ސިވިލް ސާވެންޓުންގެ މުސާރަ ކުޑަ ކުރުމުގެ އެއްބަސްވުން – ބެންތެޔޮ ގޯޅިން ތުޅާބެ އެއްކޮޅަށް ދުއްވިގޮތަށް
Posted by ހިމޭން އިންގިލާބު on 2010/01/08
ދިވެހި ހޯރަ: ކުރީގެ ސަރުކާރުން މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ކޮށްފައިވާ ގުނާ ޢަދަދުނުކުރެވޭހާ ކަންކަމުގެ ތެރެއިން އެންމެ ކުޑަވެގެން ކެހެރިއެއްގެ މިންވަރުގެ ކަމެއްވެސް ތުޅާބެގެ ސަރުކާރުން ކޮށްދިނުން ވަނީ އިފުރީތައެއްހާ ބޮޑުކަމަކަށް ވެފަތާއެވެ.! އެހެނީ މާލޭގެ ފަރީދީމަގުން އޯކިޑުމަގަށް ހުރަސްކުރަން އޮންނަ ހަނިގޯޅި (ބެންތެޔޮގޯޅި) ވަންވޭގެ ކޮޅު ބަދަލުކުރުމަށް ވިސްނާ އެތައް ޖަލްސާއެއް ބާއްވާ ހެދުމަށްފަހު އިހުއޮތްގޮތް ނޫން ގޮތެއް ހަދާލެވޭތޯ ތުޅާބެގެ ސަރުކާރުން މޮޅު އެތައް ކަމެއް ކޮށްލިއެވެ. ހަމަ ކުއްލިއަކަށް އޯކިޑުމަގުން ވަންނަ މަގަކަށް ބަދަލުކޮށްލާ އެވަރުން ނުފުދިގެން ފުލުހުން އެމަގުގައި ފޯރިމަރަންވެސް ބޭތިއްބިއެވެ. ދެން ފެނުނީ ކުއްލިއަކަށް އެއަށްވުރެވެސް މޮޅުގޮތެއް ހަދާ ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްލިތަނެވެ. މިގޮތުގައި ގިނަދުވަސްތަކެއްނުވެ މިހާރު މިމަގުވަނީ އެންމެކުރިން އިހުއޮތްގޮތަށް ބަދަލުކޮށްފައެވެ.
މީހަކު އަޖައިބެއް ނުވާނެހެއްޔެވެ! ކަމެއްކުރަން ނޭގުނަސް މިއީ ބޮޑުވަރެވެ. މޭފުއްޕާފަ ސަރުކާރު ހިންގަނީއޭ ފަސްވަޢުދޭ ކިޔާ ކަންކަންމަތީގައާއި ޓީވީތަކުން ފޮނިކަނޑާއިރު މިވަރު ކަމެއްވެސް ތިމާމެންނަށް ކުރަން ނޭގޭކަން އެންމެފަހަރަކުވެސް ހިތަކަށް ނާރައެވެ. މީގެ އިތުރުން ވަކިން ސަހަލުނޫން އެހެން ކަމެއްވެސް އެބަ އޮތެވެ. ދެރައެއްނޫނެވެ. އަޅުގަނޑުމެންގެ ޤައުމުގެ މާލީވަޒީރު (ފިނޭންސް މިނިސްޓަރ) ގެ ޙާލުކޮޅުވެސް ހުރީ ހަމަ ތުޅާބެ ވިދާޅުވާ ފަދައިން ހަމަހެއިން ނެއްޓިފައެވެ. ރޯމާ ދުވާލު ކަޅާހުދުން ލިޔެ ދެފަރާތުން ސޮއިކޮށްފައިވާ ސިވިލް ސަރވަންޓުންގެ މުސާރަ ކުޑަކުރި މުއްދަތުގެ އެއްބަސްވުމުގައި 03 މަސްދުވަސް ޖަހާ ސޮއިކޮށްފައި މި މުއްދަތު ފަހަނައަޅާ ދިޔައިމާވެސް މިނިސްޓަރު ވިދާޅުވަނީ ސިވިލް ސަރވިސް ކަމިޝަން