The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

މިއީ ތިނަދޫގެ ރައްޔިތުން އެޑިއުކޭޝަންމިނިސްޓަރަށް، ގދ. އަތޮޅު ތައުލީމީމަރުކަޒުގައި އުޅޭދެމަފިރިން ކަމުގައިވާ އަޒީމާ އާއި އަޖީބުގެ ބަލާވެރިކަމުން ސަލާމަތްކޮށްދެއްވުމަށްއެދި، ތިނަދޫގެ ރައްޔިތުންތަކެއް ފޮނުވި ސިޓީއެއްގެ ލީކެކެވެ

Posted by ހިމޭން އިންގިލާބު on 2010/02/02

 ތިނަދޫގެ ރައްޔިތުން

ގދ. ތިނަދޫ

 

                       މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްތަފާ ލުތުފީ އަށް،

                       ވެދުންސަލާމަށްފަހު ދަންނަވަމެވެ.

                      އަޅުގަނޑުމެންނަކީ ތިނަދޫގެ ރައްޔިތުންނީމެވެ. ތިނަދޫގެ ތަޢުލީމަކީ 1980 ގެ އަހަރުތަކުގެ ތެރެއިން ފެށިގެންވެސް ވަކިބަޔަކު ޙިޞާރު ކޮށްގެން ދެމުންގެންދިޔަ ތަޢުލީމެކެވެ. އެއިރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރުންގެ ގޮތުގައި އިސްވެތިބެ ގދ. ތިނަދޫ ލުކިންގ ގުލާސް މުޙައްމަދު ޝަކީލް އާއި ގދ. ތިނަދޫ ޕޭލް މުޙައްމަދު އަޖީބު އާއި ގދ. ތިނަދޫ ސީބްރީޒް ޢަޒީމާ ވަޙީދުގެ ސަބަބުން ވޭތުވެދިޔަ 30 އަހަރުގައިވެސް މިމަރުކަޒު ވަނީ ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ފެންވަރު ދަށް ސްކޫލެއްގެ ގޮތުގައި ހިމެނިފައެވެ. 30 އަހަރުގެ ދިގު ތާރީހުގައި 10 ވަރަކަށް ކުދިން ޓޮޕް ޓެން ގައި ފައިތިލަ ސާބިތު ކުރުމަކީ މިސްކޫލަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. ވޭތުވެދިޔަ އަހަރު އެކަނިވެސް އަމީނިއްޔާ ސްކޫލުގެ 100 ދަރިވަރުން ޓޮޕް ޓެން ގައި ހިމެނިފައިވުމަކީ މިދެންނެވި ބަހުގެ ހެއްކެކެވެ. މަތީގައި ދެންނެވިފައިވާ އަޒީމާ ވަޙީދާއި އަޖީބު އަކީ ދެމަފިރިންނަށްވާއިރު ވޭތުވެދިޔަ 20 އަހަރު ތެރޭގައިވެސް އެމީހުންނަކީ މިމަރުކަޒުގެ އެންމެ އިސްވެރިންނަށް ވުމުން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންނަށް ބިރު ދެއްކުމާއި ތިމާގެ އަމިއްލަ ދަރިންނަށް ޓެސްޓް ޕޭޕަރު ގެއަށްގެންގޮސް ހެދުމާއި ސްކޫލުގެ ތެރޭގައި ސިޔާސީ ގޮތުން ސިވިލް ސާރވިސްގެ ޤާނޫނާއި ހިލާފް އެތައްކަމެއް ދަނީ ކުރަމުންނެވެ. މިކަންކަން ހުއްޓުވުމަށް އެއްވެސް ޓީޗަރަކަށް އަދި ސްކޫލުގެ ޕްރިންސިޕަލަކަށްވެސް ނުކުރޭ ސަބަބަކީ މިމީހުން މިތަނުގައި ވަކިހިއްޕާފައިތިބި ބާރުގަދަކަމުގެ ސަބަބުންނެވެ. މިތަނަކީ އެމީހުންގެ އަމިއްލަ ބަދިގެ ފަދައިން ކަންތައް ކުރަމުންދާ ތަނަކަށް ވުމުން ޓީޗަރުން ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މުޙައްމަދު ޝަކީލް އަކީ މިމީހުންގެ އަވައްޓެރިއަކަށްވުމުގެ އިތުރަށް މިމީހުންނާއި ތިމާގެ މީހަކަށްވުމުން އޭނާ މަތިދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓް ހަވާލުވެހުންނައިރު މިމީހުންނަށް ކޮންމެ މިނިވަންކަމެއް ލިބިފައިވާ ކަހަލައެވެ.

