The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

އަމިއްލަފުޅަށް އަރުވާލެވިގެން އުޅުއްވުމަށްފަހު އެބުރި ވަޑައިގެން މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީއާއިމެދު މޫމިނާ ހަލީމް ތައުރީފް ކުރައްވައިފި: ފިލާވަޑައިގަތީ އަމިއްލަފުޅަށް ހެއްދެވި މާއްދާދެކެ ބިރުން

Posted by ހިމޭން އިންގިލާބު on 2009/12/03

އަލްފަޟިލާ މޫމިނާ ޙަލީމަކީ، ގދ. ތިނަދޫ ތަޅާލާ އެރަށު ރައްޔިތުންގެ މުދާ އަންދާލާ، 3000 ރައްޔިތުން 12 ގަޑި އިރުތެރޭގައި ރަށުން ބޭރުކުރެއްވި ޚުދުމުޚުތާރުވެރިޔާ ވެލާނާގޭ އިބްރާހިމް ނާސިރާއިވެސް ތިމާގެ ފުޅު ބޭފުޅެކެވެ. އަދި ރައިސް މައުމޫނު އަވަހާރަކޮށްލަން ހަތިޔާރު އެތެރެ ކުރެއްވި ކެރެފާ ނަސީމާއި ވެސް ތިމާގެފުޅު ބޭފުޅެވެ. ދިވެހި މަސްވެރިން މަހަށް ގޮސްގެން ދައުލަތަށް ހޯދައިދިން ފައިސާއިން ޚަރަދުކޮށްގެން ސަރުކާރުން ކިޔަވައިދެއްވި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. ނާސިރާއިއެކު ވިޔަފާރިކުރައްވާ މާލޭގެ ބިންތައް އެބޭފުޅުންގެ މެދުގައި ބައްސަވާ ހެއްދެވި ގްރޫޕުގައި ކޮލި އަލިމަނިކާ، ރައީސް ނާސިރާއިއެކު ހިމެނިވަޑައިގެންނެވި ކަނޑި އިސްމާއިލުގެ އަނބިކަނބަލުން މޫމިނާ ޙަލީމަކީ، ނާސިރުގެ ދައުރުގައި ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ވެރިކަން ބަދަލުވުމަށްފަހު، ކެރަފާ ނަސީމު މައުމޫނު މަރާލަން ހަތިޔަރު އެތެރެ ކުރި މައްސަލާގައި، ބައެއް މައުލޫމާތު ސާފުކުރުމަށް މޫމިނާ ޙަލީމާއި، ކަނޑި އިސްމާއިލުވެސް ސިފައިންގެއަށް ގެންދަވައިގެން ބައެއް ސުވާލުތައް ކުރައްވާ ހެއްދެވިއެވެ. މިކަމުގައި ހިތްފުޅުހަމަނުޖެހިގެން މޫމިނާއާއި ކަނޑި އިސްމާއިލު ރާއްޖެ ދޫކުރައްވާ ވަޑައިގަތީ ސިލޯނަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މޫމިނާ އަމިއްލަފުޅަށް ރާއްޖެ ދޫކުރައްވާ ވަޑައިގަތީ، އިބްރާހިމް ނާސިރުގެ ދުވަސްވަރުގައި ރައްޔިތުންނަށް ބިރު ދައްކަވާ ފިއްތާ ހެދުމަށް ގާނޫނަށް އެބޭފުޅުން ލައްވާފައި އޮންނަ މާއްދާއެއް ދެކެ ބިރުފުޅުންނެވެ.