އާއި ވެފައިވާ އެއްބަސްވުން ނުއުވޭކަމަށެވެ. މިވެރިންގެ 03 މަސް ދުވަހަކީ 01 އޮކްޓޯބަރ 2009ން ފެށިގެން 11 ނޮވެމްބަރ 2013އަށް ކަމުގައި ފިނޭން މިނިސްޓަރ ވިދާޅުވެއެވެ. މިވަރުގެ ބައިގަނޑެއްގެ އަތްމައްޗަށް ޤައުމު ދޫކޮށްލައިގެން ރައްޔިތުން ނިދަން ތިބެންވެސް ބިރުގަންނަ ހިސާބަށް ކަންކަން ދިއުން އޮތީކީ މާދުރަކުނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ތުޅާބެ ގަންޖާބޮވިފަ ހުންނަވައިގެން ވިދާޅުވާ ގޮތުގައި ހަމަހޭގައި ތިބުމަކީ މާ މުހިންމު ކަމެއްނޫނެވެ. ވަކިން ޚާއްޞަކޮށް މިހާރު ވިދާޅުވަނީ ބާރުގަދަ ޑްރަގް ނޫން ކޮންމެ މަސްތުވާ އެއްޗަކީ (ގަންޖާ، ބަނގުރާ، ތެޔޮބިޑި،)ފަދަ އެއްޗިހި އޯކޭވާނެކަމުގައެވެ. ދެން ވާނީވެސް މިހެން ނޫންތޯއެވެ. ސިވިްލ ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުން މިދިޔައީ ބެންތެޔޮގޯޅިން އެއްކޮޅަށް ދުއްވި ގޮތަށެވެ.

































Ali said
kuraane kameh nethi dhen mi haaru mi ulhenee munnaaru ves thalhaalevey thoa dhoa? eyrun ves dhuvas kolhaku male ge meehun meena ge veri kamaa nubehi ekamaa masool vaane kamah heekoh gen mi kan kure vey thoa mihaaru e ulhenee.. Dhen nu viyennu faibaa..
ފަޓާސް said
ތުޅާބެޔަށް އެގޭނީ އެކޮޅުކޮޅުން އޮވެ ފަހަރުވާލާން. އެކަން ޔޫރަޕަށް އެކްސްޕޯޓްކުރަންވީނުން؟ އެހެންނޫނީ ތިއްތިލައިލާ ނީލަމަށް ލާންވީނުން
Hindu said
haaa
BaaBaa said
ދުނިޔޭގެ އަޑިއަށް މަޝްހޫރު ބަބުރު ގަންޖާ ގާއަޅާ ކަލޯއަށް ވެސް ތިޔަބުނާ ބެންތެޔޮގޯޅި ދުވާ ދުވުން ހަމަނުހުއްޓުނު ހެއްޔެވެ. ސަހަރޯ ސަހަރޯއެވެ. ކެނޑި ހާފޮނި ބައިސާއަށްވެ ބައިސާ ޚިޔާލީ އަށްވެ އެންމެން ޅޮސްއުދޯއްޔަށް އަރުވާ މިކަލޭ ކަފާސްވެ ހަސްފަސްނެތި އަވަދިވެނިމުނީ ތާއެވެ. މިހިރީ ތާއޭމާތް ކަލާންގެ ކަންނިން މަވާގޮތް
Seedhee said
