ޢިލްމީ ދިރާސާ: ނަޞާރާއިންނާއި ޔަހޫދީންގެ މަސްލަހަތަށްޓަކައި އެކުލަވާލެވިފައިވާ ރައީސް ކެރަފާ ނަޝީދުގެ އިގިރޭސި ގޮނޑިކޮއްކޮ ސަރުކާރާއި ގުޅި އެމްޑީޕީގެ މެމްބަރަކަށް އިބްރާ ވާން އުޅޭކަމުގެ ޚަބަރު: ހަގީގަތަކީ ކޮބައިބާ
Posted by ހިމޭން އިންގިލާބު on 2009/11/29
ސޯޝަލް ލިބަރަލް ޕާޓިގެ ލީޑަރ އިބްރާހިމް އިސްމައިލުގެ ސިޔާސީ ހަޔާތަށް ކުރުގޮތަކަށް ބަލާލާއިރު އެންމެ ފުރަތަމަވެސް ކިޔުންތެރިންގެ ސިކުނޑިއަށް ވަދެގެންދާނީ އިބްރާހިމް އިސްމާއިލަކީ އެމްޑީޕިގެ ފުރަތަމ ރައިސްގެ ގޮތުގައެވެ. ނަމަވެސް އެމަގާމުގައި މަސައްކަތްކުރުމަށް އިބްރާއަށް ހުރަސްއަޅާ، އެއްޑީޕިގެ ސިޔާސީ މައިދާނުން އިބްރާ ފެއިލް ކޮށްލެއްވީ ދެވަނ ބޭފުޅެއް ނޫނެވެ. އިބްރާގެ ވާހަކަތަކުން އޭރު ދޭހަކޮށްދީފައިވަނީ، ޕާޓީގެ ޗެއާޕަސަން އަންނި އޭނާގެ މަގާމަށް ހުރަސްއަޅާ މަސައްކަތްތަކަށް ދަތިކުރަމުން ދިޔަކަމުގައެވެ. އޭރު އޭނާ އަންނި ސިފަ ކޮށްދެއްވާފައިވަނީ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައެވެ. މިސަބަބާއި ހެދި ވަކި ޕާޓީއެއް ހައްދަވައިގެން ސިޔާސީ މައިދާނަށް ނުކުންނަވާ، ފާއިތުވި ރިޔާސީ އިންތިޚާބުގައި އިބްރާ ވާދަކުރެއްވިއެވެ. ރައްޔިތުންގެ އެންމެ ދެހާހެއްހަވޯޓާއި އެކު ފުރަތަމަ ބުރުން އޭނަ ފޭލިވެވަޑައިގަތުމުން އިއްތިހާދާއި ގުޅިވަޑައިގެން ބަދަލަކަށް ތާޢީދުކުރެއްވިއެވެ. ދެން އައީ މަޖުލީހުގެ އިންތިޚާބެވެ. މަޖުލީހުގެ އިންތިޚާބުގައި އިބްރާ ވާދަކުރެއްވި ގޮނޑިއަށް އެމްޑީޕިން ވާދަކުރެއްވީ އެޕާޓީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދިއެވެ. ރައީސް ކެރަފާ ނަޝީދު ސީދާ މަޖުލިހުގެ އިންތިޚާބަށް އަތްގަދަކުރައްވާ މަސައްކަތް ކުރައްވަމުން ދިއުމާއިއެކު އެންމެ ބޮޑަށް އެމަނިކުފާނަށް ފާޑު ވިދާޅުވި އެކަކީވެސް އިބްރާއެވެ. މަޖުލީހުގެ ގޮނޑިންވެސް އިބްރާ ވަނީ ފޭލިވެފައެވެ. ނަމަވެސް ފާއިތުވި ހުކުރު ދުވަހު ދިއެފްއެމްގެ ވަންޓުވަން އަށް އަރާ ރައީސް ނަޝީދުގެ ސަރުކާރަށް ތާއީދުކުރައްވާ އިބްރާ ވާހަކަދެއްކެވުމުން މިވަނި ކީއްތޯ ގިނަބަޔަކުގެ ހިތުގައި ސުވާލުއުފެދިފައިވެއެވެ. މިލިޔުމުގައި މިވަގޮތަކާއި މެދު ކުރުކޮށް ބަލާލާނަމެވެ.
