The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

އިކޮނޮމިކް މިނިސްޓްރީގެ ވެރިންގެ ނުބައި ރޭވުން ގަނ ޑު

Posted by ހިމޭން އިންގިލާބު on 2009/12/11

ރަލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަސްދަރު، އާދެ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ފަހެ މިފަދަ އެއްޗެއް ހުއްދަކޮށް އެފަދަ އެއްޗެއްގެ ވިޔަފާރި ހުއްދަކުރަން އުޅޭ ބައެއްގެ އިސްލާމްކަން ހުންނާނީ ކިހާ ހިސާބެއްގައި ތޯއެވެ! ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީއާއީ ބަނގުރަލާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ވަކީން ޚާއްސަކޮށް ދިވެހި ފަތުރުވެރިކަމާއި ބަނގުރަލަކާ އެއްވެސް ގުޅުމެއް ނެތެވެ. ފަތުރުވެރީން ރާއްޖެ އަންނަނީ، އެމީހުންގެ ފިނިމޫސުމާއި ދިމާކޮށް، ނޫނީ އެމީހުންގެ ހޫނުމޫސުމާ ދިމާކޮށް ރާއްޖޭގެ ހިތްގައިމު މޫސުމާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހަމަހިމޭން ޖައްވުގައި އަމާން ކަމާއެކު އެމީހުންގެ ޗުއްޓީހޭދަކޮށްލާށެވެ. ފަހަރެއްގައިވެސް އެމީހުންގެ ގައުމުގެ ބާޒާރުން ރަލާއި އޫރުމަހާ މަސާޖް ޕާލާތައް ހުސްވެގެންނެއް ނޫނެވެ. ބުލޫފިލްމު ކުޅެމުންދާ އިކޮނޮމިކު ސްޓޭޓް މިނިސްޓަރަކަށްވެސް އެވަރުނޭގޭ.

ޖަނަވާރުންގެ ބުއްދި ހުންނަ އިންސާނުންނަށް މިކަން ނުވިސްނުނު ކަމުގައި ވިޔަސް، ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް މިކަން އެގޭނޭމެއެވެ. ތިޔަހެން އަމިއްލަ ” ވެބުސައިޓްގަ” ފާޑުފާޑުގެ ވާހަކަތަށް ލިޔެގެން އަޅުގަނޑުމެން ވާވައްދަން ނޫޅޭށެވެ. އަދި ކޮންމެހެން އިގްތިސާދޭ ކިޔައިގެން ދިވެހި ގައުމުގެ ލޮބުވެތި މުސްލިމުން އޮޅުވާލަން މަސައްކަތް ނުކުރާށެވެ. ދިވެހިން ތިބީ ވަރަށް ސާފު ޢަގީދާއެއްގެ މަތީގައެވެ. އިސްލާމީ އަލިގަދަ ނޫރުން އެއްކިބާވެ، ސިކުނޑި ދޮވެލެވިފައިވާ ބަޔަކީ ތިޔަސަރުކާރުގަ 24 ގަޑިއިރު ލޯމެރިފަ ހަމަހޭގަނުތިބޭ މީހުންކަން ރައްޔިތުންނަށް ވަރަށް ރަގަޅަށް އެގޭ.

އަދި ބުނަމެވެ! ކާފަރުންގެ ތެރެއިންވެސް އެމީހުންގެ ނަފްސަށް ޙުރުމަތްތެރިކޮށްހިތާ މީހުން ރާބޯންބޭނުމެއް ނުވާނެއެވެ. އޫރުމަހެއްވެސް ނުކާނޭމެއެވެ. ކާފަރުންނަށް ވިސްނޭވަރަށްވެސް އިކޮނޮމިކް މިނިސްޓްރީގަ ތިބޭ ވެރިންނަށް ޚާއްސަކޮށް ބްލޫފިލްމު ކުޅޭ ސްޓޭޓް މިނިސްތާރަށް ނޭގޭވިއްޔާ!

