The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ތިނަދޫގައި މާ އެމް.ޑީ.ޕީ ވެގެން އުޅުނު ކަހީނުކަލޭގެ – އަބުހަރީ މޯޑަ ކޮބާ؟

Posted by ހިމޭން އިންގިލާބު on 2010/02/04

މައުމޫނުގެ ވެރިކަމުގައިވެސް އޭރުގެ އަތޮޅުވެރިޔަކަށް ހުރި ސުންކެޑިޔާ، އަލީ ޝަރީފްއާއި މާ ގާތްގުޅުމެއް އޮންނަ މިކަލޭގެއަކީ އެމްޑީ.ޕީގެ ކަންތައް ފެށިގެން އައިއިރު މުޅި ތިނަދޫގައި ހިންގި ހުރިހާ ޖަރީމާ ތަކެއްގެ މައި ތަނބެވެ. މިކަލޭގެ މޭސްތިރި ކަމުގައި ތިނަދޫގެ އެތައް ބަޔަކަށް ވަނީ އަދި އަދާ ޖެހެންދެންވެސް އަރައި ނުގަނެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެތެރެއިން ކުޑަ މަދު މިންވިރަކަށްމިބަޔާނުގައި އަލި އަޅުވާލާނަމެވެ. ފުރަތަމަކަމަކަމަކަށް އެދުވަސްވަރުމިކަލޭގެ ކުރިކަމަކީ ސަރުކާރާއި ރައްޔިތުން ޖައްސަންވެގެން ފުލުހުންގެޖިޕެއް ރޯކޮށްލީއެވެ. އެފަހަރު އެމައްސަލައިގައި ފުލުހުންނަށް އެމައްސަލަ ތަހުގީގު ކުރުމަށްޓަކައި ނުގެނެވިގެން، ސިފައިން ވަނީ ސިފައިންގެކުރިމަތީ މާ ވައްތަރު ބޮޑު ނުކުރެވޭނެކަން ވަރަށް ސާބިތުކަމާއިއެކެ އަންގާލާފައެވެ.

އޭގެ ކުޑަދުވަސްކޮޅެއްފަހުން މި ޖައްބާރުކަލޭގެ ޖަލުންސަލާމަތްވެގެން އައިސް މީނަގެ ޕާޓްނަރާއި ދެމީހުން (ރައްބޯކިޔާ) ވެގެން ތިނަދޫގައި އޭރު ހިންގަމުންދިޔަ އެންމެބޮޑު ވަޑާންގެ އެއްކޮށް ރޯކޮށްލާ ބިމާއި ހަމަކޮށްފައެވެ. މިހުރިހާ ކަންތައްތަކެއްގެ ފަހަތުގައި ގޯގޯގެ އަތެއްވާކަމުގައި ވަރަށް މުއުތަބަރު ފަރާތަކުން ހަބަރު ލިބެއެވެ. އެހެނީ އޭރު މިކަލޭގެ ކުރަމުންދިޔަ ހުރިހާ ކަންތަކެއްގެ ފަހަތުގައި އޭރުވެސް އަދި މިހާރުވެސް އެމްޑީޕީ.ގދ.ދާއިރާގެ ރައީސް މަރުހޫމް ސަލީމްއަލީ ހުންނަކަން ތިނަދޫގެ ހުރިހާ ރައްޔިތުންވެސް ދަނެއެވެ. މިކަލޭގެ ދެން ކުރަމުންދާ އަނެއްކަމަކީ ހަކުރާއި ތެޔޮ ތިނަދޫއަށް އެތެރެކޮށް މުޅި ހުވަދު އަތޮޅަށް ވިއްކުމެވެ. މިކަމުގައި މިކަލޭގެއަކީ އޭރުވެސް އަދި މިހާރުވެސް މުޅި ހުވަދޫގައި ހުރި އެންމެ ބޮޑު ހަކުރު ތަބަކެވެ.

