި، ރައީސް ކެރަފާ ނަޝީދަށް އީދު ތަހުނިޔާ ދަންނަވާ، އީދުކުޅިވަރު ކުޅުމަށް ރައްޔިތުން ނުކުތުމަށް އެޕާޓީގެ ފަރާތުންނާއި ސަރުކާރުގެ ވެރިން ދަނީ ބާރު އަޅަމުންނެވެ. އަދި އެޕާޓިގެ މެމްބަރުން ދަނީ މިފަދަ އެއްވުންތަކާއި، އީދުކުޅިވަރު ބޭއްވުމަށް އަވަދި ނެތި މަސައްކަތްކޮށް ބޮޑެތި ނާކާމިޔާބުތަކާއިވެސް ކުރިމަތިލަމުންނެވެ. ސުވާލަކީ އެމްޑީޕީގެ މެމްބަރުންނާއި، ރައްޔިތުން ކެރަފާ ނަޝީދަށް ތަހުނިޔާކިޔަން އެއްވީމާ ސްވައިން ފްލޫ ނުޖެހޭނެތޯއެވެ. އެއީ ވަކިބަޔަކު ވަކިކަހަލަ ކަންކަމުގައި އެއްވުމުން ފެތުރޭ ބައްޔެއްތޯއެވެ. ނުވަތަ ސްވައިން ފްލޫގެ ބޭހާއި ވެކްސިން ގެނެސްފައިހުރީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށް ވާވަރަށްތޯއެވެ. މިއީވެސް އަރަތެއް އެހެންނޫންތޯއެވެ.

































burusbe said
ainthu jameel akee hama rangalhahves boa buranthi vefa huri beethaa eh, mee nahyeh neygi eh noon swineflu hadan beynun kuraa chemical hus veeke, ekan ves hus vithaa kithah dhuvas fahun haama kuree. mehen me bunanee hama mekan engey thee. lanka ah fonuve sample thakuge nathee jaa adhives nulibey , adhives majlis ah gohsa aga aruvaa thi dhivehi rajje othee swine flu ah varah thayaaru vefeyey…..
Zuleikha said
Si’hathaa behey (Ihdhain kendifain) Aminath Jameel lah nukulhedhey meehunge faraathun govaalan. Veythuve diya 30 aharu si’hee hidhmaiy libemun aivarah ves mihaaru lebemun nudhaakan faahagakuran. IGMH ge therein mihaaru Dr. naa naruhunah vure ginain fennamun dhanee mega size ge meedhaa (RATS). Swine flue Tamiflue ey kiyaigen anga aruvaane kameh neiy. Beyheh, Maskeh, Angiyeh neiy. Hospital ga spirit ves husvefa. Kafa husvefa. Mihaaru vihaa kudhin ge foolhuga ves ahsanee mammage bolun isthashi ufuraigen. Geygeyga baithihbaigen Swineflue ge meehunah faruvaa dheyn jehunee Sarukaarun laari husvee. Politicanunge 600 meehunah vazeefaa dheefa raajetherega thibi si’hee markaz thakuga thibi meehun vazeefaain vaki kuranee.
Mihaaru mi Aminath Jameel kuraa kamakee eynaage namugai hingaa NGO (muskulhin balahahtaa namuga hadhaafa huri) ah beyrun ehee hoadhan masaiykaiy kuranee.Mee dhen 2013 vana aharuge riyaasee inthihaabah Sulaasiraz Anni ah campaign kuran vegen. Raiyithuney heyaraathibeythi.
Aminath Jameel dhen thivazeefain isthigufaa dheefa faibaa “NUVI EHNU DHEN FAIBAA”