ރައިސް ކެރަފާ ނަޝީދު އެމްޑީޕީ ބިނާކުރައްވާފައިވަނީ، އިގިރޭސި ކޮންޒަވެޓިވް ޕާޓީގެ މަސްލަހަތު ރާއްޖެގައި ދިރުވާ ޕާޓިއެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވަނީ، އެމްޑީޕީއަކީ ދުނިޔޭގެ ކޮންޒަވެޓިވް އާއިލާގެ، ސެންޓަރ-ސެންޓަރ ރައިޓް ސިޔާސީ ޕާޓިއެއްކަމުގައެވެ. އެހެންކަމުން ކޮންޒަވެޓިވް ޕާޓީގެ އިޒްރޭލުގެ ލޮބީ ގްރޫޕް ކަމަށްވާ ކޮންޒަވޭޓިވް ފްރެންޑްސް އޮފް އިޒްރޭލް (ސީއެފްއައި) ގެ 80 މެމްބަރުންގެ ނުފޫޒުގައި ދިވެހިރާއްޖެއިން އިޒްރޭލާއިއެކު ސިޔާސީ ގުޅުންވެސް ވަނީ ގާއިމުކުރައްވާފައެވެ. ކެރަފާ ނަޝީދުގެ މޯޑަސް އޮޕަރެންޑީ ގުޅިފައިވަނީ އިގިރޭސި ކޮންޒަވެޓިވުންގެ ޖިއޯޕޮލިޓިކަލް ސްޓްރެޓަޖީ ނުވަތަ ބަވަނަ ދުނިޔޭގެ ރޭވުންތެރި ސިޔާސަތުގެ މައްޗަށްކަން އެންމެ ކައިރިން އެގެނީ އިބްރާއަށެވެ. އަދި ކެރަފާ ނަޝީދު ވައްޓާލާ ރާއްޖޭގައި ހުންނަ އިގިރޭސި ކޮންޒަވޭޓިވުންގެ އެންމެ އިސް މަދަދުގާރަކީ އިބްރާކަމަށް ވުމުގެ ފުރުޞަތު ވަރަށް ކުޑަކަމުގައި އިބްރާ ގަބޫލު ކުރިއެވެ. އެހެންވެ ދެވަނަ މިސްރާބަކުން މަސައްކަތް ކުރައްވާ ކެރަފާ ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދަވަން އިބްރާ ނިންމެވިއެވެ. މިގޮތުން އިބްރާ ވިސްނެވީ އިގިރޭސި ވިލާތުގެ ތިންވަނަ ޕާޓީ ކަމުގައިވާ ލިބަރަލް ޑިމޮކްރެޓުންނާއި ގުޅި ވަޑައިގަތުމަށެވެ.
އެހެންކަމަށް ވުމާއިއެކު އިބްރާ އެމްޑީޕީގެ ރައީސެއްގެ ގޮތުގައި ހުންނަވައިގެން އިގިރޭސި ވިލާތަށް ދަތުރެއް ކުރެއްވިއެވެ. މިދަތުރުގައި އިބްރާ މުޅިންވެސް ބައްދަލުކުރެއްވީ، އިގިރޭސި ލިބަރަލް ޑިމޮކްރޭޓުންގެ އިސްވެރިންނާއިއެވެ. އިބްރާގެ މިދަތުރަށް ފަހު އިގިރޭސި ޕާލަމެންޓުގައި ކޮންޒަވޭޓިވުން ކުޅުނު ރޯލު ލިބަރަލް ޑިމޮކްރޭޓުން ކުޅެން ފެއްޓިހެން ހީވެގެން ދިޔައެވެ. އިގިރޭސި ޕާލަމެންޓަށް ތަފާތު ދެމޯޝަނެއް އޭރުގެ ދިވެހި ސަރުކާރާއި ދެކޮޅަށް ލިބަރަލް ޑިމޮކްރަޓުން ހުށަހެޅިއެވެ. ކޮންޒަވޭޓިވުންނާއި، ލިބަރަލް ޑިމޮކްރޭޓުންނަކީ ވާދަވެރި އިގިރޭސި ދެޕާޓިއެވެ. އެހެންކަމުން ލިބަރަލް ޑިމޮކްރެޓުން ރާއްޖެއާއި ގުޅޭގޮތުން އިގިރޭސި ޕާލަމަންޓުގައި އިސްރޯލެއް ކުޅެން ފެއްޓުމުން ކޮންޒަވެޓިވުންގެ ޕްރެޝަރ އާއި އިންޒާރު އަންނިއަށް ނުވަތަ ކެރަފާ ނަޝީދަށް އިތުރުވެގެން ދިޔައެވެ.
