The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

މުލިޔާގޭ ދޮށަށް އެއްވިރޭ ގަންޖާ އާދަނިކު އަތުގައި އޮތް ކޮތަޅެއްގައި ހިފާދެމި އަންހެންވެރިން ނުހޯދިފައި: އާދަނިކު ބުނީ އެވެރިންކުރެން އެރޭ ކާކުތޯ ކޮތަޅުގަ ހިފީ އެހުމުން ޖަވާބުގައި އެއީ އިބްރާހިމް ނާސިރޭ ބުނިކަމަށް

Posted by ހިމޭން އިންގިލާބު on 2010/02/08

ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތަށް ނަޒަރު ހިންގާ ބަލާލާއިރު އަބަދުވެސް އިސްވެ ސަފުތަކުގައި ގައުމުގެ އަންހެން ދަރީން މުހިއްމު ރޯލެއް ކުޅެއެވެ. އިގިރޭސިންގެ އަތްދަށުން މިނިވަންކަން ހޯދުމުގައި އެވެރިން އެރޯލު ކުޅުނެވެ. ނާސިރު ރާއްޖޭގެ ދެކުނުގެ ވިޔަފާރި މާލެއަށް ޖަމާކުރަން ހިފުމުން މިނިވަންކަމަށް މަސައްކަތްކުރާ ވަރުގަދަ އޮއިވަރެއް ދެކުނުގައި އުފެދި އެކަމުގައި ވެސް ދިވެހި އަންހެނުން މުހިއްމު އިސްރޯލެއް ކުޅެ ހިތްވަރު ދެމުން ދިޔައެވެ. އެއަށް ވުރެ ފަހަތަށް ދާއިރު އުތުރު އަރުމާޒު ގައި ބޮޑު މުހައްމަދު ފޮނުވުމުގައި އުތުރުގެ އަންހެނުންވެސް ކުޅުނީ ވަރުގަދަ ރޯލެކެވެ. މާކުރިން ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރުމަށް ކުރި ހަނގުރާމައިގާ އުތުރުގެ ދިވެހި އަންހެނުން އަދާ ކުރީ އަދި ވަކީން ވަރުގަދަ ރޯލެކެވެ. މިފަހުން ތުޅާބެގެ ވެރިކަމުން ރާއްޖެ ސަލާމަތް ކުރެވޭތޯ ދިވެހި އަންހެނުން އެކި ސިފަސިފާގައި ހިންގަމުންދަނީ ވަރަށް ތަފާތު ނަމަވެސް ވަރުގަދަ ހަރަކާތެކެވެ. އިހަށް ރޭ މުލިއާގޭ ދޮށަށް ތުޅާބެގެ އިސްތިއުފާއަށް ގޮވާ އެއްވި އެއްވުމުގައި ދިވެހި އަންހެނުން ދެއްކީ އާދަޔާއި ޚިލާފު ގަދަ ހިއްވަރެކެވެ. އެއެއްވުމަށް ހުރަސް އަޅަން ގޭންގުތަކުން ކުއްޔަށް މީހުން ހިފައިގެން އެތަނަށް ދިޔަ އެކަކީ ގަންޖާ ވިއްކާ އާދަމް މަނިކެވެ. އާދަމް މަނިކާއި ދިމާ ކުރީ އަންހެން ވެރީންނެވެ. އަންހެން ވެރިން އޭނާ ހިފަހައްޓާ އޮރިޔާން ކުރަން އުޅެގަތެވެ. އެހިފި ހިފުމުގައި އަންހެންވެރިންނާއި އެކު އޭނާ ހުކުރު މިސްކިތު ގޯތިތެރެއަށް ވެއްޓުނެވެ. ދެންވީ އަދި މާނުބައިގޮތެކެވެ.

