The Silent Revolution – ހިމޭން އިންގިލާބު

Endorsing Maldivian middle class and lower for leadership roles – ވެރިކަން މެދުފަންތިން ދަށަށް ހަމަހަމަކަން އެންމެނަށް

ހިމޭން އިންގިލާބު-2013 :އަތްމަތީ ފޮތް

 މުޅި ރާއްޖޭގެ ޢާއްމު ޙާލަތު ދުވަހުން ދުވަހަށް ދަށަށް ގޮސް ރައްޔިތުން މަދު ބަޔަކަށް ދަރާ ވިކެނީއެވެ. ޙައްޤު ގޮތަކީ ކޮބައިތޯ ބެލުމަކާއި ނުލައި މިޤައުމުގައި ވެރީންނަށް ތިބި ބަޔަކު ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ޢަދުލު އިންސާފުގެއްލުވައި އަމަންޢާއްމު ނަގާލައިފިއެވެ. މަދު ބަޔަކު ވެގެން ޤައުމުގެ މުއްސަދިކަން އަތްދަށުލާ ރައްޔިތުން ޙާލުގަ ޖައްސާ އަޅުވެތިކުރުވައިފިއެވެ. ދުވަހަކުވެސް ދެކިފަނުވާ ބިރުވެރި ޢަމަލުތައް ހިންގާ ރައްޔިތުންގެ ހިތަށް ނަފުސާނީ ބިރުވެރިކަން ވައްދަނީއެވެ. ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިން ވަނީ ގުޅި ލާމެހިފައެވެ. ޢުދުވާނީ ޢަމަލު ހިންގަމުންދަނީ ސިޔާސީ ބޭނުންތަކަށްޓަކައި ތިމާގެ ދަރީން ލައްވާ ސީދާ ތިމާގެ އަޚާއާޢި އަވަށްޓެރިޔާއާއި ދެކޮޅަށެވެ. ދުވާލުދާ ހަތަރު ދަމު ނިކަމެތި މަންމައިންނާއި ބައްޕައިން ތުއްތު ދަރިފުޅުގެ އަނެއް އިރުގެ ކާނާ ހޯދާލެވޭވަރުވޭތޯ މެދު ނުކެނޑި މަސައްކަތް ކުރަމުން ދާއިރު ގަނޑުވަރުގައާއި ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީ ތަކުގެ މެދުގައި މަޝްވަރާ ކުރެވެމުންދަނީ 2013 ގައި ރާއްޖޭގެ ވެރިކަން ޚާންދާނަށް ނަގުލުކޮށް ތިމާމެންގެ ވިޔަފާރި ސަލާމަތްކޮށް ދެމެހެއްޓުމަށްޓަކައެވެ.މިހެންވެ އަހަރުމެން، މާލެއާއި ރާއްޖެތެރޭގެ މެދުފަންތިން ދަށުގެ ޢާއިލާ ތަކުން ޒުވާނުންނާއި މުސްކުޅިން، އަންހެނުންނާއި ފިރިހެނުން މިތެދުވީ ދިވެހި ޤައުމަށް ހިމޭން ފިކުރީ އިންޤިލާބެއް ގެނައުމަށްޓަކައެވެ.


ހިމޭން އިންޤިލާބުގެ މަޤްޞަދު

މިއިންޤިލާބީ ޙަރަކާތުގެ މަޤްޞަދަކީ ސުލްޙަވެރި ފުރުޞަތުތަކުގެ ތެރެއިން 2013 ގައި މެދުފަންތިން ދަށުގެ ދިވެހިންގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށްމަސައްކަތް ކުރުމެވެ. މިގޮތުން ރާއްޖޭގެ އެންމެ އާދައިގެ ނިކަމެތިމީހުންނަށް ވެރިކަމުގެ ފަރާތުން ލިބެވޭ ޙިމާޔަތާއި އަޅާލުން ރަގަޅުކުރެވޭނެ ކަމުގެ އުއްމީދާއި ޢަޒުމުގައެވެ. މިނޫންގޮތަކަށް ރާއްޖޭގެ ޙާލަތު ބަދަލުކުރެވޭނެ އެއްވެސް ގޮތެއް ފެންނަން ނެތުމުންނެވެ. މެދުފަންތިން ދަށުގެ ރައްޔިތުން ހޭލުންތެރިވެ އެއްޚިޔާލުގައި ނުކުމެ ވޯޓުލައިގެން ނޫނީ މިޙާލަތު ބަދަލުނުވާނެތީއެވެ.

