ބެއްޔާގެ ފަންވަތް:- ސިވިލް ސަރުވީހުގެ ނޯކިރީންނަށް، އުސްތާޛް ނަޝީދު، ސައިކެއަޓްރިކް ފަރުވާއެއް ދެއްވައިފޫއޭ
Posted by ހިމޭން އިންގިލާބު on 2009/12/17
މިދީބުގެ ނަންހުރި ބެއިފުޅުންކުރެ، ރައްޔިތާގެ ޙައްޤު ނިގުޅައިގަންނަ ވެރިޔާއަށް އިދިކީލިބަހެއް، ފައުޅުގައި އިއްވައިލާން ކެރިކުޅަދާނައީ ދާދި މަދު ބަޔަކު ކަމުވެފައި، އެއިގެތެރޭންވެސް، ހުއްޖަތާއެކު، ދޫފުޅުފަސޭހަކޮށް، އަދި އެހައިމެ ފަށުއި ޢިބާރާތުން، ކޮންމެފަދަ ނާމާއެއްގައި ވާހަކަފުޅު ދައްކަވާ އެއް ބެއިފުޅަކީ، މައްޗަންގޯޅި ރާރޮހިގޭ އަލްއުސްތާޛް މުޙަންމަދު ނަޝީދޭ. ﷲ އެ މަނިކުފާނަށް ދެއްވި ޢިލްމާއި ހުނަރުގެ ބޭނުން ހެޔޮގޮތުގައި މި ދީބަށް މިންވަރު ކުރެއްވުމަށް، ދުޢާކުރަމޭ. ފައިބެ އަހަރާއި، މި ވެއަތުވާ އަހަރާއި، އަދި އަންނާން އޮތް އަހަރަކީ، ﷲ އިރާދަކުރެއްވި ގޮތުން، މި ދީބުގެ އަހުރަވެތި ކަތުނަށް، ހިތްދަތިކަމާއި ވޭން، އުފުއްލާން ޖެހޭ ދުވަސްތަކެކޭ. ކަމުގެ ޙިކްމަތާއި ސަބަބުތައް ދެނެވޮޑިގަތުން ވަނީ ﷲ އަށޭ. މި ބުނި ވޭނާއި އުދާހުން ސިކުނޑި ކެކެމުންދާ އެއް ބަޔަކީ ސިވިލް ސަރުވީހުގެ ނޯކިރީންނޭ. ކަނޑައިލާނަމޭ، ނައްތައިލާނަމޭ، ބިކަ ކޮށްލާނަމޭ، ވަންހަނާގައި ބުނަމުން، ހަމަ އެކަކަށްވެސް މި ސަރުކާރުގައި ދެރަގޮތެއް ނަހަދާނަމޭ، ފައުޅުގައި ވިދާޅުވަމުން ގެންދަވާ، މި ސަރުކާރުގެ ރައީސް އަންނިއަކީ، އިތުރުފުޅު ހެއްދެވުމުގެ ނޯބެލް ޕްރައިޒަށް ހޮވުން އެންމެ އެކަށޭނަ ހެޑް އޮފް ސްޓޭޓް ކަމު ނޫނީ ނުފެނެޔޭ. ބިރުވެރިކަމުގެ މި ހާލަތުގައި މި ދީބުގެ އެތަކެއް ހާސްކަތުން ތިއްބައި، އުސްތާޛް ނަޝީދު ދިޓީވީން ފޮނުއްވި ބަޔާނުގެ ސަބަބުން، އެއުރެންގެ ހިތްތަކަށް ކޮންމެވެސް މިންވަރެއްގެ ފިނިކަމެއް ލިބިއްޖެޔޭ.
ގައުމެއްގެ ރައްޔިތަކު އެ ގައުމަކަށް ކޮށްދޭހުށި އެންމެ ހެއު ކަމަކީ، އެ ގައުމެއްގެ ރައްޔިތުންނަށް އުހައު ފާގަތިކަން ގެނެސްދިނުންކަމު ނޫނީ ނުވާނެޔޭ. މިނިވަންކަމާއި، ތިޔާގިކަމާއި، ހޭލުންތެރިކަމާއި، ޒަމާނީ ކުރިއެރުންތައް ލިބިގަތުމުގެ މުރާދަކީ، ރައްޔިތުންނަށް އުހައުވެރިކަން ގެނެސްދިނުން ފިޔަވައި އެހެން ކަމެއް ނޫނޭ. މި ބަހީ ތެދުކަމުވަނީ ވިއްޔާ، އުސްތާޛް ނަޝީދުގެ އެ ބަޔާނާއި އެޔަށް ލިބޭ އިޖާބަޔަކީ، ކުރިން ބުނި ހާސްކަންމަތީގައި ތިބި ބަޔަކަށް ކިހައި އުހަލެއް ލިބިދޭނެ ކަމެއްހޭ.