މިސަބަބާއިހެދި އަންނިއަށް ޖެހުނީ ކޮންމެ ގޮތެއްހަދާފަވެސް އިބްރާ ޕާޓިން ބޭރުކުރުމަށެވެ. ނުވަތަ ޕާޓީގެ ރައީސްކަމުގެ މަގާމުން ދުރުކުރުމަށެވެ. އެކަން އަންނި ކުރުވާފައިވަނީ މުނައްވަރާއި އަސްލަމް ލައްވައެވެ. އިބްރާއަށް އެގުމަކާއި ނުލާ އަސްލަމް ލައްވާ އިބްރާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް އެމްޑީޕީގެ ގައުމީ މަޖުލީހުގައި ނަގަން ނިންމެވިއެވެ. މިކަން އެގި ދުރާލާ އިބްރާ އިސްތިއުފާ ދެއްވިއެވެ. އިބްރާގެ ސޯޝަލް ލިބަރަލް ޕާޓީއުފެއްދެވީ އިގިރޭސި ލިބަރަލް ޑިމޮކްރޭޓުންގެ މަޝްވަރާގެ މަތިން އެމީހުންގެ ތާއީދާއި އެއްބާރުލުން ދޭން އެއްބަސްވުމާއިއެކުއެވެ. ޕާޓީގެ އަސްލު އުސޫލުތައް ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފް ލިބަރަލިޒަމްގެ އުސޫލުތަކުގެ މައްޗަށެވެ. ނަމަވެސް އިންތިޚާބުތަކުގައި އިބްރާއަށް ލިބުނު ނަތީޖާތަކުގެ ސަބަބުން އިބްރާއަކީ އިގިރޭސި ލިބަރަލް ޑިމޮކްރޭޓުން ބޭނުންވާ މަސްލަހަތުތަކެއް ރާއްޖޭގައި ދިރުވޭ ފަދަ ރައްޔިތުންގެ ތާއީދެއް އޮތް ބޭފުޅެއް ނޫންކަން އިގިރޭސި ލިބަރަލް ޑިމޮކްރޭޓުންނަށް އެގުނެވެ. އެހެންވެ އިބްރާއަށް ކުރިން އެޕާޓިން ދެމުން އައި ތާއީދާއި އެއްބާރުލުން ވަޅުޖެހި މަޖުލީހުންވެސް ފޭލިވުމުން މިހާރު ހަގީގަތުގައި އިބުރާއަށްވަނީ ކޮޅު ކެހިލިބިފައެވެ. ދެން އޮތި އެންމެ ގޮތެކެވެ.
ދެން އިބްރާއަށް އޮތްގޮތަކީ އުނބަށް ޖެއްސެވުމެވެ. އަލުން އެމްޑީޕިއާއި ގުޅިވަޑައިގަތުމެވެ. ސަބަބަކީ އިބްރާ އުފެއްދެވި ޕާޓިއަކީ، މިހާރުކަން އޮތްގޮތުން ސިޔާސީ އެއްވެސް ބުރަދަނެއް އޮތް ޕާޓީއެއް ނޫނެވެ. އެހެންވެ އެޕާޓީ އުވާލެއްވުން ވަރަށް ގާތެވެ. އެހެންފުރުޞަތެއްވެސް ފެންނަން އޮތުމާއިއެކު އެވެ. އެފުރުޞަތަކީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ އެޕާޓީގެ ރައީސްއަކު އިންތިޚާބުކުރުމުގެ ފުރުޞަތެވެ. ފާއިތުވި ރިޔާސީ އިންތިޚާބަށްފަހު ޕާޓީގެ ރައީސަކު އަދިވެސް ވަނީ އިންތިޚާބުނުކުރެވިއެވެ. ހިމޭން އިންގިލާބިންގެ ފަރާތުން ވަނީ އެމްޑީޕީގެ ޗެއާޕަސަންއަށް މީގެ ދުވަސްކޮޅެއްކުރިން ޕާޓީގެ ކޮންގްރެސް ނުބާއްވާ، އަސާސީ ގަވާއިދުގައި ވާގޮތުގެ މަތީން ޕާޓީގެ ރައީސަކު އިންތިޚާބު ނުކޮށް ލަސްވަމުން ދާތީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެހެންވެ މިހާރު އެޕާޓީގެ ކޮންގްރެސް އަވަހަށް ބޭއްވުމަށް ދަނީ މަޑުމަޑުން ތައްޔާރުވަމުންނެވެ.
