The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ވަގުންގެ މާވަޑި… ހުސިންކިލޭގެފާނުގެ ވަގެކޭ ރަޝާދު ނުވަތަ ހަގީގީ ސޭލް ރަޝާދު

Posted by ހިމޭން އިންގިލާބު on 2010/02/08

ވައްކަން ކުރުމަކީވެސް ދާއިމީ ގޮތެއްގައި އެކަން ކުރާނަމަ އެކަމަށް ދެވިހިފާ ކަމެކެވެ. އެކަމަށް ދެވިހިފާފައި ހުރިމީހެއްނަމަ އަމިއްލަ ގޭގެ ބަދިގޭގައި އޮންނަ ނާށިގަޑުވެސް އަންހެނުންނަށް ނާންގާ ގެންގޮސް ބާލީސްދޮށަށް ލައި ނިދާވާހަކައަކީ އަޅުގަނޑުމެން އެންމެންވެސް އަޑުއަހާ ވާހަކައެކެވެ. ނަމަވެސް ވައްކަންކުރާ މީހަކީ ފަތްބޯމީހެއްކަމުގައި ވަނީނަމަ މިކަންތައް އެތައް ގުނަޔަކަށް އިތުރުވެގެންދާނެ ކަމެއްކަން ތިޔައިގެ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފަކާ ނޯންނާނެއެވެ. މިދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަތްބޮއެގެން ސަރުކާރުން އިއުލާންކޮށް، ނޫސްތަކުގައި އެވާހަކަ ޖެހި މީހަކީ ކާކުތޯ އެއީ ކޮންމެ މީހަކުވެސް ބަލަން ބޭނުންވާނެ ކަމެކެވެ. ގދ.ހަވަރު ތިނަދޫ ހުސިންކަލޭގެފާނުގެ ރަޝާދު ނުވަތަ ކުރީގެ ނަމުންނަމަ “ވަގެކޭ ރަޝާދު” އަކީ ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތްއެތެރެކޮށް އެ ބޮއެގެން ހުކުމްކޮށް،ޖަލަށްލައި، އަރުވާލި މީހާއެވެ. ހަވީރު ނޫހުގެ ބޭރުގަޑުގައި މިކަލޭގެ ފޮޓޯޖަހައި އެކަން ވަރަށް ބޮޑަށް އެނޫހުން ކުއްވެރި ކުރިއެވެ.އަދި މިނޫނަސް މީނަގެ ފޯޓޯތަކަށް ތަފާތު ކާޓޫން ހަދައި އެކި ނޫސްތަކުން އެދުވަސްވަރު މަލާމާތް ކުރިއެވެ. ސަބަބަކީތޯއެވެ. މުޅި މިގައުމުގެ އަދުގެ ބަލިފައި ރާއްޖެއަށް އެންމެ ފުރަތަމަ އެތެރެކުރި ޖައްބާރަކީ މިކަލޭގެއެވެ. ފަތުގެ އިތުރުން ރަލާއި އަދި މިނޫނަސް މަސްތުވާ ޒާތުގެ އެންމެހާ ތަކެތި މިކަލޭގެ ދިޔައީ ބޭނުން ކުރަމުންނެވެ.މީގެ ހެކި މިހާރުވެސް ފުލުހުންގެ އަތުންނާއި ކޯޓްތަކުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