 

 ހިމޭން އިންޤިލާބުގެ ރޫޙް

 ދިވެހިންގެ ހިމޭން އިންޤިލާބުގެ ރޫޙަކީ “ރާއްޖޭގައި އެންމެ ދުރުގައި އޮތް އެންމެ ކުޑަ ރަށުގެ އެންމެ ނިކަމެތިގޭގައި އިން ތުއްތުދަރިފުޅުގެ މަންމަގެ ޙިމާޔަތުގައި ދިވެހި ދިދަ އަލުން ތެދުކުރުމެވެ”.

 

 އިންޤިލާބީ ޙަރަކާތުގެ ލޯގޯއާއި މޮޓޯ

ހިމޭން އިންޤިލާބު-2013 ގެ ލޯގޯއަކީ ކޯރި އަޅައިގެން ހުރި މާކެޔޮޅެއްގެ ބޯބުރީގެ ނިޝާނެވެ. މޮޓޯއަކީ “ވެރިކަން މެދުފަންތިން ދަށަށްހަމަހަމަކަން އެންމެނަށް”

 

އިންޤިލާބީ ޙަރަކާތުގެ ލީޑަރުން

ހިމޭން އިންޤިލާބަކީ ރައްޔިތުންގެ ސިކުނޑިތަކާއި ހިތްތަކުގައި އާލާވާ ދިރުންހުރި ޚިޔާލެކެވެ. އެހެންވެ މިއިންގިލާބީ ރޫޙް ދިރޭނީ އަހަރެމެންގެ ހިތާއި ސިކުނޑީގައެވެ. މިޚިޔާލުގެ ކޮންމެ މީހަކީވެސް މިޙަރަކާތުގެ ލީޑަރެކެވެ. އަހަރެމެންނަކީ އެއް ޢާއިލާއެކެވެ. އަހަރެމެންގެ އެއްގޮތް ސްޓައިލެއް ހުންނާނެއެވެ. އެއީ މަޑުމައިތިރި ވުމާއި، ހަރުކަށިކަމުގެ ކުރިމަތީގައި ހިނިތުންވުމާއި، ދީނާއި ޤާނޫނަށް ބޯލަނބާ އިޙްތިރާމް ކުރުމާއި، މަސްތުވާތަކެތީގެ ބޭނުންނުކުރުމާއި، މީހަކަށް އަނިޔާވާނެކަމެއް ނުކުރުމާއި، ކެތްތެރިވުމާއި، ހާސްނުވުމާއި ކޫލް ވުމެވެ.

 

ހިމޭން އިންޤިލާބުގެ ޙަރަކާތްތައް ކުރިއަށް ދާނެގޮތް

އަހަރެމެން މިޚިޔާލު ފެތުރުމަށް އެންމެ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ ސައިހޮޓާތަކުގައާއި ރެސްޓޯރަންޓް ތަކުގައި ސައިބޯން ގޮސް ރައްޓެހިންނާއި ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކައިގެންނެވެ. އޭގެ އިތުރުން އިންޤިލާބީ ހަރަކާތުގެ ލޯގޯއާއި ޝިއާރު ބައެއްފަހަރު އަހަރެމެންގެ އަމިއްލަ ތަނެއްގަ ނުވަތަ އެއްޗެއްގައި (މިސާލަކަށް ޓީޝާޓުގަ، ތޮފީގަ، ދޯންޏެއްގަ، ގޭގެ ފާރުގަ، ފިހާރައިގެ ބިއްލޫރިގަނޑުގަ) ޖަހާފާނެއެވެ. މިގޮތުން އަހަރެމެންގެ ލޯގޯއާއި މޮޓޯ ތަނެއްގައި ޖަހާފައި ހުއްޓާ ބަޔަކު އައިސް ފޮހެލައިފި ނަމަ އަހަރެމެން ތިބޭނީ ހިނިތުން ވެފައި ދުރުގައި ބަލާށެވެ. އެކަމަކު އެބަޔަކު ފޮހެލާފަ ދިޔުމުން އަނެއްކާވެސް އަހަރެމެން އެތާގަ އެ ޖަހާނަމެވެ. ސަބަބަކީ އެއީ އަހަރެމެން ގެންގުޅޭ ޚިޔާލެކެވެ. އަދި އަހަރެމެން ކުރާ އުއްމީދެކެވެ. އުއްމީދު ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނީ ގޮތުންނާއި ދުނިޔެވީގޮތުން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. މީގެ އިތުރުން ހިމޭންއިންޤިލާބު 2013ގެ ރޫޙް އިންޓަރނެޓްގެ ޒަރީއާ އާއި އެނޫން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރުމަށް އަހަރެމެން މަސައްކަތް ކުރާނަމެވެ.

