ސާކު ސަމިޓާއި ރީތީގެ ރައީސް
Posted by ހިމޭން އިންގިލާބު on 2009/12/29
މީލާދީން 2008 ވަނަ އަހަރުގެ ސާކް ސަމިޓް އަވަށްޓެރި ސްރީލަންކާގައި ނިންމާލަމުން 2009 ވަނަ އަހަރުގެ ސާކް ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމަށް ސާކްގެ ލީޑަރުން ވަނީ ނިންމަވާފައެވެ. ސާކް ހަރަކާތަކީ ދިވެހިރާއްޖެއިން މިހާތަނަށް ބައިވެރިވަމުން އަންނަ ސަރަހައްދީ މުހިންމު ހަރަކާތެކެވެ. އަދި ބައިނަލްއަޤުވާމީ ޖަމާއަތެއްގައި ދިވެހިރާއްޖޭގެ ބަސް އެންމެ ބޮޑަށްވިކޭ ޖަމާއަތްވެސްމެއެވެ. ނަމަވެސް 2008 ވަނަ އަހަރު ނޮވެމްބަރު މަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވި ތަޞައްރަފު ނުފުދޭ ޅަ ސަރުކާރުން ސާކުގެ މަތިން މިވަނީ ހަދާން ނައްތާލާފައެވެ. އެހެންވެސް ކަންތައްތަކެކޭއެއްފަދައިން ވެފައިވާ ވައުދު ބޮލާލައި ޖަހާފައި “އިގްތިޞާދީ ދަތިކަން” އުޒުރަކަށް ދައްކައިގެން 2009 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަން އޮތް ސާކްސަމިޓް ނުބާއްވަން ނިންމާފައެވެ. މި ނިންމުން ނިންމުމުގެ ފަހަތުގައި އެހެން ކަންތައްތަކެއް ފޮރުވިފައިވެއެވެ.
ސާކްސަމިޓް ބާއްވަނީ މެންބަރު ހުރިހާ ޤައުމުތަކަކުން ސަމިޓްބާއްވާ ޤައުމަށް ވަރަށްބޮޑެތި އެހީތަކާއި، ޚަރަދުތައް ކޮށްގެނެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ 1990 ވަނަ އަހަރުގެ ސާކްސަމިޓް ރާއްޖޭގައި ބާއްވަން އިންޑިއާ ސަރުކާރުން ދެއްވި އުޅަނދުތައް މިހާރުވެސް ސިފައިން ބޭނުން ކުރަމުންގެންދާކަމެވެ. މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން އަބަދުވެސް އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދެއެވެ.
ނަމަވެސް މި ސަމިޓް ދިވެހިރާއްޖޭން ބޮއިކޮޓްކުރީ ނުވަތަ އަނބުރާޖެހުމުގައި ފޮރުވިފައިވާ ހަޤީޤަތްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ސަމިޓުގައި ބައިވެރިވާން ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިން ރީތީގެ ރައީސަށްވުރެ ބޮޑު ސަމާލުކަމެއް މުސްކުޅި ރައީސް މައުމޫނަށް ދީފާނެ ކަމުގެ ބިރު ބޮޑުކަމެވެ. މިކަމުގެ ހެއްކަކީ ރީތި ރައީސް ރައީސް ކަމުގެ ދޮގު ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން މިސަރަހައްދުގެ ވަފުދު ތަކުން މުސްކުޅި ރައީސް އަރިހަށް އަލިވާގެއަށް ވަޑައިގެންނެވިކަމެވެ. އަދި މިކަމާއި ހިތްޕުޅާނުވެގެން ރަންއަޑުގެ ވެރިޔާ މާރިޔާ(ބޮޑުރިޔާ) ދައިތަ ފިކުރާނުވެގެން ހަޅޭއްފުޅު ލެއްވިމެއެވެ. އަދި އޭގެ ފަހުން ޤައުމީ ރޭޑިއޯއިންނާއި ޓީވީން މުސްކުޅި ރައީސްގެ ވާހަކަތައް ދެއްކުން ހުއްޓުމަށް އަންގަވާފައިވެއެވެ.