ދެން ތިޔަކުރާ ދައުވާއަކީ ކުރިން ވެސް ދިވެހިރާއްޖޭގައި ބަނގުރާ ވިއްކައި އުޅުނު ވާހަކައެވެ. ކުރިން ކޮށްއުޅުނުކަމެއް ކަމުގައިވިޔަސް، އެކަމަކީ ތިމާޔަށް، އޭގެ ލާބަޔާއި މަންފާއަށް ވުރެ، ގެއްލުން ބޮޑުކަމެއް ކަމުގައި ވާނަމަ އެކަން ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ! ބަނގުރާ ވިއްކުމަށް މަސައްކަތް ތިޔަ ކުރާމީހުން ކުރިން އުޅެމުން އައީކިހިނަކުން ހެއްޔެވެ! މިހާރުވެސް ތިއުޅެނީ ކުރިން އުޅެމުން އައިގޮތަށް ހެއްޔެވެ! އަމިއްލަ ނަފްސާ ސުއާލު ކޮށްބަލާށެވެ. ވިހޭއިރު އުނުގައި ފޭރާމެއްވެސް ނެތެއްނޫން ހެއްޔެވެ! ދެން ހަމަ ފޭރާން ނުލައި އުޅެންވީހެއްޔެވެ!

ދިވެހި ގައުމުގެ ލޮބުވެތި ރައްޔިތުން ތިބީ ފުދިގެންނެވެ. ދެން ކޮންމެހެން އެމީހުންނަށް ރާބޯންދޭން އުޅޭނެކަމެއް ނެތެވެ. އަދި އެވިއްކައިގެން ލިބޭ ފައިސާއިން، ދިވެހިރައްޔިތުންގެ ހަލާލު ފައިސާ ކޮޅު ތަޢައްޔަރު ކުރަންވެސް ނޫޅޭށެވެ. އަދި ބަނގުރަލާއި އޫރުމަހާއި މަސާޖް ޕާލާތަކުގެ، ބަރަކާތް ކެނޑިފައިވާ ވިޔަފާރި ހިންގައިގެން ލިބޭ ފައިސާއިން ދިވެހި އިގްތިސާދު ކުރިއަރުވާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވާކަން ނޭނގެނީބާވައެވެ. ﷲ އިރާދަފުޅުން ތިޔަކަމެއް މި ދިވެހި ބިމަކު ނުކުރެވޭނެއެވެ. ހަނދާން ނައްތައިލާށެވެ.

މިހާރުވެސް ތިޔަބުނާ މީސްމީހުންނަށާއި ތަންތަނަށް ހުއްދަދިނުމުން ބަނގުރާ ޢާއްމުވެފައިވާ މިންވަރު ދިވެހިންނަށް އެބަފެނެއެވެ. ފާޓާފާޓާ ތަކުގައާއި ކޭސްކޭހުގަ އެހެރަ ގެންދަނީ ކިހާ ޢަދަދެއް ހެއްޔެވެ. ދެން މީހުން ދިރިއުޅޭ ރަށްރަށަށް އެ ހުއްދަ ދެވިއްޖެނަމަ ތިޔަމީހުން ކުޅޭނެ ކުޅިވަރު ތަޞައްވަރު އެބަކުރެވެއެވެ.

ހޭލާށެވެ! ހުއްދަ ދެވިފައިވާ ތަންތަނަށް، ހުއްދަ ދެވިފައި އެވަނީ ރައްޔިތުން އެކަމަށް ތަރުޙީބު ދޭތީ ނޫންކަމުގައިވެސް ދަންނަވަމެވެ. އެއީ ރައްޔިތުންނާއި ” ޑިމޮކްރެސީއާ ” ދެކޮޅަށް، ބަޔަކު ކުރުވަމުންދާ ކަމެކެވެ. އަދި ކޮބައިތޯއެވެ! އެހުއްދަ ތަކަކީ އެއީ މިއަދު ތިޔަ ގެނެސްގެން ތިޔައުޅޭކަމަށް ދައުވާކުރާ ޑިމޮކްރެސީއާވެސް މުޅީން ޚިލާފުކަމެކެވެ. ސަބަބަކީ ޑެމޮކްރެސީއަކީ ގިނަމީހުން ތިބޭކޮޅަކަށް އޮންނައެއްޗަކަށް ވާތީއެވެ. މުޅި ދިވެހި އުއްމަތްވެސް ތިޔަފިކުރާޔާ ދެކޮޅުކަން ދަންނާށެވެ. އަދި ދަންނަވަމެވެ! ތިޔައީ ދިވެހިގާނޫނު އަސާސީއާވެސް ޚިލާފުކަމެކެވެ. މިހެނީ އިސްލާމް ދީނާ ފުށު އަރާއެއްވެސްކަމެއް ދިވެހިބިމުގައި ނުކުރެވޭނެ ވާހަކަ ގާނޫނު އަސާސީގައި އޮންނަކަން ނޭނގޭނަމަ މިބުނެދިނީއެވެ.