ކޮންމެ ކަތަކީ، ވަކީލަކުކަމު ނުވެފައި، ދަންނަ މީހުނާއި ނުދަންނަ މީހުން އެއްވަރު ނުވާހުށިކަމުން، ދައުލަތުގެ ނޯކަރުންގެ ނޯކިރީ ގެއްލެމުން ނެތެމުން މި ދަނީ، ގާނޫނުގެ ހަމަޔަކުން ނޫންކަން، އުސްތާޛް ނަޝީދު ވިދާޅުވުމާހަމަޔަށް، މަދުބަޔަކަށް މެނުވީ ފަހުމުވެފައެއް ނެތޭ. ކަން ހުރިމަގު އެނގުނުކަމަކު ނުނިމެޔޭ. މިހެނީ މިއްޔަކީ، ހަމަގައިމުވެސް، ގޮތެއްފޮތެއް ނެތް މި ސަރުކާރުން ބަލައިގަންނާނޭ ކަމެއް ނޫނޭ. އަދި ކިޔެއްތަ! ސިވިލް ސަރުވީހަކަށް މެ އެއްވެސް އިތުރު ގޮތެއް ނެހެދޭނެޔޭ. އެއީ ކިޔެއްވެހޭ؟ ގޯތިވަގުމެންފަދަ، އަންނީގެ ހަޔާތްކުޑަ ފަހުލަވާނުން، ގާނޫނުގެ ވަތުކަންގަނޑު ދަށުން ވިޔަސް، މިޔަށް ދޭނޭ އިޔަހޫދި ރައްދެއް ނެރި، އެ ކަން ނުކުރާނޭ ކިތަންމެ ބަހަނާޔެއް ދައްކާނެއްޏާއޭ. އަދި ޑަކްޓަރު ލަޠީފު ގެނަސް، އެ ގޮތަށް އެ ކަން ނުކުރާން އަންނި އިންޒާރުވެސް ދޭނެންޏާއޭ. ނުވިތާކަށް މިހާރު މާލިއްޔާއިން، ލަޠީފަށް އަންގަނީޔޯލައޭ. ކަލޭ ނޯކިރީ ދިންކަމަކު، އުޖޫރަދޭނޭ ފައިސާއެއް ތިމައުރެން ނުދޭހުށީމުއޭ. ގަންނާކުރައްވާ ބިރަކާއި ލަދަކުން، މި ޚަބަރުތައް ނާމާޔަކަށް ހާމަކުޅައުމަކަށް ލަޠީފަކަށް ކެރިވަޑައެއް ނުގަނެޔޯލައޭ.
މި މައްކާރުންގެ ގޮތްކުޑަކަން ނިކަން ދެކިބަލާށޭ. އަންނި އެޅިހައިބަތަކަށް ރިހަވެގެން އުޅޭ ބެއްޔާގެ އަޚަކު، ބުނެތްޕޭ، ނިކަންވިސްނައިބަލަހަރޭ ރައީސް ނަޝީދުގެ އިންސާފުވެރިކަން. ބެއްޔާބުނީމޭ ނިކަން ކިޔައިދީ ބަލަހަރޭ. ދެން ބުންޏޭ. އެ މަނިއްޕުޅުގެ ޚިޔާލުފުޅު ހުރިގޮތަކީ، ނޯކިރީގެ ފައިސަލާއެއް ޓްރައިބިއުނަލުން ނިންމައި ނޯކަރުކަލޭގެ ނޯކިރީއަށް ރުޖޫޢަކުރާން އަމުރުކުޅަކަމަކު އެކަން ވަގުތުން ކުޅައުމެއް ނޫނޭ. އެއިގެ އިސްތިއުނާފު ދަށު ކޯޓުންނާއި ހައިކޯޓުން އަދި ކިޔެއްތަ ސުޕްރީމްކޯޓުން، ނޯކަރުމީހާޔާ އެއްކޮޅަށް ނިންމައިފުމަށް ދާނދެން އެ ކަން ނުނިންމައި ކުރިޔަށް ގެންދިޔުމޭ. އެހައިރުން ދެން ހަމަ އެކަކުވެސް ނުބުނާށިތާއޭ، ރައީސް ނަޝީދު މިވެނި މީހަކަށް ވަޒީފާ ދެއްވިއްޔޭ. ބެއްޔާ ބުނެފީމޭ. ކަލޭގެ ތިޔަ ވާހަކަ ދެއްކިޔަތީ އަނގަ ހަތްފަހަރު ދޮވެފާހުށިކަމޭ. ބަލަގަ! ސިވިލް ސަރުވީހުގެ ނޯކިރީ ދޭ މީހަކީ އަންނި ކަމު ކަލޭގެޔަށް ހީވެ އެވާހަކަ ބެއްޔާގާތު ތިޔަ ދެއްކީ ބެއްޔާއީވެސް މަރުމޯލަކަށް ހަދައިގެންހޭ؟ ތިޔައިން ފެންނަނީ ވެސް އެކަލޭގެ ހުރި ނުލަފާކަމޭ. ނިކަން ދަންނާށޭ! މިއުރެން ރައްޔިތުންނަށް އަނިޔާވެރިވާން ރާވައި އެއުރެންގެ އައުވާނުންގެ ސިކުނޑިތައް ކައިލައިފައިވާމިންވަރަކީ މިހިރީޔޭ. ދެރައީ މި ފަދަ ވާހަކަތައް ފަހުމުނުވާ ބަޔަކު އެކަން ދެކޮޅުޖެއްސޭތޯ މަރުފަލިޖަހައި ވަރުބަލިވެ ދެމެމުންދިޔުމޭ. އެއްޔަކީ އެހައި ބޮޑު ކަމެއްކަމު ބެއްޔާ ނުބަލަމޭ. އެހެނީ ޚިޔާލާތު އެއްގޮތް ނުވުމީ އިންސާނިއްޔަ ކުރިއެރުމުގެ މައިގަނޑުސަބަބުކަމު ﷲ ވަނީ ގަރާރުކުރައްވައިފައި ވިއްޔާއޭ.

































Arif said
Can anyone give a link to nasheeds statement.