The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ކުއްލި ޚަބަރު: ކިނބިދޫގައި ފާޅުގައި ކްރިސްޓިއަން ދީން ފަތުރަން މަސައކަތް ކުރަމުން ދިޔަ ޑޭވިޑް ހައްޔަރު ކޮށްފި

Posted by ހިމޭން އިންގިލާބު on 2009/12/11

ތ. އަތޮޅު ކިނބިދޫގައި ފާޅުގައި ނަޞާރަދީން ފަތުރަން މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމުގައިވާ ޑޭވިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ކްރިސްޓިއަން ދީނަކީ އުޑުތަކާއި ބިންތަށް ހެއްދެވި އެއްކައުވަންތަ އިލާހު، ﷲގެ ރަސްކަންފުޅުގައި ވަރަށް ނުބައި ތުހުމަތެއް އަޅުވާ އެތުހުމަތު މީސްތަކުން ލައްވާ ގަބޫލުކުރުވުމުގެ މައްޗަށް ޔަހޫދީން ހަދައިގެން އުޅޭ ޣައިރު ދީނެކެވެ. ޢާލަމްތަކުގެ ވެރި އެއްކައުވަންތަ ﷲ އާއިމެދު ޔަހޫދީން ކޮށްފައިވާ ތުހުމަތަކީ، އެއްދުވަހަކު އެކަލާގެ ބިމަށް ފައިބާ ވޮޑިގެންނެވުމަށްފަހު ޔަހޫދީންގެ ބިކުރުވެރި އަންހެން ކުއްޖެއް ކަމުގައިވާ މަރިޔަމުގެ އިއްފަތް ފޭރި ވޮޑިގެން ކަމުގައެވެ. އެއަށްފަހު މަރިޔަމު ބަލިވެ ބައިންދަވާ އީސާ ނަމަކަށް ކިޔުނު ފިރިހެން ކުއްޖަކު ހޯއްދެވި ކަމުގައެވެ. ދެން ޔަހޫދީން މުޒާހަރާކޮށް މައްސަލަ ޖެއްސާ، މަރިޔަމުގެ ފާނު ނަހަލާލު ކުއްޖަކު ހޯދައިފިކަމަށް ބުނަން ފެށުމުން، އެއްކައުވަންތަ އިލާހު ނުވަތަ ﷲ، އީސާގެ ފާނަކީ އެކަލާނގެ ދަރިކަލެއްކަމުގައި އެއބަސްވެ ވޮޑިގެން، އެކަލާގެ ޔަދުގުދުރަތްތެރިކަމާއި އިލާހުވަންތަކަން އެދެމައިންނާއި ހިއްސާކުރައްވާ، ޢާލަމްތަކުގެ މިލްކުވެރިކަންވެސް އެދަރިފުޅާއި ހިއްސާ ކުރައްވާ، ކަލާނގެ ވަންތަ އާއިލާއެއް ކަމުގައި އެއާއިލާ ވޮޑިގެންފިކަމުގައެވެ.

މިއީ ނެތުމުގެ ތެރެއިން އާދަމް އަލައިހިއްސަލާމް އުފައްދަވާ އެކަލޭގެ ފާނުގެ އަރިކަށީގެ ކަށިކޮޅަކުން ޙައްވާގެ ފާނު އުފެއްދެވި ފަދައިން، ﷲ އެކަލާނގެ ރަސޫލާ އީސާ އަލައިހިއްސަލާމް ބައްޕަޔަކާއި ނުލާ މަރިޔަމުގެ ފާނުގެ ރަހިމުގައި ގަރުބަގަންނަވާ އިސްލާމް ދީނާއިގެން ފޮނުއްވުމުން ޔަހޫދީން ﷲގެ މައްޗަށް ކޮށްފައިވާ ނުބައިވެގެންވާ ތުހުމަތެކެވެ. ﷲ ގެ ރަސްކަންފުޅުގައި އަޅުވާފައިވާ ނުބައިވެގެންވާ އިލްޒާމެކެވެ. ބޮޑުވެގެންވާ ދޮގެކެވެ. ފަހެ ޔަހޫދީންނާއި ނަޞަރާއިންނަށް ހަލާކު ހުއްޓެވެ.