ދުވަސްކޮޅެއްފަހެވެ. އަރުވާލާފަ ހުއްޓާ މައުމޫނުގާތުގައި އެތަކެއް އަދޭހުގެސިޓީތަކެއް ފޮނުވުމުގެ ސަބަބުން ދިން އަފޫއާންމެއްގައި މިކަލޭގެ މިނިވަންވެ މުޅި މާލެތެރޭގައި ސަލާމްޖަހައި ވަންނާނެ ތަނެއް ނެތި، އެހީއެއް ވެދޭނެ ހަމަ އެކަކުވެސް ނެތި އުޅެނިކޮށް، މާލޭގެ ތަންކޮޅެއް ފޯރާމީހަކު މިކަލޭގެއަށް 30000 ޑޮލަރ ވިޔަފާރިއެއް ފެއްޓުމަށްޓަކައި ދިނެވެ. އަދި މިކަލޭގެ ގޮވައިގެން ވިޔަފާރި ކުރާނެ ހުރިހާގޮތްތަކެއް ކިޔައިދިންކަމަށްވެއެވެ. ނަމަވެސް ދުވަސްކޮޅަކުން މިކަލޭގެ ފިޔަފާރީގެ ދަތުރަށް ކަމުގައި ބުނެ ބެންކޮކަށް ދަތުރުކޮށް އެތާނގެ ނާސިގޭތަކަށް ހުރިހައި ފައިސާތަކެއް(މަދު މުދާކޮޅެއް ފިޔަވައި) ތަޅައި ބޭލީއެވެ.ފައިސާ ހުސްވެ އަނެއްކާވެސް ސަލާންޖަހަންޖެހޭ ހިސާބަށް ކަންތައް ދިޔުމުން، އެތަކެއް އާދޭސްތަކެއް ކުރުމުގެ ސަބަބުން ދެވަނަފަހަރަށް 80000 އެމެރިކާ ޑޮލަރު ދިނެވެ.މިފަހަރު މިކަލޭގެ ގާތުގައި މީހަކުވެސް ބެހެއްޓިއެވެ.ފައިސާދިނީ އަޑުއިވޭގޮތުގައި ވިޔަފާރީގެ ފަންސާސް ޕަސެންޓް ޝެއަރ ވާ ގޮތަށެވެ. ނަމަވެސް ހަގީގީސޭލް ނަމަކަށް ކިޔާ މިފިހާރައިން ލިބޭ އާމުދަނީއިތުރުވެ އިތުރު ފިހާރަތަކެއް މާލޭގެ އެކި ތަންތާނގައި ހުޅުވައި އެންމެފަހުން، މިކަލޭގޭ ހާލުގައި ޖެހުނު ދުވަހު އެހީވެދިން މީހާޔަށްވެސް ޙަރާމްކޯރުވީއެވެ. މީ ފެށުމެވެ.

ވޯޓެއްގެ ތެރެއެވެ. ސީނާޒާހިރާއި އަލަގޭސަލީމް ކިޔާ މީހަކު ގދގެ ރައްޔިތުންގެ ގޮނޑިއަށް ކުރިމަތިލިއެވެ. އަނެއްކޮޅުން ގޯގޯ ލަތީފްވެސް ހަމަ މިގޮނޑިއަށް ކުރިމަތި ލިއެވެ. ލަތީފާއި ޒާހިރު ކާމިޔާބުކުރި މި އިންތިހާބު ނިމުނުއިރު ލަތީފާއި މި ޖައްބާރު ރަޝާދު ހަމަހަމަކޮށް ހިއްސާވާ ވިޔަފާރިން 400000ރުފިޔާ ލަތީފަށް ނާންގާ މި ޖައްބާރު ވަގުކަލޭގެ ވަނީ ދިރުވާލާފައެވެ. ނަމަވެސް ލަތީފު މިމައްސަލަ މާބޮޑުކަމަކަށް ނަހަދާ ވިޔަފާރީގެ ލަތީފަށްވީ ބައި ނެގީއެވެ. އެވިޔަފާރީގެ ލަތީފަށްވީ ބައި ދިނުމަށްޓަކައި ހަމަ ތިނަދޫގެ ވިޔަފާރި ވެރިއެއްކަމުގައިވާ ވައްތަރަކަު ވަހީދުގެ އަތުން މި ޖައްބާރު ވަގެކޭ ރަޝާދު ނެގި 300000ރުފިޔާ އަދިވެސް ވަހީދަކަށް ނުދެއެވެ.