ދަނޑިވަޅު ބަލާފައި އާދަމް މަނިކު އަތުގައި އޮތް ކޮތަޅެއް ދަމައިގަތުމަށް ހިފައިގަތެވެ. ތިންހަތަރު އަންހެން ވެރިން ވެގެން ކޮތަޅު އޭނާ އަތުން އަތުލުމަށް ލެވުނުހާ ބާރެއް ލާފައި ދަމަމުން ދިޔައެވެ. އާދަންމަނިކަށް ވީނުވީއެއް ނޭގި ވެއްޓިފައި އޮވެގެން ކޮތަޅުގައި ހިފާ ދަމަނީ ކާކުތޯ ސުވާލުކުރަމުން، ކޮތަޅުން ދޫކޮށްލަ ދިނުމަށް އެދެމުން ދިޔައެވެ. އެވަގުތު އަންހެން ވެރިން ޖަވާބުގައި ބުނަމުން ދިޔަކަމަށް ވަނީ ކޮތަޅުގައި ހިފައިގެން ދަމަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުކަމުގައެވެ. އާދަމް މަނިކު ކުޑަކޮށް އިސް އުފުލާލާފައި އެތަނުގައި ހުރި އިބްރާހިމް ނާސިރުގެ މަހާނައާ ދިމާލަށް ބަލާލިކަމަށް ވެއެވެ.

ވީނުވީއެއް ނޭގެއެވެ. ކޮންމެއަކަސް އެރެއަށް ފަހު މާލެތެރެއިން ގަންޖާ ވިއްކާ އާދަމްމަނިކު މިހާރު އެއްގޮތަކަށްވެސް ނުފެނެއެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ލިބޭގޮތުގައި މިހާރު އޭނާ އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުނިކުމެއެވެ. މުޅިންވެސް އޮންނަނީ ގޭގައި އޮށޯވެއެވެ. އަނެއް ބަޔަކު ޚަބަރު ދޭގޮތުގައި އެރެއަށްފަހު އާދަމް މަނިކު ހިންގަވަނީ ކޮރު ޖައްސަވަމުންނެވެ. ފައި އުފުލާ އަޅަނީ ވަރަށް ބުރަކޮށްކަމަށް ވެއެވެ. އެރޭ އަންހެންވެރިން އެނާ ހިފަހައްޓައިގެން މިސްކިތު ގޯތިތެރެއަށް ވައްޓާލައިގެން ހިފިހިފުމުގައި އުނަގަނޑާއި ދިމާލުން ތަނަކަށް އަނިޔާއެއް ވީކަމުގައި ވެދާނެކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ. އާދަމް މަނިކު މިކަމާއި ގުޅިގެން ބޭސް ފަރުވާއަކަށް ރާއްޖޭން ބޭރަށް ފުރަން އުޅޭ ކަމުގެ ޚަބަރެއްވެސް އެބަލިބެއެވެ.

3 Responses to “މުލިޔާގޭ ދޮށަށް އެއްވިރޭ ގަންޖާ އާދަނިކު އަތުގައި އޮތް ކޮތަޅެއްގައި ހިފާދެމި އަންހެންވެރިން ނުހޯދިފައި: އާދަނިކު ބުނީ އެވެރިންކުރެން އެރޭ ކާކުތޯ ކޮތަޅުގަ ހިފީ އެހުމުން ޖަވާބުގައި އެއީ އިބްރާހިމް ނާސިރޭ ބުނިކަމަށް”

  1. dhon hussain said

    Aadhanikaa !!!!!
    Happy Hour ga geyn beyrah dhanyaa vaanee thihen ! MDP in ves beynun vanee Adhanikuge laari kolhu viyya !
    Mihaaru Thimarabe ah dhin laari kolhu obaalee.. Alhan ah dhin laari kolhu ves obaalee ..
    Dharifulhu huree adhives bandhuga..Minister kan ves libuneekee noon..
    Mihaaru annekkaa Anni fain araa ulhey ethives thiya massala jehunee..

  2. Lt Col said

    adhdho dhoaaaaaaaaii adhanika, thi kothalhu gandu ves thee mihaaru foo vettifa oiy kothalhu gandeh

  3. huravy said

    Aadhaniku vattali thanun varah baivaru kashiveli madhuvefa yoa hury. Kashivelin anhenverin aadhanikan e kuree keehbaa???

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>