1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ފަރުދީގޮތުން އެމީހަކަށް ކުރެވުނު މަސައްކަތެއްވިއްޔާ ވާނީ ކޮށްފައެވެ. އެއީ ރާއްޖޭގައި ބައިނަލް އަޤުވާމީ ފެންވަރުގެ ސަމިޓެއްބޭވުނު ފުރަތަމަ ފަހަރު ކަމަށްވާތީ ދިވެހިރައްޔިތުން އެކަން ބަލައިގަތީ ފަޚްރުވެރިކަމާއިއެކުއެވެ. ނަމަވެސް ރާއްޖެއަށް ލިބުނު ރީތި ނަމާއި ޝަރަފު ވެއްޔާ މޮޑެލަން މަސައްކަތްކޮށް ރާއްޖޭގެ ޤަދަރު މުޅިދުނިޔޭގައި ތާއަބަދަށް ކަނޑުވާލަން އޭރުވެސް މަސައްކަތްކުރި ބަޔަކު އެބަތިއްބެވެ. ދުވަސްވަރަކީ ދިވެހިރާއްޖޭގެ މިނަވަންކަމުގެ ރިހިޔޫބީލް ފާހަގަ ކުރުމުގެ ހަރަކާތްތަކާއި ހަފްލާތައް ފޯރިއާއި ޖޯޝުގައި މުޅިރާއްޖޭގައި ހިންގި އަހަރެވެ. ދަނޑިވަޅު ބަލައި ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ 40 އަހަރުވަންދެއް މުޑިނަގާފައިވާ ކެރަފާ އާއިލާއިން ނުކުތް ޒުވާނާ އަންނި ރާއްޖޭގެ ސިޔާސި މަސްރަހު ކިލަނބުކޮށް ރައްޔިތުންގެ ސަމާލުކަން ހޯދުމަށް މަޖައްލާތައް ނެރެންފެށި ދުވަސްވަރުމެއެވެ. އަދި ހަމަ މިއަހަރު އަލަށް ދިވެއްސަކު ޕީ.އެޗް.ޑީ ނަންގަވައިގެން ރާއްޖެ ވަޑައިގެން މިބޭފުޅާއަށް ރައްޔިތުންގެ ތާޢީދު ހޯދުމަށް ތަފާތު ޚިޔާލާތުތަކާއި ފިކުރުތައް ގެންގުޅުއްވަން ފެއްޓެވި އަހަރުވެސް މެއެވެ. މިބޭފުޅާވެސް ފެންބޮވައިގެން ފައިވަނީ ރާއްޖޭގެ ރައީސްކަމުގެ މަޤާމަށެވެ. ނަމަވެސް އޭރު ކަންތައްތައް ހަމަޖެހިފައިވާ ގޮތުންނާއި އެބޭފުޅަކަށް އުޅުއްވުނު ގޮތަކުން ރައީސްކަން ލިބިވަޑައިނުގަތްތާގައި މިނިސްޓަރުކަންވެސް ދެއްވާކަން މުސްކުޅި ރައީސަކަށް ފެނިވަޑައެއްނުގަތެވެ.