މޫމިނާ ހަލީމް މިނިވަން ނިއުސް އަށް މިމަހު 1 ވަނަ ދުވަހު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި އޮންނަނީ އެމާއްދާ، އޮންނަގޮތުން ދެގޮތަކަށްވެސް މާނަކުރެވިދާނެކަމަށާއި، އަދި އެމާއްދާގެ ދަށުން ތިމަންނާއާއި ފިރިކަލުންވެސް ނަސީމު ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން ސިފައިގެއަށް ގެންގޮސް ސުވާލުކޮށް ހެދިކަމުގައެވެ. އަދިއެހެންވެ ބިރުން އަވަހަށް ފިއްލެވީ ކަމަށެވެ. މޫމިނާ ހަލީމު ފިއްލެވި ކަމެއް އަދިއަދަށްވެސް މައުމޫނުގެ ސަރުކާރަށް ނުވަތަ އެސަރުކާރުގަ އުޅުއްވި ވެރީންނަށް އެގިވަޑައިގެންފައެއްނެތެވެ. މައުމޫނުގެ ސަރުކާރަށް ހީވެފައި އޮތީ ސިއްހީ ސަބަބުތަކަކަށްޓަކައި، ރާއްޖޭގައި އުޅުއްވަން ބޭނުންފުޅު ނުވެގެން ވަޑައިގެން ރާއްޖޭން ބޭރުގައި އުޅުއްވީ ކަމަށެވެ. އަދި މައުމޫނުގެ ސަރުކާރުގައި މިބޭފުޅުން ވިދާޅުވީވެސް މިހެންނެވެ. އަނެއްކާ ބަޣާވާތް ގެންނަން ރޭވި ނަސީމު ދުވަސްކޮޅަކުން މައުމޫނުގެ ސަރުކާރުގެ މަތީ މަގާމުތައްދީފައި ބެހެއްޓެވުމަށްފަހު މޫމިނާ މެންނާއި މައުމޫނުގެ ސަރުކާރާއި އޮންނާނީ ކޮންމައްސަލައެއްތޯވެސް ސުވާލުއުފެދޭކަމެއް ނޫންތޯއެވެ!. މޫމިނާ ހަލީމް މިހާރު ވިދާޅުވަނީ ތިމަންނާ ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން ކަމުގައެވެ.

ދުނިޔޭގެ ތާރީޚުގައި ސަރުކާރެއްދެކެ ބިރުން މިފަދައިން އަރުވާލެވިގެން ތިއްބަވާ، ހަމަ އެބިރުވެރި ސަރުކާރުގެ އެހީއާއި އެއްބާރުލުމުގެ ދަށުން ގައުމުގައި ބޮޑެތި ވިޔަފާރިތަކާއި ހޮޓާތައް ބިނާކުރައްވާ މަހުޖަނުންނަށް ވެވަޑައިގެނެވި  ފުރަތަމަ ސިޔަސީ އާއިލާއަކީ، މޫމިނާ ހަލީމާއި ފިރިކަލުން ކަނޑި އިސްމައިލުގެ ދެމަފރިން ކަމުގައި ނޫނީ ނުވާނެއެވެ. ރައީސް ނާސިރުގެ ވެރިކަމުގައި ކަނޑި ފޭރިވަޑައިގެންނެވި ބިންތައް އޭނާ ތަރައްގީ ކުރައްވާ ޑިވެލޮޕް ކުރައްވާފައިވަނި، ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހިއްސާވެސް އޮވެގެންކަމުގައި ބައެއްފަރާތްތަކުން ބުނެތެވެ. އާދޭހެވެ. އެސަރުކާރެއްދެކެ ބިރުން ފިއްލަވަވަޑައިގެންނެވި މައުމޫނުގެ ސަރުކާރުގެ ދުވަސްވަރުގައި، މާލޭގައި ނެތްވަރުގެ ހޮޓަލެއް ޓުއަރިސްޓުންނަށް އަމާޒުކޮށް މޫމިނާ ހަލީމާއި ކަނޑި އިސްމާއިލުގެ ދެމަފިރިކަނބަލުން ތަރައްގީ ކުރެއްވިއެވެ. އެއީ ކައިމޫ ހޮޓަލެވެ. ކައިމޫ ނިސްބަތްވަނީ ކަނޑި އިސްމައިލު އަދި މޫމިނާއަށެވެ. މިރަމްޒު ނަމުގެ ކުރީގައި ކަނޑި އިސްމާއިލުގެ ނަން ހިމެނޭ ގޮތަށެވެ. މޫމިނާ ހަލީމަށް މިގޮތް ކަމުނުދިޔައީތޯއްޗެކެވެ. ހަމަ މައުމޫނުގެ ވެރިކަމުގައި އަނެއްކާ މޫކައި ކިޔާފައި އެއަށްވުރެ ބޮޑު ހޮޓަލެއް މިދެމަފިރކަނބަލުން ބިނާކުރެއްވިއެވެ. މޫކައިގެ ރަމްޒު ނަމުގައި، މިފަހަރު މޫމިނާގެ ނަން އިސްކޮށް އަންނަގޮތަށެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ. އެސަރުކާރެއްދެކެ ބިރުން ފިލި ސަރުކާރުގެ ވެރިކަމުގައި ގައުމުގައި ނެތްފަދަ ވިޔަފާރި ބިނާ ކުރައްވާ، މުއްސަނދި މަހުޖަނުންނަށް ފިލައިތިއްބަވައިގެން ވެވަޑައިގަތް ގަތުމެވެ.