ދިވެހިރާއްޖެއަށް އައިސް ދިވެހިންގެ ރަހުމަތްތެރިޔަކަށް ހެދިގެން ހުރެ ޑޭވިޑް އާއި އެނާގެ ބައިވެރިން ތ. ކިނބިދޫގައި ކުރާ މަސައްކަތަކީ މިފަދަ ބޮޑު ދޮގެއް މީހުން ލައްވާ ގަބޫލުކުރުވުމަށް މަސައްކަތް ކުރުމެވެ. ﷲ އާއި އެކަލާނގެ ރަސޫލުންނާއި މެދު ދޮގު ހަދާ ނުބައި ތުހުމަތާއި އިލްޒާމު އަޅުވާ އެދޮގުތަކާއި އިލްޒާމުތައް ދިވެހިން ލައްވާ ގަބޫލުކުރުވުމަށް މަސައްކަތް ކުރުމެވެ. އަދި އިންސާނިއްޔަތުގެ ނަމުގައި، ކުށެއް ނެތް އެތަކެއް މައުސޫމު މުސްލިމް ދިވެހި ކުޑަކުދިން އެކުދިންގެ މައިންފައިންނާއި، ގާތްތިމާގެ މީހުނާއި، މުދައްރިސުންނަށް އެގުމަކާއި ނުލާ، އެކުދީންގެ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދައިން ވަގަށް ނަގަނީއެވެ. މިފަދަ ބޮޑު ދޮގެއް ﷲ އާއި އެކަލާނގެ ރަސޫލުންނާއި މެދު ހަދާ، އިންސާނުން ލައްވާ އެއްކައުވަންތަ ﷲ އަށް ޝަރީކު ކުރުވުމަށް ޔަހޫދީންނާއި ނަޞާރާއިން ކުރަމުންދާ މަސައްކަތް ތަކަކީ އިންސާނިއްޔަތާއި، ހަމަބުއްދިއާއި ދެކޮޅަށް އެމީހުން ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ. މިމީހުންނަށް ބޮޑުވެގެންވާ އަދަބު ދެވެނެޖެހޭނެއެވެ.

ޚަބަރު ލިބޭ ގޮތުގައި ފުލުހުން ޑޭވިޑް އުޅޭ ގެއަށް ވަދެ، އޭނާ ގެންގުޅޭ އީސާއީ ދީނުގެ ފޮތްތަކާއި، އެފޮތްތަކުގެ ސޮފްޓް ކޮޕީވެސް މިހާރުވަނީ އަތުލައިގަނެފައެވެ. ނަމަވެސް މިމީހުންގެ އެންމެ ބޮޑު މަދަދުވެރިޔާ، ދިވެހިރާއްޖޭގެ ޚުދުމުޚުތާރު ވެރިޔާ، ރައީސް ކެރަފާ ނަޝީދު މިމީހުން ހިމާޔަތް ކުރާނެ ކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ. ރައީސް ކެރަފާ ނަޝީދު ގެންދަވަނީ ދިވެހިރާއްޖޭގައި އެމީހުންނަށް އަޅުކަން ކުރެވޭ ގޮތް ހެދޭތޯ މަސައްކަތް ކުރަމުންނެވެ.

ނޯޓް: ޖަމްޢިއްޔަތުއްސަލަފް ގެ ޢިއްޒަތްތެރި ރައިސް ފަޟީލަތުއްޝައިޚު ޢަބްދުﷲ އިބްނު މުޙައްމަދު އިބްރާހީމާއި، ރާއްޖޭގެ އެހެނިހެން ދީނީ ޢިލްމުވެރިންގެ ސަމާލުކަމަށް ދަންނަވަމެވެ. މިޚަބަރުގައި ނަޞަރާދީނުގެ ތައާރަފް އަޅުގަނޑުމެން ގެނެސްދީފައިވާ ގޮތް ބަދަލުކުރާކަށް ގަސްތެއް ނުކުރަމެވެ. ސަބަބަކީ، ފާޅުގައި، މިމީހުން ﷲ އާއި އެކަލާނގެ ރަސޫލުންނާއި މެދު މިކުރާ ދޮގު ދައުވާގެ މާނަ ދިވެހި އާޒުވަނުނަށް އެގޭ ބަހުރުވައިން ކިޔާދެވި، ބޮޑުވެގެންވާ މަލާމާތަކާއި ފުރައްސާރަކުރުމަކުން މިމީހުނާއި ދިމާކުރަން ނުފައްޓާހާ ހިނަދަކު އެކަމުގެ ފައިދާ މިވެރިން ނަގާނެއެވެ. މިނޫންގޮތަކަށް މާތަންދޮރު އެގޭކަމަށް ހެދިގެން އައިސް ރާއްޖޭގައި ވާހަކަދައްކާ މުނާފިގުން މައިތިރިއެއް ނުވާނެއެވެ. ވީމާ މިޚަބަރުގެ އިބާރާތް އެގޮތުގައި ބެހެއްޓުނަ ދެއްވާށެވެ. އެބަޔަކު ދިމާކުރާގޮތަކަށް އެބަޔަކާއި އަހަރެމެން ދިމާކުރާނަމެވެ. އަދި އެގޮތުގައި އިސްލާމް ދީން ދިފާޢުކުރާނަމެވެ. އިންޝާﷲ.