ދެން ފެންނަންފެށީ ކެނެރީގެ ރީތިރައީސާއި ޕީ.އެޗް.ޑީ ވަހީދާއި ޅިޔަން އިލްޔާސާއި ގުޅިގެން މުސްކުޅި ރައީސަށް ދުއްތުރާކޮށް ރާއްޖޭގެ އަގު ވައްޓާލުމަށެވެ. ނަމަވެސް އޭރު މުސްކުޅި ރައީސަކީ އަދި މިހާ މުސްކުޅި ފުޅުވެފައިވާ މީހަކަށްނުވެފައި އެބޭފުޅާގެވެސް އެންމެ ހައިބަތާއި ޤަދަރު ރާއްޖެއާއި ރާއްޖޭން ބޭރުގައި އޮތަތީވެ އެބެއާއި ކުޅެލުމަކީ ފަސޭހަ ކަމަކަށްނުވިއެވެ. ދަނޑިވަޅުގެ ބޭނުން ކުރައްވައިގެން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤުވާމީ ސަމިޓް ބޭއްވި ޢިމާރާތް ނުވަތަ މިހާރުވެސް ފެންނަށް މިހިރަ ދަރުބާރުގެ ގޮއްވާލުމަށް ރާއްވަވާ އެކަމުގެ މަސައްކަތް ކުރެއްވިއެވެ. މިކަމުގެ މާސްޓަރމައިންޑަކީ މިހާރުގެ އިމިގްރޭސަން ހަވާލުކޮށްފައި ތިހުންނެވި އިލްޔާހާއި ނައިބްރައީސް ޕީ.އެޗް.ޑީ ވަހީދުކަން އެކަމުގައި ބައިވެރިވި މީހުންގެ ތަޙްޤީޤުން ސާބިތުވާން މިހާރުވެސް އެބައޮތެވެ. ޕީ.އެޗް.ޑީ ވަހީދަށް އޭރު މިނިސްޓަރުކަން މައުމޫން ނުދެއްވި އެއްސަބަބަކީ މިއީއެވެ. އަދި ވަހީދު އޭރު އެމައްސަލާގައި ހައްޔަރު ނުކުރީ އޭނާއަކީ އިލްމީގޮތުން އެންމެ މަތީފާސް ނަންގަވައިގެން ވަޑައިގެން ބޭފުޅާކަމަށްވެފައި އެފަދަ އަމަލެއް މައުމޫން ކުރައްވައިފިނަމަ އެކަމުގެ ބެކްފަޔަރ ވަރަށްމައްޗަށް ހިނގައިދާނެކަމަށް ވިސްނިވަޑައިގެނެއެވެ. ނަމަވެސް ޖަވާހިރު އިލްޔާސް އެމައްސަލާގައި ކުރުމުއްދަތަކަށް ނަމަވެސް ބަންދުކުރިއެވެ.
ދަރުބާރުގެ ގޮއްވާލަން ރާވާ މިމަސައްކަތް ހިންގާފައިވަނީ މިޒަމާނުގެ އެންމެ މޮޅެތި ޓެރަރިސްޓުން މިފަދަ އަމަލުތައް ކުރާ އުސޫލުންނެވެ. އަލްޤައިދާ ނުވަތަ މާފިޔާ މީހުންވެސް މިފަދަ ކަންތައްކުރާ އުސޫލުންނެވެ. މި ކަމުގައި މިބޭފުޅުން ބޭނުން ކުރައްވަން ކުއްޔަށްހިފާފައިވަނީ އީ.ޕީ.އެސްގެ ގްރޭޑް 10 ގެ ދަރިވަރުން ކޮޅެކެވެ. އެ މައުސޫމް ކުދިންކޮޅު އެމައްސަލާގައި ބަންދުވުމާއި ގުޅިގެން އެކުދިން އޯލެވެލް އިމްތިހާނުވެސް ހަދަންޖެހުނީ ޖަލުގައި ތިބެއެވެ. ނަމަވެސް އެއަހަރު އެންމެ ރަގަޅު ނަތީޖާ ހޯދީވެސް އެކުދިންނެވެ. މި މައްސަލާގެ ތަޚްޤީގުނިމި އެކުދިންނަށް ހުކުން ކުރުމުން އެހުކުމް މުސްކުޅި ރައީސް މަޢާފްވެސް ކޮއްދެއްވާ އޭގެތެރެއިން މަތީ ތައުލީމް ހޯދަންބޭނުން ކުދިންނަށް އެފުރުޞަތުވެސް ދިނެވެ. މިގޮތުން ރާއްޖޭބޭރަށް ކިޔަވަން ދިއަ އެކަކީ މިހާރު ނިޔާވެފައިވާ އަލީ ނިޔާޒެވެ. އަލީ ނިޔާޒަކީ މޯލްޑިވްސް ސްޓޫޑެންޓް އެސޯސިއޭޝަން(ޔޫ.ކޭ) އުފެއްދުމުގައި އިސްރޯލެއް އަދާކުރެއްވި ހީވާގި މުރާލި ޒުވާނެކެވެ. މި ކުދިންގެ ތެރެއިން މިހާރުވެސް ފެންނަން ހުރި އެކަކީ ޓީ.ވީގެ މަހުރަބު އިއްބެއެވެ.