ކޮންމެއަކަސް މޫމިނާ ހަލީމު މިނިވަން ނިވްސްއަށް ދެއްވި އިންޓަރ ވިއުގައި ރައީސް މައުމޫނުގެ ޒައާމަތުގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީއާއި މެދު ހައިރާންވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. ތިމަންނާ ފުރިއިރު މުޅި މާލެ އޮތީ ފެހިކޮށްކަމަށާއި ދުރުން ފެންނަނީ ހަމައެކަނި ގަސްގަހުގެ ކުރިކަމަށް މޫމިނާ ވިދާޅުވިއެވެ. މާލެއަށާއި ރާއްޖެއަށް އައިސްފައިވަނީ ހައިރާން ވާވަރުގެ ތަރައްގިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫމިނާ ހަލީމުގެ އުމުރުފުޅަކީ މިހާރު 70 އަހަރެވެ. ރާއްޖެއަށް އެބުރިވަޑައިގަތުމައިއެކު އެންމެ ފުރަތަމަ ސިޔަސީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތީ، އިޒްރޭލުގެ ދިފާއުގައި، އިޒްރޭލަށް ތާޢީދުކޮށް އެމްޑީޕީއިން ބޭއްވި މުޒާހަރާގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މީހުން އުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންގެ ތެރޭގައި މޫމިނާ ޙަލީމާއި ކަނޑި އިސްމާޢިލު ހިމެނިވަޑައިގަނެއެވެ. އެއީ އެބޭފުޅުންގެ މޫކައި ހޮޓަލާއި ކައިމޫ ހޮޓަލުގައި ރާވިއްކެވުމަށެވެ. 

5 Responses to “އަމިއްލަފުޅަށް އަރުވާލެވިގެން އުޅުއްވުމަށްފަހު އެބުރި ވަޑައިގެން މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީއާއިމެދު މޫމިނާ ހަލީމް ތައުރީފް ކުރައްވައިފި: ފިލާވަޑައިގަތީ އަމިއްލަފުޅަށް ހެއްދެވި މާއްދާދެކެ ބިރުން”

  1. aharen said

    hahaha, amilla ah aruvaa levigen hure maa fahun ais kon goaheh govaakah, mihaaru thi bas thakeh nuvikkeyne, ginavaanee thiya moominaa nuves dhanna meehun,kudhin,,, maa fahun raajje ais kon boa goas vaahaka thakeh dhakkaakah, kurinves ulhunu rah kamugai vaa lanka ah gos ulheybala dhivehinnah filaigen. ma bodey hedhen kon kamaku thiya aee.

  2. moomina said

    Maumoon ge verkamuga mi gaumah aisfaiva kuri erun aee hama buhdhi huri kohme meehakahves engey ehcheh.. hithaama aky Himeyn Inqilaabey kiyaigen Anni verikamah gennan badhaleh gennan vegen Maumoon aa dhimaalah hehdhevi nuhehdhevi ah mi Himeyn Inqlaabun govi iru ekan neyngunukan.. ladhunuganeytha mihaaru. kaleymenna hedhi mi gaumu miothy mihaaru konfadha haalehga..

  3. މާދު said

    މައުމޫނު ދެކެ ބިރުން އަމިއްލައަށް އަރުވާލެވިގެން ދެމަފިރިކަނބަލުން ތިއްބަވައިގެން ހެއްދެވި މޫކައި ހޮޓާ ރަސްމީގޮތުން ހުޅުއްވައިދެއްވުންއެދި ދެންނެވީ މައުމޫނު އަރިހުގައި. ހުޅުވައިދެއްވީ މައުމޫނު. ތިޔައީ އަމިއްލައަށް އަރުވާލެވިގެން ހުރުމުގެ ދުނިޔޭގެ ރެކޯޑެއް

  4. ahmed said

    If she was educated from our money did she serve the people of the Maldives?Since ages its been the commom man on the islnads suffering and their naivete has been used to the utmost advantage for the higher echelon.But now no more we are on the rise.Saitaanni has uprooted our values,killed our grand childrens futur,of course sending half of our own generation to depression and other psychological problems.And he and ZAAAKi has been acting as thi island nation is their corporate world, poor citizens blodd.Do I nned to tell Zaki we are watching clossley and neither countries can prevent u going back to jail.We will suck back the bloood u r sucking from us.Remeber.
    People rise up though its too late now.Send this man home to his country.He isnt our own.Love Maldives,love Islam.

  5. އުޑުތިލަމަތި said

    މޫކަށި ނުވަތަ ” ކަށިމޫ ” ހޮޓަލުގައި މޫމިނާގެ ” ހަށި ” ވިއްކޭގޮތް ހޯދަން މުޒާހަރާކުރަންވީނުން؟ 70 އަހަރުވިޔަސް މިގައުމުގައި ނިކަން ބިދޭސީން ގިނައޭ މޫމިނާ

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>