                      ދެންނެވުނު މުޙައްމަދު ޝަކީލް އަކީ 1988 ގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާ ވަކިކޮށްލުމާއި ގުޅިގެން ސްޓެލްކޯގެ ސ. ޓްރަފިކް ކްލާރކެއްގެ ގޮތުގައި ހުރެވެސް ޤަވާއިދާ ހިލާފް އެތައް ކަންތައްތަކެއް ކުރުމުން އެނަތުންވެސް ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. މީނާ ސްކޫލުގެ ވަޒީފާގައި އުޅުނުއިރު އަޖީބް އާއި ޝަކީލް އަކީ ސްކޫލުން ގެއަށްދާ ކުދިންނަށް ޖިންސީގޯނާކޮށް ބިރުދައްކައި އެމަރުކަޒުގެ ހިންގުމާއި ހަވާލުވެހުންނަ ކޮންމެ މީހަކަށް ޖެންސުންކޮށް ގޯނާކޮށް ހަދަމުންދާ ދެމީހުންނެވެ. މިހާރު އައްޑު އަތޮޅު ސްކޫލެއްގެ ޕްރިންސިޕަލަކަށް ހުންނެވި ޙުސައިން އަފީފް މިމަރުކަޒުގެ ހެޑްމާސްޓަރަކަށް ހުންނެވިއިރު އަނބިކަބަލުންނަށް މިޝަކީލް އާއި އަޖީބު ކުރިޖެއްސުމާއި ގިފިލީގައި އަފީފްގެ އަންހެނުން ހުންނައިރު ގިފިލި ބެލުމާއި ފުރާޅުމައްޗަށް ގާއުކުމާއި މިފަދަ ނާތަހުޒީބް ކަންތައްތަކަކީ މިމީހުންގެ ލެއާއި ގުޅިފައިވާ ހަޑި އަމަލު ތަކެކެވެ. އަދި މީގެ އިތުރުށް ޝަކީލް ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރިއިރު މަސައްކަތް ކުރަމުންގެންދިޔަ އަތޮޅު ތެރޭގެ ބައެއް ޓީޗަރުންނަށްވެސް ތަފާތު ގޯނާކޮށްފައި ވެއެވެ. އެގޮތުން އޭނާ ބޭނުން ކަންތައްތަކެއް އެބައެއްގެ ފަރާތުން ނުކުރެވިއްޖެނަމަ ގަދަކަމުން އެފަދަ ޓީޗަރުން ވަޅަށްލާ މަތިޖެހުމާއި، ހުން ބްރާންތީއާ ތިބޭ ވަގުތު ހުދު ޗޯކު ބުރިކޮށް އެއީ ބޭސްކަމަށް ބުނެ އެއެއްޗެހި އެމީހުންނަށް ކާންދިނުން ފަދަ ނޭދެވޭ އެތަށްކަމެއް ވަނީ ހިންގާފައެވެ.