8 Responses to “ކުއްލި ޚަބަރު: ކިނބިދޫގައި ފާޅުގައި ކްރިސްޓިއަން ދީން ފަތުރަން މަސައކަތް ކުރަމުން ދިޔަ ޑޭވިޑް ހައްޔަރު ކޮށްފި”

  1. މާދު said

    ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަޅުގަނޑު މި ކޮމެންޓް ލިޔަމުން ގެންދާއިރު ( 12 ޑިސެމްބަރ 09 – 23:15 ) ޑޭވިޑް ހުރީ ހުޅުލޭ އައިލެންޑް ހޮޓަލުގައި ބަހައްޓާފައެވެ. މިކަންވީގޮތަކީ ފުލުހުންގެ ކަސްޓަޑީގައި އެކަލޭގެ ބަހައްޓާފާ ހުއްޓާ ވަގުތުން ސަރުކާރުގެ ޚަރަދުގައި އެހޮޓަލަށް ބަދަލުކުރަން އެ އެންގި ފަރާތަކުން އެންގީއެވެ. މިހާރު އެކަލޭގެ އެތާ ހުރެގެން އޭނާގެ އަޢްވާނުންނާ ކެނޑިނޭޅި އެވާހަކަ ދައްކާ ރޭވުންތައްރާވާ އެބަހަދައެވެ

  2. [...] DAVID Hahyaru kohffi.. [...]

  3. ukhthu hawwa said

    emeehunnah himaayah dheegen misarukaarun ulhenee … ehen ve faalhugai baeh ge there ah birakaa nulaa faavegane gen ulhen kerunee … evves dhivehi dhariyaku mifadha kamakah tharheeb nudhechchey… ikhlaas therikamaa eku thimaa akee ves dheeneh oiy meehaku dhanegen mifadha balaaverika mun salaamaiy vumah hurihaa lobuvethi akhunnaa ukhthunnah edhen

  4. dhonbe said

    e David kiyaa kaleyge e ee emme meeheh nooney . eynage bodu baigadeh e ee… emeehun lakka masahkaiy kurey … mihaaru konmeves ehen echchekey kiyaigen dhen thibi meehun kure ekaku annaane.. meekee huttumeh oiy kameh noon .. aharemen jeheynee faaralaigen thiben .

  5. ކޮނޑޭ said

    އިސާން ބުނެފައި އޮތީ ވަރަށް ބޮޑަށް ގަބޫލުކުރެވޭ ވާހަކައެއް. އޭނާ ހަމަ ހިމާޔަތްކުރީ. މައްސަލައެއް ނެތް ހިމާޔަތްކޮށްގެން ވިޔަސް އެކަލޭގެ މިތަނުން ފޮނުވާލުން މުހިއްމީ. އަދި އޭނާގެ ޖާނަށް ވެސް ގެއްލުމެއް ނުވާގޮތަށް މިރާއްޖޭން ފައްސާލެވިއްޖެއްޔާ ރަނގަޅީ. ބޮޑު ބަލާއެއް މި ނަސޯރާ ބައިގަނޑު މުސްލިމުންނާ ބެހިގަނެގެން ފާޑުފާޑުގެ ވެބްސައިޓް ހަދައިގެން މުސްލިމުންނާ ދިމާކޮށްލައިގެން އުޅޭވަރުން. ދިވެހިންގެ ތެރޭގަ ތިބި ހަޔެއްކަ މޯލުން ވެސް އިނގިރޭސިންގެ ގުއިނުދޮވެ، ފެން ނުވަރާ ދަތް ނޫގުޅާ ގައިގައި ބިޔަރު ހުތްވަސް ހިއްޕައިގެން އުލޭ ގޮތް ރީތިވެގެން ހީވަނީ އެހެންކަމެއްހެން.