އަދިވެސް ބުނަމެވެ! އަޅުގަނޑުމެން ރައްޔިތުން ބޭނުންވަނީ އެފަދަ ނަހަލާލު ވިޔަފާރީގެ ހުއްދަ އިތުރުކުރާކަށް ނޫނެވެ. ބޭނުންވަނީ ދީފައިވާ އެފަދަ ހުރިހާ ހުއްދައެއް ބާޠިލުކުރާށެވެ.

9 Responses to “އިކޮނޮމިކް މިނިސްޓްރީގެ ވެރިންގެ ނުބައި ރޭވުން ގަނ ޑު”

  1. kandugeri said

    ބަލަގަ! ގައުމުގައި ތިބި ބޮޑެތި ވަގުންނާއި ޚާއިނުންނަށް ވެރިކަން ތަބަކަކަށް ލާފަ ދިނީމާ ވާނެގޮތްމިވަނީ. މިކަމުގެ ޒިންމާ ހަސަން ސަޢީދާއި، ބުރުމާ ގާސިމްވެސް އުފުލަންޖެހޭނެ

  2. Sanfa said

    mi porn star ves maumoon vetti dhaanehen heevee hisaabun nagaa dhuvvaigathee Anni aa dhimaalah. Ma Anni nama kairives nukuraanan. Ma ves e flm beleemey .. chee chee. ekameh ves ragalhah neygey viyya .. e oh ulhunu vaththareh utha. Kobaatha e maje mihaaru.

    Oh … I heard you got a brain transplant and the brain rejected you!

  3. Utheemu Thakuru said

    Reminder for the State Minister for Blue Films: NEVER FORGET THAT, ONLY DEAD FISH SWIM WITH THE STREAM!

  4. Key said

    ސެކްސް ފިލްމު ކުޅުމުގެ ރޮނގުން މަތީ ތަޢުލީމު ހަދައިގެން ޕްރޮފެސަރަކަށް ވެގެން އުޅޭ މި ސުންޕާ ކަލޭގެއަކީ ވަރަށް ބޮޑާ ދައްޖާލެކެވެ. ކަން ދިމާވިގޮތުން އޮފީހަކަށް މުހުތާދެއްގައި ގޮސްފައި ނުކުމެ މަޑުކުރި މިކަލޭގެ އެތާނގައި ހުއްޓެވެ. ދައްކަނީ ބޮޑާކަމުގެ ހައްދެއް ނެތް ވަރުގެ ވާހަކަތެކެވެ. މިވާހަކަ ދައްކަމުން މި ސުންޕާ ދައްޖާލު ބުނަނީ، މިހާރު ބާރު މިއޮތީ އަހަރެމެންގެ އަތުގައެވެ. މިބާރުގައި އަހަރެމެން ބޭނުން ދުވަހަކު ތިބޭނަމެވެ. އަހަރެމެން އަތުން މިބާރު ދެން އަތުލަންޖެހޭނީ އަހަރެމެންގެ ބޮލަށް ބަޑިޖެހުމަށްފަހުގައެވެ. ބަޑި ހިފައިގެން އަރާއިރު އަހަރެމެންވެސް ބަޑީގައި ހިފާނަމެވެ. މާތް ﷲ މި ނުލަފާ ސުންޕާ ދައްޖާލުގެ ކިބައިން އަހަރެމެން ސަލާމަތްކުރައްވާށިއެވެ

  5. HeyLaa said

    Alhamen hadhdhavaa bodu kurevvi raskalaankoa eve.! alhamenge gawmuge emmehaa akhunnaa ukhthunnah heyovisnumeh minvaru kuravvai thaqwaaveri hitheh alhamen emmennah minavaru kuravvaifaandhey ve.. konme meehakahves kusheh kurevidhaane eve. namaves ekushak thawbaave alun nukurumah azum kanda alhai heyo magah vaasil vumun e faafa fussavaane eve. ekamaku faafa fussevumah edhi maai allah ge kibayah dhuaa kurun hutteve.