                       މިޝަކީލު ކޮށްފައިހުރި ނުބައި ނުލަފާ ކަންތައްތަކުގެ ވާހަކަ އަކީ ކޮޅުންލާނެ ވާހަކަ ތަކެއް ނޫނެނެވެ. ނަމަވެސް އަދިވެސް އެއްވާހަކަ ހިއްސާކޮށްލާނަމެވެ. ޓީޗިންގް ކޯސް ހަދަމުން ގެންދިޔައިރު ޓީޗިންގ ޕްރެކްޓިސްއަށް އަތޮޅުތެރޭގެ ރަށަކަށް ގޮސް ތިބިތިބުމުގައި ގުރޫޕްގައި އުޅުނު ކުއްޖަކު ފާޚާނާކޮށްގެން ތާހިރުވުމަށްޓަކާ ފެނެއްގެ ގޮތުގައި އެތާގައި ބަހައްޓާފައިހުރީ އެސިޑު ފުޅިއެކެވެ. މިއީ މީނާގަސްތުގައި އެކުއްޖާއަށް ލަނޑެއް ދިނުމުގެ ގޮތުން ކޮށްފައިވާކަމެކެވެ. އެކުއްޖާ އެތަށް ޒަމާނެއްވަންދެން އެކަންތައްތަކުގެ ވޭނުގައި ތައައްމަލްކުރަން ޖެހުނެވެ. މިވާހަކަ ތަކަކީ މީނާ ސްކޫލްގައި ކިޔަވައިދިންއިރު ކުލާހުގެ ކުދިންނަށް އޭނާ ކޮށްފައިހުރި މޮޅު ކަންތައްތަކުގެ ވާހަކަ ދައްކަމުން ދައްކާފައިހުރި ވާހަކަ ތަކެކެވެ. މިއީކީ އޭނާއަށް މާމޮޅު ކަންތައްތަކެއް ކަމުގައި ވިޔަސް، ނޭއްގާނީ ޖަރީމާތަކެއްކަމުގައި ނޫނީ އަޅުގަނޑުމެން ނުދެކެމެވެ. މިހާރު ޑީ.ޕީ.އާރު.އެސް ގެ ޑިރެކްޓަރ ޖެނެރަލް މުޙަމަދު ރަޝީދު (1987ގައި) ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރަކަށް ހުރިއިރު އޭނާއަށް ޖެއްސުންކޮށް އޭނާ މަރާލުމަށްޓަކައި ޕެނަޑޯލް ފުޅިއަކަށް ކާޅު ބޭސް އަޅަފައި ބެހެއްޓުމަށްފަހު މަސައްކަތު މީހާ ލައްވާ އޭނާއަށް ދީ ހެއްދި މީހުންނަކީވެސް މިޝަކީލް އާއި އަޖީބު އަދި އަޒީމާ އެވެ. އޭގެ އިތުރަށް މިއަޖީބު އަކީ 1989 ވަނަ އަހަރު މިމަރުކަޒުގެ ޓީޗަރަކާއި ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ސަބަބުން ޝަރީއަތަށް ސާބިތުވެ އަންހެން ޓީޗަރަށް އެހުކުމް އަންނާތީ އެޓީޗަރުގެ ފިރިމީހާ މައްސަލަ ދޫކޮށްލުމުން ހުކުން ކުރެވިފައިނުވާ މީހެކެވެ.