  6. ބިސްމަޅި said

    މީނާ މާލޭގައި މިކަމެއް ކުރިނަމަ ހިލާނުކެރޭނެ ހިއްސުތަށް ހަމައަށް ބަހައްޓައިގެން އެނބުރިދާކަށް. މިކަން އެގޭތީކަންނޭގެ މީސްކޮޅު މަދު ރަށްރަށުގައި މިކަމެއް މި ކުރީ. އަހަރެން ހިތައް އަރާ މިރަށުގެ މީހުން ހާދަހާވާ ފިނޑިއޭ. ނިކަން އައްޑުއަށް ނުވަތަ ބޮޑުތިލަދުންމައްޗަށް އަރާ މިކަން ކޮށްބަލަ. މަ ބުނާނަން މޮލޭ ހަފްތާޔަކު މިކަން ކުރެވުނަސް. އަދިވެސް އެބަ ހިތައްއަރާ މީނާގެ ގައުމުގައި އުޅޭ ތަނެއް އެނގުނަސް ފަހަތުން ގޮސް ގޯނާއެއް ކޮށްލާނަމޭ

  7. އިސާން said

    މިއޮއްހުރިހާ ދުވަހު މި ޑޭވިޑް އޭ ކިއުނު ބަކަރި ރާއްޖޭގެ ލޮބުވެތި މުސްލިމުން ކްރިސްޓިއަން ދީނަށް ވައްދަން ލައްކަ މަސައްކަތްކުރި އަދި މީނާގެ ވާހަކަތައް ސަރުކާރަށް އެކިއެކި ގޮތްގޮތުން އަންގާތާ މިހާރު އެތައް ދުވަހެއްވުމަށް ފަހު ކުއްލިގޮތަކަށް މީނާ ހައްޔަރު މި ކުރީ ކީއްވެގެންކަން އެނގޭތޯ؟ މި ވީގޮތަކީ އައްސޮލީބު މުހައްމަދު ނަޝީދު ގެ ސަރުކާރުން މީނާ ހައްޔަރު ނުކުރާނެކަން އެނގިގެން ދެން މީނާ ހުއްޓުވޭނެ ހަމައެކަނި ގޮތަކީ މީނާ ހަނދާން ހުންނަވަރުގެ ހޮޓިއެއް ދީގެންކަން މީހުންނަށް ގަބޫލުކުރެވިގެން ބަޔަކު މީނާއަށް ހަމަލަދޭން ރޭވި ރޭވުމެއް ފުލުހުންގެ ޖާސޫސޫންނަށް އެނގުނީ. އެހެންވެ އޭނާ ހިމާޔަތްކުރީ. ދެން އޭނަކައިރި ބުނިކަމަށްވަނީ މީހާރު ކަންތައް ހުރިގޮތުން ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަމެއް ނެތޭ ތިމަންނާމެންނަށް ފެންނަނީ ދުވަސްކޮޅަކަށް އެނބުރި ދާށޭ، ފަހުން އަންނާނީއޭ އެހެން ރަށަކަށް. ނޫނީ އެނބުރިގޮސް އެހެން މެމްބަރަކު ފޮނުވާށޭ، އެހެންނަމަވެސް މިފަހަރު ކުރިހެން އެހާބޮޑަށް ފާޅުގައި ކުރީމަ އަހަރެމެންނަށް ކުޑަކޮށް ދަތިވެއޭ މީހުންގެ ޝަކުވާއާ ހެދި

    • ukhthu hawwa said

      ehen dhoa ? ehen noon nama adhives thimeehaa gandu thirashugai thi masaiykaiy kuran hunnaane…varah varugadhakamennu….

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>