 މި ޖައްބާރު ކަލޭގެ މިތަކެތީގެ ވިޔަފާރި ކުރި މަންޒަރު ތިނަދޫގެ އެތަކެއް ބަޔަކަށް ވަނީ ފެނިފައެވެ. މީގެ އިތުރުން މިކަލޭގެ އަކީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއްނޫނެވެ. މިހާރު މިކަލޭގެ ވަނީ ވަރަށް ރޭވުންތެރިކަމާއިއެކު މަސްޓަރ ޕްލޭނެއް ރާވާފައެވެ. މި މާސްޓަރ ޕްލޭނުގައި ވާގޮތުން ތިނަދޫން ވަރަށް މަތީ މަގާމެއް ދާދި އަވަހަށް މިކަލޭގެއަށް ދޭން ހަމަޖެހިފައިވާކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވެއެވެ.އެގޮތުން މިކަލޭގެވަނީ މިނިސަޓަރ އުމަރު ޖަމާލާއި ވަރަށް ބޮޑު ގުޅުމެއް އުފައްދައި މިކަމުގެހުރިހާ އިންތިޒާމްތަކެއް ނިންމާފައެވެ. މީ ރައީސް ބިއްލޫރި ނަޝީދުވެސް ވަރަށް އެދިވަޑައިގަންނަވާ ކަމެއްކަމުގައި އުމަރަށް ލަފާ ދެއްވާފައިވެއެވެ.

 މި ގަމާރު ފަތްބޯރާއްސަކީ މީގެކުރިން ތިނަދޫ މެމްބަރ ގަސަމްގެ ކޮއްކޮ ގައިސް އާއި ވަރަށް ގާތްގުޅުމެއް އޮންނަ މީހެކެވެ. މިހާރު އެރަހުމަތްތެރިކަން ކެޑިގެންދިޔައީ،މިކަލޭގެ ގައިސްގެ 75000 ރުފިޔާ ގައިސްއަށް ނާންގާ ނެގުމުގެ ސަބަބުންނެވެ. ނަމަވެސް އާއިލީ ބޮޑު ހަމަނުޖެހުން ގަޑެއް ނުހިލުވުމަށްޓަކައި އެވާހަކަ ގައިސްވެސް އަދި އެގޭ މީހުންވެސް ނުދައްކައެވެ. އޭ ހުއިހައްޕާ ކަލޭގެޔާއެވެ. މަޑުން މައިތިރިވެގެން ހުންނާށެވެ. ކަލޭގެ ކުރިހައި ނުބައި ނުލަފާ ކަންތައް އަހަރެމެން ދަންނަމުއެވެ. އައިޑީޕީގައިވެސް ކަލޭ ދަންނަ މީހުން އުޅުނުކަން ހަދާން ބަހައްޓާށެވެ. ކަލޭ ޖައްސާހާ ހުރިހައި ވައްތަރުތަކެއް ބަލާކަށް ސިފައިންނެއް ނުތިބޭނެއެވެ. ކަލޭ ލަންކާގައިހުރެ ބޮން ހަދަން ދަސްކޮށް އެކަމުގެ ހުރިހައި ޓެސްޓްތަކެއް ތިނަދޫގައި ހެދިކަން އަހަރުމެން ހަމަ ބަރާބަރަށް

ދަންނަމުއެވެ. ތިނަދޫގައި ތިއުޅޭ ހުރިހައި އެންމެންގެ ކަންތައް ހުރި ނެތްގޮތް، މިވަގުތު އަހަރަމެން ރާއްޖޭގައި ނެތަސް ހަމަ ވަގުތުން ހަބަރު ލީބޭނެކަން ތިކަހަލަ ގަމާރު ގަންޖާބޯއިންނަކަށް ނޭގޭނެއެވެ. އޭ ބޮއެގެން އަމަޔެއް ފަބަފައެއް ވަކިކުރަން ނޭގޭ ކަލޭގެޔާއެވެ.ކަލޭގެއާއި ބެހޭގޮތުން ވަރަށް ތަފްސީލު ފުރިހަމަ ރިޕޯޓެއް ފަހުގެ ތާރީހެއްގައި ގެނެސްދެވޭނެ ވާހަކަ ދަންނަވަމެވެ.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>