                       މިފަދަ އަޚްލާޤީގޮތުން ދަށް ޢަމަލްތައް ހިންގާ މީހުންނަކީ މިހާރު މަލާއިކަތުންގެ ސިފަ ޖައްސައިގެން މީހުންނަށް އޮޅުވާލައިގެން އުޅޭ މީހުންނެވެ. މި އަޖީބު އާއި އަޒީމާގެ ދަރިންނަކީ ޕްރައިމަރީ ގްރޭޑް ތަކުގައި ކޮމެންޑެޑް ރިޕޯޓް ގެންނަ ކުދިންނެވެ. ނަމަވެސް ސެކަންޑަރީ ގްރޭޑަށް ބަދަލުވުމުން ޔޫ ސެޓް ލިބެނީ މިދެންނެވި ގްރޭޑް ތަކުގެ ޓެސްޓް ޕޭޕަރ ނުލިބޭތީއެވެ. މީގެ ހެއްކަކީ 2003 ވަނަ އަހަރު ގްރޭޑް 5 ގެ ޓެސްޓް ޕޭޕަރ އެމީހުންގެ ދަރިފުޅު ގެނައިގޮތް ދަރިފުޅު ވަނީ މިހާރު މިމަރުކަޒުގައި ސްޕަވައިޒަރަކަށްހުރި ޝިފާ އަށް ކިޔައިދީފައެވެ. ކޮންމެފަހަރަކުވެސް މަންމަ ޕޭޕަރު ގެންނަވާހަކަ އާއި އެގޮތުން ޕްރައިމަރީ ގްރޭޑް ތަކުގައި މަތީމާރކްސް ލިބޭކަން ޝިފާ މުޙައްމަދަށް އެގޭނެއެވެ. އަދި އެފަދަ ބޮޑުކުށެއް އެކުއްޖާކުރުމުން ސްކޫލުން އަދަބުވެސް ނުދެވި ޝިފާ އެކަހެރިކުރިކުރުން އެއީ ދެމަފިރިންގެ ނުފޫޒާއި ބާރު ހުރި މިންވަރެވެ. އަދި މީގެ އިތުރަށް 1987 ވަނަ އަހަރު ސްކޫލުގެ ފަރާތުން ބޭއްވި ސްކައުޓް ކޭމްޕެއްގައި އަޒީމާ ވަޙީދު އާއި އޭރު އެމަރުކަޒުގެ ޓީޗަރެއްގެ ގޮތުގައިހުރި މުޙައަމަދު ފާއިޒް އާއި ދެމީހުން އަޚުލާޤީގޮތުން ދަށްފެންވަރުގެ ޢަމަލު ހިންގިތަން ސްކޫލުގެ ދަރިވަރެއްކަމުގައިވާ ހުސައިން ޝަރީފް / މާކޯޅި، ގދ. ތިނަދޫ އަށް އެމަންޒަރު ފެނުމުން ކޭމްޕް ނިންމުމަށްފަހު އެބުރި ރަށަށް އައިސް އެވާހަކަ ދެއްކުމާއި ގުޅިގެން ޝަކީލް އިސްވެހުރެ އޭނަގެ އަތުން ބަޔާން ނެގުމަށްފަހު ވަނީ ވަގުތުން ސްކުލް އިން ވަކިކޮށްފައެވެ. އަދި ފަހަކާއި ޖެހެންދެން ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި ތިބި ބިދޭސީ ކޮންމެ މީހެއްގެ އިސްތިއުފާ ފާރު ފާރުގައި ލިޔުމާއި ޕްރިންސިޕަލް އުޅުއްވާގޭގެ ފުރާޅަށް ގާއުކުމާއި މިދެންނެވި ކަންތައްތައް މިއީ ސްކޫލުގެ ފެންވަރު ދަށްކުރުމަށް މިމީހުން ކުރުވަމުން ގެންދިޔަ މައިގަޑު ކަންތައްތަކެވެ. ދެންނެވުނު ކަންތައް މިމީހުން ކޮށްކޮށްތިއްބާ ފެނުނީ 2009 ވަނަ އަހަރު ޕްރޮވިންސްގެ ތަޢުލީމީ ޔުނިޓާއި ހަވާލުކޮށް، ދެންނެވުނު ދެފަހަރު ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވާ ހިޔާނާތާއި ފަސާދައިގެ އިލިތަކެއް ދިއްކުރެވިފައިވާ މުޙައްމަދު ޝަކީލް އައިތަނެވެ. އެހިސާބުން ފެށުނީ މުޅިތިނަދޫގެ ސްކޫލް ތަކުގައި މުޒާހަރާއާއި ފަސާދައާއި ނޭއްގާނީ ހުރިހާ އަމަލުތަކެވެ. އޭނަގެ ބެލެހެއްޓުމުގެ ދަށުން ކުރިޔަށް ގެންދިޔަ ތަނެވެ.