އިހަކަށް ދުވަހެވެ. މަރްހޫމް ސަލީމް އަލީގެ ފަރާތުން ޔޫމެޓްގެ އޯނަރ މުއީދާއި މިކަލޭގެ ގުޅުނެވެ. އަބަދުވެސް މިކަލޭގެ ކުރާ ހުރިހައި ވައްކަމެއްގެ ފަހަތުގައި ހުންނަ ވާދޫ މަޝްހޫރު ވަގު އަހަންމައިދީވެސް ހިމަނައިގެން މިކަލޭގެ ވަރަށް މޮޅު ވިޔަފާރި ޕްލޭނެއް އެކުލަވާލިއެވެ.މުޅި ހުވަދުއަށް ސިމެންތި އެތެރެކުރުމަށޭ ބުނެ މުއީދުގެ އަތުން ނުވަ މިލިޔަނާއި ގާތްކުރާ އަދަދަކަށް ފައިސާނެގިއެވެ. ހަމަ އެވަގުތުވެސް، މުއީދުވަނީ ތިމަންނައަށް އަމަލީގޮތުން އެ ވިޔަފާރިތެރޭގައި ނުއުޅެވޭނެ ވާހަކަ ބުނެފައެވެ. ސަބަބަކީ މުއީދަކީ ވަރަށް ގިނަ އަމިއްލަ އެތަކެއް ވިޔަފާރިއެއް ކުރަމުންދާފަރާތަކަށް ވީތީއެވެ. ނަމަވެސް ފުރަތަމަ ބުރުގެ ސިމެންތި ގެނެސް، ދެވަނަ ބުރަށް ސިމެންތި ގެންނަން ބެލިއިރު ފައިސާނެތެވެ. ނުވަތަ ގެނެސް ވިއްކި ސިމެންތީގެ ފައިސާ ބަނޑު އަޅާލީއެވެ. މުއީދަކީ ތަބީޢީގޮތުން ބަސްމަދު މީހަކަށްވީތީ ވަގެކޭ ރަޝާދު ގާތުން މުއީދުގެ ފައިސާކޮޅު އަނބުރާ ދިނުމަށް އެތަކެއްފަހަރަކު އެދުމުންވެސް މިކަލޭގެވަނީ އެފައިސާ އަބުރާ ނުދީފައެވެ.

މިދިޔައީ މިހާރެވެ.ތުބުޅި އެބަހުއްޓެވެ. އޭގައި ނުރަވެސް ޖަހައިފިއެވެ. ވަރަށްފަހުން މިކަލޭގެވަނީ،އޭނަގެ އަންހެނުން ގޮވައިގެން މެލޭޝިޔާއަށް ގޮސް އަންހެން ގައިނަކޮލޮޖިސްޓަކަށް ދައްކާފައެވެ.ފުރަގަސް ފަރާތުން ދޭތެރެދޭތެރެއިން ލޭއަންނާތީއެވެ.ދރ. އެންމެ ފުރަތަމަވެސް ބެއްލެވުމަށް ފަހު އަންހެނުންގެ ފުރަގަސް ފަރާތް ބޭނުންކުރަނީތޯ ސުވާލު ކުރުމުން މިކަލޭގެ އިންކާރު ކުރިއެވެ.ނަމަވެސް ދޮގުހަދަންޏާ މިކަމަށް އެއްވެސް ފަރުވާއެއް ނުދެވޭނެކަމުގައި ބުނުމުން އެއްބަސްވިއެވެ.ޑރ. އެގޮތަށް އަމަލްނުކުރުމަށް ވަގެކޭ ރަޝާދަށް މީގެ ކުރިންވެސް ވަނީ އަންގައިފައެވެ.އަދި ކުރީ ފަހަރަކު ވަނީ މި ވަގެކޭ ރަޝާދުގެ އަންހެނުންގެ ފުރަގަސް ފަރާތުގެ ހަންގަޑު ވއާދަޔާއި ޙިލާފަށް ނިކުތުމުން އެބައި ބުރިކޮށް،އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

އޭރަކު އޮންނަ ސަރުކާރަކަށް އަބަދުވެސް ސަޖިދަކުރާ މި ބީތާގެ ދަރިއަކީވެސް އިހައް ދުވަހާއި ޖެހެންދެންވެސް ހަކުރުބޮއެގެން 12 އަހަރަށް ޖަލަށް ހުކުމް ކުރެވިފައި ވަނިކޮށް މައުމޫނުގެ އަފޫއާންމެއްގައި އިހައް ދަވަހަކު ދޫކުރި ރަތްލާޖެހި މާ ވަގެކެވެ. ބިއްލޫރި ގަންޖާގެ އޮފީހުގެ މާ ވަރުގަދަ މަގާމެއްދީގެން އެއްމޭޒުކައިރީގައި ބޭންދީ މި ކަލޭގެއަކީވެސް ކްރިސްޓިއަންދީނަށް ފުދޭވަރަކަށް ލޯބިޖެހިފައި ހުރިމީހަކަށް ވާތީއެވެ. މިބިއްލޫރި ގަންޖާވަނީ މަސްތުވާތަކެތި ބޭނުންނުކުރާ ހުރިހައި މުވައްޒަފުން، ބިއްލޫރި ގަންޖާ މަސައްކަތް ކުރާ ފްލޯރ އިންވެސް ބޭރުކޮށް އޭނަޔާއިއެކު ބިޑިބޮވޭ ފަދަމީހުން އެފްލޯއަށް ވަޒީފާދީ، ދެންތިބި މުވއްޒަފުން އެހެން މުޅިން އެހެނިހެން ސެކްޝަންތަކަށް ބަހާލާފައެވެ. އެހެންކަމުން މިއަދުގެ ސަރުކާރަކީ ހެޔޮ ސަރުކާރެކޭ ނުވަތަ ނޫނެކޭ ބުނުމުގެ ޖާގަވެސް ތިޔަބޭފުޅުންގެ އަތްމައްޗަށް އަޅުގަނޑު ދޫކޮށްލަމެވެ.