ބެއްޔާއަކީ ހާދަހާ ވަރެއްގެ މީހެއްތާއެވެ. ނުބަލާކަމެއް ނުބެހޭކަމެއް ނޯވެއެވެ. ބެއްޔާގެ މަސައްކަތަށް އިނާމުދީ ސެޓްފިކެޓް ދޭން މިޖެހެނީވެސް ބޮޑެތި ޕްލައިވުޑް ފިލާގައި ކަނޑާނަގައިގެންނެވެ. ބެންތެޔޮ ގޯޅިއަށް ވާގޮތް ބެއްޔާވެސް ބެލިވިއްޔާއެވެ. އަފުރެމެން ދުއްވާ އެއްޗެހީގައި އުޅުނު މީހުންނަށް ހަދާނެ ނަހަދާނެގޮތެއް ދާނެ ނުދާނެ ކޮޅެއް ނޭނގިގެން ތިޔަ މަގުގައި އަފުރެމެން ލައްކަ ދުވަހު އުޅެފީމެވެ. ބޮޑުބޭބެގެ އަބިގޮއްޔެ ޖަމީލު ގޯތި އާމިނާބީބީއަށް ހެޔޮކޮށް ކޮށްދިނުމުގެ ގޮތުން ބެންތެޔޮ ގޯޅި ބުމަރެއްހެން އަނބުރާލިގޮތުން އަފުރެމެންތިބީ ދެލޯބޮޑުވެ ފެންކަޅިވެފައެވެ. ބައެއް ކުދިންގެ ޖީބުގައިހުރި ލާރިކޮޅު ހުސްކޮށްލަންޖެހުނީ ޖޫރިމަނާއަށެވެ. މާލޭގެ ކަންތަކާ ހަވާލުވެގެން މިހުންނަ ގަންޖާ ފާރުތަޅާ ރައީސަކީވެސް މިބާވަތުގެ ކަންތަކަށް ނުލާހިކު ކުޅަދާނަ މޯލެކެވެ. ފާރުތަޅާ ރައީސަށް މާލެ ހިތަކަށް ލިބުމާއެކު ހުރަވީ ބިލްޑިންގގެ ފާރު، އެޓޮލްސް ބިލްޑިންގގެފާރު، މައުހަދުގެ ފާރު، ތައިސޭކޮށީގެ ފާރު، ކާނިވާ ފާރު ތަޅައި އަދި މިވަރުން ނުވެގެން މަގުތަކުގައި ހުރި ބުރުތައް ތަޅައި ސުންނާފަތިކޮށް ފީފާ ބަހައްޓައިފިއެވެ. ދެން ތިޔަ ފެށީ މަގުތައް ދުއްވާކޮޅު ބަދަލުކޮށް ޕާކުކުރާ ފަރާތް ބަދަލުކޮށް ޓްރެފިކް ލައިޓުތައް ޖެއްސުން ހުއްޓާލާށެވެ. ތަރައްގީއަކީ މިއީއެވެ. ދެން އޮތީ ތިޔަބުނާ އެއްބަސްވުމެއްގެ ވާހަކައެވެ. އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އެމް.އޯ.ޔޫ.ގައި ސޮއިކުރިކަމުގެ ރެކޯޑް ލިބިފައިވާ މިސަރުކާރުން ހަދާ އެއްބަސްވުންތަކަކަކީ ފިދަނައިގެ ގެ ހަދާހެން ހަދާ އެއްބަސްވުންތަކެކެވެ. ފީއޮލިށިން ހަދާ އެއްބަސްވުންތަކެކެވެ. ބާރެއް އާރެއް ނެތީމާ ކޮންމެވެސް އެއްޗެއް ކިޔަންވާނެ ނޫންހެއްޔެވެ. މިއަދުވެސް އެވިދާޅުވީ ހަތްރަށް ތަރައްގީކުރާ ވާހަކައެވެ. ކުރަނީ ކޯއްޗަކުންކަމެއް ނޭނގެއެވެ. މިދައްކަނީ ލާރިނެތް ވާހަކައެވެ. މުސާރަ ދެވެން ނެތް ވާހަކައެވެ. ޕްރައިވެޓޭ މިކިޔާ ބަލިޖެހުނު ހުރިހާ ތަނެއް ތިއޮތީ ކޮރަޕްޝަނަށް ގޮސް ހުސްވެފައެވެ. ޕްރައިވެޓްކުރަން މިހުރީ ބޮޑާބެ ލައްވާ ބަނބުކެޔޮ ކަނޑައި ވިއްކުމަށްފަހު ލާރި ނުދީ އަމިއްލަ ޖީބަށް ގަޅާލި މީހާގެ ދަރި ރާޟީއެވެ. ވަރެއް ހުންނާނެތާއެވެ.