The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

Archive for December 6th, 2009

އީދު ޗުއްޓީގެ ހަނދާންތައް: 2 – ރަށްކުރިއަރުވާ ކޮމެޓީތައް އުވާލީ ސަރުކާރު ހިންގަން ފައިސާ ހޯދަން! ޤާނޫނީ ހައިޞިއްޔަތު ނެތިގެނެއް ނޫން

Posted by ހިމޭން އިންގިލާބު on 2009/12/06

މިއުޅުއްވާ ކެރަފާ ނަޝީދު ނުވަތަ އަލްފާޟިލް ބުއްޅަބެ ދިވެހިންނަށް އަންނަ ދީނީ އުފާވެރި މުނާސަބަތު ތަކާއި ގުޅުވައިގެން ދިވެހި ރައްޔިތުންގެ ކަރަށްފައިއިންއެރޭތޯ ބައްލަވައެވެ. ނުވަތަ ބޮލަށް ކޮށްޖެހޭތޯ ބައްލަވާނެއެވެ. މިބޭފުޅާ ވެރިކަމަށް އިސްވެ ފުރަތަމަ އައި ރަމްޟާން މަހާއި ދިމާކޮށް ސިވިލްސާރވަންޓުންގެ މުސާރަ ކުޑަކޮށް މުވައްޒަފުންތައް ކަނޑާނެ ކަމުގެ އިންޒާރު ދެއްވާފައިވެއެވެ. ޖޯޖުބުޝް މުސްލިމުންނަށް ހަދިޔާދޭ ފައިން ފުރަތަމަ ރަމްޟާން މަހާއި ދިމާކޮށް މިމުނާފިގު ކަލޭގެ ކުޅަކަމަކީ މިކަންތަކެވެ. ރަމްޟާންމަސް ހުސްވެ ބޮޑުއީދާއި ކުރިމަތިލީއިރު ޖެހޭނީ ކޮންފަދަ މުސީބާތެއްބާވައޭ ހިތާ ހުއްޓައި ލައިގެން ކަންތައްގަނޑު ވަކިން ދެރައެއް ނުވިއެވެ. މާތްވެގެންވާ ހައްޖު ދުވަހާއި ދިމާކޮށް މިކަލޭގެ ވައިފުޅި އަޅައިގެން ފީނަންދާ ބައިގަނޑުއެއްކޮށްފައި މީނާގެ ސަރުކާރު ހިންގުމަށްޓަކައި ކުޅަ މޮޅު ބުއްދިއަކީ ރައްޔިތުން އެތައް ދުވަހަކު އެއްކޮށް ފޮރުވާ ޖަމާކޮށްފައި ހުރި ފައިސާކޮޅަށް އަތްގަދަކޮށް އެއެތިކޮޅު ދަމައިގަތުމަށްޓަކައި ރަށްރަށުގައި އުފައްދާފައިވާ ރކ ކޮމެޓީ ތަކަކީ “މިހާރު” ޤާނޫނީ ކޮމެޓީ ތަކެއް ނޫންކަމަށް ހުސްނޫ ސޫދު ލައްވާ ލިޔުމެއް ލިޔެފައި މިކަން ވައިފުޅި ކޮމެޓީން ފާސްކުރުމެވެ.  Read the rest of this entry »

Posted in ހަޖޫޖެހުން, މުހިއްމު ޚަބަރު, ފާޑުކިޔުން, ޚަބަރު ދިރާސާ | 5 Comments »

ޢިލްމީ ދިރާސާ: ޓްރެޒަރީ ބޮންޑް ވިއްކައިގެން ހޯދާ ފައިސާ ބޭނުންކުރެވޭ ގޮތަކުން ދިވެހި ގައުމު ހީނުކުރާފަދަ އިގްތިޞާދީ ވަޅުގަނޑަކަށް ވެއްޓިދާނެ: އިންޓަރެސްޓް ކަވަރުކުރަން ޖެހޭނީ ފައިސާގެ ކަޅުބާޒާރެއް އުފައް ދަން