މިއީ ހަޤީޤަތްކަމަށްވާއިރު ގޮއްވާލާ ސުންނާފަތި ކޮށްލަން އުޅުނު ދަރުބާރުގެއަށް ވަދެ އެތަނުގައި ހުވާކުރާކަށް ލަދެއްނުގަތެއްކަމަކު އެތަނުގައި މިމީހުންގެ ރިޔާސަތުގައި ސާކްސަމިޓް ބާއްވަން ޖެހިލުންވީތާއެވެ. ތީމުގޭގައި މަޢުމޫނު ނިދަންއޮތް އެދުގައި ނިދަން އޮންނަށް ކަމުނުދިއަފަދައި، ރައީސް އޮފީހުގައި މައުމޫނު އިށީންނަށް އިންގޮޑި ކަމުނުދިއަ ފަދައިން މައުމޫން ދެ ފަހަރު ސާކްސަމިޓްބޭއްވި ތަންވެސް ކަމުނިދައައެވެ. މިއީ ރީތި ރައީސާއި، އޭނާގެ ނާއިބާއި، އެންމެ ބާރުގަދަ އޮފީހު (އިމިގުރޭޝަން) ވެރިޔާ ޖަވާހިރު އިލްޔާސް ވަރަށް ޖެހިލުންވާ ސަމިޓަކަށްވެއެވެ. ސާކު ސަމިޓަށް އަންނަ ވެރިންގާތު މިހާރުގެ ވެރިންނަކީ ޓެރަރިސްޓުންނޭ މައުމޫނު ބުނެފާނެތީ ބިރު ހީވަނީވެސް ތޯއްޗެކެވެ؟ ދާދިފަހަކުންވެސް ރީތި ރައީސް އިންޑިއާއަށް ގޮސްފައި ދިވެހިންނަކީ ޓެރަރިސްޓުންނޭ ބުނެ އަނގަ ތޮފާފައިއެވަނީ ހަޤީޤީ ޓެރަރިސްޓުންނަކީ ތިމާ މީހާއާއި ތިމާގެ އަރިހު ބޭކަމުން ކަމަށްވާތީއެވެ.

































karusathey said
Fan, thibahee thedhu fulheh. Raajjeyge keneree anni reethi vaanee ingireysi vilaathu meehunah. sababakee e vilaathugai, soola siraz boigen ves nuboi ves, eh jinsun gulhun hingaalumakee maa bodu kameh noon. aneh kolhun ahun hama ajaaibu vaa aneh kamakee, anni raeesoo vaahaka dhakkaa iru dhe miyakanun dhemme dhemme soni faibai gen faane hen hee vaa thee. baeh faharu kuda vathu thatteh dhikkola faanamey ves hithah araa. e sorah vure olhudhoo karaiga mi ulhuvvaa mahindha rajapakse ves maa firihen vefaa nala kamah buneveynee. noonee ahunge mi keneree anni raeesu kahala dhe lo avaru, galandharunge team akun baa reethi raeesun hovaafa mi othee. kekekekekekeke
fan said
Reetheege Raees ge Reethikan Balanee Minikaa Raaje Meehun Kamah vanee. Dhivehi Raajje meehun balan beynun nuvey.Minikaa Raajey gaskara balan dhiya eema iveny biruveri adu. eiy vara Naaman Reejje ei Meehun Dhiri Hutta Kaane. E ee Yellow Raajje.