މި ބުނެވިދިޔަ ވަގެކޭ ރަޝާދު އިހަކަށްދުވަހުވެސް ވަނީ ހުވަދު އަތޮޅަށް އުދަ އަރައިގެން ސަރުކާރުންނާއި އަދި އެނޫންވެސް އެހެނިހެން ފަރާތްތަކުން ފޮނުވި އެހީތައް އެއީ ތިމަންނަ އަމިއްލަޔަށް ހެޔޮހިތުން އެ ރަށްތަކުގެ ރައްޔިތުންނަށް ދޭ އެހީތަކެއް ކަމުގައި ބެނެފައެވެ. މިވާހަކަތައް އަދިވެސް އެރަށްތަކުގެ މީހުން އެތިބަ ދައްކަނީއެވެ. މެޖޯޓީ ނަޒިމާއި ދެމީހުންވެގެން އޭރުންސުރެ ވޯޓުގެ ކޭންޕޭން އެ ފެއްޓީ މާތްރަސްކަލާނގެ ވަޖުހުފުޅައްޓަކައި ބަޔަކު ހާލުގައި ޖެހިގެން ދެވުނު ހިލޭ އެހީގެ ތަކެތިންނެވެ. ދެން އޮތްބައި ފަހުން ގެނެސް ދޭނަމެވެ!

5 Responses to “ވަގުންގެ މާވަޑި… ހުސިންކިލޭގެފާނުގެ ވަގެކޭ ރަޝާދު ނުވަތަ ހަގީގީ ސޭލް ރަޝާދު”

  1. ރަޝާދުގެ ފަތްބޯ ދަރި، ހުސައިން said

    މީހަކު ކޮށްފަ ހުރި ބޮޑެތި ނުބައި ކަންތަކުގެ ވާހަކަތައް ދައްކަން އެބަ ޖެހޭ. މިސާލަކަށް ކުޑަކުދިންނާޢި ބެހޭ މީހަކުގެ ވާހަކަ އާންމު ނުކުރުމުން، އޭނާއަކީ ކޮން ވައްތަރެއްގެ އަމަލްތަކެއް ކުރާ މީހެއްކަން ނުދެނެހުރެ، ކޮންމެވެސް ބެލެނި ވެރިޔަކު އެއްކަލަ މީހާގެ އަތްމައްޗަށް އަމިއްލަ ދަރިފުޅު ދޫކޮށް،(ކުޅިވަރު ކުޅެންދިއުން ކަހަލަ ބަހަނާގައި) ލުމުން، އެންމެ ފަހުގެ ނަތީއްޖާ އަކަށްވާނީ، ދަރިފުޅުގެ *** *** ދިއުމެވެ. އަޅުގަނޑުގެ އަމާޒަކީވެސް މިކަހަލަ ކަންތައް ހައްލުވުމެވެ.
    ސާބަސް ހިމޭން

  2. mohamed said

    mi dhen thankolheh bodu varu. ahannakee rashad vvvvvvvvvvv ragalhah dhanna meeheh. eyna akee eh gothakah ves mi liyumu gai bunaa kahala nubai nulafa insaaneh noon. mihaaru ves eyna allah ge wajhu fulhah takai kuraa ethah heyo kanthah thakeh vee. mi hen mi bunee ahannah ekanthah egeytheeve. ekamaku mikan dhanna bayaku mi dhuniyey gai madhu vaane. sababakee rashad evaahaka thah mees meehun kairee dhakkamun nudhuvaatheeve. thibunee mueed akee kaaku kan liyun theriya ah egeyba. arabiyya school gai ulhunu iru quran ge aayaiy badhalu kuri insaaneh aee. eyru arabiyya ge mudheer ibrahim zakariyya moosa kuren ahaala bala mee dhogeh thoo? eyna ah eyru kiyanee ilham ekee. fahun meed ge namah badhalu kuree.