  6. Rahyithu meeha said

    PORN STAR AND KUDAA BUDAA ULHENEE DR. WAHEEDH GE FAMILY AH RESORTEH VIKKAN MEE VARAH MU’THABAR FARAATHAKUN LIBIFAIVAA KABAREH. DHEN KEE KURAANEE PORN STAR AKAH NETHEY GOTHEH. E EE HAMAIGA HUNNA GOLA EH NOON . d h e n f a i b a a . N o o n e e G a d h a k a m u n v e s b a l a a n a n

  7. rameez said

    Emmennah oluvaa laigen maa bodu economist akah vegen ulhey dhaharaa gey hudhuboa Minister Kudaa Budaa Rasheed ge vaahaka ekaku ves nudhah kanee keevve baa ey hithah ara eves.
    Hama gaimuves massaju paalaru thah eyna ah vegen huttaa liyaka nudhey ne eve.Eynaa ah kuran ingey kama kee massaju kurun viyya eve.

  8. އިސާން said

    ޕޯންސްޓަރއަކީ މިރާއްޖޭގެ ގައްދާރުންގެ ލިސްޓުން ބޮއްޅަބެއާ ވަރަށް ކައިރިން ކުރީ ސަފުން ޖާގަ ހޯދާފަ އޮތް މީހެއް. އިންވެސްޓް މޯލްޑިވްސް ހަދައިގެން މީނާ ގަންނަގަނޑެއް އެގިވަޑައިގަނޭތޯ؟ ދިވެހިރާއްޖޭގަ އިންވެސްޓްކުރުމަށް ޝައުގުވެރިވެގެން އިންވެސްޓްމޯލްޑިވްސްއަށް ލިޔުނީމައި މި ޕޯންސްޓަރ މި ހަދާގޮތަކީ އިންވެސްޓަރުގެ ކޮންޓެކްޓް ޑީޓެއިލްސް މީނާގެ ރައްޓެއްސަކަށް ދީގެން އޭނާ ލައްވާ އިންވެސްޓަރަށް ގުޅުވަނީ. ޕޯންސްޓަރއަށް އޮންނަނީ ކަޓެއް، އެކަޓު ބެހެނީ ކޮންކޮން ބަޔަކަށް ކަމެއް އަދި ނޭންގޭ. ވަރަށް ފަހުން ރިސޯޓެއް ވިއްކުމުގެ ޑީލެއްވެސް އެގޮތަށް ކޮށްލައިފި، މިހާރުއޮތީ ފައިނަލްވާން ވަރަށް ކައިރީގަ. ދުވަސްކޮޅަކުން ޓީވީން ގޮވާނެ ރިސޯޓް ވިއްކި ވާހަކަ. އޭރުން ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ އަޅުގަނޑު މިދައްކަނީ ތެދުވާހަކަ ކަން. ޕޯންސްޓަރއާ ގުޅިގެން މިކަން ކުރަނީ އަޅުގަނޑު ދަންނަ މީހެން. އަދި އިތުރު ރިސޯޓް ޑީލެއްވެސް އެބައުޅެޔޯ އަދި އެކަމަކު ދުވަސްކޮޅެއް ގަނާނެޔޯ އެޑީލަށް. މީން ކޮންމެ ޑީލަކުން ޕޯންސްޓަރއަށް މިލިޔަކާ ކައިރިކުރާ އަދަދަކަށް “ޑޮލަރު” އެބަލިބޭ އަޅުގަނޑު ހިސާބު ހަދާލިއިރު. އަނެއް ދިވެހިރާއްޖޭގަ މިއަށް ދެން ކިޔާ އިހްލާސްތެރިކަން

  9. mohamed said

    blue film kulhee state minister ge isthiufa ah govaalan. eyna kahala dhefukkeheri eh noonee ethanah laan annibe ah ves hama nufenunee tha? kihaa bodu balaaveri kameh tha mi fadha insaanunnaa hure. mulhi gaumu halaaku kuran vegen roona vegen thelhi baalanee. hadhan vee gothakee blue film state minister ge kurimathee faraathu gai hadhdhu jahan vee. eyrun hurihaa kameh ves hama jehidhaane insha allah.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>