މިދަނޑިވަޅުގައި ރައީސް ކެރަފާ ނަޝީދު ކުޅުއްވާ ސިޔާސީ ކުޅިގަނޑުގައި އިބްރާއަށް ވަސްވާސް ދެއްވަމުން ގެންދަވަނީ އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަގާމު ފުރުއްވާ ދެއްވުމަށެވެ. އޭރުން ވަޅުޖެހިފައިވާ އިބްރާގެ ސިޔާސީ ކެރިއަރަށް އިތުރު ދިރުމެއް ލިބޭނެއެވެ. މިމިސްރާބުގައި އިބްރާ މަސައްކަތް ކުރައްވަން ފައްޓަވައިފިކަން މިހާރު ކަށަވަރުވެއްޖެއެވެ. މިދިޔަހުކުރު ދުވަހު ދިއެފްއެމްގެ ވަންޓުވަން ޕްރޮގްރާމްގައި ރައީސް ކެރަފާ ނަޝީދަށް ތާއީދުކުރައްވާ އޭނާވަނީ ވާހަކަދައްކަވާފައެވެ. މިކަމަކީ ރައްޔިތުންނަށް މާބޮޑު ސިޔާސީ ހައިރާން ކަމެއް އަންނާނޭ ކަމެއް ނޫނެވެ. ނަމަވެސް މާދުރުނޫން މުސްތަގުބަލެއްގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިބްރާ ފެނިގެންދިޔުން ވަރަށް ގާތެވެ. އެމްޑީޕީގެ ރައީސެއްގެ މަގާމު މިހާރު ކަންއޮތްގޮތުން ރީކޯ މޫސަ ކަޓުވާލާފައި ހޯދުމަކީ އިބްރާއަށް ވަރަށް ދަތިކަމަކަށް ވެދާނެއެވެ. އެހެންވެއްޖެ ނަމަ އިބްރާގެ ސިޔާސީ ހަޔާތް ނުވަތަ ސިޔާސީ ކެރިއަރުގެ ހުޅުކޮޅު މުޅީން ނިވޭނެއެވެ.

































BODU ANGA said
INTHIHAABUGA IBURAAGE RUNNING MATE VES VOTE LEE IBURAA YAA DHEKOLHA KAMA MALE THEY ADUHURI..ADHI SMS VESFONUVAAHEDHI..
BODU ANGA said
IBRA MDP IN ISTHIUFAA DIN SITEEYAKEE MULHI MALE GA EYRU UKAAFAOY LIUMEKEVE….JUMLAKO IBURA BUNEFAAVANEE AANI YAKEE MAKARUVERU HUDHMUTHAARU MEEHE’KAMUGA EVE
Raiyyithu hoadhun said
Ibraa alun Anni aai gulhunu sababu:
* sarukaarun 15 million rufiyaa kharadhukoh atholhu thakuge kudhinnah kiyavaidhinumah alhai, private faraaiythakaai havaalu kuri 2 schoolun 1 school akee MES.
* MES ge hingun harudhanaa kurumuge gothun MES ge masooluverin ran’galhu bayaku hoadhumuge niyathugai kuri masaiykathaa dhimaakoh school international schooleh ge gothugai hingaa dheyne kamah bune, Ibraage Mandhu Learning Center in MES aai havaaluvi.
* Aharu feshunu iruves thayyareethah nunimi, kudhinge kiyevun feshigen dhiyaee lahun.
* Aharuge 2 vana term feshumun Education Ministry ge Quality Improvement Section in MES ge hingun supervise koh ethanuge hin’gun kamu nudhaakamah MES ge masoolu verinnah angai e school ran’galhu kurumah engi.
* MES ge masooluverin school ge hingun alun havaaluvumah ulhumun, raees nasheed kairee aadheys dhennevumah ibraa avasvegaiy.
* Vaguthuge beynunkoh Ibraa, Anni kairiah gos aadheys kuran feshi. Anni ge sharuthakee Democratic Inthikhaabah aharu furumuge jalsaa gai Ibraa baiverive mi sarukaarah thaaeedhu kuraakan iulaan kurun.
* Egothah Ibraa kankurumun mihaaru vanee raees ofeehun vanee Ministry of Education ah angaafa, MES ge masooluverin athun imaaraaiy vakikoh ibraa aai havaalukurumah.
* Mikanthah vefaivaa goiy belumah ACC ah govaalan.
ham said
1300 vote