Posted by ހިމޭން އިންގިލާބު on 2009/12/06

އަދުގެ ސަރުކާރުން، ދައުލަތުގެ ދަރަނި ޓްރެޒަރީ ބޮންޑްގެ ގޮތުގައި ވިއްކައިގެން ރާއްޖެއަށް އިތުރު ބޭރުފައިސާ ނުވަތަ ސަރުކާރުގެ ކޭޝްފްލޯ އިތުރު ކުރެވިދާނެކަމީ އެއީ އޭގައި ގޯހެއް އޮތްކަމެއް ނޫނެވެ. ނަމަވެސް މިގޮތަށް ޓރެޒަރީ ބޮންޑް ވިއްކައިގެން، ޚާއްސަކޮށް ރާއްޖޭން ބޭރަށް ވިއްކައިގެން ހޯދާ ފައިސާ ދިވެހ ސަރުކާރުން ބޭނުންކުރަނީ ކޮންކަމަކުތޯ ބަލަން ޖެހެއެވެ. އެއީ ގޯސްކަމެއްތޯ ނުވަތަ ރަގަޅުކަމެއްތޯ ކަނޑައެޅޭނީ އެފައިސާ އިން ކުރާ ބޭނުމެއްގެ މައްޗަށެވެ. ވީމާ މިކަމުގައި އިގުތިޞާދީ އިލްމީ ނަޒަރަކުން އަޅުގަނޑުމެން ދެކޭ ގޮތާއި، މިކަމުގެ ނުރައްކާ ދިވެހި ސަރުކާރަށް ކުރިމަތިވެދާނެކަމަށް ފެންނަ ގޮތުގެ މައްޗަށް ދެތިން ނުކުތާއެއް، ރައީސް ކެރަފާ ނަޝީދާއި، މާލީވަޒީރު އަލީ ޙާޝިމުގެ ސަމާލުކަމަށް ވަރަށް އަވަހަށް ގެންނަން ބޭނުންވެއެވެ. އަދި މަޖުލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް މިނުކުތާތަކަށް ވިސްނެވުމަށް ދަންނަވަމެވެ. Read the rest of this entry »

Posted in އަވަސް ދިރާސާ, ދިރާސާ, ޢިލްމީ ދިރާސާ | 6 Comments »

އެމްޑީޕި ޕާލަމަންޓް މެމްބަރުންގެ ތެރޭގައި، އަންނަ އަހަރުގެ ބަޖެތް ހަދާފައިވާގޮތާއި މެދު ބޮޑެތި ހިތްހަމަ ނުޖެހުން

Posted by ހިމޭން އިންގިލާބު on 2009/12/06

މަޢުލޫމާތު ލިބެމުންދާ ގޮތުގައި، ސަރުކާރުން އަންނަ އަހަރުގެ ބަޖެޓް ހަދާފައިވާ ގޮތާއި މެދު އިދިކޮޅު ޕާޓީތަކުން ފާޑުކިޔާ ކިޔުމަށްވުރެ ބޮޑަށް، ސީދާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމާއި ހިތްހަމ ނުޖެހުން މާ ބޮޑުޑުވެއެޖެއެވެ. ނިސްބަތުން ފާއިތުވި ދެ އަހަރަށްވުރެ ކުޑަ ބަޖެޓެއް މާލީ ވަޒީޜު ހުށަހަޅުއްވާ ދެއްވާފައި ވާއިރު، މިއަހަރު އެކިދުވަސްވަރު އެކި ރަށްރަށުގައި، އެކިއެކި ފަރާތްތަކަށް ކޮށްދެއްވާނޭކަމަށް ވިދާޅުވި ކަންކަން ބަޖެޓްގައި ހިމަނުއްވާފައެއް ނުވެއެވެ. ރައިސް ކެރަފާ ނަޝީދުގެ ވިދާޅުވުމަށް މަޖުލީހުގެ އެމްޑީ މެމްބަރުން ވަނީ އެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ދައިރާތަކުގެ މެމްބަރުންނަށް ނުހަނު ބޮޑެތި ވައުދުތައް ވެވަޑައިގަންނަވާފައެވެ. ފްލެޓް އެޅުމާއި، ފަޅުކޮނުމާއި، ގޭސްހޮޅިއެޅުމާއި، ނަރުދަމާ ހެދުމާއި، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، މިފަދަކަންކަމުގެ ވަޢުދުތައްވަނީ އެކި މެމްބަރުން އެބޭފުޅުންގެ ދާއިރާތަކުގައި ވެވަޑައިގަންނަވާފައެވެ. Read the rest of this entry »

Posted in އަވަސް ޚަބަރު, މުހިއްމު ޚަބަރު, ޚަބަރު | 3 Comments »