                    ވީމާ، އެގިވަޑައިގަންނަވާނެ ފަދައިން ރަށުގައި ތަޢުލީމް ވަޅުޖެހުމަށް ކުރެވޭ ހުރިހާ ކަންތައްތަކަކީ ދެންނެވުނު 3 މީހުންގެ ފަރާތުން ހިގަމުން އަންނަ ކަންތައްތަކަށް ވާހިދު މުޙައްމަދު ޝަކީލް ތިނަދޫގައި ހުރި ތަޢުލީމާއިބެހޭ ޔުނިޓުން ބޭރުކުރުމަށް ގޮވާލަމެވެ. އަދި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހަލާކު ކަމުގައި ބެލެވޭ މަކަރާއި ހީލަތް އަދި ރަށް ފަސާދަކުރުމަށް މަސައްކަތްކޮށް ވަޒީފާގެ ހައްގުތަކުން މީހުން އެކަހެރި ކުރުމަށް މަސައްކަތް ކުރަމުންދާ ދެމަފިރިން ކަމުގައިވާ މުޙައްމަދު އަޖީބު އަދި އަޒީމާ ވަޙީދު އެމަރުކަޒުން ބޭރުކުރުމަށް އަޅުގަނޑުމެން ކެޑިނޭޅީ މަސައްކަތް ކުރާނެވާހަކަ ދަންނަވަމެވެ. އެއީ ތަޢުލީމީ މަރުކަޒުގައި އެމީހުންގެ ސަބަބުން ޖެހިފައިހުރި ކުނި ވިލާތައް ދޮވެ ސާފް ކުރުމުގެ ބޭނުމުގައެވެ. ތިނަދޫ އަށާއި ރާއްޖޭގެ ތަޢުލީމަށްޓަކައެވެ. ވީމާ، މުޙައްމަދު އަޖީބް، އަޒީމާ ވަޙީދު މިދެމީހުން އެމަރުކަޒުން ބޭރުކުރުމަށް ގޮވާލަމެވެ.

 

އަޅުގަނޑުމެންނީ

އެހާރާއި މިހާރުގެ ބެލެނިވެރިން އަދި އިސްލާހަށް މަސައްކަތް ކުރާ ރައްޔިތުން.

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ / ދިވެހިރާއްޖެ

5 Responses to “މިއީ ތިނަދޫގެ ރައްޔިތުން އެޑިއުކޭޝަންމިނިސްޓަރަށް، ގދ. އަތޮޅު ތައުލީމީމަރުކަޒުގައި އުޅޭދެމަފިރިން ކަމުގައިވާ އަޒީމާ އާއި އަޖީބުގެ ބަލާވެރިކަމުން ސަލާމަތްކޮށްދެއްވުމަށްއެދި، ތިނަދޫގެ ރައްޔިތުންތަކެއް ފޮނުވި ސިޓީއެއްގެ ލީކެކެވެ”

  1. rasheedha ge haraam bakataa said

    kithanme varakah ehen meehunge nan namugai comment kuriyas thinadhoo gai thikan thikuraa jamathakee kurin ves thigothah maa dimocracy vegen dhe atholuge raiyathun vikagen nuhagu haraam laari kagen uley beyeh kan neygenee kee noon .

  2. AJEEBGE FAN said

    AB FAAS NAGAAVAAHAKA DHAKKA IRU HURIHAA MAADHDHA AKUN AB FAAS NEGY EYNAGE DHATHATHAGE 3 DHARYNNAH OL PAPER NAGAIDHEEGEN . EKAN EGEYNE THIHEN THIBUNI MEEHAA AH. KONME AHARAKUVES OL IMTHIHAANUGE SECURITYAKAH FONUVAA POLICE KUDINNAH LAARI KOLHEH DHEEFAI EGEY KUDHIN O/L HADHAA FAHARAKU KANTHAH KURANY EHEN. EKANTHAH ENMME RAGALHAN EGEY EKAKU THIHEN THIKIYANY. SHAMYM MY DHOGEKEY BUNEBALA. EVARAKUN FUDHUNY AKY NOON LEAVING HADHAAIRUGAVES HADHANY EHEN.GR8 KADAALI EYNAGE DHATHATHAGE DHARIYAKAH O/L NIMMIKAMAH JAHHAA, SCHOOLGA HURI HURIHAA ISMAGAAMEHGA ULHUNU KAMAHJAHAAFA LEAVING HADHAAFA DHINKAN HOSPITALUGE MANAERAH , ETHAAGE MUVAZZIFUNNAH IGEYNE. MIEE EMYHUNGE HAGYGATHAKY. MIEE DHOGEKEY NUBUNEVEYNE EMYHUNNNAKAH. EKAMU KALAANGE RASKANFULHU HADHUMA KURAABAYAKAH THAA DHOGEH NEHEDHEYNY DHOTHA.