 

ނޯޓް

މަތީގައިވާ ލޯގޯއާއި ލިޔުން ބޭނުން ކޮށްގެން ހިމޭން އިންޤިލާބީންގެ އަތްމަތީ ފޮތް ހަދާ ބައިވެރިންނަށް ބަހަމުން ގެންދާށެޥެ. އަމިއްލަ ޚަރަދުގައި މިކަން ކުރެވުނު ވަރަކުން ކުރަމުން ގެންދާށެވެ. ފޮތް ހަދަންވާނީ ފަސޭހައިން ޖީބަށް ލެވޭ ސައިޒަކަށެވެ (މިސާލަކަށް ނަވަތަ އެއްގެ ސައިޒަށް). ފޮތުގެ ބޭރުގަނޑުގައި ލޯގޯ ޖަހާށެވެ. އޭގެ ތިރިން ލިޔުންތައް ފިއްޔަކަށްވެސް އަކުރަކަށްވެސް ބަދަލެއް ނުގެނެސް ލިޔާށެވެ. އެންމެ ލަފުޒެއްވެސް ޖުމްލައެއްވިޔަސް އިތުރު ނުވަތަ އުނިވެސް ނުކުރާށެވެ.

Text only. No markup allowed.

7 Responses to “ހިމޭން އިންގިލާބު-2013 :އަތްމަތީ ފޮތް”

  1. saafudhonveli said

    himeyningilaabah saabasdhen …dhivehi emmehaa akhunnaa ukhthun ge haggu veyyaa modeviya nudhee veythoa thiya kuraa masakkathah fahfashun shukriyyaa …maadhammage lhadhareennahtakaa thiya koh dhevvaa bura masaiykaiy thakah barakaaiy levvun edhi ALLah ge H’al’rath gai dhua’a dhannavameve. Aameen …………………….Aameen

  2. saafudhonveli said

    himeyningilaabugai baiverivumah beynun

    • އަށް ފޮނުއްވާ himeyningilaabu@gmail.com ގުޅޭނެ ނަމަބަރެއް

      • hilabe said

        އުތުރު ޔުޓިލިޓީ އާއި ޙަވާލުވެގެން އުޅޭ ފަރާތް ތަކަށް ހުޅުވިފައިވާ ސިޓީއެއް ވަރަށް އާދޭހާއި އެކު ދައްނަވަމެވެ. ތިޔަކަމުގައި އުޅުއްވާ ބޭފުޅުންގެ މައުލޫމާތައްޓަކާ ދައްނަވަމެވެ ތިޔަބޭފުޅުންގެ ޗެއާމަން އަކަށްވެގެން ތިއުޅޭ ނަސީމަކީ އެއްވެސް މަސައްކަތެއް ހަވާލުކުރާގޮތައް އެގްރިމެންޓެއް ކުރިކަމުގައިވިއަސް އެއެގްރިމެންޓް އާއި އެއްގޮތަށް ކުރާނެ މީހެއްނޫނެވެ ދެން ތިޔަބޭފުޅުން ނަށް ސައްކެއް ވެލައްވަންޏާ ކުޑަސިއްކަ އާއި ސުވާލުކުރެއްވިއަސް ބޮޑުސިއްކައާއި ސުވާލުކުރެއްވިއަސް އެމް ޑީ ޕީ ގައި އެއުޅުއްވާ ފުޅު އާއި ސުވާލުކުރެއްވިއަސް ނުވަތަ ނ.އަތޮޅުގެ ޅޮހީ ،މާފަރު ކެނދިކުޅުދޫ،ކުޑަފަރި މިއިން ކޮށްމެ ރަށެއްގެ ބޭފުޅެއްކައިރީ އެއްސެވިއްސް ވަރަށް ސާފުވެވަޑައި ގަންނަވާނެއެވެ. ނަސީމުގެ ޑިމޮކްރަސީ އަކީ އެބޭފުޅާގެ ޖީބުފުރުމާއި އަނެއްވައްތަރު ހިކިވައްތަރުގެ ގެ ސާމާނު ގަނެވިއްކުމާއި ބުޔުމެވެ. އެކަމަށް އޭނާ ވަރެއްނުވާނެ އެވެ….

  3. Hi, nice post. I have been wondering about this topic,so thanks for posting. I will certainly be subscribing to your posts. Keep up the good work

  4. scorpio said

    himeyn inqilaabga baiverivumah hadhanjeheyny kihinehtho ?

    • hilabe said

      himeynun hureema ekan vaanee he he he

Comments are closed.