  3. ހިލަބެ said

    މީހަކުދެކެ ރުޅިއަޔަސް ތީފުކެއްބޮޑުވަރެއް ކޮށްމެމީހަކުވެސް އެމީހެއްގެ ކަންކަންރަނގަޅުކުރުމުގެ މުހިއްމުކަން މާބޮޑު ކަނޑައެޅިގެން މީހަކާއި ހަސަދަވެރިވިއަސް ތިވަރުގެ ހަޑިހުތުރުބަހުން ލިޔެ ޢާއްމުކުރީމާ އެލިއުން ކިޔާގިނަމީހުންގެ ހަމްދަރުދީ ލިއުން އަމާޒުވާފަރާތަށް ހަމަޔަޤީނުންވެސް ނުލިބިއެއްނުދާނެ ވީމާ ދިފަދަ ބޮޑަތި އިލްޒާމްތައް މީހުންގެ ބޮލުގައި އެޅުވުމުގެ ކުރިން ވިސްނާލާ އެކަން ނުކޮށް ދޫކޮށްލުމީ ތިމާގެ އަގުވެއްޓުމުގެ ބަދަލުގައި މީހުންގެ ކުރިމަތީވެސް އަގުހިފެހެއްޓިދާނެ ކަމެއް އަހަރެން ނަކީ ތިޔަހިސާބުގެވެސް މީހެއްނޫން ނަމަވެސް މިލިއުމަށް ކޮމެންޓްކޮށްފައިހުރި ކޮމެންޓްތައް ކިޔާލީމާ އެނގޭ ތިޔަފަރާތްތަކުގެ ޒާތީކަންތައްތަކެއް ހުރިކަން ކޮށްމެ ނަމެއްގައިވެސް ކޮށްމެ މީހަކަށްވެސް ލިޔެވިދާނެ ނަމަވެސް ވިސްނާލަން 100 ޖެހޭ ކަމަކީ އެކަމަށް ޖަވާވބުދާރީވާން ޖެހޭނެކަން..

  4. anwaru said

    ތީހަމަތެދު. ތިވަގު އުޅެނީ މެލޭސިޔާގެ ގޮމްބަކްގަ ހުންނަ އިދަމަން ޕުތުރީ ކޮންޑޯއިން ޕެންޓްހައުސް ގަނެގެން. މީކޮންތާކުން ނަގޫބަޅު ހޯދިފައިސާއެއްތަ؟ ކުރިން އުޅުނީ އެންދެރިމާގޭ އިލިޔާސު ބޮއްވަން. މިހާރު އެމްޑީޕީ ބޮއްވަން. މީއަޅެ ބަލާއާފާތެއްނު. ގޮމްބަކްގަ އުޅޭ ކުދިން ހައްލައިގެން އަބަދު އުޅެނީ. އެކުދިންނަށް ފައިސާކޮޅުކޮޅު ދީގެން މިޅާއަށް ގުލާމުކުރުވަން. މިޅާއަކީ މެލޭސިޔާގެ ކަމާބެހޭ ފަރާތްތަކުންވެސް ހޯދާ މީހެއް. މިޅާއަށް މެލޭސިޔާއިން އެމް.އެމް.ޓޫ.އެޗް ވިސާ ދިނުމަށްވެސް އޮތީ ދެކޮޅު ހަދާފަ. އެއީ މީނާގެ ކުށުގެ ރެކޯޑްތައް ގިނަކަމުން. މީހަމަ ރުނޑިގެން ރުނޑިއެއް.

  5. Appanaa said

    ތި ރަޝާދަކީ ރަމަލުޖަހާމީހެކޭ ބުނާތީ އަޑުއިވެއެވެ. އަޅެ މީގެ ތެދު ދޮގު ބަލައިދީބަލާށެވެ.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>