  3. Shameem said

    himeyn ingilaabakee meehunge hagguthakah araiganna magakah nuhedhumah govaalan. thi bunaa ajeebuge dhari e schoolun GCE/Ol gai baiverive hurihaa maadhdhaa akun A,B faas hodhaigen mihaaru CHSE gai kiyavaakan olhuvaanee kihineh??? Dhen bunaanee London GCE/ol imthihaanuge maakarunanah Ajeeb nufoozu foaruvi kamah dho??

    • Muaaz/IslandAviation said

      ކޮންމެ އެއްޗެކޭކިޔަސް އެސިޓީއަކީ އެޑިއުކޭޝަން މިނިސްޓަރަށް ތިނަދޫ ގިނައަދަދެއްގެ ރައްޔިތުން ފޮނުވާފައިވާ ސިޓީއެއް. އޭގައި އެވަނީ ހަގީގަތް.އަދި އޭގައި އެވަނީ ކަލޭގެ ދަރިޔަށް ގީސީ ޕޭޕަރު ދެއްކި ވާހަކަޔެއް ނޫން. އޭގައި އެވަނީ ކަލޭގެ ދަރިޔަށް ތިނަދޫ ސްކޫލްގަ އުޅުނުއިރު ޓެސްޓް ޕޭޕަރު، ދަސްކުރަންވީތަނާއި، އޭގައިވާ ސުވާލުތަކާއި މިކަހަލަ ވާހަކަތައް ކިޔައިދޭ ވާހަކަ.

      އެކަންތައް އެގޭމީހެއްގެ ވާހަކަވެސް އެސިޓީގައި ލިޔެފަ އެވަނީ.ޝިފާއަށް އިނގޭނެކަން އެކަންތައް ކަލޭކުރިކަން. ދެން ކޮން ހޯބޯއެއް ލަވާކަށް…. މިކަހަލަ ކަންތައް ފަޅާއެރީމަ އަޒީމާގެ ފުޔަށް ބަންގާޅު ޖުހާ ސަމްސަލާއި އުނދުޅި ބާނާފަ ފެޅިހެން ދެންހުރި ބައިތައް ނުފަޅަނީސް އަނގަ މަޑުންލައިގެންހުރޭ. ދައްކާނެ ބައިވަރު ވާހަކަ އެބަހުރި…. ފާޑުފާޑުގެ ޖަވާބުދީ ހަގީގަތް އޮޅުވާލަން އުޅެންޏާ ، ދެންހުރި ބައިތައްވެސް ގެނެސްދިނުމަށް ހިމޭނަށް ވަރަށް ބޮޑަށް އެދެން… ދެން ބޮއެ

  4. Muaaz/IslandAviation said

    މި އަޒީމާޔަކާހުރެ ކިހާބޮޑު ބަލާވެރިކަމެއްތަމީ….. އެދެމަފިރިން ބޭނުންހާވައްތަރެއް ޖެއްސުމަށް ދިވެހި ދައުލަތުގެ ބިނާއެއް އެމީހުންނަށް ހިބަކޮށްނުދީގެން،،،،، މީ ކިހާބޮޑު ނުފޮރުއްޕާނެއް މީއްޗަކާހުރެ….

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>